17 ނޮވެމްބަރ

November 17, 2018 6
އާ ސަރުކާރު: އުއްމީދުތައް ހާސިލްވެދާނެތަ؟

ތާހިރު، އޯގާތެރި ވެރިކަމެކެވެ. ބޭނުންތައް ފުއްދައިދިނުމެވެ. އިޖުތިމާއީ މައްސަލަތަކަށް ހައްލު ލިބުމެވެ. ފުދުންތެރިކަން އިތުރުވުމެވެ. އިގްތިސޯދު ވަރުގަދަވުމެވެ.

November 17, 2018 3
އިބޫ އަށް ޝުއޫރުތަކެއް: "މިތިބީ، އުއްމީދުގައި،"!

ހިތްތައް ފުރި، ބަންޑުންވަނީ އާ ބަދަލުތަކެއްގެ އުއްމީދުންނެވެ. އޯގާތެރި، ވެރިކަމަކަށް ކުރި ދިގު އިންތިޒާރުގެ ނިމުން އައީ ކަމުގެ އުފާވެރި އިހްސާސްތަކުންނެވެ. ރައީސް، އިބްރާހިމް...

November 17, 2018 15
ލީޑަރުންގެ ނަޒަރުގައި އިބޫގެ ތަފާތަކީ..

އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) ދިވެހިރާއްޖޭގެ ދެ ވަނަ ޖުމްހޫރިއްޔާގެ ހަ ވަނަ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން މިއަދު މަގާމާ ހަވާލުވެވަޑައިގަންނަވާ އިރު، އެތައް ގޮތަކުން...

15 ނޮވެމްބަރ

November 15, 2018 8
އަންނަ އަހަރު ސިޔާސީ ޕާޓީތަކަށް 25 މިލިއަން ރުފިޔާ

އަންނަ އަހަރަށް ލަފާކޮށް، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 29.6 ބިލިއަން ރުފިޔާގެ ބަޖެޓުގައި ސިޔާސީ ޕާޓީތަކަށް 25 މިލިއަން ރުފިޔާ ހިމަނައިފި އެވެ.

09 ނޮވެމްބަރ

November 09, 2018 6
ނަޝީދާއި އިމްރާނަށް ޕާޓީގެ ރައީސްކަން ކުރެވޭނެތޯ ބަލަނީ

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ ޕާޓީގެ ރައީސްގެ ގޮތުގައި ބެލުމާ މެދު ގޮތެއް ކަނޑައަޅަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.

08 ނޮވެމްބަރ

November 08, 2018 90
ވެރިކަން ނުފެށޭ، ކޭކު ފޮތިކުރުމާއި ކޭކު މިލްކު ކުރުން

ޑިމޮކްރެސީގެ ކިތަންމެ ހަރުދަނާ އުސޫލުތަކެއް ހިމަނައިގެން ދުސްތޫރެއް އެކުލަވައިލިޔަސް، އެއަށް އަމަލު ކުރަން ތިބި މީހުންގެ ހިތުގައި ރައްޔިތުންނާއި ގައުމުގެ މަސްލަހަތަށް ވުރެ ތިމާމެންގެ އަމިއްލަ އެދުން ބޮޑުވެއްޖެ ނަމަ، ޑިމޮކްރެސީއެކޭ ޑިކްޓޭޓާޝިޕެކޭ މާ ބޮޑު ތަފާތެއް ނޯންނާނެ އެވެ. ޑިމޮކްރެސީގެ މާނައަކީ އެމީހަކަށް ކެވުނު ގޮތަކުން...

07 ނޮވެމްބަރ

November 07, 2018 64
އަޅުގަނޑުމެން ވެރިކަމުގެ ލައްޒަތުގައި ނޫޅޭނަން: ނަޝީދު

މި މަހުގެ 17 ވަނަ ދުވަހު އިދިކޮޅު ކޯލިޝަނުން ގުޅިގެން އުފައްދާ ސަރުކާރުގެ ބޭނުމަކީ ވެރިކަމުގެ ލައްޒަތު ހޯދުން ނޫން ކަމަށާއި އާ ސަރުކާރުން މަސައްކަތް ކުރާނީ ރައްޔިތުންނަށްވި...

