ޚަބަރު / މަގުމަތީގެ އެކްސިޑެންޓް

އެކްސިޑެންޓުގައި މަރުވި ޒުވާނާ އިން ސައިކަލު ދުއްވި މީހާ އަދިވެސް ނުފެނޭ

ރޭގެ އެކްސިޑެންޓުގައި މަރުވި ޔަޒީދު.

ދުއްވާފައި ދިޔަ ސައިކަލަކުން ގާޑިޔަލެއްގައި ޖެހި ރޭ އެކްސިޑެންޓުވެ، ސައިކަލްގެ ފަހަތުގައި އިން ޒުވާނާ މަރުވެފައިވާއިރު، އެ ސައިކަލު ދުއްވަން އިން މީހާ އަދިވެސް ނުފެންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ގަލޮޅު ހުވަފެނީ ގޯޅީގައި ބާއްވާފައި އޮތް ގާޑިޔަލެއްގައި، ސައިކަލަކުން ޖެހި، އެކްސިޑެންޓު ވެގެން ފުލުހުންނަށް ރިޕޯޓްކުރީ ރޭ 10 ޖަހަނިކޮށެވެ. އެ ހާދިސާ ހިނގިއިރު ސަައިކަލު ދުއްވި މީހާގެ އިތުރުން އޭގެ ފަހަތުގައި ޒުވާނަކު އިނެވެ.

ސައިކަލުގެ ފަހަތުގައި އިން އުމުރުން 21 އަހަރުގެ އިސްމާއިލް ޔަޒީދު އަލީ އަށް އަނިޔާވެ އެ ސަރަހައްދުގައި އެތައް އިރަކު އޮތް ކަމަށްވެ އެވެ. އެ ގާޑިޔަލުގެ މުއްގަނޑުގައި ޖެހި ކަރަށް ލިބުނު ޒަހަމްތަކާ އެކު އެތަނުގައި ލޭގެ ކޯރެއް ހެދިފައި އޮތެވެ. އޭނާ މަރުވީ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންދަނިކޮށެވެ.

އެކަމަކު ހާދިސާ ހިނގުމާ އެކު، ސައިކަލް ދުއްވި މީހާ އެތަނުގައި މަޑުނުކޮށް ފިލީ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "މިހާރު" އަށް ވިދާޅުވި ގޮތުގައި ސައިކަލު ދުއްވި މީހާ އަދިވެސް ނުފެނެ އެވެ.

މީގެ ކުރިން ވެސް މިފަދަ މަގުމަތީ އެކްސިޑެންޓުތައް ހިނގައި މީހުންނަށް އަނިޔާ ލިބުމުން، އެކަމުގައި ޝާމިލުވާ މީހުން ފިލި މައްސަލަތައް ފެންމަތިވެފައިވެ އެވެ.

35 ކޮމެންޓް, 43 ރިއެކްޝަންސް

icon happy icon happy 2%
icon sad icon sad 56%
icon angry icon angry 35%
icon wow icon wow 2%
icon inlove icon inlove 5%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އެމްސް

28 May 2021

ޑރ. އަފްރާޝީމްގް ޤަތުލާއި އެކުވެސް ގޮތް ނޭގޭ އެތައް މަރެއް ހިނގާދިޔަ! މިއަދު މިއުޅެނީ ކުރީގެ ރައީސަކަށް އެފަދަ ޙަމަލައެއް ދީގެން!

The name is already taken The name is available. Register?

ޢައިމިނަ

28 May 2021

ނުފެންނާނެ މަޖިލިސް މީހެއްނޫނީ އެމީހުންގެ އާއިލާމީހަކަށް ގެއްލުންވިނަމަ މިހާރު އަދަބުވެސް ދީފީސް ހޯދާފަ

The name is already taken The name is available. Register?

އާދަނު2

28 May 2021

ދުއްވަންއިނީ އޭނަގެ ފުރެންޑެއްނޫންތަ؟ ނޫނީ އޭނަ ކިޑްނެޕްކޮށްގެންތަދިޔައީ ފަހަތަށް އަރުވައިގެން؟!

