24 ޑިސެމްބަރ

December 24, 2018 5
ޖަރުމަނު-ޝެންގެން ވިސާ އަށް ރާއްޖޭގައި ހުށަހެޅޭނެ

ޖާމަން-ޝެންގެން ވިސާ އަށް އެދި ހުށަހެޅުމުގެ ދެ ދުވަހުގެ ކްލިނިކެއް ހިންގަން ފޮރިން މިނިސްޓްރީން ނިންމައިފި އެވެ.

22 ޑިސެމްބަރ

December 22, 2018 8
ރައީސްގެ ތަސައްވުރު ހަގީގަތަކަށް ހަދަން އެހީތެރިވާނަން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ރާއްޖޭގެ ތަރައްގީ އަށް ގެންގުޅޭ ތަސައްވަރު ހަގީގަތަކަށް ހަދަން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ޖަޕާނުން ދީފި އެވެ.

20 ޑިސެމްބަރ

December 20, 2018 8
އަލުން ގުޅޭތީ ކޮމަންވެލްތުގެ މަރުހަބާ ރާއްޖެއަށް

ކޮމަންވެލްތުގެ މެމްބަރަކަށް ވުމަށް ރާއްޖެއިން އަލުން ހުށަހެޅި ހުށަހެޅުމަށް ކޮމަންވެލްތުން އިއްޔެ މަރުހަބާ ކިޔައިފި އެވެ.

December 20, 2018 8
އާ މަޝްރޫއުތަކެއް ހިންގުމަށް ޖަޕާނާއެކު މަޝްވަރާކޮށްފި

ރާއްޖޭގައި ތަރައްގީގެ އާ މަޝްރޫއުތަކެއް ހިންގުމާ ގުޅޭ ގޮތުން، ޖަޕާންގެ އެންވަޔަރަމަންޓް މިނިސްޓަރު ޔޮޝިއަކީ ހަރަޑާއާ އެކު ރާއްޖޭގެ ވަފްދުން މިއަދު މަޝްވަރާކޮށްފި އެވެ.

18 ޑިސެމްބަރ

December 18, 2018 16
ފޮރިން މިނިސްޓަރު ޝާހިދު ޖަޕާނަށް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު، އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހު، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޖަޕާނަށް ވަޑައިގަތުމަށް ނިންމަވައިފި އެވެ.

December 18, 2018 20
"ރާއްޖެ-އިންޑިއާއާ ދެމެދު ހުރި ހުރަސް ނައްތާލެވިއްޖެ"

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިންޑިއާ އަށް ކުރެއްވީ އާދަޔާ ހިލާފު ކާމިޔާބީތަކެއް ލިބުނު ދަތުރުފުޅެއް ކަމަށާއި އެ ދަތުރުފުޅުގެ ސަބަބުން ރާއްޖެ އާއި އިންޑިއާއާ ދެމެދު ކުރިން...

16 ޑިސެމްބަރ

December 16, 2018 49
ޔާމީން އުޅުއްވީ އިންޑިއާ- ޗައިނާ ޖައްސުވަން: ޝާހިދު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މަސައްކަތް ކޮށްފައި އޮތީ އިންޑިއާ އާއި ޗައިނާއިން އެއްބަޔަކު އަނެއް ބަޔަކަށް ތޮޅުވަން ކަމަށާއި ނަތީޖާއެއްގެ ގޮތުން ގެއްލުންވީ ދިވެހިންނަށް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

15 ޑިސެމްބަރ

December 15, 2018 245
"މި މަހުގެ މުސާރަ ދެވޭވަރަށް ވެސް ފައިސާއެއް ނެތް"

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ރާއްޖޭގެ މާލީ ހާލަތު "ވަރަށް ދަށުދަރަޖަ އަކަށް ދުއްވާލާފައި" ވާ ކަމަށާއި ދައުލަތުގެ މުވައްޒަފުންނަށް މި މަހުގެ މުސާރަ ދޭނެ މިންވަރަށް ވެސް ޚަޒާނާގައި ފައިސާ ނެތް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިއްޔެ ވިދާޅުވެއްޖެ އެވެ.

14 ޑިސެމްބަރ

December 14, 2018 62
ދިވެހިންނަށް އިންޑިއާގެ ވިސާގެ ބޮޑެތި ލުއިތަކެއް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަންނަ އާދިއްތަ ދުވަހު އިންޑިއާއަށް ފައްޓަވާ ރަސްމީ ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި ސޮއިކުރައްވާ ވިސާ އެއްބަސްވުމަކީ، ވިސާއާ ގުޅޭ ކަންކަމުގައި ދިވެހިންނަށް މިހާތަނަށް ލިބޭނެ އެންމެ ބޮޑު ލުއިކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

13 ޑިސެމްބަރ

December 13, 2018 13
އެހީގެ މަޝްވަރާ އަށް އެމެރިކާ ވަފުދެއް ރާއްޖޭގައި

ރާއްޖެއަށް ޓެކްނިކަލް އެހީ ބޭނުންވާ ދާއިރާތައް ބަލައި އިސްކަންދޭންވީ ކަންކަން އެމެރިކާ ސަރުކާރުން ހޯދައިފި އެވެ.

