25 ނޮވެމްބަރ

November 25, 2018 21
ކްލިނިކްތަކުގެ އިސްވެރިންގެ ކަންބޮޑުވުންތައް މިނިސްޓަރަށް

ހެލްތު މިނިސްޓަރު އަބްދުﷲ އަމީން، ކްލިނިކްތަކުގެ އިސް ވެރިންނާ މިއަދު ބައްދަލުކުރައްވައިފި އެވެ.

22 ނޮވެމްބަރ

November 22, 2018 41
އަމީންގެ ފުރަތަމަ ޒިޔާރަތް އައިޖީއެމްއެޗާއި އޭޑީކޭއަށް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ހެލްތު މިނިސްޓަރުކަމަށް އައްޔަން ކުރެއްވި އަބްދުﷲ އަމީންގެ މަސްއޫލިއްޔަތުތަކުގެ ތެރެއިން އޭނާގެ ފުރަތަމަ ޒިޔާރަތް ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗް އަދި އަމިއްލަ އެންމެ ބޮޑު ހޮސްޕިޓަލް އޭޑީކޭ އަށް މިއަދު ކުރައްވައި އެ ތަންތަނުގެ ހާލަތު ބައްލަވާލައްވައިފި އެވެ.

11 ސެޕްޓެމްބަރ

September 11, 2018 24
"ޔާމީން ބަލި ކުރުމުގައި އިސްކޮށް ތިބެންވީ ސިފައިން"

މި މަހު 23 ގައި، ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީން ބަލި ކުރުމުގައި އެންމެ އިސްކޮށް ތިބެންވީ ދިވެހި ސިފައިން ކަމަށް، އިދިކޮޅު ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ އަމީން ރޭ ވިދާޅުވެއްޖެ އެވެ.

17 އޯގަސްޓް

August 17, 2018 29
ޔާމީން ދެވަނަ ދައުރެއްގައި ރަށްތައް ފަޅުކުރާނެ: އަމީން

ވެރިކަން ކުރެއްވުމަށް ރައީސް އަބްދުﷲ ޔާމީނަށް ދެ ވަނަ ފުރުސަތެއް ދީފި ނަމަ ރާއްޖޭގެ ރަށްތައް ފަޅުކުރައްވާނެ ކަމަށް، ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ އަމީން މިރޭ ވިދާޅުވެއްޖެ އެވެ.

13 ޖުލައި

July 13, 2018 14
އެންމެން ވެސް ރަނިން މޭޓުގެ އިންތިޒާރުގައި

އަންނަ ސެޕްޓެމްބަރު 23 ގައި ރާއްޖޭގައި އޮންނަ ރިއާސީ އިންތިޚާބުގައި، މިހާރުގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލު ކޮށްލުމަށް އިދިކޮޅު ހުރިހާ ޕާޓީތައް ގުޅިގެން މަސައްކަތް ފެށުމާ...

July 13, 2018 17
ރަނިން މޭޓް ކަމަށް ވާދަ ކުރައްވާނީ 4 ބޭފުޅުން

މި އަހަރުގެ ރިއާސީ އިންތިޚާބުގައި، ގުޅިފައިވާ ޕާޓީތަކުގެ ރިއާސީ ކެންޑިޑޭޓުގެ ރަނިން މޭޓުގެ މަގާމު ހޯދުމަށް ވާދަ ކުރެއްވުމަށް ކުރިމަތިލެއްވީ އެންމެ ހަތަރު ބޭފުޅުން ކަމަށް ޖުމްހޫރީ...

10 ޖުލައި

July 10, 2018 42
"ވަކި މީހަކު ގާތްކުރުމުން ޔާމީންގެ އަނިޔާ ނުފޮރުވޭނެ"

ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ކެމްޕެއިނަށް އާ ބޭފުޅުން ގެންނަވަނީ ސަރުކާރުން ނުގަވައިދުން ކޮށްފައިވާ ކަންކަން ފޮރުވުމަށް ކަމަށާއި އެކަން ނުވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

03 ޖުލައި

July 03, 2018 40
ޖޭޕީން ރަނިންމޭޓަކު ކަނޑައެޅުން އަންނަ އަންގާރަ ދުވަހު

ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓު، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)އާ އެކު ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ޖުމްހޫރީ ޕާޓީގެ ރަނިން މޭޓަކު އަންނަ އަންގާރަ ދުވަހު ކަނޑައަޅާނެ ކަމަށް ޖުމްހޫރީ ޕާޓީން މިއަދު ބުނެފި އެވެ.

01 ޖުލައި

July 01, 2018 109
ލަހެއް ނުވެ ޖޭޕީން ރަނިން މޭޓަކު ކަނޑައަޅާނެ

ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓު، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)އާ އެކު ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ޖުމްހޫރީ ޕާޓީގެ ރަނިން މޭޓަކު ލަސްތަކެއް ނުވެ ކަނޑައަޅާނެ ކަމަށް އެ ޕާޓީގެ ނައިބު ލީޑަރު، ޑރ. ހުސެއިން ރަޝީދު ހަސަން މިއަދު ވިދާޅުވެއްޖެ އެވެ.

24 ޖޫން

June 24, 2018 6
ރަށްރަށަށް ދަތުރުކޮށް ޕާޓީ ވަރުގަދަ ކުރާނަން: އަމީން

ޖުމްހޫރީ ޕާޓީ (ޖޭޕީ)ން އެކި ރަށްރަށަށް ދަތުރުކޮށް، ޕާޓީގެ ހަރަކާތްތައް ވަރުގަދަކުރަން ރާވާފައިވާ ކަމަށް އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު ކަމަށް އަލަށް އިންތިހާބުވެވަޑައިގެންނެވި އަބްދުﷲ އަމީން މިރޭ ވިދާޅުވެއްޖެ އެވެ.

