19 އޯގަސްޓް

August 19, 2019 10
އައްޑޫގެ 1،500 ހައުސިން އަށް ފައިސާ ދައްކަން 20 އަހަރު

އައްޑޫގައި އަލަށް އަޅާ 1،500 ހައުސިން ޔުނިޓް ލިބޭ މީހުންނަށް އެތަންތަނަށް ފައިސާ ދައްކަން 20 އަހަރުގެ މުއްދަތެއް ދިނުމުގެ އިތުރުން ޑައުންޕޭމަންޓް ވެސް ދައްކަން ނުޖެހޭ ގޮތަށް ހަމަޖައްސައިފި އެވެ.

18 އޯގަސްޓް

August 18, 2019 40
އައްޑޫ ފްލައިން ސްކޫލާ ބެހޭ ބޮޑެތި ޝަކުވާތަކެއް!

"ކިޔެވުމާއި އަމަލީ ތަޖުރިބާތަކުގެ ބޮޑު ބައެއް ނިމި، ކޮމާޝަލް ޕައިލޮޓް ލައިސަންސް [ސީޕީއެލް] ހޯދުމަށް ކުރަން ޖެހޭ އެންމެ ފަހުގެ މަސައްކަތްތަކާ ހިސާބުގައި ހުއްޓިފައި އޮންނަތާ އެތައް މަހެއް ވެއްޖެ، އައްޑޫގައި ތިބުމަކީ ވެސް ބޮޑު ހަރަދެއް ހިނގާ ކަމެއް،" މިއީ އައްޑޫ ފްލައިން ސްކޫލް ނ. މާފަރަށް ބަދަލުކުރާ ހަބަރާ އެކު އެ ސްކޫލްގެ...

16 އޯގަސްޓް

August 16, 2019 6
އައްޑޫ މެޑިސިޓީން މޯބައިލް އެޕެއް ތައާރަފުކޮށްފި

އައްޑޫ ފޭދޫގައި ހިންގާ "އައްޑޫ މެޑިސިޓީ" ކްލިނިކްގެ ކަސްޓަމަރުންނަށް ހާއްސަ މޯބައިލް އެޕްލިކޭޝަނެއް ތައާރަފު ކޮށްފި އެވެ.

15 އޯގަސްޓް

August 15, 2019 14
ކަނޑަށް "ވެއްޓުނު" ބޯޓު ނަގައިފި

އުދުހެނިކޮށް އިންޖީނު ފެއިލްވެގެން މިދިޔަ ހުކުރު ދުވަހު ކަނޑަށް ލޭންޑް ކުރި އައްޑޫ ގަމުގެ ފްލައިން ސްކޫލްގެ ކުޑަ މަތިންދާ ބޯޓް މިއަދު ނަގައިފި އެވެ.

14 އޯގަސްޓް

August 14, 2019 4
ވިއްސާރައިގައި އައްޑޫގެ 54 ގެއަކަށް ގެއްލުންވި

ހޮނިހިރު ދުވަހުގެ ރޭ ގަދަ ވަޔާއެކު އައްޑު އަށް ކުރި ވިއްސާރާގައި 54 ގެއަކަށް ގެއްލުންވި ކަމަށް ކައުންސިލުން ބުނެފި އެވެ.

13 އޯގަސްޓް

August 13, 2019 26
އައްޑޫ ބޮނޑީގެ ރަހަ އަދިވެސް އެގޮތުގައި!

އައްޑޫ މީހުން އެންމެ އާންމުކޮށް ދޭ ހަދިޔާއަކީ "އައްޑޫ ބޮނޑި" އެވެ. އައްޑު އަށް ޒިޔާރަތް ކުރާ މީހުން އެނބުރި ދާ އިރު، އައްޑޫ ބޮނޑި ގެންދިއުމަކީ ވެސް އާދައެކެވެ. އައްޑު އަށް އަންނަ މެހުމާނުންނަށް މަރުހަބާ ކިޔާ އިރު ވެސް އެ ބޮނޑި މުހިންމު އެއްޗަކަށްވެ އެވެ. މިއީ އައްޑޫ ރަމްޒުކޮށްދޭ އެމީހުންގެ އަމިއްލަ ދިވެހި އުފެއްދުމެކެވެ.

12 އޯގަސްޓް

August 12, 2019 6
ކަނޑަށް "ވެއްޓުނު" ބޯޓު އަދިވެސް ނުނަގާ

އުދުހެނިކޮށް އިންޖީނު ފެއިލްވެގެން މިދިޔަ ހުކުރު ދުވަހު ކަނޑަށް ލޭންޑް ކުރި އައްޑޫ ގަމުގެ ފްލައިން ސްކޫލްގެ ކުޑަ މަތިންދާ ބޯޓް އަދިވެސް ނުނަގާ ކަމަށް އެތަނުން މިއަދު ބުނެފި އެވެ.

