24 ޑިސެމްބަރ

December 24, 2017 33
އިންސާފުވެރި ޕްރައިމަރީއަކަށް ދެވޭނީ ކިހިނެއް؟

ޖަރުމަނުގައި މިހާރު ހުންނެވި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ހަރަކާތުން ނުކުންނަ ކެންޑިޑޭޓަކަށް ހަދަން އެ ޕާޓީން ބޭނުންވާ ގާސިމް އިބްރާހީމާ ބައްދަލުކުރެއްވުމަށް ފަހު، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދު އެ ވިދާޅުވީ، އެއް ބަޔަކަށް، ވަރަށް މުހިންމު ވާހަކައެކެވެ. އެއީ އިދިކޮޅު...

18 ޑިސެމްބަރ

December 18, 2017 28
"ވަކި މީހަކު އައުމުން ގުޅުމަށް ބުރޫއަރައިގެން ނުވާނެ"

ވަކި ފަރުދަކު ޖުމްހޫރީ ޕާޓީ (ޖޭޕީ)އާ ގުޅުމަކުން އިދިކޮޅު އިއްތިހާދުގެ ގުޅުމަށް ބުރޫއަރައިގެން ނުވާނެ ކަމަށާއި އެކަން ވިޔަކަ ވެސް ނުދެއްވާނެ ކަމަށް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

09 ޑިސެމްބަރ

December 09, 2017 69
އަދާލަތުން ވެސް ކެންޑިޑޭޓަކު ނެރެން މަސައްކަތް ކުރަނީ

އަންނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އިދިކޮޅު ފަރާތްތަކުން އެއް ކެންޑިޑޭޓަކު ނުނެރެވިއްޖެ ނަމަ ނުވަތަ އެއްބައިވަންތަ ސަރުކާރެއް އެކުލަވާލުމުގެ ފުރުސަތު ބަންދުވެއްޖެ ނަމަ، އެ އިންތިޚާބަށް އަދާލަތު ޕާޓީން ކެންޑިޑޭޓަކު ނެރުމުގެ މަސައްކަތް ފަށައިފި އެވެ.

11 ނޮވެމްބަރ

November 11, 2017 17
އެއްބައިވަންތަ ސަރުކާރެއް ގާއިމުކުރަން ބޭނުން: އެމްޑީޕީ

އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި، އަދާލަތު ޕާޓީގެ ވިސްނުމާ އެއްގޮތަކަށް، ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް ގާއިމްކުރަން ބޭނުންވާ ކަމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީން މިރޭ ބުނެފި އެވެ.

07 ނޮވެމްބަރ

November 07, 2017 40
އެންމެ ކެންޑިޑޭޓެއްތަ؟ ނުވަތަ ގިނަ ކެންޑިޑޭޓުންތަ؟

އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ހޮވަން ޖެހޭނީ އިންތިގާލީ ރައީސެއް ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިދިޔަ މަހު އެމަނިކުފާނުގެ ހިޔާލުފުޅު ދޫކުރެއްވި ނަމަވެސް، މިހާތަނަށް ކަން ހިނގަމުން އަންނަ ގޮތަށް ބަލާއިރު، އެއީ މާ އޮށްޓަރު ހުރި ވާހަކައެއް ކަމަކަށް ނުވެ އެވެ. އެހެން ބުނަން ޖެހެނީ އެމަނިކުފާނު އެހެން...

08 އޮކްޓޯބަރ

October 08, 2017 34
ޕާޓީތަކަށް ކަނޑައެޅި ފައިސާއަށް ވީގޮތެއް ނޭނގޭ!

ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން މި އަހަރަށް ކަނޑައެޅި ފައިސާ އަށް ވީ ގޮތާ މެދު ސުވާލު އުފެދިއްޖެ އެވެ.

01 އޮކްޓޯބަރ

October 01, 2017 26
މީހުން މެރުން ހުއްޓުވުމުގައި ސަރުކާރު އޮތީ ނުކުޅެދިފައި

މާރާމާރީ އާއި މީހުން މެރުން ހުއްޓުވުމުގައި ސަރުކާރު އޮތީ ނުކުޅެދިފައި ކަމަަށާއި ގިނަ މަރުތަކަށް އިންސާފު ހޯދައިދިނުމާ ގާތަށް ވެސް ދެވިފައި ނުވާ ކަމަށް އިދިކޮޅު ޕާޓީތަކުން މިއަދު ބުނެފި އެވެ.

