12 ސެޕްޓެމްބަރ

September 12, 2019 19
ސިއްހީ ހިދުމަތަށް އެންމެ ބޮޑު ހަރަދެއް ކުރީ ރާއްޖެއިން

ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ ގައުމުތަކުން ސިއްހީ ހިދުމަތަށް ހޭދަކޮށްފައިވާ އަދަދަށް ބަލާއިރު، އާބަދީގެ ނިސްބަތުން 2017 ވަނަ އަހަރު އެންމެ ބޮޑު ހަރަދެއް ކޮށްފައި ވަނީ ރާއްޖެ އިން ކަމަށް ސާވޭއަކުން ދައްކައިފި އެވެ.

05 އޯގަސްޓް

August 05, 2019 21
އަމީން ޖަވާބުދާރީވީ ޒިންމާދާރުކަން ކުޑަކޮށް: ނާޒިމް

ރައްޔިތުންގެ މަޖިލީހުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ޖަވާބުދާރީވެވަޑައިގަތީ ނުކިއްސަރު ވިސްނުމެއްގައި ވަރަށް ޒިންމާދާރުކަން ކުޑަކޮށް ކަމަށް، ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

30 ޖުލައި

July 30, 2019 32
ފަރުވާއަށް މާލެއަންނަ މީހުން ގެ އަދަދު ދަށްކުރާނަން

އެކި ފަރުވާތަކަށް ރަށްރަށުން މާލެ އަންނަ މީހުންގެ އަދަދު މި އަހަރު ނިމުމުގެ ކުރިން 50 ޕަސެންޓަށް ދަށްކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިރޭ ވިދާޅުވެއްޖެ އެވެ.

24 ޖުލައި

July 24, 2019 17
ލޮލުގެ ފަރުވާ ފުޅާކުރަން ރާއްޖެ އަށް ޗައިނާގެ އެހީ

ރާއްޖޭގައި ދޭ ލޮލުގެ ފަރުވާގެ ހިދުމަތްތައް ފުޅާކުރަން ރާއްޖެ އާއި ޗައިނާ އިން މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

23 ޖުލައި

July 23, 2019 96
އާ ހޮސްޕިޓަލާ އެކު އައްޑޫ އިންގިލާބީ ބަދަލަކަށް!

މި ވަދެވުނީ، 2011 ގައި އައްޑޫގައި ސާކް ސަމިޓު ބޭއްވި ދަރުބާރުގެ އަށެވެ. ސަރަހައްދީ ގައުމުތަކުގެ ވެރިންގެ އެ ބޮޑު ބައްދަލުވުމަށް އިމާރާތްކުރި ކޮންވެންޝަން ސެންޓަރެވެ. އެކަމަކު މިހާރު މިއީ ބޮޑު ޓާޝަރީ ހޮސްޕިޓަލެކެވެ.

11 ޖުލައި

July 11, 2019 20
މިލަންދޫ ހެލްތު ސެންޓަރު ހޮސްޕިޓަލަކަށް ބަދަލުކުރަނީ

ށ. މިލަންދޫ ހެލްތު ސެންޓަރު ހޮސްޕިޓަލަކަށް ބަދަލުކުރަން ނިންމާފައިވާކަން ހެލްތު މިނިސްޓްރީން މިއަދު އިއުލާނުކޮށްފި އެވެ.

16 ޖޫން

June 16, 2019 45
އެތެރެވެފައި ތިބީ އެންމެ ރަނގަޅު ޑޮކްޓަރުންނެއް ނޫން!

ރާއްޖެ އިން ބޭރުން ޑޮކްޓަރުން ގެނައުމުގައި ކުރިން އަމަލު ކުރަމުން އަންނަ އުސޫލުގެ ސަބަބުން މިހާތަނަށް އެތެރެވެފައި ތިބީ އެންމެ ރަނގަޅު ފެންވަރުގެ ޑޮކްޓަރުން ނޫން ކަމަށާއި އެ އަށް ވުރެ ރަނގަޅު ޑޮކްޓަރުން ހޯދޭނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

June 16, 2019 15
ފަންސާހަކަށް ރަށުގެ އެމްބިއުލާންސް އޮތީ ހަލާކުވެފައި!

ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން ފަންސާހަކަށް ރަށުގައި އޮތް އެމްބިއުލާންސް ހަލާކުވެފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

June 16, 2019 55
10 ހޮސްޕިޓަލަކަށް ތަރައްގީ، އަގަކީ 800 މިލިއަން

ރާއްޖޭގެ ފަސް ރަށެއްގައި ހުރި 10 ހޮސްޕިޓަލެއް، 800 މިލިއަން ރުފިޔާ ހޭދަކޮށްގެން، މަތީ ފެންވަރުގެ އެކި ހިދުމަތް ލިބޭ ފެންވަރަށް ތަރައްގީކުރަން ނިންމާފައިވާ ކަމަށް ހެލްތު މިނިސްޓަރު...

16 މެއި

May 16, 2019 38
ބަދަލުތަކާ އެކު 10 ހޮސްޕިޓަލެއްގެ ފެންވަރު މަތިކުރަނީ

ރާއްޖޭގެ ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމުގައި ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަނެ ހައްލު ހޯދުމަށް ކުރާ މަސައްކަތުގެ ދަށުން، ކުރިއަށް އޮތް ތިން މަހެއްހާ ދުވަހުގެ ތެރޭގައި 10 ހޮސްޕިޓަލަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް ފެންވަރު މަތިކުރަން ނިންމާފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

28 އެޕްރީލް

April 28, 2019 36
ހުޅުމާލެ ހޮސްޕިޓަލުގެ ރޭޑިއޮލޮޖީ ޑިޕާޓްމެންޓް ހުޅުވައިފި

ހުޅުމާލެ ހޮސްޕިޓަލުގެ ރޭޑިއޮލޮޖީ ޑިޕާޓްމެންޓް، ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ރަސްމީކޮށް ހުޅުއްވައި ދެއްވައިފި އެވެ.

18 އެޕްރީލް

April 18, 2019 25
"ސިއްހީ ހިދުމަތުގެ ޝަކުވާތަކާ ގުޅޭ ގޮންޖެހުން ގިނަ"

ސިއްހީ ހިދުމަތްތަކާ މެދު އާންމުން ކުރާ ޝަކުވާތަކާ ގުޅުން ހުރި ގޮންޖެހުންތައް ގިނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

17 އެޕްރީލް

April 17, 2019 9
ހިމޮފީލިއާގެ ފަރުވާ ބަޖެޓުގައި ހިމަނާނަން: އަމީން

ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓު އެކުލަވާލާއިރު ހިމޮފީލިއާ އަށް ބޭނުންވާ ފަރުވާ ހިމަނަން މަސައްކަތްކުރާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

April 17, 2019 23
ކުރީގެ ހެލްތު މިނިސްޓަރުންގެ ސަމިޓެއް ބާއްވަނީ

ރާއްޖޭގެ ކުރީގެ ހެލްތު މިނިސްޓަރުންގެ ސަމިޓެއް މާދަމާ ބާއްވަން ސަރުކާރުން ނިންމައިފި އެވެ.

13 ފެބުރުއަރީ

February 13, 2019 19
ސިއްހީ ހިދުމަތް އާރާސްތުކުރަން ފަށައިފިން: މިނިސްޓަރު

އާ ބިންގަލެއްގެ މަތީގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސިޔާސަތާ އެއްގޮތަށް ސިއްހީ ހިދުމަތް އާރާސްތުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

22 ޖެނުއަރީ

January 22, 2019 30
ސިއްހީ ހިދުމަތް ދޭ ތަންތަން އެއްވިއުގާ އަކުން ގުޅާލަނީ

ސަރުކާރުގެ ސިއްހީ ޚިދުމަތް ދޭ ހުރިހާ ތަނެއް އެއް ވިއުގާ އަކުން ގުޅުވައިލުމުގެ އެއްބަސްވުމެއްގައި ހެލްތު މިނިސްޓްރީ އާއި ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން މިއަދު ސޮއިކޮށްފި އެވެ.

