28 މެއި

May 28, 2018 28
ވަގުތު އޮއްވައި އެއް ކެންޑިޑޭޓު ދައްކަން ޖެހޭ: އަލީ

ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީން ބަލިކުރަން، ވަގުތު އޮއްވައި އިދިކޮޅު ހުރިހާ ޕާޓީތަކުން އެއްބަސްވާ އެއް ކެންޑިޑޭޓު ދައްކަން ޖެހޭ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން މިއަދު ވިދާޅުވެއްޖެ އެވެ.

22 މެއި

May 22, 2018 22
ޕާޓީތަކުގެ އަސާސީ ގަވާއިދު އިސްލާހުކުރަން އަންގައިފި

ސިޔާސީ ޕާޓީތަކުގެ އަސާސީ ގަވާއިދު، ބައެއް ގާނޫނުތަކާ ފުށުއަރާ ކަމަށް ބުނެ، އެ ގަވާއިދު އިސްލާހު ކުރަން އިލެކްޝަންސް ކޮމިޝަނުން ޕާޓީތަކަށް އަންގައިފި އެވެ.

May 22, 2018 13
ނުފޫޒެއް ނެތް، އެކަމަކު ސަރުކާރު ބޭނުން ގޮތަކަށް!

ގާނޫނުއަސާސީގައި އޮތީ މިގޮތަށެވެ؛ "އިލެކްޝަންސް ކޮމިޝަނަކީ ވަކި ފަރާތަކަށް ބުރަ ނުވާ، މުސްތަގިއްލު މުއައްސަސާއެކެވެ." އެ ކޮމިޝަން ހިންގަނީ މި އުސޫލުން ހެއްޔެވެ؟ ނުފޫޒެއްގެ ދަށު...

12 އެޕްރީލް

April 12, 2018 11
ސިޔާސީ ޕާޓީތައް ތަޅު އެޅުވުމުގެ ވިސްނުމެއް ނެތް: އީސީ

ސިޔާސީ ޕާޓީތައް "ތަޅު އެޅުވުމުގެ" އެއްވެސް ވިސްނުމެއް ނެތް ކަމަށާއި ޕާޓީތަކާ މަޝްވަރާކުރަން ބޭނުންވީ ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ހުށަހަޅާ އިސްލާހުތަކާ ބެހޭ ގޮތުންނާއި ޚިޔާލު ތަފާތުވާ މައްސަލަތަކާ ބެހޭ ގޮތުން ވާހަކަ ދައްކަން ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.

08 އެޕްރީލް

April 08, 2018 17
އީސީން ޕާޓީތަކާ ވަކިވަކިން ބައްދަލުކުރަނީ

ހުރިހާ ސިޔާސީ ޕާޓީތަކާ އެއްފަހަރާ ބައްދަލުކުރުމުގެ ބަދަލުގައި، ވަކިވަކިން ޕާޓީތަކާ ބައްދަލުކުރާ ގޮތަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ހަމަޖައްސައިފި އެވެ.

04 އެޕްރީލް

April 04, 2018 6
އިންތިޚާބުގެ ވޯޓާސް ލިސްޓު އަންނަ މަހު އިއުލާންކުރަނީ

އަންނަ ސެޕްޓެމްބަރު މަހު ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު އަންނަ މަހު އިއުލާން ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.

28 މާޗް

March 28, 2018 11
"ކަންބޮޑުވުންތައް" ހިފައިގެން އދ.ގެ ޓީމު ފުރައިފި

ރާއްޖޭގައި އުފެދިފައިވާ ސިޔާސީ ހަލަބޮލިކަމާ ގުޅޭ ގޮތުން ސަރުކާރާއި އިދިކޮޅު ޕާޓީތަކާ ބައްދަލުކޮށް، ދެ ފަރާތުގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހިފައިގެން އދ.ގެ ޕޮލިޓިކަލް އެފެއާޒްގެ ޓީމު އިއްޔެ ފުރައިފި އެވެ.

26 މާޗް

March 26, 2018 43
އދ.ގެ ބޭނުމަކީ އެންމެން އެއް މޭޒު ދޮށަށް ގެނައުން

ރާއްޖޭގެ ސިޔާސީ ހަމަނުޖެހުން ހައްލުކުރަން، އދ.ގެ ޕޮލިޓިކަލް އެފެއާޒްގެ ޓީމުން މަސައްކަތްކުރަނީ ސަރުކާރާއި އިދިކޮޅުގައި ހުރި މައްސަލަތަކަށް ހައްލު ހޯދަން، އެންމެން އެއް މޭޒު ދޮށަކަށް ގެންނަން ކަމަށް އިދިކޮޅު ޕާޓީތަކުގެ ބައެއް ބޭފުޅުން މިއަދުު ވިދާޅުވެއްޖެ އެވެ.