30 ސެޕްޓެމްބަރ

September 30, 2017 7
ޒުވާނުންނަށް އަމާން ވެއްޓެއް ގާއިމުކޮށް ދޭން ގޮވާލައިފި

މާރާމާރީތަކާއި ރޭވިގެން ހިންގާ ކުށްތައް އިތުރުވެފައިވާތީ ޒުވާނުންނަށް ރައްކާތެރި ވެއްޓެއް ގާއިމުކޮށް ދިނުމަށް އިދިކޮޅު ޕާޓީތަކުން މިއަދު ސަރުކާރަށް ގޮވާލައިފި އެވެ.

14 ސެޕްޓެމްބަރ

September 14, 2017 3
ޕާޓީތަކަށް ފައިސާ ދޫނުކުރާ މައްސަލާގައި ޖަވާބެއް ނުދިން

ސިޔާސީ ޕާޓީތަކަށް ދައުލަތުން ފައިސާ ދޫކުރުން ލަސްވާ މައްސަލާގައި ފިނޭންސް މިނިސްޓްރީން ވާހަކައެއް ނުދެއްކި އެވެ.

10 ސެޕްޓެމްބަރ

September 10, 2017 14
ސަރުކާރާ އެކު މަޝްވަރާކުރަން ޕާޓީތައް ބޭނުމެއް ނުވޭ!

ސިޔާސީ ގޮތުން އުފެދިފައިވާ ނުތަނަވަސްތަކަމަށް ހައްލު ހޯދަން ސަރުކާރާ އެކު މަޝްވަރާކުރަން އިދިކޮޅު ސިޔާސީ ޕާޓީތައް ބޭނުމެއް ނުވި އެވެ.

31 ޖުލައި

July 31, 2017 16
އެ ދުވަހު ސިފައިންނާއި ފުލުހުން ވެސް ގޯސް

އެއް ބަޔަކު ސިފަކުރާ ގޮތުގައި މިދިޔަ ހޯމަ ދުވަހަކީ، ގާނޫނުއަސާސީ އަށް ފައިން އަރައި ވެއްޔާ މޮޑެލި ދުވަހެކެވެ. ސިފައިން ނުކުމެ ރައްޔިތުންގެ މަޖިލީހުގައި ތަޅު އަޅުވައި އެއްވެސް މެންބަރަކު މަޖިލީހަށް ވަނަ ނުދީ މަޖިލިސް ހިސޯރު ކުރުމުންނެވެ. ފުލުހުންގެ ބަޔަކު، މަޖިލީހުގެ މެމްބަރުންތަކެއް އެއްވެސް ތަނަކަށް ދިޔަ ނުދީ، ފަނޑިޔާރު...

27 ޖުލައި

July 27, 2017 67
އިދިކޮޅުން ރޭވީ އޮއްޓަރެއް ނެތް ރޭވުމެއް: ޕީޕީއެމް

ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފް ރާއްޖެ އަށް ކުރެއްވި ދަތުރުފުޅާ ދިމާކޮށް، އެމަނިކުފާނަށް ދެއްކުމަށް އިދިކޮޅު ފަރާތްތަކުން ރޭވުންތަކެއް ރޭވި ކަމަށާއި އެއީ އޮއްޓަރެއް ނެތް...

July 27, 2017 21
ކުނޫޒު އޮތީ ހިސޯރުކޮށްފައި: އިދިކޮޅު ޕާޓީތައް

ޖުމްހޫރީ ޕާޓީގެ މައި އޮފީސް އަދި އިދިކޮޅު ފަރާތްތަކުގެ ޖަލްސާތަކާއި ހަރަކާތްތައް ފަހަކަށް އައިސް ބާއްވަމުން އަންނަ މައި ހަރުގެ މ. ކުނޫޒު ވަނީ ކްރިމިނަލް ކޯޓުން ނެރުނު އަމުރާ...

21 ޖުލައި

July 21, 2017 14
މެމްބަރު އާޒިމާއި އަލީ ޒާހިރު ދޫކޮށްލައިފި

އިދިކޮޅު ފަރާތްތަކުން މިއަދު ހަވީރު އެމްޑީޕީ ހަރުގޭގެ ކުރިމަތީގައި ބޭއްވި އެއްވުމެއްގެ ތެރެއިން މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމާއި އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ހައްޔަރުކޮށްގެން ގެންދިއުމަށްފަހު މިރޭ ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

06 ޖުލައި

July 06, 2017 17
މަޖިލީހުގެ ރިއާސަތަށް ޝައުގުވެރިކަމެއް ނެތް: ޝާހިދު

ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު މަގާމުން ދުރު ކުރުމަށް އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތުގައި ބައިވެރިވެގެން އުޅެނީ، މަޖިލީހުގެ...

