09 ޖޫން

June 09, 2017 16
ރައްޔިތުން އެދޭގޮތަށް ވެރިކަން ކުރަން އޭޕީން ގޮވާލައިފި

އިންޓެލިޖެންސް ރިޕޯޓުތައް ކަމަށް ބުނެ ރިޕޯޓްތައް ހަދައިގެން ސިޔާސީ މީހުން ހައްޔަރުކުރުން ހުއްޓާލައި ރައްޔިތުން އެދޭ ފަދަ ވެރިކަމެއް ކޮށްދިނުމަށް އަދާލަތު ޕާޓީ (އޭޕީ) އިން ސަރުކާރަށް މިރޭ ގޮވާލައިފި އެވެ.

06 ޖޫން

June 06, 2017 33
އަދާލަތު ހިއްސާވާ ސަރުކާރެއްގައި ގަތަރުގެގުޅުން އޮންނާނެ

އަދާލަތު ޕާޓީ ހިއްސާވެ ރާއްޖޭގައި އުފެދޭ ސަރުކާރެއްގައި ގަތަރާ އެކު އޮތް ގުޅުން އަލުން އިޔާދަކުރާނެ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

02 މެއި

May 02, 2017 20
ރައީސް ޔާމީން ވަނީ އެކަހެރިވެފައި: އަދާލަތު ޕާޓީ

ރައީސް އަބްދުﷲ ޔާމީން ސިޔާސީ ގޮތުން އެކަހެރިވެ، އެމަނިކުފާނު މިއަދު ވެރިކަން ކުރައްވަން ޖެހިވަޑައިގެންފައި ވަނީ ސިޔާސީ ގޮތުން ތަޖުރިބާ ނެތް ބޭފުޅުންތަކަކާ އެކު ކަމަށް އަދާލަތު ޕާޓީން މިއަދު ބުނެފި އެވެ.

23 އެޕްރީލް

April 23, 2017 11
އަނިޔާވެރިކަން މުލުން ލުހެލަން އަޑުގަދަ ކުރަންވެއްޖެ

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ބަދަލުކޮށް، އަނިޔާވެރިކަން މުލުން ލުހެލަން އަޑުގަދަ ކުރަން ވެއްޖެ ކަމަށް އިދިކޮޅު އިއްތިހާދުގެ ހިޔަނި ކެބިނެޓްގެ ހެލްތު މިނިސްޓަރު ޝިދާތާ ޝަރީފް ރޭ ވިދާޅުވެއްޖެ އެވެ.

10 އެޕްރީލް

April 10, 2017 15
ސަރުކާރު ބަލިކަށިވެ ގޮތް ހުސްވެއްޖެ:އިދިކޮޅު ފަރާތްތައް

ގާނޫނީ އިމުން ބޭރުން އަޅަމުންދާ ފިޔަވަޅުތަކުން ސަރުކާރު ވަރަށް ބޮޑަށް ބަލިކަށިވެ ގޮތް ހުސްވެފައިވާ މަންޒަރު ސާފުކޮށް ފެންނަމުންދާ ކަމަށް އިދިކޮޅު ފަރާތްތަކުން ރޭ ބުނެފި އެވެ.

03 އެޕްރީލް

April 03, 2017 18
މެމްބަރުން އިދިކޮޅު ކޯލިޝަނާ ގުޅުމަށް ގޮވާލައިފި

ސަރުކާރަށް ތާއީދު ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެމްބަރުން އިދިކޮޅު ކޯލިޝަނާ ގުޅިގެން މަސައްކަތް ފެށުމަށް އެ ކޯލިޝަނުން މިއަދު ގޮވާލައިފި އެވެ.

24 މާޗް

March 24, 2017 49
މާޗު 27: އެންމެ ބޮޑު އިމްތިހާނަށް ތައްޔާރުވަނީ!

ރާއްޖޭގެ ސިޔާސީ މަސްރަހު މި އޮތީ އެންމެ މީހެއްގެ ވޯޓަށް އަމާޒު ވެފަ އެވެ. އަންނަ ހޯމަ ދުވަހު ނަގާ އެ ވޯޓު ވެގެން މިދަނީ، މުޅި ރާއްޖޭގެ ސިޔާސީ މަސްރަހު ބަދަލުވެގެން ހިނގައިދާނެ ވޯޓަކަށެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ މައްޗަށް ނަގާ އިތުބާރު ނެތް ކަމުގެ ވޯޓު ސަރުކާރަށް ނާކާމިޔާބު ވެއްޖެ ނަމަ، އެއީ މި ސަރުކާރަށް...

28 ފެބުރުއަރީ

February 28, 2017 144
އެ ބޮޑު ގޯހަށް ފަހު އެމްޑީޕީން އަނެއް ކޮޅަށް!