11 ޑިސެމްބަރ

December 11, 2018 30
އިންޑިއާ މީހުންގެ ކަންކަން ރަނގަޅުކޮށްދޭނަން: ޝާހިދު

ރާއްޖޭގައި މަސައްކަތް ކުރާ އިންޑިއާ މީހުންނަށް ދިރިއުޅުމުގެ ކަންތައްތައް މިހާރަށް ވުރެ ރަނގަޅުކޮށްދޭން ރާއްޖެ އޮތީ ތައްޔާރަށް ކަމަށް ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

04 ޑިސެމްބަރ

December 04, 2018 33
އިނގިރޭސިވިލާތުގެ އެމްބަސީއެއް ރާއްޖޭގައި ހުޅުވަނީ

އިނގިރޭސިވިލާތުގެ އެމްބަސީއެއް ރާއްޖޭގައި ހުޅުވުމަށް އެ ގައުމުން ނިންމައިފި އެވެ.

December 04, 2018 13
ޖަޕާނުން 40 މިލިއަން ރުފިޔާގެ ހިލޭ އެހީ ދެނީ

ކަނޑަށް އެޅޭ ތެލުން ތިމާވެއްޓަށް ލިބޭ ގެއްލުންތަކުން ސަލާމަތްވުމަށް ޖަޕާނު ސަރުކާރުން ހިލޭ އެހީގެ ގޮތުގައި 300 މިލިއަން ޖެޕެނީޒް ޔެން (40.9 މިލިއަން ރުފިޔާ) ރާއްޖެ އަށް ދިނުމުގެ...

30 ނޮވެމްބަރ

November 30, 2018 31
ވިސާއާ ނުލައި އެމިރޭޓްސް އަށް ދެވޭ ގޮތް ހަމަޖައްސައިފި

އަންނަ އަހަރުން ފެށިގެން ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ވިސާއާ ނުލައި ދިވެހިންނަށް ދެވޭ ގޮތަށް އެ ގައުމުގެ ސަރުކާރުން މިއަދު ހަމަޖައްސައިފި އެވެ.

November 30, 2018 47
އަސްކަރީ މަރުކަޒެއް ހަދަން ހުއްދައެއް ނުދޭނެ: ޝާހިދު

އިންޑިއާ އިން ރާއްޖެ އަށް ބޮޑު ލޯނެއް ދޭ މަތިން އިންޑިއާގެ އަސްކަރީ މަރުކަޒެއް ރާއްޖޭގައި ހެދުމުގެ ހުއްދަ ދޭން ސަރުކާރުން ވިސްނާ ކަމަށް މީޑިއާގައި ދައްކާ ވާހަކަތައް ފޮރިން...

29 ނޮވެމްބަރ

November 29, 2018 73
ރާއްޖޭގައި ބޭރުގެ އަސްކަރީ މަރުކަޒެއް ނުހެދޭނެ: ޝާހިދު

ރާއްޖޭގައި ބޭރުގެ އަސްކަރީ އެއްވެސް މަރުކަޒެއް ހަދަން ފުރުސަތެއް ނުދެއްވާނެ ކަމަށް، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

28 ނޮވެމްބަރ

November 28, 2018 11
ޔޫއޭއީ ދަތުރުގައި ވެސް މާލީ އެހީ ހޯދަން މަޝްވަރާކުރަނީ

ދުބާއީއަށް ކުރައްވާ ދަތުރުގައި ވެސް ސަރުކާރުގެ މެނިފެސްޓޯގައި ހުރި ކަންކަމަށް އެހީ ހޯއްދަވަން މަސައްކަތް ކުރައްވާނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

27 ނޮވެމްބަރ

November 27, 2018 8
މިނިސްޓަރު ޝާހިދު އިންޑިއާ ދަތުރަށް ފަހު، އަބޫދާބީއަށް

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހު، މިރޭ އަބޫދާބީ އަށް ވަޑައިގަންނަވާ ގޮތަށް ހަމަޖައްސަވައިފި އެވެ.

November 27, 2018 15
ރާއްޖެ-އިންޑިއާ އިން އާ ވިސާ އެއްބަސްވުމެއް

ރާއްޖެ އާއި އިންޑިއާ އިން، އާ ވިސާ އެއްބަސްވުމެއްގައި ސޮއިކުރަން ނިންމާފައިވާ ކަމަށް ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

November 27, 2018 5
މިނިސްޓަ ޝާހިދު، އިންޑިއާގެ ރައީސާ ބައްދަލުކުރައްވައިފި

ރަސްމީ ދަތުރުފުޅެއްގައި މިހާރު އިންޑިޔާ އަށް ވަޑައިގެން އުޅުއްވާ، ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އިންޑިޔާގެ ރައީސް ރާމްނާތު ކޯވިންދްއާ މިއަދު ބައްދަލު ކުރައްވައިފި...

