24 ޖޫން

June 24, 2017 22
އެކްސިޑެންޓްތައް އިތުރުވެ، އެޗްއާރްއެޗަށް ދަތިތަކެއް

އައްޑޫގައި މި ދުވަސްކޮޅު ވަރަށް ބޮޑަށް އެކްސިޑެންޓްތައް އިތުރުވެ، ލިބޭ ބޮޑެތި ގެއްލުންތަކަށް ފަރުވާ ދޭން މާލެ ފޮނުވާލަން ޖެހޭތީ، ހޮސްޕިޓަލަށް ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) އިން މިއަދު ބުނެފި އެވެ.

22 ޖޫން

June 22, 2017 2
އައްޑޫގައި އެކްސިޑެންޓްވި ދެ ޒުވާނަކު އައިސީޔޫގައި

އައްޑޫ ހިތަދޫގައި މިއަދު އިރު އޮއްސުނު އިރު ސައިކަލަކާއި ޕިކަޕެއް ޖެހިގެން ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ދެ ޒުވާނަކަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) ގެ އައިސީޔޫގައި ފަރުވާ ދެމުން އަންނަ އިރު، އެ ދެ މީހުން އިތުރު ފަރުވާ އަށް މާލެ ފޮނުވަން މަސައްކަތް ކުރަމުން އަންނަ ކަމަށް ހޮސްޕިޓަލުން ބުނެފި އެވެ.

19 ޖޫން

June 19, 2017 12
ސުމޭދު ހޯދުން އަދިވެސް ހުއްޓައެއް ނުލަން: ޕޮލިސް

މި މަހުގެ ހަތަރުވަނަ ދުވަހު ޑިންގީއެއްގައި މަހަށް ނުކުމެ އުޅެނިކޮށް، އައްޑޫ ގަން ކަނޑަށް ވެއްޓި ގެއްލުނު ހިތަދޫ މުހައްމަދު ސުމޭދު ހޯދުމުގެ މަސައްކަތް އަދިވެސް ހުއްޓާ ނުލައި...

June 19, 2017 6
ދަތުރުތައް ފެށުން ލަސްވަަނީ ތައްޔާރު ނުވެވޭތީ: ފްލައިމީ

ވިލާ އެއާގެ ފްލައިމީގެ ދަތުރުތައް އައްޑު އާއި ފުވައްމުލަކަށް ފެށުން ލަސްވަނީ އެ އެއާލައިނަށް އަދިވެސް ތައްޔާރީތައް ނުވެވޭތީ ކަމަށް މިއަދު ބުނެފި އެވެ.

17 ޖޫން

June 17, 2017
ފުވައްމުލަކުގައި އެކްސިޑެންޓްވި މީހާގެ ހާލު ރަނގަޅު

ފުވައްމުލަކުގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވެގެން އެ ސިޓީގެ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދިނުމަށް ފަހު، މިއަދު އައްޑު އަށް ގެނެސް ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) ގައި ފަރުވާ ދެމުން އަންނަ ފިރިހެން މީހާ އިތުރު ފަރުވާ އަށް މާލެ ފޮނުވާލަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ހޮސްޕިޓަލުން ބުނެފި...

15 ޖޫން

June 15, 2017 20
ކުނި އުކަން ރަޖިސްޓްރީކުރީ 1،500 ގެއިން: ވެމްކޯ

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) މެދުވެރިކޮށް މާލެ އިން ކުނި އުކާލުމަށް މިހާތަނަށް ރަޖިސްޓްރީކޮށްފައި ވަނީ 1،500 ގެއިން ކަމަށް އެ ކުންފުނިން ބުނެފި އެވެ.

14 ޖޫން

June 14, 2017 25
އައްޑޫގައި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ

އައްޑޫ މަރަދޫފޭދޫގައި މިރޭ ހިނގި އެކްސިޑެންޓެއްގައި ފަރުވާދެމުން އައި މީހަކު މަރުވެއްޖެ އެވެ.

