މިހާރު ކުއިޒް ގައި ބައިވެރިވެގެން އުމްރާ ދަތުރެއް ހޯދުމުގެ ފުރުސަތު!

ފޮޓޯ ގެލަރީ photo gallery icon

މަސްޖިދުލް މުހައްމަދު އަލީ، ތަފާތު ރީތި މިސްކިތެއް

ބ. އޭދަފުށި- މާޗް 20، 2025: ބ. އޭދަފުށީ، ޑޭޒީވިލާ، މުހައްމަދު އަލީގެ ހަޔާތުގައި މިއަދަަކީ އޭނާ އަށް އެންމެ ބޮޑު ޝަރަފު ލިބިވަޑައިގެންނެވި ދުވަސް. އުމުރުން 91 އަހަރުގެ މުހައްމަދު އަލީ އެންމެ ބޮޑަށް ބޭނުންވި ކަމަކީ އޭނާގެ ހަރަދުގައި އެ ރަށުގައި މިސްކިތެއް އިމާރާތް ކޮށްދިނުން. މި މިސްކިތް ވެފައި ވަނީ މުހައްމަދު އަލީގެ ފަރާތުން އޭދަފުއްޓަށް ހޯދައި ދެވުނު ވަރަށް މަތިވެރި ޝަރަފަށް. އޭނާގެ ނަމުން ނަން ދީފައިވާ އެ މިސްކިތް ވެފައި ވަނީ މިހާރު ރާއްޖޭގައި ހުރި އެންމެ ރީތި މިސްކިތަށް. ހަތަރު އަހަރު ފަހުން މަސްޖިދުލް މުހައްމަދު އަލީ މިއަދުގެ މަޣުރިބު ނަމާދާ ދިމާކޮށް ހުޅުވިއިރު، މިއީ މުޅި އޭދަފުށި ފަހުރުވެރިވާނެ މިސްކިތެއް. މި މިސްކިތުން ފެންނަނީ އިސްލާމީ އާކިޓެކްޗާގެ ތަފާތުކަމާއި މުއްސަނދިކަން. ބޭރު ގައުމުތަކުން ފެންނަ އިސްލާމީ އާކިޓެކްޗާގެ ބައިތަކާއި ކެލިގްރަފީގެ ތަފާތު އާޓުތައް މި ތަނުން ދައްކައިދޭ--- ފޮޓޯ: ނިޝާން އަލީ | މިހާރު

24
3 days