The name is already taken The name is available. Register?

އަސްލު މީހާ

28 May 2021

ކޮބާ މިހާރު ދުއްވަން އިން މީހާ ފެނިއްޖެތަ؟ މިކަން މިހާރު ކިހާ ހިސާބަކަށް ގޮއްސި؟

The name is already taken The name is available. Register?

ކުޑަކުއްޖާ

27 May 2021

ސައިކަލް ދުއްވަންއިންމީހާ ފިލުމަކުން އޭގަ މައްސަލައެއް ނެތެއްނު. ރަހްމާ ކުލުނާާާާ ހަމްދަރުދީއާ އިންސާނިއްޔަތުކަން ފުރިފަތިބޭ މީހުނައް މިއަދު ކުރަން އެންމެފަސޭހަ ކަމަކީ މީހުންގެ ހިތުގަޖެއްސުން މީހުން ދެރަކޮއްލުން. މަރްހޫމައް ރަހްމަތް ލައްވާށި.

The name is already taken The name is available. Register?

ހިމާރުލްގައުމު

27 May 2021

ދިވެހި ޒުވާނުން އަރައިގެން އިންނަ ސައިކަލާ ހެދުން އަޅާ ގޮތާ އެޕިއަރެންސުންވެސް ފުލުހުންގެ ފެނުމަށް ބަދަލު އާދޭ.

The name is already taken The name is available. Register?

އައިން

27 May 2021

ކާކު ކަން އިނގޭތަ؟؟؟

The name is already taken The name is available. Register?

ދަންނަ ނުދަންނަ

28 May 2021

އާން ކާކު ކަން ވަރަށް ސާފުކޮށް އިނގޭނެ ފުލުހުންނަށް! ހޯދުމުގެ ގާބިލްކަން ނެތީ!

The name is already taken The name is available. Register?

އެއްކަލަ ގޮލާ

27 May 2021

"އިއްޒަތްތެރި" އަކަށް ވީ ނަމަ ހުންނާނެ ފުލުހުން ފޯރި. އާންމު މީހެއްވީމަ ނޫޅެނީ. ފުލުހުންނަކީވެސް ނުހުރުއްޕާނެއް.

The name is already taken The name is available. Register?

އެމްސް

27 May 2021

އެފަބީއައި ގެނެސް، ސައިކަލު ރަޖިސްޓްރީ އިނީ ކޮން ނަމެއްގަތޯ ބަލާ، އެމަގުން ދަމާ!

The name is already taken The name is available. Register?

ކަކުނިބޯ

27 May 2021

ސައިލަލުދުއްވަން އިން މީހާ މަރެއްނުވޭ އެކަން އެގެނީ އޭނާ ފިލު މުން އޭނާ މަރިވިނަ މަ އެތާއޮންނާ ނެއްނު

The name is already taken The name is available. Register?

ބަނޑޭރި

27 May 2021

ތިޔަވާހަކަ ނުދައްކަމާ ތޯއެވެ. މަރުވީ އާންމު ރައްޔިތެކެވެ. އެފަރާތުގެ ޙައްގުގަ ބަސްބުނާނެ މަޖިލިސް މެންބަރެއް ނުހުންނާނެ. ބަހާކަށް ރުފިޔާއެއްވެސް ނުހުންނާނެ. މިދޭތެރެއަކުން ވީކަމެއްގަ ފުލުހުން އުޅެގަންގޮތުން މަހީކުރީ ކޮންމެ މައްސަލައެއްގަވެސް ހަމަ އެގޮތަށް އުޅެގަންނާނެ ކަމަށް. އެކަމު އެކަންވެސް މިވީ ބިލާހަކަށް. އާއިލާ އަށް ކެތްތެރިކަން ދެއްވާށި. މައްޔިތާއަަށް ސުވަރުގެ މިންވަރު ކުރައްވާށި.

The name is already taken The name is available. Register?

އ2222

28 May 2021

އާމީން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454