12 ޖޫން

June 12, 2017 4
ސުމޭދު ގެއްލުނުތާ ހަފުތާއެއް، ހޯދުން އަދިވެސް ކުރިއަށް

ދެ އެކުވެރިންނާ އެކު މަހަށް ގޮސް އުޅެނިކޮށް ފުލުސް މީހެއް ކަމަށްވާ މުހައްމަދު ސުމޭދު ގެއްލުނުތާ ހަފުތާއެއް ވެއްޖެ އެވެ. ފުލުހުން ބުނާ ގޮތުގައި އޭނާ ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ.

10 ޖޫން

June 10, 2017 8
ދުއްވަނިކޮށް ޑޭޝް ބޯޑް ވިރުނު ކާރު އަނދައިފި

މިއަދު މެންދުރެއްހާ އިރު އައްޑޫ ލިންކް ރޯޑްގައި ދުއްވާފައި ދަނިކޮށް އިންޖީނު މާ ބޮޑަށް ހޫނުވެގެން ޑޭޝް ބޯޑް ވިރުނު ކާރުގައި މިއަދު މެންދުރު ފަހު ރޯވެ ވަރަށް ބޮޑަށް އަނދައިފި އެވެ.

09 ޖޫން

June 09, 2017 9
އައްޑޫ-ފުވައްމުލަކަށް ފްލައިމީ ފަށާނީ މިމަހުގެ 15ގައި

ވިލާ އެއާގެ ފްލައިމީގެ ދަތުރުތައް ރާއްޖޭގެ އެންމެ ދެކުނުގެ ދެ ސިޓީ، އައްޑު އާއި ފުވައްމުލަކަށް ފެށުމަށް މަސައްކަތް ކުރަނީ މި މަހުގެ 15 ގައި ކަމަށް އެ އެއާލައިނުން މިއަދު ބުނެފި އެވެ.

08 ޖޫން

June 08, 2017 12
ސުމޭދު ހޯދުމަށް ކަނޑުގެ ބޮޑު ސަރަހައްދެއް ބަލައިފި

މިދިޔަ އާދީއްތަދުވަހު ޑިންގީއެއްގައި އައްޑޫ ގަން ކަނޑަށް މަހަށް ނުކުމެ އުޅެނިކޮށް ކަނޑަށް ވެއްޓި ގެއްލިފައިވާ މުހައްމަދު ސުމޭދު ހޯދުމަށްޓަކައި މިހާތަނަށް 127،500 އަކަ މީޓަރުގެ ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.

07 ޖޫން

June 07, 2017 19
އައްޑު އާއި ފުވައްމުލަކަށް ފްލައިމީ އަލުން އުދުހެނީ

ކުރިއަށް އޮތް ސްކޫލް ބަންދާ ދިމާކޮށް އައްޑު އާއި ފުވައްމުލަކަށް ފްލައިމީގެ ދަތުރުތައް ބާއްވަން ތައްޔާރުވަމުން އަންނަ ކަމަށާއި އަމާޒަކީ ކުރިއެކޭ އެއްގޮތަށް ރާއްޖޭގެ އެންމެ ދެކުނުގެ...

June 07, 2017 11
ސުމޭދު ގެއްލުނު ހާދިސާ ތަހުގީގު ކުރަން ހާއްސަ ޓީމެއް

މިދިޔަ އާދީއްތަދުވަހު ހަވީރު ޑިންގީއެއްގައި މަހަށް ނުކުމެ އުޅެނިކޮށް، ފުލުސް ކޯޕްރަލް ސުމޭދު މުހައްމަދު ކަނޑަށް ވެއްޓި ގެއްލުނު ހާދިސާ ތަހުގީގު ކުރުމަށް ފުލުހުންގެ ޚާއްސަ ޓީމެއް...