11 އޯގަސްޓް

August 11, 2019 2
އައްޑޫގެ ވިއްސާރަ ގެއްލުންތަކަށް އެހީވުން ކުރިއަށް

ރޭ އައްޑު އަށް ގަދަ ވަޔާ އެކު ކުރި ބޯ ވިއްސާރައާ ގުޅިގެން ގެއްލުން ލިބުނު މީހުންނަށް އެހީވުމުގެ މަސައްކަތް ފުލުހުންނާއި ސިފައިންނާއި އާންމު ގުޅިގެން ކުރަމުން އެބަދެ އެވެ.

August 11, 2019 2
ގަދަ ވިއްސާރައާ އެކު އައްޑު އަށް ބޮޑެތި ގެއްލުންތަކެއް

ރެއިން ފެށިގެން އައްޑު އަށް ކުރަމުންދާ ގަދަ ވިއްސާރައިގައި އެކި ރަށްރަށުގެ ގެތަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

09 އޯގަސްޓް

August 09, 2019 4
ދީމާ އަށް އައްޑޫ ކައުންސިލުން ހާއްސަ ޓްރޮފީއެއް

މިދިޔަ މަހު މޮރިޝަސްގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ރާއްޖެ އަށް ރަން މެޑެލް ހޯދައި ދިން ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާތުމަތު ދީމާ އަލީގެ ކާމިޔާބީ ފާހަގަކޮށް، އައްޑޫ ސިޓީ ކައުންސިލުން އޭނާ އަށް ހާއްސަ ޓްރޮފީއެއް ދީފި އެވެ.

08 އޯގަސްޓް

August 08, 2019 2
އައްޑޫ އެވޯޑަށް ކުރިމަތިލާން ހުޅުވާލައިފި

އައްޑު އަށް އެކި ގޮތްގޮތުން ރީތި ނަމާއި ފަހުރާއި ޝަރަފް ހޯދައި ދީފައިވާ ފަރާތްތަކުގެ އަގުވަޒަންކޮށް، ހިތްވަރު ދިނުމުގެ ގޮތުން އައްޑޫ ސިޓީ ކައުންސިލުން ދޭ މި އަހަރުގެ "އައްޑޫ އެވޯޑް" އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

06 އޯގަސްޓް

August 06, 2019
އައްޑޫގައި ކުލަގަދަކޮށް އީދު ފާހަގަ ކުރަނީ

މި އަހަރުގެ ބޮޑު އީދު، އައްޑޫގައި ކުލަގަދަކޮށް ފާހަގަ ކުރުމުގެ ތައްޔާރީތައް ވާން ފަށައިފި އެވެ.

August 06, 2019 8
އައްޑޫ ހޮސްޕިޓަލުގެ ފުރާޅު ބަދަލުކުރަން އަލުން ބީލަމަށް

އައްޑޫގައި ހުޅުވަން ތައްޔާރުވަމުން އަންނަ އާ ހޮސްޕިޓަލްގެ ފުރާޅު ބަދަލުކޮށް ދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އަލުން ބީލަމަށް ހުޅުވާލައިފި އެވެ.

04 އޯގަސްޓް

August 04, 2019 3
ވަގު ޕާސްޕޯޓް ދެނެގަންނަ ލެބެއް ގަން އެއާޕޯޓަށް

ޕާސްޕޯޓް ފަދަ ޑޮކިއުމަންޓްތަކުގެ ސައްހަކަން ދެނެގަތުމަށް އައްޑޫ ގަން އިންޓަނެޝަނަލް އެއާޕޯޓްގައި ޑޮކިއުމެންޓް އެގްޒެމިނޭޝަން ލެބެއް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ގާއިމުކޮށްފި އެވެ. އެ ލެބް އިފްތިތާހުކޮށް ދެއްވީ އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި އައްޑޫ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) އެވެ. އެ ރަސްމިއްޔާތުގައި...

30 ޖުލައި

July 30, 2019 29
އައްޑޫގައި 4،000 އެނދު ތަރައްގީ ކުރަނީ

ޓޫރިޒަމްގެ ބޭނުމަށް އައްޑޫގެ ހަ ރަށަކުން ދޫކުރާ ބިންތަކުގައި 4،000 އެނދު ތަރައްގީ ކުރެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިރޭ ވިދާޅުވެއްޖެ އެވެ.

26 ޖުލައި

July 26, 2019 3
އުމްރާ ދަތުރު މި ފަހަރު ކައުންސިލްގެ ދެ މުވައްޒަފަކަށް

އައްޑޫ ސިޓީ ކައުންސިލްގެ ވެލްފެއާ އެންޑް ރެކްރިއޭޝަން ކްލަބް (އޭސީސީޑަބްލިއުއާރްސީ) އިން މި ފަހަރު އެ ކައުންސިލްގެ ދެ މުވައްޒަފަކަށް އުމްރާ ދަރުތު ދީފި އެވެ.