November 07, 2018 55
ލީޑަރުންގެ އެއްބަސްވުން "ސިއްރު"؟!

ރައީސް އަބްދުﷲ ޔާމީން ބަލިކުރަން، އިދިކޮޅު ޕާޓީތަކުން ނުކުތީ ކޯލިޝަން ސަރުކާރު ދަމަހައްޓަން އިދިކޮޅު ލީޑަރުންގެ އެއްބަސްވުމަކާ އެކު އެވެ. ލީޑަރުން ވިސްނުން ގެންގުޅުއްވީ، އެ...

06 ނޮވެމްބަރ

November 06, 2018 28
ކޯލިޝަނަށް މަޖިލިސް ލިބޭގޮތަށް އެއްބަސްވާންޖެހޭ: ނަޝީދު

އަންނަ މާޗު މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ އަޣުލަބިއްޔަތު، ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ލިބޭނެ ގޮތަކަށް ޕާޓީތަކުގެ މެދުގައި އެއްބަސްވުން އޮތުން ބޭނުންތެރި...

November 06, 2018 23
ޕްރައިމަރީއަކަށް ބިރެއް ނުގަނޭ: މުސްތަފާ

އަންނަ އަހަރުގެ މާޗު މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޓިކެޓް ކަށަވަރު ކުރައްވަން ޕްރައިމަރީއެއްގައި ވާދަ ކުރައްވަން ޖެހިލުންވެވަޑައި ނުގަންނަވާ ކަމަށް ވިދާޅުވެ،...

05 ނޮވެމްބަރ

November 05, 2018 20
މާލެއަށް ދެ ދާއިރާ އިތުރު ކުރަން ނިންމައިފި

އަންނަ މާޗް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މާލެ އަށް ދެ ދާއިރާއެއް އިތުރު ކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ނިންމައިފި އެވެ.

November 05, 2018 38
"އިބޫގެ ވެރިކަމަކީ ރީތި ފެށުމެއް، ތަފާތު ފެންނާނެ"

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލުވެ، ދެން އޮތީ އަނެއްކާވެސް ކޯލިޝަން ސަރުކާރެއްގެ ފެށުމެވެ. އިންތިޚާބީ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ ސަރުކާރު ދަމަހައްޓަން...

November 05, 2018
މަޖިލީހުގެ ކޮމިޓީތައް ދާނީ މިނިވަންކޮށް: އިދިކޮޅު

ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު އިދިކޮޅު މެމްބަރުންނަށް ލިބުނަސް، މަޖިލީހުގެ ކޮމިޓީތަކުގެ މަސައްކަތްތައް ކުރިއަށް ގެންދާނީ މިނިވަންކަމާ އެކު ކަމަށް އިދިކޮޅު ޖޮއިންޓް...

02 ނޮވެމްބަރ

November 02, 2018 7
މަޖިލީހުގެ އިމްތިޔާޒްގެ ގާނޫނު އުވައިލަން ހުށަހަޅަނީ

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނު އުވައިލުމަށް މަޖިލީހަށް ހުށަހެޅުމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ވިލުފުށީ ދާއިރާގެ މެމްބަރު...

November 02, 2018 13
ވަފާތެރިކަމާއެކު މަސްއޫލިއްޔަތު އަދާކުރާނަން: ގާސިމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަސްއޫލިއްޔަތު އަދާކުރައްވާނީ ވަފާތެރިކަމާއި އިހްލާސްތެރިކަމާ އެކީ ކަމަށް މަޖިލީހުގެ އާ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް...