06 ޖޫން

June 06, 2017 27
ޑިންގީ ހާދިސާގެ ތަހުގީގު ކުރިއަށް އެބަދޭ: ޕޮލިސް

މިދިޔަ އާދީއްތަދުވަހު ހަވީރު އައްޑޫން ތިން މީހުންނާ އެކު މަހަށް ނުކުމެ އުޅެނިކޮށް، ޑިންގީއެއް ބަންޑުން ޖަހާލައި އެކަކު ގެއްލުނު ހާދިސާގެ ތަހުގީގު ކުރިއަށް ދާ ކަމަށް ފުލުހުން މިއަދު...

June 06, 2017
އައްޑޫގައި ޒަކާތް ބަލައިގަންނަން ފަށައިފި

އައްޑޫގައި ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފި އެވެ.

04 ޖޫން

June 04, 2017 12
ޑިންގީއެއް ބަންޑުން ޖަހާލައި،ފުލުހަކު ގެއްލިގެން ހޯދަނީ

މަހަށް ނުކުމެ އުޅުނު ޑިންގީއެއް ސ. ގަން ކަނޑަށް މިރޭ ބަންޑުން ޖަހާލައި ފުލުހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

03 ޖޫން

June 03, 2017 18
އައްޑޫ މޭޔަރަކަަށް މި ފަހަރު ވެސް ސޯބެ

އައްޑޫ ސިޓީ ކައުންސިލްގެ، ފާއިތުވި ދެ ދައުރުގައި ވެސް މޭޔަރުކަން ކުރެއްވި ހިތަދޫ އުތުރު ދާއިރާގެ ކައުންސިލަރު އަބްދުﷲ ސޯދިގް (ސޯބެ) ތިން ވަނަ ފަހަރަށް މޭޔަރުގެ މަގާމަށް ހޮވައިފި އެވެ.

31 މެއި

May 31, 2017 7
އަންނަ ހަފުތާގައި އައްޑޫން ޒަކާތް ބަލައިގަންނަން ފަށާނެ

އައްޑޫ ސިޓީން ޒަކާތް ބަލައިގަތުމުގެ އިންތިޒާމްތައް އަންނަ ހަފުތާގައި ހަމަޖެހޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

30 މެއި

May 30, 2017 3
ނަގޫރޯޅީގެ ގެއްލުމަށް ހުޅުވި ފަންޑަށް 66،600ރ.

ކައުންސިލުން ހުޅުވި ފަންޑަށް މިއަދާ ހަމައަށް 66،600ރ. ލިބިފައިވޭ.

29 މެއި

May 29, 2017 18
ފިތުރު ޒަކާތް ބަލައިގަނެވޭކަށް ނެތް: އައްޑޫ ކައުންސިލް

އިސްލާމިކް މިނިސްޓްރީން ހަމަޖައްސައިދޭން ޖެހޭ އިންތިޒާމްތައް ހަމަޖައްސައިދީފައި ނުވާތީ މި އަހަރުގެ ފިތުރު ޒަކާތް ބަލައިގަނެވެން ނެތް ކަމަށް އައްޑޫ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.

28 މެއި

May 28, 2017 17
މުދާ ހިފައިގެން އައްޑުއަށް އައި ބޯޓެއްގައި ޑްރަގްސް

ރޯދަ މަހާ ދިމާކޮށް އެސްޓީއޯ އިން އައްޑު އަށް ގިނަ އަދަދެއްގެ މުދާ ގެނައި ބޯޓަކުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފުލުހުން ހޯދައިފި އެވެ.

25 މެއި

May 25, 2017 65
ފުވައްމުލަކު ސިޓީ ކައުންސިލްގެ ބާރުތައް ވެސް ހަނިކޮށްފި

ފުވައްމުލަކު ސިޓީ ކައުންސިލަށް ވެސް ލިބިގެން ވަނީ މާލޭ ސިޓީ ކައުންސިލާއި އައްޑޫ ސިޓީ ކައުންސިލަށް ކަނޑައަޅާފައިވާ ބާރުތައް ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ނިންމަވައިފި އެވެ.