23 ޖޫން

June 23, 2018 21
ޖޭޕީގެ ހަތަރު ނައިބު ލީޑަރުން އިންތިޚާބުކޮށްފި

ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް އަލަށް އިންތިޚާބުކުރާ ހަތަރު ލީޑަރުން މިއަދު ފަތިހު ހޮވައިފި އެވެ.

15 މާޗް

March 15, 2018 7
ކޮންމެ އެއްވުމަކީ ވެރިކަން ވައްޓާލުމެއް ނޫން: ޖޭޕީ

އިދިކޮޅު ފަރާތްތަކުން ބާއްވާ ކޮންމެ އެއްވުމަކީ ވެރިކަން ވައްޓާލަން އުޅުން ކަމަށް ނިންމުމުގެ ބާރު ފުލުހުންނަށް ލިބިގެން ނުވާ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން މިއަދު ބުނެފި އެވެ.

10 ފެބުރުއަރީ

February 10, 2018 40
ޖަމީލް، މަލީހު އަދި އަމީން ޖުމްހޫރީ ޕާޓީއަށް

ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ކެމްޕޭންގައި އެންމެ އިސް ދައުރެއް އަދާކުރެވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދާއި ކުރީގެ ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް އަދި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަބްދުﷲ އަމީން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފި އެވެ.

22 ނޮވެމްބަރ

November 22, 2017 30
މަޝްވަރާ އަށް ކުރީގެ ތިން މިނިސްޓަރަކު ލަންޑަނަށް

އަންނަ އަހަރުގެ ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދާ މަޝްވަރާކުރުމަށް، މި ސަރުކާރުގެ ކުރީގެ ތިން މިނިސްޓަރަކު މިއަދު ލަންޑަނަށް ފުރާވަޑައިގެންފި އެވެ.

22 ސެޕްޓެމްބަރ

September 22, 2017 65
ކެމްޕޭންގައި ރީކޯ މޫސަ އިސްކޮށް އުޅުއްވާތީ ފާޑުކިޔުން!

ވެރިކަން ކުރާ ޕީޕީއެމުން އެކި ދާއިރާތަކުގައި މިހާރު ކުރަމުން އަންނަ ކެމްޕޭނުގައި، އެ ޕާޓީއާ ވަރަށް ފަހުން ގުޅިވަޑައިގެންނެވި މަޖިލީހުގެ ނައިބު ރައީސް އަދި އިދިކޮޅު އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު އިސްކޮށް އުޅުއްވާތީ އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

18 އޯގަސްޓް

August 18, 2017 36
ސަރުކާރުގެ ޚަަރަދު ފޫބައްދަން ބިން ވިއްކުން ގޯސް:އަމީން

ރައީސް އަބްދުﷲ ޔާމީނަށް ސަރުކާރުގެ ޚަރަދު ހަމަނުޖެއްސިގެން ހަމައެކަނި އެ ބޭނުމަށްޓަކައި މާލެ އިން ބިން ވިއްކުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ވިދާޅުވެ، ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަދި މާލޭގެ ބިމާ ބެހޭ ވަޒީރުންގެ ކޮމެޓީގެ ކުރީގެ މުގައްރިރު އަބްދުﷲ އަމީން މިއަދު ފާޑުވިދާޅުވެއްޖެ އެވެ.

11 ޖޫން

June 11, 2017 4
މިހާރު އެނގިއްޖެ: އުޅެއުޅެ ވެސް ޚަބަރެއް ނުކިޔުނު!

މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ގިނަ ބަޔަކަށް އޮޅިފައެއް ނޯންނާނެ އެވެ. ސިޔާސީ މައިދާނަށް ނުކުންނެވުމުގެ ކުރިން، ޕާޓްޓައިމްކޮށް މަސައްކަތް ކުރެއްވީ ދިޓީވީގައި ޕްރެޒެންޓަރެއްގެ ގޮތުގަ އެވެ. ލައިވް ޕްރޮގްރާމްތައް ހުށަހެޅުއްވުމަކީ އޭނާ އަށް ވަރަށް ފަސޭހަ ކަމެކެވެ.

09 މެއި

May 09, 2017 21
ރައީސްގެ މައްޗަށް ވެސް ޝަރީއަތް ހިންގާނެ: އަމީން

ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފަށް ރައީސް އަބްދުﷲ ޔާމީން އަމަލު ކުރައްވާފައިވާ ނަމަ އެ މަނިކުފާނުގެ މައްޗަށް ވެސް ރާއްޖޭގައި ޝަރީއަތް ހިންގާ މަންޒަރު ފެންނާނެ ކަމަށް ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަބްދުﷲ އަމީން މިރޭ ވިދާޅުވެއްޖެ އެވެ.

16 އެޕްރީލް

April 16, 2017 54
ރައީސް ޔާމީންގެ ނަން ވޯޓު ކަރުދާހަކު ނޯންނާނެ: އަމީން

އަންނަ ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާހުގައި ރައީސް އަބްދުﷲ ޔާމީންގެ ނަންފުޅު އޮންނާނެ ކަމަކަށް ނުބެލެވޭ ކަމަށް ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަބްދުﷲ އަމީން މިރޭ ވިދާޅުވެއްޖެ އެވެ.

19 އޮކްޓޯބަރ

October 19, 2016 30
ކުރީގެ މިނިސްޓަރުންނާ މައުމޫން މަޝްވަރާކުރައްވައިފި

ރައީސް އަބްދުﷲ ޔާމީންގެ ކެބިނެޓުގެ ކުރީގެ ވަޒީރުންނާ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު މަޝްވަރާކުރައްވައިފި އެވެ.