01 ނޮވެމްބަރ

November 01, 2018 19
ރައީސް ވަކިކުރުމުގެ މައްސަލަ އަށް ވަގުތެއް ނެތް: މޫސަ

ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން އެކަން ފުރިހަމަކުރަން ވަގުތެއް ނެތް ކަމަށާއި އެކަން ކުރިއަށް ނުގެންދެވޭނެ...

November 01, 2018 10
ޕީޕީއެމް ފިޔަވައި އެހެން ޕާޓީތަކަށް ފައިސާ ދޫކޮށްފި

ވެރިކަންކުރާ ޕީޕީއެމް ފިޔަވައި، އެހެން ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން މިއަދު ފައިސާ ދޫކޮށްފި އެވެ.

30 އޮކްޓޯބަރ

October 30, 2018 13
އިދިކޮޅަށް 45 މެމްބަރުން، ސަރުކާރަށް 40 މެމްބަރުން

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައެޅި 12 މެމްބަރުން ވެސް މަޖިލީހުން ވަކިނުވާ ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމާ...

October 30, 2018 49
ގޮނޑިތައް ލިބުނީމަ ވެސް ޖަލްސާއަކަށް ނާދޭ: ނިހާން

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައެޅި ބައެއް މެމްބަރުން، މަޖިލީހުން ވަކިނުވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅީމާ...

28 އޮކްޓޯބަރ

October 28, 2018 3
އިބޫ ހުވާ ކުރައްވާނެ ދުވަހެއް ކަނޑައަޅަން ކޮމިޓީއަށް

އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ހުވާ ކުރައްވާނެ ދުވަހެއް ކަނޑައެޅުމުގެ މައްސަލަ ހަތް މެމްބަރުންގެ ކޮމިޓީއަކަށް ފޮނުވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު...

October 28, 2018 92
އިބޫގެ ކެބިނެޓާ މެދު ސަޕޯޓަރުންގެ ނުތަނަވަސްކަން!

އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)، ހުވާކުރައްވަން ދެން އޮތީ ދެ ހަފުތާއެއްހާ ދުވަހެވެ. އެހެންވެ، އެމަނިކުފާނުގެ ކެބިނެޓަށް އާއްމުންގެ ބޮޑު ސަމާލުކަމެއް މިވަނީ...

24 އޮކްޓޯބަރ

October 24, 2018 19
މަސީހު ވަކިކުރުމުގެ މައްސަލަ އަންނަ މަހުގެ 8 ގައި

ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދު މަގާމުން ވަކިކުރުމުގެ މައްސަލައިގެ ޖަލްސާ އަންނަ މަހުގެ އަށް ވަނަ ދުވަހު ބާއްވަން ނިންމައި އެކަމުގެ ނޯޓިސް މަސީހަށާއި...

October 24, 2018 29
ދެ ހުށަހެޅުމުގައި ރައީސްގެ އަރިސް މެމްބަރުންތަކެއް!

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމަށާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރަ ކުރުމާ ގުޅޭ ގަރާރުގައި ސޮއިކުރެއްވި...

19 އޮކްޓޯބަރ

October 19, 2018 40
އިދިކޮޅުން މަސީހަށް: ތިކުރަނީ ބަޣާވާތް، ތިއީ ބޮޑުވަރު

ރައްޔިތުންގެ މަޖިލިހުގެ ތިން ވަނަ ދައުރުގެ ޖަލްސާތައް ނުފަށައި އޮތުމަކީ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދު ކުރައްވާ ބަޣާވާތެއްގެ ގޮތުގައި އިދިކޮޅު މެމްބަރުން މިއަދު ސިފަކުރައްވައިފި އެވެ.

18 އޮކްޓޯބަރ

October 18, 2018 29
މާލޭގެ ދާއިރާ އިތުރުކުރަން ގޮތް ނިންމުން ޕާޓީތަކަށް

ރައްޔިތުންގެ މަޖިލީހުގެ މާލޭގެ ދާއިރާތައް އިތުރުކުރުމާ މެދު ގޮތެއް ކަނޑައެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ޕާޓީތަކަށް ދީފި އެވެ.