08 ޖެނުއަރީ

January 08, 2019 21
ގައުމީއެމްބިއުލާންސް ތައާރަފުކޮށް ހިދުމަތް ރަނގަޅުކުރަނީ

އެމްބިއުލާންސްގެ ހިދުމަތް ފުޅާކުރަން ގައުމީ އެމްބިއުލާންސްގެ ހިދުމަތް ތައާރަފުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

28 ޑިސެމްބަރ

December 28, 2018 28
ކުޅުދުއްފުށި ހޮސްޕިޓަލްގެ ޓެލެފޯން ވިއުގަ ވަރުގަދަކުރަނީ

ހދ. ކުޅުދުއްފުށި ހޮސްޕިޓަލްގައި އެޕޮއިންޓްމަންޓް ސިސްޓަމްގެ ޚިދުމަތް ފެށުމަށްޓަކައި އެތަނުގެ ޕީއޭބީއެކްސް ނުވަތަ ޓެލެފޯން ވިއުގަ ވަރުގަދަ ކުރުމަށް ހެލްތު މިނިސްޓްރީން އިއްޔެ ދިރާގާ ހަވާލުކޮށްފި އެވެ.

10 ޑިސެމްބަރ

December 10, 2018 41
އަމީންގެ ހާސްކަމެއް ނެތް، މައްސަލަތައް ހައްލުކުރެވޭނެ!

އާ ސަރުކާރުގެ މިނިސްޓަރުންގެ ތެރެއިން، ރާއްޖޭގެ ސިއްހީ ދާއިރާ އަށް އިންގިލާބީ ހެޔޮ ބަދަލުތަކެއް ގެނައުމުގެ މަސްއޫލިއްޔަތު އުފުއްލަވަން ޖެހިވަޑައިގެންފައިވާ، ހެލްތު މިނިސްޓަރު އަބްދުﷲ އަމީންއަށް ބޮޑު ފާޑުކިއުންތަކެއް އަމާޒުވި އެވެ. ސިއްހީ ދާއިރާގެ ތަޖުރިބާ ލިބިވަޑައިގެންފައިނުވާ ބޭފުޅަކަށް ވުމާ އެކު ކުރިމަތިވި...

06 ޑިސެމްބަރ

December 06, 2018 15
އާ ހޮސްޕިޓަލް ބޭނުންކުރަން ފެށޭނީ އަހަރުގެ މެދުތެރޭގައި

އައިޖީއެމްއެޗްގެ ދެކުނުން އޮތް ބިމުގައި ހެދި 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލްގެ ޚިދުމަތް ފެށޭވަރުވާނީ އަންނަ އަހަރުގެ މެދުތެރޭގައި ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

05 ޑިސެމްބަރ

December 05, 2018 20
ޑޮކްޓަރުންނާއި ނަރުހުންނަށް ހުއްދަދޭ އުސޫލު ބަދަލުކުރަނީ

ރާއްޖޭގައި ސިއްހީ ހިދުމަތް ދިނުމަށް ޑޮކްޓަރުންނާއި ނަރުހުންނަށް ހުއްދަ ދޭ އުސޫލަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

22 ނޮވެމްބަރ

November 22, 2018 41
އަމީންގެ ފުރަތަމަ ޒިޔާރަތް އައިޖީއެމްއެޗާއި އޭޑީކޭއަށް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ހެލްތު މިނިސްޓަރުކަމަށް އައްޔަން ކުރެއްވި އަބްދުﷲ އަމީންގެ މަސްއޫލިއްޔަތުތަކުގެ ތެރެއިން އޭނާގެ ފުރަތަމަ ޒިޔާރަތް ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗް އަދި އަމިއްލަ އެންމެ ބޮޑު ހޮސްޕިޓަލް އޭޑީކޭ އަށް މިއަދު ކުރައްވައި އެ ތަންތަނުގެ ހާލަތު ބައްލަވާލައްވައިފި އެވެ.