21 މާޗް

March 21, 2019 75
ސަރުކާރުގެ ދަތުރުތަކަށް 29 މިލިއަން ރުފިޔާ ހޭދަކޮށްފި

ވޭތުވެދިޔަ ދެ މަހާއި ބައިގެ ތެރޭގައި މި ސަރުކާރުން ހަމައެކަނި ދަތުރުތަކަށް އެކަނި 29.3 މިލިއަން ރުފިޔާ ހޭދަކޮށްފި އެވެ.

March 21, 2019 6
ތައިލެންޑް ވިސާ ލިބޭނެ ލުއިގޮތެއް ހޯދަން މަޝްވަރާކޮށްފި

ތައިލެންޑަށް ދާ ދިވެހިންނަށް ވިސާ ލިބުމުގައި ދިމާވާ ދަތިތަކަށް ލުޔެއް ހޯދުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އެ ގައުމުގެ ވަފްދަކާ އިއްޔެ ބައްދަލުކުރައްވައިފި އެވެ.

March 21, 2019 8
ޖީޑީޕީ މަތިވިޔަސް އިގުތިސާދު ވަރުގަދައެއް ނުވޭ: ޝާހިދު

ބޮލަކަށް ޖެހޭ އާމްދަނީ މަތިވިޔަސް ރާއްޖެ ފަދަ ކުދި ގައުމުތަކުގެ އިގުތިސާދު ވަރުގަދަ ނުވާ ކަމަށާއި ގިނަ ކަންތައްތަކެއް އަދިވެސް ކުރަން ޖެހޭ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު...

18 މާޗް

March 18, 2019 12
ހިލަ އާއި ހިލަވެލީގެ ކޯޓާ އިންޑިއާ އިން އިތުރުކޮށްދީފި

އިންޑިއާ އިން ރާއްޖެއަށް ހިލަ އާއި ހިލަވެލި އަދި އެހެނިހެން އަސާސީ ތަކެތި އެތެރެކުރުމުގެ ކޯޓާ އެ ގައުމުން ތިން އަހަރަށް އިތުރުކޮށްދީފި އެވެ.

17 މާޗް

March 17, 2019 33
އިންޑިއާ ވައުދުވި ގޮތަށް ކަންތައް ކުރަމުންދޭ

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގައި ރާއްޖެ އަށް ކޮށްދިނުމަށް އެ ގައުމުން ވައުދުވި ކަންތައްތައް ކުރިއަށް ދާ ގޮތާ މެދު ވަރަށް...

March 17, 2019 31
އިންޑިއާގެ ފޮރިން މިނިސްޓަރު ރާއްޖެ ވަޑައިގެންފި

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސުވަރާޖް މިއަދު ރާއްޖެ ވަޑައިގެންފި އެވެ.

14 މާޗް

March 14, 2019 31
އިންޑިއާ ފޮރިން މިނިސްޓަރު އާދީއްތަ ދުވަހު ރާއްޖެއަށް

އިންޑިއާގެ ފޮރިން މިނިސްޓަރު ސުޝްމާ ސުވަރާޖް އަންނަ އާދީއްތަ ދުވަހު ރާއްޖެ އަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

12 މާޗް

March 12, 2019 17
ވަކި ގައުމަކާ ހާއްސަ ގުޅުމެއް ނުބާއްވާނެ: ޝާހިދު

ވަކި ގައުމަކާ ހާއްސަ ގުޅުމެއް ބޭއްވުމުގެ ސިޔާސަތެއް ރާއްޖޭން ނުގެންގުޅޭ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިރޭ ވިދާޅުވެއްޖެ އެވެ.

March 12, 2019 10
މިއީ އީޔޫ-ދިވެހިރާއްޖެ ގުޅުމުގެ އާ ސަފުހާއެއް: ސަފީރު

ޔޫރަޕިއަން ޔޫނިއަން އާއި ރާއްޖޭން އިއްޔެ ބޭއްވި މަޝްވަރާތަކަށް ފަހު އެއްބާރުލުމުގެ އާ ސަފުހާއެއް ހުޅުވިފައިވާ ކަމަށް އެ ޖަމާއަތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޓުން...

