15 ނޮވެމްބަރ

November 15, 2019 13
ވިސާ ނެތި ފެބުރުއަރީން ފެށިގެން މޮރޮކޯ އަށް ދެވޭނެ

ވިސާ ނެތި ދިވެހިންނަށް އަންނަ ފެބުރުއަރީ މަހުން ފެށިގެން މޮރޮކޯ އަށް ދެވޭނެ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

November 15, 2019 4
އިމާމުންނަށް މޮރޮކޯ އިން ފުރުސަތު ހޯދަން މަޝްވަރާކޮށްފި

ރާއްޖޭގެ އިމާމުންނަށް މޮރޮކޯގެ މައުހަދުތަކުން ތަމްރީނުގެ ފުރުސަތު ހޯދަން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު މަޝްވަރާ ކުރައްވައިފި އެވެ.

31 އޮކްޓޯބަރ

October 31, 2019 1
ޗައިނާ ޓޫރިސްޓުންގެ ރައްކާތެރިކަމާ ބެހޭ މަޝްވަރާތަކެއް

ޗައިނާ އިން ރާއްްޖެ އަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ ރައްކާތެރިކަމާ ބެހޭ ގޮތުން މަޝްވަރާކުރަން ދެ ގައުުމުން ބާއްވަމުން އަންނަ މަޝްވަރާ ބައްދަލުވުންތަކުގެ ތެރެއިން ތިން ވަނަ ބައްދަލުވުން މިއަދު ފަށައިިފި އެވެ.

26 އޮކްޓޯބަރ

October 26, 2019 23
ރާއްޖެ މިދަނީ ދުނިޔޭގައި ފައި ހަމަކުރަމުން: ޝާހިދު

ދުނިޔޭގެ އެކި ގައުމުތަކާއި ޖަމިއްޔާތަކާ އެކު ރާއްޖެ އެކަހެރިވެފައި އޮތް އޮތުން ނިމުމަކަށް ގެނެސް، ރާއްޖެ އަށް ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަޒަރުބައިޖާންގެ ވެރިރަށް ބާކޫގައި މިއަދު ވިދާޅުވެއްޖެ އެވެ.

25 އޮކްޓޯބަރ

October 25, 2019 4
ނާމް ސަމިޓްގައި ރައީސްގެ ފަރާތްޕުޅުން މިނިސްޓަރު ޝާހިދު

ނަން-އެލައިންޑް މޫވްމަންޓްގައި ހިމެނޭ ގައުމުތަކުގެ ވެރިންގެ 18 ވަނަ ސަމިޓްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފަރާތްޕުޅުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ބައިވެރިވެވަޑައިގެންފި އެވެ.

24 އޮކްޓޯބަރ

October 24, 2019 3
ރާއްޖެއިން ދެކެނީ އދ.އިން ސުލްހަ ކަށަވަރުކުރާ ކަމަށް

އދ. އަށް 74 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ރާއްޖޭން އެ ޖަމާއަތުގެ އުސޫލުތަަކާއި އަގުތައް ދަމަހައްޓަން ރާއްޖޭން ވެފައިވާ ވައުދު އާކޮށްފި އެވެ.

21 އޮކްޓޯބަރ

October 21, 2019 11
ޖަޕާނު ސަރުކާރުން ރާއްޖެއަށް 70 މިލިއަން ރުފިޔާ ދީފި

ޓެރަރިޒަމާއި ދެކޮޅަށް މަސައްކަތްކުރަން ޖަޕާނު ސަރުކާރުން ރާއްޖެ އަށް 70.9 މިލިއަން ރުފިޔާ ހިލޭ ދީފި އެވެ.

16 އޮކްޓޯބަރ

October 16, 2019 1
ތައިލެންޑުގައި ރާއްޖޭގެ އެމްބަސީއެއް ހުޅުވައިފި

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ތައިލެންޑުގައި ހުންނަ ރާއްޖޭގެ އެމްބަސީ މިއަދު ހުޅުއްވައިދެއްވައިފި އެވެ.

15 އޮކްޓޯބަރ

October 15, 2019 4
ފޮރިން މިނިސްޓަރު ޝާހިދު ތައިލެންޑަށް ވަޑައިގެންފި

ތައިލެންޑްގެ ފޮރިން މިނިސްޓަރު ޑޮން ޕްރަމޫޑްވިނާއީގެ ދައުވަތަކަށް ކުރައްވާ ދެ ދުވަހުގެ ދަތުރެއްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ތައިލެންޑަށް ވަޑައިގެންފި އެވެ.