July 26, 2019 10
ހިތަދޫ އުތުރު ފަރާތް ގިރައި، ރައްޔިތުން ބިރުވެރިކަމެއްގައި

އައްޑޫ ހިތަދޫ އުތުރު ފަރާތް ވަރަށް ބޮޑަށް ގިރައި، އެ ސަރަހައްދުގައި ހުރި ގެތަކުގެ ރައްޔިތުންގެ ބިރުވެރިކަމެއްގެ ތެރޭގައި ތިބެން ޖެހިފައިވާތީ އެކަމަށް ހައްލެއް ހޯދައި ދޭން...

25 ޖުލައި

July 25, 2019 6
ހުޅުމީދޫން ގޯތި ދޫކުރަން އިއުލާންކޮށްފި

އައްޑޫ ހުޅުމީދޫން ގޯތި ނޫދުނުރާތާ ގިނަ އަހަރުތަކަކަށް ފަހު، އެ ދެ އަވަށުން ގޯތި ދޫކުރަން ނިންމައި، ފޯމު ހުށަހެޅުމުގެ ފުރުސަތު އައްޑޫ ސިޓީ ކައުންސިލުން މިއަދު ހުޅުވާލައިފި އެވެ.

July 25, 2019 3
ހުޅުމީދޫގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑިފައި

އިއްޔެ އިން ފެށިގެން އައްޑޫ ހުޅުމީދޫން ކަރަންޓް ކެނޑެމުން އަންނަ އިރު މިއަދު ވެސް އެ ރަށުގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑިފައިވާތީ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

23 ޖުލައި

July 23, 2019 96
އާ ހޮސްޕިޓަލާ އެކު އައްޑޫ އިންގިލާބީ ބަދަލަކަށް!

މި ވަދެވުނީ، 2011 ގައި އައްޑޫގައި ސާކް ސަމިޓު ބޭއްވި ދަރުބާރުގެ އަށެވެ. ސަރަހައްދީ ގައުމުތަކުގެ ވެރިންގެ އެ ބޮޑު ބައްދަލުވުމަށް އިމާރާތްކުރި ކޮންވެންޝަން ސެންޓަރެވެ. އެކަމަކު މިހާރު މިއީ ބޮޑު ޓާޝަރީ ހޮސްޕިޓަލެކެވެ.

22 ޖުލައި

July 22, 2019 14
ހިތަދު އަށް ނަރުދަމާގެ ހިދުމަތް މި މަހު ދޭން ފަށަނީ

އައްޑޫގައި ކުރިއަށް ގެންދާ ނަރުދަމާ ނިޒާމު ގާއިމު ކުރުމުގެ މަޝްރޫއުގެ ދަށުން ހިތަދޫގެ ބޮޑު ސަރަހައްދަކަށް މި މަހުގެ ތެރޭގައި ނަރުދަމާގެ ހިދުމަތް ދޭން ފަށާނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.

July 22, 2019 24
"ދެން އޮތީ އައްޑޫގެ ތަރައްގީގެ މަޝްރޫއުތައް އެކުލަވާލުން"

މި ސަރުކާރުން އެންމެ ފުރަތަމަ ހިންގާ ބޮޑެތި މަޝްރޫއުތަކުގެ ތެރޭގައި އައްޑޫ ތަރައްގީކުރުން ހިމެނޭ ކަމަށާއި ދެން ކުރަން އޮތް ކަމަކީ މަޝްރޫއުތައް އެކުލަވާލައި ފައިސާ ހޯދަން ފޮނުވުން...

July 22, 2019 38
އާ ހޮސްޕިޓަލަށް ކިޔަނީ "އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް"

އައްޑޫގައި ހަދާ 100 އެނދުނުގެ ޓާޝަރީ ހޮސްޕިޓަލަށް "އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް" ކިޔަން އައްޑޫ ސިޓީ ކައުންސިލުން ފާސްކޮށްފި އެވެ.

20 ޖުލައި

July 20, 2019 16
އައްޑޫ ނޭޗާ ޕާކް: ގުދުރަތީ ހިތްގައިމުކަމުން ފުރިފައި!

ސީނިއާ ޕާކް ވޯޑް، އަބްދުލް ހާދީ މުހައްމަދާ އެކު ނައްޓާލުމުގެ ކުރިން ހޭދަވާނެ އިރެއް އަހަރެން ނުބަލަމެވެ. ހިތުގައި އޮތީ ބައިގަޑިއެއްހާއިރުގެ ތެރޭގައި ނިމޭނެ ކަމަށެވެ. ނުވަތަ އެ އަށް ވުރެ ވެސް އަވަހަށެވެ. އެހެންވެ، ކުރިން ހަމަޖެހިފައި ނެތް އިންޓަވިއުއެއް 30 މިނިޓު ފަހަށް ސެޓު ކޮށްލީމެވެ. ވާނީ އެހެންނެވެ. ޓުއާ ފެށިއިރު ހުރެވުނީ...