ރައްޔިތުންނަށް ދެއްކީ މުޅިން އެހެން މަންޒަރެކެވެ؛ ފަރުދާގެ ފުރަގަހުގައި ސަރުކާރާއި އިދިކޮޅު އެމްޑީޕީން ހެދީ ވަރުގަދަ "ސިއްރު ޑީލެކެ"ވެ. ސަރުކާރުން "ފޮރުވާފައި" އޮތް އެޖެންޑާ އަކީ ބޭރުގެ އިންވެސްޓަރުންނަށް ރާއްޖެ އިން ބިން މިލްކުކޮށްދިނުމެވެ. އެމްޑީޕީން ބޭނުންވީ އެ ޕާޓީގެ ލީޑަރު، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިއްވާފައިވާ 13...

30 ޖެނުއަރީ

January 30, 2017 23
އެމްޑީޕީގެ ގިނަ އަދަދެއްގެ ކައުންސިލަރުން ޕީޕީއެމަށް

އިދިކޮޅު އެމްޑީޕީގެ ގިނަ ކައުންސިލަރުންތަކެއް ސަރުކާރު ހިންގާ ޕީޕީއެމަށް ސޮއިކޮށްފި އެވެ.

28 ޖެނުއަރީ

January 28, 2017 30
ޕާސްޕޯޓް ހިފެހެއްޓީ ލީޑަރުން އުފައްދަން ކުރާ މަސައްކަތް ފަނޑުކޮށްލަން: އަދާލަތު

އަދާލަތު ޕާޓީގެ ހާރިޖީ ގުޅުންތަކާބެހޭ ކޮމެޓީގެ ރައީސް ޝިދާތާ ޝަރީފްގެ ޕާސްޕޯޓް ސަރުކާރުން ހިފެހެއްޓީ، ގާބިލް ސިޔާސީ ލީޑަރުން އުފައްދަން އެ ޕާޓީން ކުރާ މަސައްކަތްތައް ފަނޑުކޮށްލުމަށް ކަމަށް އަދާލަތު ޕާޓީން މިއަދު ބުނެފި އެވެ.

24 ޖެނުއަރީ

January 24, 2017 82
ރައީސް ޔާމީނާ ވާދަކުރައްވާ އިދިކޮޅު ކެންޑިޑޭޓު ކޮބާ؟

ދެ ވަނަ ދައުރަކަށް ރައީސް އަބްދުﷲ ޔާމީން ހޮވަން، ވެރިކަން ކުރާ ޕީޕީއެމުން ފޯރީގައި ކެމްޕޭން ފަށައިފި އެވެ. ދޮރުން ދޮރަށް ހިނގުމާއި ބައްދަލުވުންތަކާއި އަތޮޅުތަކުގެ ދަތުރުތައް ވެސް ކުރިއަށް އެބަ ދެ އެވެ. އެކަމަކު އެމަނިކުފާނާ ވާދަކުރައްވާނެ އިދިކޮޅު ހަރަކާތްތައް މިވަނީ ފަނޑުވެފަ އެވެ. އިދިކޮޅު އެއްވެސް ހަރަކާތެއް، ކެމްޕޭނެއް އަދި...

12 ޖެނުއަރީ

January 12, 2017 19
ލޯކަލް އިންތިޚާބު ވަކި ޕާޓީއެއްގެ މަސްލަހަތަށްތަ؟

ރާއްޖެ އަށް ލާމަރުކަޒީ ނިޒާމު ތައާރަފް ކުރީ ވެސް، އޭރުގެ ވެރިކަން ކުރި ފަރާތްތަކާއި އިދިކޮޅު ފަރާތްތަކުގެ މެދުގައި ހިނގި ސިޔާސީ ކޯޅުންތަކެއްގެ ތެރެއިން، އެއް ބަޔަކު އަނެއް ބަޔަކަށް ޖެއްސުން ކުރުމުގެ ވިސްނުމެއްގަ އެވެ. ނަތީޖާއަކަށް ވީ، ރާއްޖޭގެ ލާމަރުކަޒީ ނިޒާމު، ދައުލަތުގެ ބަޖެޓަށް ބުރަ ބޮޑު އަދި ހިންގަން ވެސް އުނދަގޫ...

04 ޖެނުއަރީ

January 04, 2017 5
ގައުމީ ލަފާ ދޭ ކޮމެޓީގެ ކުއްލި ބައްދަލުވުމެއް މިއަދު

ލޯކަލް ކައުންސިލް އިންތިހާބަށް އެކުލަވާލާފައިވާ ގައުމީ ލަފާ ދޭ ކޮމެޓީގެ ކުއްލި ބައްދަލުވުމެއް މިއަދު ހެނދުނު ބާއްވާ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

16 ޑިސެމްބަރ

December 16, 2016 20
މަޝްވަރާއަށް ޝަރުތުތަކެއް ކުރިމައްޗެއް ނުކުރަން: ޝައިނީ

ރާއްޖޭގެ ސިޔާސީ މަޝްވަރާތައް ފެށުމަށް ސަރުކާރުން އެއްވެސް ޝަރުތެއް ކުރިމަތިނުކުރާ ކަމަށާއި ޕާޓީތަކުގެ މަޝްވަރާތަކުގައި ކައުންސިލުން ކަނޑައަޅާ މަންދޫބުން ބައިވެރިވާން ސަރުކާރުން އެންގި އެންގުމަށް ބަދަލެއް ނާންނާނެ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މިއަދު ވިދާޅުވެއްޖެ އެވެ.