11 އޮކްޓޯބަރ

October 11, 2019 21
"ދީނުގެ ނަމުގައި ހަމަނުޖެހުމަށް ފުރުސަތު ނުދެވޭނެ"

ޚިޔާލުފާޅު ކުރުމުގެ މިނިވަން ކަމުގެ ނަމުގައި އިސްލާމްދީނުގެ އަސްލަކާ ޚިލާފް އެއްވެސް ވާހަކައެއް ނުދެއްކޭނެ ކަމަށާއި އަދި އިސްލާމްދީނުގެ ނަމުގައި ގާނޫނާ ޚިލާފް އަމަލުތައް ހިންގަން ވެސް ފުރުސަތު ނުދެވޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

10 އޮކްޓޯބަރ

October 10, 2019 2
ސާކުގެ ތައުލީމާބެހޭ ވަޒީރުންގެ ބައްދަލުވުން ރާއްޖޭގައި

ސާކު ގައުމުތަކުގެ އެޑިއުކޭޝަނާއި ހަޔަ އެޑިއުކޭޝަން މިނިސްޓަރުންގެ ބައްދަލުވުން ރާއްޖޭގައި މިއަދު ފަށައިފި އެވެ.

09 އޮކްޓޯބަރ

October 09, 2019 14
އެމްބަސީ އަޅަން ޗައިނާ އަށް ވެސް ބިމެއް ދީފި

ބޭރުގައުމުތަކުގެ އެމްބަސީތައް އެއް ތަނެއްގައި އަޅަން ހުޅުމާލޭގެ ދެވަނަަ ފިޔަވަހިން ކަނޑައެޅި "ޑިޕްލޮމެޓިކް އެންކްލޭވް" އިން ޗައިނާ އަށް ވެސް މިއަދު ބިމެއް ދީފި އެވެ.

08 އޮކްޓޯބަރ

October 08, 2019 31
ޝާހިދުގެ ގިނަ ވާހަކަތަކެއް: ރާއްޖެ ކުރީ ސަފުގައި

"އެއްވެސް ގައުމަކަށް މިހާރަކު ނުކުރޭނެ ބުނާކަށް މިވެނި ގައުމަކާ ގުޅުން ކަނޑާލާށޭ. ގައުމެއްގެ ގޮތުގައި އަޅުގަނޑުމެން މިއަދު މިތިބީ މާ ގަދަކޮށް. ފަހަތުގައި ފިލައެއް ނޫން. ރާއްޖެ މިއޮތީ އެހެން ގައުމުތަކާ އެއް ސަފެއްގައި."

01 އޮކްޓޯބަރ

October 01, 2019 2
އިންޑިއާގެ އާމީ ޗީފް، މިނިސްޓަރު ޝާހިދާ ބައްދަލުކޮށްފި

އިންޑިއާ ސިފައިންގެ އެންމެ މަތީ ވެރިޔާ، އާމީ ޗީފް ޖެނެރަލް ބިޕިން ރަވާތު، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާ މިއަދު ބައްދަލުކުރައްވައިފި އެވެ.

29 ސެޕްޓެމްބަރ

September 29, 2019 10
ކޮމަންވެލްތު ބައްދަލުވުމުގައި ރާއްޖެ ބައިވެރިކުރަންޖެހޭ

ރާއްޖޭން އަލުން ކޮމަންވެލްތުގެ މެމްބަރު ގައުމެއްގެ ގޮތުގައި ބައިވެރިވުމަށް އެ ޖަމާއަތަށް ހުށަހެޅި ލިޔުންތަކަށް މަރުހަބާ ކިޔާ ކަމަށާއި ކޮމަންވެލްތުގެ އެންމެ އަވަހަށް އޮންނަ...

September 29, 2019 2
އދ. ގެ ތިން މުއާހަދާއެއްގައި ރާއްޖޭން ބައިވެރިވެއްޖެ

އދ. ގެ ތިން މުއާހަދާއެއްގައި ރާއްޖެއިން މިއަދު ބައިވެރިވެއްޖެ އެވެ.

