މީގެ ކުރިން ފުލުހުން ހިންގި އޮޕަރޭޝަންތަކެއްގައި އަތުލައިގެންފައިވާ ޑްރަގް ނައްތާލަނީ: ފުލުހުން މިއަދު ރައީސްގެ އެންގެވުމަސް ޑްރަގް އޮޕަރޭޝަނެއް އެއް ވަގުތެއްގައި 100 ތަނެއްގައި ހިންގާނެ. -- މިހާރު ފައިލް ފޮޓޯ
13 ނޮވެމްބަރ 2025 - 11:25
ޑްރަގުގެ ވިޔަފާރީގައި ބައިވެރިވާ ފަރާތްތަކާއި ދެކޮޅަށް ހާއްސަކޮށްގެން މިއަދު އޮޕަރޭޝަނެއް ފަށައިފި އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ރާއްޖެއަކީ ޑްރަގްގެ ވަބާއިން އެއްކޮށް ސަލާމަތްވެފައިވާ ގައުމަކަށް ހަދަން ސަރުކާރުން ކުރާ މަސައްކަތުގައި، ޑްރަގުގެ ވިޔަފާރީގައި ބައިވެރިވާ ފަރާތްތަކާ ދެކޮޅަށް ހާއްސަކޮށްގެން މިއަދު އޮޕަރޭޝަނެއް ހިންގުމަށް ފުލުހުންނަށް އަންގަވާފައި ވާނެ ކަމަށެވެ.
"... އެއްވަގުތެއްގައި ރާއްޖޭގެ 100 އަށްވުރެ ގިނަ ތަންތަން ބަލައި ފާސްކުރެވޭ މިއޮޕަރޭޝަނުގައި 500 އަށްވުރެ ގިނަ ފުލުހުން ބައިވެރިވާނެ،" ރައީސްގެ ޕޯސްޓުގައިވެ އެވެ.
ދިވެހިރާއްޖެއަކީ ޑްރަގްގެ ވަބާއިން އެއްކޮށް ސަލާމަތްވެފައިވާ ޤައުމަކަށް ހެދުމަށް ސަރުކާރުން މިދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން. މިގޮތުން ޑްރަގުގެ ވިޔަފާރީގަ ބައިވެރިވާ ފަރާތްތަކާއި ދެކޮޅަށް ޙާއްސަ ކޮށްގެން މިއަދު އޮޕަރޭޝަނެއް ހިންގުމަށް އަޅުގަނޑުވާނީ ފުލުހުންނަށް އަންގާފަ.…
— Dr Mohamed Muizzu (@MMuizzu) November 13, 2025
އޭގެ ތަފްސީލު ހިއްސާކޮށް، ފުލުހުން ބުނީ "އޮޕަރޭޝަން އަލިމަގު" ގެ ނަމުގައި މަސްތުވާތަކެއްޗާ ދެކޮޅަށް ހާއްސަ އޮޕަރޭޝަން ފަށާފައިވަނީ އިންޓެލިޖެންސް މައުލޫމާތަށް ބިނާކޮށްފައި ކަމަށެވެ.
ރޭ ފަތިހު 5:30 ގައި ފެށި އެ އޮޕަރޭޝަންގައި ހާއްސަ ޑިޕާޓްމަންޓުތަކާއި ސަރަހައްދުތައް ވިލަރެސްކޮށްގެން އެކުލަވާލެވިފައިވާ ޓީމުތަކުން އެއްވަގުތެއްގައި ތަންތަން ބަލައި ފާސްކުރުމާއި ގާނޫނު ތަންފީޒުކުރުމުގެ އަމަލީ މަސައްކަތްތަކެއް ފަށާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ އޮޕަރޭޝަނަކީ، އެ އިދާރާއިން ބުނި ގޮތުގައި، މަސްތުވާތަކެއްޗާ ދެކޮޅަށް ފަހުގެ ތާރީހެއްގައި އެންމެ ފުޅާ ދާއިރާއެއްގައި ހިންގާ ހަރަކާތެއް ކަމަށެވެ.
"މިއީ ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ މަސްތުވާތަކެތީގެ ވިޔަފާރިކޮށް ޓްރެފިކްކުރާ ވިއުގަތައް ހުއްޓުވައި، މުޅިން ނައްތާލުމަށާއި މުޖުތަމައުގައި މަސްތުވާތަކެތި ފެތުރުމުގައި ޒިންމާވާ ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ގެނައުމަށް ކުރެވޭ ދެމެހެއްޓެނިވި މަސައްކަތްތަކުގެ ތެރެއިން ހިންގޭ އޮޕަރޭޝަނެއް،" ފުލުހުން ބުންޏެވެ.
ޑްރަގާ ދެކޮޅަށް މި ފަހުން ހިންގި ބޮޑު އޮޕަރޭޝަނުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ވަނީ 355 ކިލޯގެ ޑްރަގްސް ހޯދައިފަ އެވެ. އެ މައްސަލައާ ގުޅިގެން ލަންކާގެ ބޯޓުގައި ތިބި ފަސް ބިދޭސީން ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކޮވެލި
13 November 2025
ތީ ސީޒަނަލް ކަމެއް. ސީޒަން ނިމުނީމަ ތިކަން ނިމުނީ.