July 06, 2017 13
މަސީހް މިހާރު އިސްތިއުފާ ދޭންވެއްޖެ: މެމްބަރު އަބްދުﷲ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު އެ މަގާމުން އިސްތިއުފާ ދެއްވަން ޖެހޭ ކަމަށް ތިނަދޫ ދެކުނު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަބްދުﷲ އަހުމަދު (އަބުޅޯ) ރޭ...

04 ޖުލައި

July 04, 2017 55
އިތުބާރެއް ނެތް، އިތުރަށް ބޭނުމީ ކޮން ހެއްކެއް؟

ވެރިކަން ކުރާ ޕީޕީއެމް/ އެމްޑީއޭގެ މަޖިލިސް ބައެއް މެމްބަރުން ހީކުރި ގޮތާ މުޅިން ޚިލާފެވެ؛ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ވަކިކުރުމުގެ މައްސަލާގައި، ޕީޕީއެމްގެ 10 މެމްބަރުންނާ އެކު އިދިކޮޅު ފަރާތްތަކުން މަޖިލީހުގެ މެޖޯރިޓީ ނަގައިފި އެވެ. އެމަނިކުފާނުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެއްދީ، މަޖިލީހުގެ 45...

03 ޖުލައި

July 03, 2017 26
މަޖިލީހަކީ އެންމެ ބޮޑު ޖަރީމާ ހިންގާ ފެކްޓަރީ: ޝާހިދު

ސަރުކާރުގެ މެޖޯރިޓީ މެމްބަރުންނާ އެކު ރައްޔިތުންގެ މަޖިލީހަކީ މި ގައުމުގައި އެންމެ ބޮޑު ޖަރީމާ ހިންގާ ފެކްޓަރީ ކަމަށާއި އެތަން މިހާރު ހިންގަމުންދާ ގޮތް އިދިކޮޅު ފަރާތްތަކުން...

July 03, 2017 4
މެމްބަރުން ޖެހިލުން ވާންޖެހޭ ކަމެއް ނެތް: އިމްރާން

ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ޖެހިލުންވާން ޖެހޭ އެއްވެސް ހުރަހެއް ނެތް ކަމަށާއި މެމްބަރުން އިތުރަށް ހިތްވަރު ކުރެއްވުމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ މިރޭ...

14 ޖޫން

June 14, 2017 4
އެމެރިކާގެ ސަފީރު އިދިކޮޅު ފަރާތްތަކާ ބައްދަލުކޮށްފި

އެމެރިކާ އިން ރާއްޖެ އާއި ސްރީ ލަންކާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަތުލް ކެޝަޕް، އިދިކޮޅު ފަރާތްތަކާ މިއަދު ބައްދަލުކުރައްވައިފި އެވެ.

08 ޖޫން

June 08, 2017 14
"އާޒިމްގެ ކުށެއް ނެތް، އުފާވެރި ހަބަރުތަކެއް ލިބޭނެ"

ކުރީގެ ޑިފެންސް މިނިސްޓަރު މުހަންމަދު ނާޒިމްގެ ކޮއްކޮ އަދި މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ)ގެ ޝެޑޯ މިނިސްޓަރު އާދަމް އާޒިމް މިއަދު ހައްޔަރުކުރީ ބިރުދައްކަން ކަމަށާއި ރާއްޖެ ހަމަ މަގަށް އަޅުވަން ކުރާ މަސައްކަތުގައި އުފާވެރި ހަބަރުތަކެއް ވަރަށް އަވަހަށް ލިބޭނެ ކަމަށް އިދިކޮޅު އިއްތިހާދުން މިއަދު ބުނެފި އެވެ.

12 މެއި

May 12, 2017 16
"ދިގު މުއްދަތަކަށް ލީޑަރުން މަސައްކަތް ކުރަން ޖެހޭ"

އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ލީޑަރުން ގައުމުގެ އިސްލާހަށް މަސައްކަތް ކުރައްވަންވީ ދިގު މުއްދަތުގެ ޕްލޭނަކާ އެކުގައި ކަމަށް އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ރޭ ވިދާޅުވެއްޖެ އެވެ.

07 މެއި

May 07, 2017 26
"ސަރުކާރަށް އިންތިހާބު ކާމިޔާބެއް ނުވޭ"

އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ކާމިޔާބު ލިބުނީ ސަރުކާރަށް ކަމަށް ބުންޏަސް އެއީ ހަގީގަތެއް ނޫން ކަމަށާއި އެމްޑީޕީއަށް މިހާތަނަށް ވެސް ވަނީ ޕީޕީއެމަށް ވުރެ އިތުރަށް 100 ގޮނޑި ލިބިފައި ކަމަށް އިދިކޮޅު ޕާޓީތަކުން ބުނެފި އެވެ.