މާލެ އާއި އައްޑޫގައި ހުންނަ ބައެއް ޕްރީ ސްކޫލުތަކުގައި އަންނަ އަހަރުން ފެށިގެން ހިލޭ ކިޔަވައިދޭ ގޮތަށް ސަރުކާރުން ހަމަޖައްސައިފި އެވެ.
މާލެ އާއި އައްޑޫގައި ހުންނަ ބައެއް ޕްރީ ސްކޫލުތަކުގައި އަންނަ އަހަރުން ފެށިގެން ހިލޭ ކިޔަވައިދޭ ގޮތަށް ސަރުކާރުން ހަމަޖައްސައިފި އެވެ.
ފޮޓޯގްރަފީގައި އައިޝަތު ނަޖީލާ (ނަޖް) އަކީ އާ ނަމެއް ނޫނެވެ. ރާއްޖޭގެ ރީތި މަންޒަރުތަކުގެ އިތުރުން، ބޭރުގެ ޝާހީ އާއިލާތަކަށް ވެސް އޭނާ ވަނީ ފޮޓޯ ނަގައިދީފަ އެވެ. އެކަމަކު މި ފަހަރު...
ދީނީ ދަރުސް ދިނުމަށް ޝައިޚް އިލްޔާސް ހުސައިނަށް ސަރުކާރުން ދީފައިވާ ހުއްދަ އިސްލާމިކް މިނިސްޓްރީން އިއްޔެ ބާތިލްކޮށްފި އެވެ.
ސްރީ ލަންކަން އެއާލައިނުން އައްޑު އަށް އަންނަ ޑިސެމްބަރު މަހު ޝެޑިއުލް ދަތުރުތައް ފަށަން ތައްޔާރުވަމުން އަންނާތީ، ވަޒީފާތަކަށް އައްޑޫން މީހުން ހޯދަން އިއުލާންކޮށްފި އެވެ.
އައްޑޫ ގަމާއި ސްރީ ލަންކާގެ ކޮލަމްބޯއާ ދެމެދު ޑިސެމްބަރު މަހު ޝެޑިއުލް ދަތުރުތައް ސްރީ ލަންކަން އެއާލައިންސުން ފަށަން ނިންމުމަކާ އެކު، ރިޒަވޭޝަން ހަދައިދޭން ފަށައިފި އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކަރަންޓާއި ކާޑުގެ އަގުބޮޑުކޮށް ރައްޔިތުން "ހަނާވަމުންދާ" ކަމަށް ބުނެ ސ. ހިތަދޫގައި މިއަދު މުޒާހަރާކޮށްފި އެވެ.
އައްޑު އަށް އާ ދެ ޖަނެރޭޓަރު ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނައިރު، އިންޖީނަކަށް މައްސަލަ ޖެހިގެން ކަރަންޓް ކަނޑަމުންދާތާ ހަފުތާއެއްހާ ދުވަސް ވަނީ ވެފައި.
ނައިޓް މާކެޓް ބާއްވާނީ ނޮވެމްބަރު މަހުގެ 27 އިން ޑިސެމްބަރު 6 އަށް ފޭދޫގައި.
އައްޑޫ ހިތަދޫގައި ރޭ ހިނގި މާރާމާރީގައި ޒަހަމްވި ފަސް މީހުންގެ ހާލު ވެސް ރަނގަޅުކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލް އިން ބުނެފި އެވެ.
އައްޑޫ ހިތަދޫގައި މިރޭ ފަސް މީހެއްގެ ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލައިފި އެވެ.
އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޒޯން އަށެއްގެ ޗެމްޕިއަންކަން ޖެހިޖެހިގެން ދެ ވަނަ ފަހަރަށް ސ. ފޭދޫ ހޯދައިފި އެވެ.
މަގުތަކުގައި އެޅި ސްޕީޑް ބްރޭކަރުތައް އެމްއާރްޑީސީން ނަގާފައި މި ވަނީ އެތަކެއްޗަށް ބަޔަކު ގެއްލުން ދެމުން ދަނިކޮށް.
އިއްޔެ ހަވީރު އީދު ކުޅިވަރު ކުޅެން މާލި ހެދެނިކޮށް ގައިގައި ރޯވެގެން ފިހުނު އައްޑޫ މީދޫ ހަސަން ޖިހާދުގެ ހާލު މިހާރު ރަނގަޅު ކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.
ބީލަން ހުށަހަޅަން މިހާރު ޖެހެނީ އަންނަ މަހުގެ 23 ވަނަ ދުވަހާ ހަމައަށް.
އައްޑޫ މީދޫގައި އީދު ކުޅިވަރު ކުޅެން މިއަދު ހަވީރު މާލި ހަދަން އުޅުނު ކުއްޖެއްގެ ގައިގައި ރޯވެ، ފިހިގެން ފަރުވާ ދޭން ފަށައިފި އެވެ.
އައްޑޫ ފޭދޫގައި މިއަދު ހެނދުނު ދެ ސައިކަލް ޖެހި ހިނގި އެކްސިޑެންޓެއްގައި އެ ރަށު ސްކޫލްގެ ލީޑިން ޓީޗަރެއް ކަމަށްވާ ފާތުމަތު ސާދާ ނިއާވެއްޖެ އެވެ.
ހާއްސަ ޕްރޮމޯޝަނަކާ އެކު ޝީޝާއިން އައްޑޫގައި އިންސްޓޯލްމަންޓަށް ސައިކަލް ދޫކުރަން ފަށައިފި އެވެ.
ދެ މިލިއަން ޑޮލަރުގެ ލޯނަކަށް ދޫގަސް ރަހުނު ކޮށްފައި ވާތީ، އެތަން އެހެން ބަޔަކަށް ދިނުން ހުއްޓުވުމުގެ އަމުރަކަށް ބޭންކް އޮފް ސިލޯން (ބީއޯސީ) އިން ސިވިލް ކޯޓުގައި އެދިއްޖެ އެވެ.
އައްޑޫ މަރަދޫ އަވަށުގެ ބަނދަރު ތެރޭގައި އުމުރުން ދުވަސްވީ މީހަކު މަރުވެފައި އޮއްވައި މިރޭ ފެނިއްޖެ އެވެ.
ރާއްޖޭގެ ދެ ސަރަހައްދެއްގައި ގާއިމްކޮށްފައިވާ ހައި ކޯޓުގެ ދެ ގޮތްޕަށް ހުށަހެޅި މައްސަލަތައް ވަރަށް ބޮޑުތަން އިތުރުވެއްޖެ އެވެ.
ހަންކެޑެއަކީ އައްޑޫގައި ޓޫރިޒަމް ފުޅާ ކުރަން އެންމެ ފުރަތަމަ އިއުލާން ކުރި ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެއް.
އައްޑޫ ސިޓީ ގަމުގައި ހުންނަ ދޫގަސް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އާ ހަވާލުކުރާތާ ދެ މަސް ތެރޭގައި އެ ތަނަށް ޓޫރިސްޓުން ގެންނަން ފަށާނެ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
ހުޅުމީދޫގައި ގާއިމުކޮށްފައިވާ ކުނި މެނޭޖް ކުރާ ސެންޓަރު އިތުރަށް ތަރައްގީ ކުރާނެ ބަޔަކު ހޯދަން އެންވަޔަރަމަންޓް މިނިސްޓްރީން އަލުން ބިޑަށް ހުޅުވާލައިފި އެވެ.