27 ސެޕްޓެމްބަރ

September 27, 2019 13
ނިއުކްލިއަ ހަތިޔާރު މަނާކުރަން ރާއްޖެ އެއްބަސްވެއްޖެ

ނިއުކްލިއަ ހަތިޔާރު މަނާކުރާ މުއާހަދާގައި ރާއްޖޭން މިއަދު ސޮއިކޮށްފި އެވެ.

26 ސެޕްޓެމްބަރ

September 26, 2019
މޫސުމީ ބަދަލުތަކާ ގުޅޭ މައުލޫމާތު ހިއްސާކުރަން އެދިއްޖެ

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ މައުލޫމާތު އދ. ގެ މެމްބަރު ގައުމުތަކަށް ގަވާއިދުން ހިއްސާ ކުރުމަށް ރާއްޖެއިން އިއްޔެ އެދިއްޖެ އެވެ.

25 ސެޕްޓެމްބަރ

September 25, 2019 1
ނިއު ޔޯކުން: ދިވެހި ކްރިކެޓާ މެދު އުއްމީދީ ބަސްކޮޅެއް

ނިއު ޔޯކުގައި މިހާރު ކުރިއަށްދާ އ.ދ ގެ އަހަރީ އާއްމު ޖަލްސާގެ ހަވާސާގެ ތެރެއިން ނޫސްވެރިންގެ ސުވާލުތައް ލީޑަރުންނަށް އަމާޒުވަނީ ހާރިޖީ ސިޔާސަތުތަކާއި މޫސުމީ ބަދަލުތަކާއި...

September 25, 2019 19
"ރާއްޖޭގެ ޓޫރިޒަމަށް ޗައިނާ އިންވެސްޓު ކުރަން އެދެން"

ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ޗައިނާގެ އިންވެސްޓަރުން ރާއްޖޭގައި އިންވެސްޓް ކުރުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެދިވަޑައިގެންފި އެވެ.

22 ސެޕްޓެމްބަރ

September 22, 2019 8
ޗައިނާގެ ޓޫރިސްޓުންގެ އަދަދު 2023ގައި 1 މިލިއަނަށް

އަމާޒަކީ 2023 އަންނަން ވާއިރަށް، ރާއްޖެ އަށް ޗައިނާ އިން އަހަރަކު އެއް މިލިއަން ޓޫރިސްޓުން ގެނައުން ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

September 22, 2019 5
ޝާހިދުގެ ދަތުރަކީ އިތުބާރު އުފައްދަން ލިބުނު ފުރުސަތެއް

ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިދިޔަ ހަފުތާގައި ޗައިނާ އަށް ކުރެއްވި ދަތުރަކީ ދެ ގައުމުގެ ދެމެދުގައި އިތުބާރު އުފައްދަން ލިބުނު ފުރުސަތެއް ކަމަށް ޗައިނާ އިން ބުނެފި...

20 ސެޕްޓެމްބަރ

September 20, 2019 15
ރާއްޖެ-ޗައިނާ އިން ތިން އެމްއޯޔޫއެއްގައި ސޮއިކޮށްފި

ރާއްޖެ އާއި ޗައިނާއާ ދެމެދު މުހިއްމު ތިން އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފި އެވެ.

September 20, 2019 31
ހުޅުމާލޭގައި ޗައިނާ އިން ސްޓޭޑިއަމެއް އަޅައިދެނީ

ހުޅުމާލޭގައި ބައިނަލްއަގްވާމީ ފެންވަރުގެ ސްޓޭޑިއަމް މަޝްރޫއުގެ މަސައްކަތްތައް ފެށުމާ ގުޅޭ އެއްބަސްވުމެއްގައި ރާއްޖެ އާއި ޗައިނާ އިން މިއަދު ސޮއިކޮށްފި އެވެ.

19 ސެޕްޓެމްބަރ

September 19, 2019 14
ޝާހިދު، ޗައިނާގެ ނައިބު ރައީސާ ބައްދަލުކުރައްވައިފި

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޗައިނާގެ ނައިބު ރައީސް ވަންގް ގިޝާންއާ ބައްދަލުކުރައްވައިފި އެވެ.

September 19, 2019 22
އަލީ ނަސީރަށް ފޮރިން މިނިސްޓްރީގެ އާ މަގާމެއް ދީފި

އދ. އަށް ރާއްޖޭން ކަނޑައަޅާފައި ހުންނަ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދަށް ފޮރިން މިނިސްޓްރީން އާ މަގާމެއް އަނެއްކާވެސް ދީފި އެވެ.