October 18, 2018 50
އަހަރެމެން ލީ ވޯޓަށް ދެން ވާނީ ކިހިނެއް؟

ޑިމޮކްރެސީއެއްގައި ރައްޔިތުންނަށް ލިބިގަންވާ އެންމެ ބޮޑު ބާރު ކަމުގައިވާ ވޯޓު ލުމުގެ ހައްގުގެ ބޭނުންކޮށް، ފަސް އަހަރަށް ފަހު ދިވެހި ރައްޔިތުން އެ އޮތީ އެ މީހުންގެ ބަސް އިއްވައިފި...

17 އޮކްޓޯބަރ

October 17, 2018 35
ސިޔާސީ މީހުންނަށް އުނދަގޫވާ ކަންކަން ކުރެވުނު: ރައީސް

ރާއްޖޭގެ ގައުމީ ސަލާމަތަށް އިސްކަން ދެއްވައިގެން މަސައްކަތް ކުރެއްވި އިރު، ސިޔާސީ އެކިއެކި މީހުންނަށް އުނދަގޫވާ ކަންކަން ކުރެއްވިފައިވާ ކަމަށާއި ވޭތުވެ ދިޔަ ފަސް އަހަރަކީ އެ...

October 17, 2018 143
އިންތިޚާބުގެ ނަތީޖާ އޮތީ އުފައްދާފައި: މުއިއްޒު

މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާ އޮތީ އުފައްދާފައި ކަމަށާއި، ނަތީޖާ އިން އެ ދައްކަނީ ހަގިގީ އަދަދެއް ނޫން ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ރޭ...

16 އޮކްޓޯބަރ

October 16, 2018 15
މަޖިލީހުގެ ޖަލްސާތައް ނުބާއްވާތާ ދެ މަހާ ގާތަށް

ރައްޔިތުންގެ މަޖިލީހުގެ ތިން ވަނަ ދައުރު ފެށުނު ފަހުން އެއްވެސް ޖަލްސާއެއް ނުބާއްވާ ދެ މަސްދުވަސް ވާން ކައިރިވުމާ ގުޅިގެން އިދިކޮޅު ބައެއް ބޭފުޅުން މަޖިލީހުގެ ރިއާސަތަށް ފާޑު ވިދާޅުވެއްޖެ އެވެ.

10 އޮކްޓޯބަރ

October 10, 2018 13
މައުމޫން، 12 މެމްބަރުންނާ ބައްދަލުކުރައްވައިފި

ވެރިކަން ކުރާ ޕާޓީ ޕީޕީއެމް ދޫކޮށް، އިދިކޮޅު އިއްތިހާދާ ގުޅިވަޑައިގެންނެވި ރައްޔިތުންގެ މަޖިލިހުގެ 12 މެމްބަރުންނާ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ މިއަދު ބައްދަލު ކުރައްވައިފި އެވެ.

09 އޮކްޓޯބަރ

October 09, 2018 52
މަސީހު ވަކި ކުރަން ސޮއި ހޯދަން ފަށައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދުގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމަށް ބޭނުންވާ 42 މެމްބަރުންގެ ސޮއި ހޯދުމުގެ މަސައްކަތް އިދިކޮޅު ފަރާތްތަކުން ފަށައިފި އެވެ.

06 އޮކްޓޯބަރ

October 06, 2018 16
އިބޫގެ ވެރިކަމުގައި މާޔޫސްވާކަށް ނުޖެހޭނެ: ގާސިމް

އިންތިޚާބީ ރައީސް އިބްރާހިމް މުހަައްމަދު ސޯލިހު (އިބޫ) ގެ ޒައާމަތުގައި ރައްޔިތުން މާޔޫސްވާން ނުޖެހޭނެ ކަމަށާއި ގުޅިފައިވާ ކޯލިޝަން ދެމިގެންދާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.