11 މާޗް

March 11, 2019 5
ސަމިޓުގައި ރާއްޖެއަށް ޖާގަ ލިބޭނެ ކަމަަށް އުންމީދުކުރަން

އަންނަ އަހަރު އޮންނަ ކޮމަންވެލްތު ގައުމުތަކުގެ ވެރިންގެ ސަމިޓުގައި ރާއްޖެ އަލުން އެޖަމާއަތުގައި ބައިވެރިވެވޭނެ ކަމަށް އުންމީދުކުރާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

07 މާޗް

March 07, 2019 3
އދ.އިން ރާއްޖެއަށް އިންސާނީ ހައްގުތަކާ ބެހޭ މުޝީރެއް

އިންސާނީ ހައްގުތަކުގެ ހާލަތު ރަނގަޅުކޮށް ރާއްޖެއަށް ލަފާ ދިނުމުގެ ގޮތުން އެ ދާއިރާގެ މުޝީރެއް އދ. އިން ރާއްޖެއަށް ހަމަޖައްސާނެ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

05 މާޗް

March 05, 2019 11
އީޔޫ ސަފީރަކަށް ސޯބިރު އައްޔަންކޮށްފި

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި ބެލްޖިއަމްގެ ސަފީރު ކަމަށް ހަސަން ސޯބިރު މިއަދު އައްޔަން ކުރައްވައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އޭނާ އަށް މަގާމުގެ ފަތްކޮޅު ދެއްވައިފި އެވެ.

04 މާޗް

March 04, 2019 4
"ޓެރަރިޒަމާ ދެކޮޅަށް އޯއައިސީން ފިޔަވަޅު އަޅަންޖެހޭ"

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ މެމްބަރު ގައުމުތަކުން ޓެރަރިޒަމާ ދެކޮޅަށް މިހާރަށް ވުރެ ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިއްޔެ ވިދާޅުވެއްޖެ އެވެ.

28 ފެބުރުއަރީ

February 28, 2019 14
އިންޑިއާ-ޕާކިސްތާން ސުލްހަވާން ރާއްޖޭން ގޮވާލައިފި

ކަޝްމީރުގައި ޕާކިސްތާނު ހަނގުރާމަވެރިންގެ ބަޔަކު ހަމަލާދީ އިންޑިއާގެ ސަލާމަތީ ބާރުތަކުގެ ބަޔަކު މަރާލުމާ ގުޅިގެން އުފެދިފައިވާ ނުތަނަވަސްކަން ހައްލުކުރުމަށް އިންޑިއާ އާއި ޕާކިސްތާނުން ކެތްތެރިކަން އިސްކޮށް ވާހަކަ ދައްކައިގެން ހައްލު ހޯދަން ރާއްޖޭން ގޮވާލައިފި އެވެ.

27 ފެބުރުއަރީ

February 27, 2019 5
ދިވެހިންނަށް މެލޭޝިއާ ވިސާ ލުއިކޮށްދޭން އެދެފި

މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް ވިސާ ދިނުމުގައި މިހާރަށް ވުރެ ލުއިގޮތްތައް ހަމަޖައްސައިދިނުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިއްޔެ އެދިވަޑައިގެންފި އެވެ.

21 ފެބުރުއަރީ

February 21, 2019 34
ރާއްޖެއަށް އެމެރިކާއިން 150 މިލިއަން ރުފިޔާގެ އެހީ

ރާއްޖެއަށް 9.75 މިލިއަން ޑޮލަރު (150,735,000ރ.) ގެ ހިލޭ އެހީއެއް ދިނުމަށް އެމެރިކާގެ ކޮންގްރެސްގެ ތެރެއިން މަސައްކަތް ކުރަމުން އަންނަ ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ އިއްޔެ ވިދާޅުވެއްޖެ އެވެ.