26 ނޮވެމްބަރ

November 26, 2018 20
ރައީސް، އަންނަ މަހު އިންޑިއާއަށް ވަޑައިގަންނަވަނީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަންނަ މަހު އިންޑިއާއަށް ވަޑައިގަންނަވާ ގޮތަށް ނިންމަވައިފި އެވެ.

November 26, 2018 19
އިންޑިޔާއާ އެކު މަސައްކަތް ކުރުމުގެ ސޮފްހާއެއް ފެށިއްޖެ

ރާއްޖޭގެ އާ ސަރުކާރާއި އިންޑިޔާ ގުޅިގެން މަސައްކަތް ކުރުމުގެ ސޮފްހާއެއް މިހާރު ފެށިފައިވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

23 ނޮވެމްބަރ

November 23, 2018 21
ފުރަތަމަ ދަތުރުފުޅުގައި ފޮރިން މިނިސްޓަރު އިންޑިއާ އަށް

މަގާމާ ހަވާލުވެ ވަޑައިގެންނެވި ފަހުން ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ސަރުކާރުގެ އިސް ބޭފުޅުންގެ ޓީމެއް އިންޑިއާއަށް ރަސްމީ...

November 23, 2018 28
ކުރީ ސަރުކާރުން ފައިސާ ހޯދީ އެންމެ ހެޔޮއަގުގައި:ސައީދު

ރާއްޖޭގެ ތަރައްގީގެ އެކި މަޝްރޫއުތަކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފައިސާ ހޯދީ ދުނިޔޭގެ މާލީ ބާޒާރުން ރާއްޖެއަށް މިހާތަނަށް ހޯދި އެންމެ ހެޔޮ އަގުގައި ކަމަށް އެ...

22 ނޮވެމްބަރ

November 22, 2018 12
އާސިމްގެ މައްސަލަ މިހާރު ބަލަނީ ފުލުހުން: ޝާހިދު

ކުރީގެ ފޮރިން މިނިސްޓަރު މުހައްމަދު އާސިމް އޮފީހުގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނާ މައްސަލަ މިހާރު ބަލަމުންދަނީ ފުލުހުން ކަމަށް ފޮރިން މިނިސްޓަރު...

November 22, 2018 11
"އިސް ކުރާނީ ހައްގުތަކާއި ޑިމޮކްރަސީ އަދި ތިމާވެށި"

ކުރިމަގުގައި ދިވެހި ހާރިޖީ ސިޔާސަތުގެ އެންމެ އިސް ތަނބުތައް ކަމުގައި ވާނީ އިންސާނީ ހައްގުތަކާއި ޑިމޮކްރަސީ އަދި ތިމާވެށި ރައްކާތެރި ކުރުމާއި ދުނިޔޭގެ އަމާންކަން ކަމަށް ފޮރިން...

20 ނޮވެމްބަރ

November 20, 2018 5
ފޮރިން މިނިސްޓަރު ޝާހިދު، ޗައިނާ ސަފީރާ މަޝްވަރާކޮށްފި

ރާއްޖޭގައި ޗައިނާއިން ހިންގާ މަޝްރޫއުތަކާ ބެހޭ ގޮތުން އާ ސަރުކާރުން އެގައުމާ އިއްޔެ މަޝްވަރާކޮށްފި އެވެ.

18 ނޮވެމްބަރ

November 18, 2018
ގައުމުތަކުގެ ސަފީރުން ރައީސާ ބައްދަލުުކުރައްވައިފި

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމާ އިއްޔެ ހަވާލުވެވަޑައިގެންނެވި އިބްރާހީމް މުހައްމަދު ސޯލިހް މަގާމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ރާއްޖެ ވަޑައިގެން މިހާރު ތިއްބެވި...

November 18, 2018 6
ފުރަތަމަ ބައްދަލުކުރެއްވުން ފަލަސްތީނުގެ މިނިސްޓަރާ އެކު

އާ ސަރުކާރުގެ ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދުގެ އެންމެ ފުރަތަމަ ބައިލެޓްރަލް ބައްދަލުވުން ފަލަސްތީނުގެ ފޮރިން މިނިސްޓަރާ އެކު މިއަދު ބާއްވަވައިފި އެވެ.

17 ނޮވެމްބަރ

November 17, 2018 13
އާ ސަރުކާރާ އެކު، މަޖިލިހުގެ ހަ ގޮނޑި ހުސްވެއްޖެ

އާ ސަރުކާރުގެ ކެބިނެޓުން ޖާގަ ލިބިވަަޑައިގަތުމާ އެކު ރައްޔިތުންގެ މަޖިލީހުގެ ހަ މެމްބަރެއްގެ ގޮނޑި މިއަދު ހުސްވެއްޖެ އެވެ.