19 ޖުލައި

July 19, 2019 18
ވޯޓު ގަތުން ހުއްޓުވަން ރާއްޖޭން މަސައްކަތްކުރަން ޖެހޭ

އިންތިހާބުތަކުގައި ވޯޓް ގަތުން ހުއްޓުވަން ރާއްޖޭގެ ކަމާ ބެހޭ އެންމެހާ ފަރާތްތަކުން މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2019 ގެ ކަންތައްތައް ބެލި ކޮމަންވެލްތުގެ މާހިރުން ބުނެފި އެވެ.

25 އޮކްޓޯބަރ

October 25, 2016 12
ދައްކާނެ ވާހަކައެއް ނެތި، މައްސަލަތައް ހައްލުވީތަ؟

ރާއްޖޭގެ ޝަރުއީ ނިޒާމްގައި ހުރި މައްސަލަތަކާ މެދު ކަންބޮޑުވަނީ ހަމައެކަނި ބޭރުގެ ގައުމުތަކަކުންނެއް ނޫނެވެ. އެއީ ދިވެހިން ކޮންމެ ދުވަހަކު ވެސް ތަޖުރިބާކުރަމުން އަންނަ ހަގީގަތެކެވެ. އަދި އަސާސީ ބައެއް ހައްގުތައް ނިގުޅައިގެންފައިވުމަކީ ވެސް ދައްކާ ދޮގު ވާހަކައެއް ނޫނެވެ. މި ކަންކަމާ ދެބަސްވަނީ ސަރުކާރުންނެވެ.

11 އޮކްޓޯބަރ

October 11, 2016 30
ސަރުކާރުގެ ޝަރުތުތަކާ ހެދި ޕާޓީތައް ހިތްހަމަނުޖެހިއްޖެ!

ކޮމަންވެލްތުގެ ގޮވާލުމާ އެއްގޮތަށް އެއްވެސް ޝަރުތެއް ނެތި ދޫދީގެން، މަޝްވަރާ ފަށަން ސަރުކާރާއި އިދިކޮޅު ޕާޓީތަކުން އެއްބަސްވުމަށް ފަހު މަޝްވަރާ ނުފެށި އުޅެނިކޮށް ސަރުކާރުން ޝަރުތުތައް ކުރިމަތިކުރުމުން އެމްޑީޕީ އާއި އަދާލަތުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

05 އޮކްޓޯބަރ

October 05, 2016 2
އދ. އިން މަޝްވަރާ ކުރިއަށް ގެންގޮސްދޭން އެދިއްޖެ

ސަރުކާރާއި ސިޔާސީ ޕާޓީތަކުގެ މަޝްވަރާގައި އދ. އިން މެދުވެރިއެއްގެ ރޯލު އަދާކޮށްދިނުމަށް އަދާލަތު ޕާޓީން ހުށަހަޅައިފި އެވެ.

29 ސެޕްޓެމްބަރ

September 29, 2016 19
ދޫދީގެން މަޝްވަރާ ފަށަން ސަރުކާރުން އެއްބަސްވެއްޖެ!

އެއްވެސް ޝަރުތަކާ ނުލައި މަޝްވަރާ ފަށަން ކޮމަންވެލްތުން ގޮވާލާފައިވީ ނަމަވެސް މަޝްވަރާތަކުގައި ބައިވެރިވާނީ އދ.ގެ މަންދޫބާއެކު ކަމަށް އިދިކޮޅު އެމްޑީޕީ އާއި އަދާލަތުން އަންގާފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ. އެ ޝަރުތަށް އެއްބަސްވެ އދ.ގެ މަންދޫބާއެކު މަޝްވަރާ ކުރިއަށް ގެންދަން ސަރުކާރުން...

28 ސެޕްޓެމްބަރ

September 28, 2016 21
ކޮމަންވެލްތުން ވަކިވާ އިންޒާރަކީ ދަށު ދަރަޖައިގެ ކަމެއް

ކޮމަންވެލްތު މިނިސްޓްރީއަލް އެކްޝަން ގްރޫޕް (ސީމެގް) އިން ރާއްޖެ އަށް ހުށަހެޅި ކަންކަން އިސްލާހުނުކޮށް އެ ޖަމާއަތުން ވަކިވާން އިންޒާރު ދިނުމަކީ ސަރުކާރުގެ އިސް ބޭފުޅުން ކުރައްވާ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަަމަށް އަދާލަތު ޕާޓީގެ ރައީސް އަލީ ޒާހިރު އިއްޔެ ވިދާޅުވެއްޖެ އެވެ.

27 ސެޕްޓެމްބަރ

September 27, 2016 18
ލީޑަރުން މިނިވަންކުރުމަކީ އެމްޑީޕީ/އަދާލަތުގެ އަމާޒެއް

ސަރުކާރާ އެކު ފަށާ މަޝްވަރާތަކުގައި، ޓެރަރިޒަމްގެ ހުކުމް އިއްވާފައިވާ ސިޔާސީ ލީޑަރުން މިނިވަންކުރަން އަމާޒު ހިފާނެ ކަމަށް އިދިކޮޅު އެމްޑީޕީ އާއި އަދާލަތު ޕާޓީން މިއަދު ބުނެފި އެވެ.