ޑަންޑަނޭ
13 November 2025
ފުލުހުން ހިންގާ ތޮޔާ ކަހަލަ އޮޕަރޭސަންތަކުގެ ހަބަރު ހަމަ ފުލުހުންގެ ތެރެއިން ވިއްކާ އެބޯ މީހުންނަށް އެނގޭ
ސަލާމްބެ
13 November 2025
ތިގޮތުގައި މަސައްކަތް ކުރާނަމަ މިމުޖްތަމައެއްކޮށް ސަލާމަތް ކުރެވިދާނެ. ތިވިޔަފާރި ހުއްޓުވައި ތިކަމުގައި އުޅޭ އެއްމެން ހައްޔަރުކުރަންވީ ވަގުތުމީ.
މޯޖޯ-ޖޯޖޯ
13 November 2025
މިއޮތް ހުރިހާ ދުވަހު މިކަން ކުރެވެންއޮވެމެ، މިއަދު މިކަން ކުރަން ނިންމީ ކިއްވެބާ؟ މީ މިއަދު ހަމަ ގޭގަ ހުއްޓަ ވިސްނުމަށް އައި ހިޔާލެއް ހެން ދެން އޮފީހަށް ގޮސް މިއަދު މިކަމޭ ކޮށްލާނީ ސަޅިވާނެއޭ ބުނާ ކަހަލަ ކަމެއް ފާޑު ޖަހަނީ.
ސޯޅަ
13 November 2025
އިއްޔެ މީހަކު ތިޔަތަންތަން ހުރިވާހަކަ ބުނީތޯ؟ ނޫނީ މާކުރިންވެސް އެނގޭ ތަންތަންތޯ ތިއީ؟
ކާކުބުނީ
13 November 2025
ހުވަފެނީގޯޅީގައި ސީސީޓީވީ ބަހައްޓައިގެން ބަލަމުން ޑްރަގްވިޔަފާރިކުރާ ގެއެއްހުރޭ. އެގޭގެކައިރީގައި ފުލުހުންވެސްއުޅޭ ފެންނަކަމަށްވެސް ނުހަދާދާނެ. އެގެބަލާ ފާސްކުރާނެ ބަޔަކު ހަމަނެތީތަ
އަވަސްކުރާށޭ
13 November 2025
ނ.އަތޮޅު މަގޫދޫއާ ޖެހިގެން އެންމެ ކައިރީގައި އޮންނަ މީހުން އުޅޭރަށް ތިޔަ އޮޕަރޭޝަންގައި ހިމެނޭބާ؟ ނ.އަތޮޅުގެ އެ ބިތް އެއްކޮން ހިފަހައްޓަނީ އެރަށުން. ޑްރަގް ޑީލަރުން މުއްސަދިވެ ގެދޮރު ގަނޑުވަރަށް ބަދަލުވެފަ ހުރީ. ވަށައިގެން ކެމެރާ ހަރުކޮށްގެން އުޅެނީ. ފުލުހުންވެސް ޝާމިލުވާކަމުގެ އަޑުތައް ރަށުތެރޭގައި އުޅޭ. އިންޓެލިޖެންސަށް ޚަބަރެއް ނެތިއްޔާ ދެން ތި ނިމުނީ. ވ.ސަލާމް.
ގެރޭ
13 November 2025
ނ ވެލިދޫ ވެސް އެޑު ކޮއްލޭ ތިލިސްޓަށް. ބޯ ސޮރުތަކާ ވިއްކާސޮރުތައް ރަށު ފުލުހުން ނަށް ވުރެ މަތީގައި ތިބެނީ. ދުވަހަކުވެސް ބޯމީހުން ތަކެއްޗާއެކު ހިފޭ ކަމަށް ނުވޭ އެމީހުންނަކަށް ކަލޯ.
އިސްމާލި
13 November 2025
އެއް ވަގުތެއްގައި 100 ތަން ބަލާ ފާސްކުރަން 500 މީހުން ބައިވެރިވި ކަމަށްވާނަމަ ތީގެ ތެރެއިން 75 ތަނުގެ ވެރިންނަށް ކުރިއާލައި މި މަޢުލޫމާތު ލިބި، އަޅަންޖެހޭ ފިޔަވަޅުތައް އޮންނާނީ އަޅާފައި. ބާކީ ތަންތަނުގެ ކާފީ ހެކި ނެތިގެން ކޯޓުން ސަލާމަތް ވާނެ.
ހުލް
13 November 2025
ހީދާނީ 100 ކިލޯ. ފެންނާނީ 2 ގްރާމް
ކޮވެލި
13 November 2025
ޖެނެރޭޝަން ބޭން އާއި މިއާ ތަފާތެއްނެތް. ހެޑްލައިން އެޅުން. ހުކުމެއް ކުރެވޭ ވަރެއް ނުވާނެ.