20 ފެބުރުއަރީ

February 20, 2019 1
މިނިވަން ޖުޑިޝަރީއެއް ގާއިމްވުމަކީ ބޮޑު ކާމިޔާބެއް

ޒިންމާދާރު ރައްޔިތުންގެ މަޖިލީހަކާއި، މިނިވަން ޖުޑިޝަރީއެއް އަހަރެއްގެ ތެރޭގައި މި ސަރުކާރަށް ގެނެވިއްޖެ ނަމަ އެއީ ވަރަށް ބޮޑު ކާމިޔާބަކަށް ވާނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިއްޔެ ވިދާޅުވެއްޖެ އެވެ.

18 ފެބުރުއަރީ

February 18, 2019 16
މިނިސްޓަރު ޝާހިދު އެމެރިކާ އަށް ފުރާވަޑައިގެންފި

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކަލް ރިޗާޑް ޕޮމްޕެއޯގެ ދައުވަތަކަށް މިރޭ އެ ގައުމަށް ފުރާވަޑައިގެންފި އެވެ.

16 ފެބުރުއަރީ

February 16, 2019 16
އިންޑިއާ އިން ހިފެހެއްޓި ދޯނި ދޫކޮށްލައިފި

އިންޑިއާގެ ކަނޑުގެ ސަރަހައްދަށް ވަނުމުން އެ ގައުމުގެ ކަނޑުގެ ސިފައިން އިއްޔެ ހިފެހެއްޓި ދޯނި ދޫކޮށްލައިފި އެވެ.

14 ފެބުރުއަރީ

February 14, 2019 2
ސައުދީ ފަންޑުގެ އިސްވެރިންނާ ޝާހިދު ބައްދަލުކުރައްވައިފި

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ސައުދީ ފަންޑުގެ އިސްވެރިންނާ މިއަދު ބައްދަލުކުރައްވައިފި އެވެ.

12 ފެބުރުއަރީ

February 12, 2019 17
ފޮރިން މިނިސްޓަރު ޝާހިދު ސައުދީ އަށް

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ސައޫދީ އަރަބިއްޔާ އަށް ކުރައްވާ ރަސްމީ ދަތުރެއްގައި މިއަދު ފުރާވަޑައިގެންފި އެވެ.

07 ފެބުރުއަރީ

February 07, 2019 11
ރާއްޖޭގެ ހާލަތު ދެނެގަތުމަށް ބޭރުގެ ފަރާތްތަކަށް ދައުވަތުދީފި

ރާއްޖޭގެ ހާލަތު ދެނެގަތުމަށް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ބޭރުގެ ފަރާތްތަކަށް ދިވެހި ސަރުުކާރުން ދައުވަތު ދީފި އެވެ.

06 ފެބުރުއަރީ

February 06, 2019 7
ބަޖެޓް ސަޕޯޓަށް ޔޫއޭއީ އިން 50 މިލިއަން ޑޮލަރު

ބަޖެޓް ސަޕޯޓަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ރާއްޖެ އަށް 50 މިލިއަން ޑޮލަރު (772.5 މިލިއަން ރުފިޔާ) ދޭން އިއްޔެ ނިންމައިފި އެވެ.

30 ޖެނުއަރީ

January 30, 2019 22
ދުނިޔެއިން ރާއްޖެ ބަލައިގަންނަން ފަށައިފި: ޝާހިދު

ކުރީގެ ރައީސް އަބްދުﷲ ޔާމީިންގެ ސަރުކާރުގައި، ބައިނަލްއަގުވާމީ މުޖުތަމައުގައި ރާއްޖެ އަށް ކުރިމަތިވި އެކަހެރި ކަމަށް ފަހު ދުނިޔެއިން ރާއްޖެ ބަލައިގަންނަން ފަށާފައިވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.