03 ޑިސެމްބަރ

December 03, 2016 26
ރާއްޖޭގައި ހިޔާލު ތަފާތުވުން ދަނީ ބޮޑުވަމުން: އދ.

ރާއްޖޭގައި ހިޔާލު ތަފާތުވުން ހައްތަހާ ބޮޑުވަމުން ދާ ކަމަށާއި އޭގެ ސަބަބުން ސަރުކާރާއި އިދިކޮޅު ޕާޓީތަކާ ދެމެދު ވާހަކަތައް ފަށަން ކުރިމަތިވާ ހުރަސްތައް ވެސް އިތުރު ވަމުން ދާ ކަމުގެ ކަންބޮޑުވުން އދ.ގެ ސެކްރެޓަރީ ޖެނެރަލް ބާން ކީ މޫން ފާޅުކުރައްވައިފި އެވެ.

14 ނޮވެމްބަރ

November 14, 2016 15
ވޯޓު ވަގަށް ނެގިޔަ ނުދޭން އެންމެން ވޯޓުލާން ގޮވާލައިފި

އަންނަ ޖެނުއަރީ މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި "ވޯޓު ވަގަށް ނެގުމުގެ ފުރުސަތު" ނުލިބޭނީ އެންމެން ވޯޓުގައި ބައިވެރިވެގެން ކަމަށް މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ) އިން މިއަދު ބުނެފި އެވެ.

06 ނޮވެމްބަރ

November 06, 2016 25
ފުރުސަތު ދީ، އަސްލު ސައިޒު ދައްކާލާނަން: އެމްޑީޕީ/އަދާލަތު

ރައީސް އަބްދުﷲ ޔާމީން ވެރިކަން ކުރައްވާ ގޮތާ މެދު ރައްޔިތުން ހިތްހަމަނުޖެހި، މާޔޫސްވެފައި ތިބި މިންވަރާއި ސަރުކާރުގެ ސައިޒު، އިދިކޮޅު ފަރާތްތަކަށް ކުޑަ ފުރުސަތެއް ދިނަސް ދައްލާނެ ކަމަށް އެމްޑީޕީ އާއި އަދާލަތު ޕާޓީން މިއަދު ބުނެފި އެވެ.

01 ނޮވެމްބަރ

November 01, 2016 46
"ހިޔާނާތް އެކުލެވޭ އެއްބަސްވުންތައް ބާތިލް ކުރާނަން"

ބިޑް ކުރުމަކާ ނުލައި ރާއްޖޭގެ ރަށްތަކާއި ފަޅުތައް އެހެން ބަޔަކަށް މިލްކުކޮށް ވިއްކުމުގައި އަމަލުކޮށްފައިވާ ގޮތް އެމްޑީޕީގެ ސަރުކާރެއްގައި ތަހުގީގުކޮށް، ހިޔާނާތް އެކުލެވިގެން ހަރު މުދަލެއް ވިއްކާލާފައިވާނަމަ، އެ މުއާމަލާތެއް ބާތިލުކޮށް އެ މުދަލެއް އަތުލާނެ ކަމަށް އެމްޑީޕީން މިރޭ ބުނެފި އެވެ.

30 އޮކްޓޯބަރ

October 30, 2016 38
ޕާޓީތަކާއެކު މަޝްވަރާ ކުރާނެ: ސަރުކާރު

ސަރުކާރުން އިސް ނަގައިގެން ސިޔާސީ ޕާޓީތަކާއެކު ބާއްވާ މަޝްވަރާތައް ނުބާއްވަން ނިންމާފައި ނުވާނެ ކަމަށާއި ޕާޓީތަކުން އެކަމުގައި އެއްބާރުލުން ދިނުމަށް ސަރުކާރުން ގޮވާލައިފި އެވެ.

25 އޮކްޓޯބަރ

October 25, 2016 12
ދައްކާނެ ވާހަކައެއް ނެތި، މައްސަލަތައް ހައްލުވީތަ؟

ރާއްޖޭގެ ޝަރުއީ ނިޒާމްގައި ހުރި މައްސަލަތަކާ މެދު ކަންބޮޑުވަނީ ހަމައެކަނި ބޭރުގެ ގައުމުތަކަކުންނެއް ނޫނެވެ. އެއީ ދިވެހިން ކޮންމެ ދުވަހަކު ވެސް ތަޖުރިބާކުރަމުން އަންނަ ހަގީގަތެކެވެ. އަދި އަސާސީ ބައެއް ހައްގުތައް ނިގުޅައިގެންފައިވުމަކީ ވެސް ދައްކާ ދޮގު ވާހަކައެއް ނޫނެވެ. މި ކަންކަމާ ދެބަސްވަނީ ސަރުކާރުންނެވެ.