08 ފެބުރުއަރީ

February 08, 2018 20
މަޝްވަރާ އަށް މަންދޫބުންގެ ނަން ފޮނުވަން އެދިއްޖެ

ސިޔާސީ މަސްރަހުގައި ހުރި ނުތަނަވަސްކަން ފިލުވުމަށް ސަރުކާރާއެކު މަޝްވަރާ ކުރަން އަނެއްކާވެސް ޕާޓީތަކަށް ދައުވަތު ދީ، ބައިވެރިވާނެ މަންދޫބުންގެ ނަން ފޮނުވަން ރައީސް އޮފީހުން މިއަދު އެދިއްޖެ އެވެ.

04 ޖެނުއަރީ

January 04, 2018 53
އިދިކޮޅު ކެންޑިޑޭޓެއް ދައްކާނީ ކޮން އިރަކުން؟

ގާނޫނުއަސާސީގެ 110 ވަނަ މާއްދާގައި ބުނާ ގޮތުން ހިނގަމުންދާ ރިއާސީ ދައުރު ހަމަވުމުގެ 30-120 ދުވަހާ ދެމެދުގެ މުއްދަތެއްގައި ރިއާސީ އިންތިހާބު ބާއްވަން ޖެހޭނެ އެވެ. އެ މުއްދަތަށް ބަލާއިރު، އަދި ރިއާސީ އިންތިހާބުގެ ގާނޫނުގެ ފަސް ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުން ނަމަ، މި އަހަރުގެ ޖުލައި 12 އާއި 21 ވަނަ ދުވަހާ ދެމެދު ރިއާސީ އިންތިޚާބު...

08 އޮކްޓޯބަރ

October 08, 2017 34
ޕާޓީތަކަށް ކަނޑައެޅި ފައިސާއަށް ވީގޮތެއް ނޭނގޭ!

ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން މި އަހަރަށް ކަނޑައެޅި ފައިސާ އަށް ވީ ގޮތާ މެދު ސުވާލު އުފެދިއްޖެ އެވެ.

14 ސެޕްޓެމްބަރ

September 14, 2017 3
ޕާޓީތަކަށް ފައިސާ ދޫނުކުރާ މައްސަލާގައި ޖަވާބެއް ނުދިން

ސިޔާސީ ޕާޓީތަކަށް ދައުލަތުން ފައިސާ ދޫކުރުން ލަސްވާ މައްސަލާގައި ފިނޭންސް މިނިސްޓްރީން ވާހަކައެއް ނުދެއްކި އެވެ.

31 ޖުލައި

July 31, 2017 16
އެ ދުވަހު ސިފައިންނާއި ފުލުހުން ވެސް ގޯސް

އެއް ބަޔަކު ސިފަކުރާ ގޮތުގައި މިދިޔަ ހޯމަ ދުވަހަކީ، ގާނޫނުއަސާސީ އަށް ފައިން އަރައި ވެއްޔާ މޮޑެލި ދުވަހެކެވެ. ސިފައިން ނުކުމެ ރައްޔިތުންގެ މަޖިލީހުގައި ތަޅު އަޅުވައި އެއްވެސް މެންބަރަކު މަޖިލީހަށް ވަނަ ނުދީ މަޖިލިސް ހިސޯރު ކުރުމުންނެވެ. ފުލުހުންގެ ބަޔަކު، މަޖިލީހުގެ މެމްބަރުންތަކެއް އެއްވެސް ތަނަކަށް ދިޔަ ނުދީ، ފަނޑިޔާރު...

27 ޖުލައި

July 27, 2017 67
އިދިކޮޅުން ރޭވީ އޮއްޓަރެއް ނެތް ރޭވުމެއް: ޕީޕީއެމް

ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފް ރާއްޖެ އަށް ކުރެއްވި ދަތުރުފުޅާ ދިމާކޮށް، އެމަނިކުފާނަށް ދެއްކުމަށް އިދިކޮޅު ފަރާތްތަކުން ރޭވުންތަކެއް ރޭވި ކަމަށާއި އެއީ އޮއްޓަރެއް ނެތް...

July 27, 2017 21
ކުނޫޒު އޮތީ ހިސޯރުކޮށްފައި: އިދިކޮޅު ޕާޓީތައް

ޖުމްހޫރީ ޕާޓީގެ މައި އޮފީސް އަދި އިދިކޮޅު ފަރާތްތަކުގެ ޖަލްސާތަކާއި ހަރަކާތްތައް ފަހަކަށް އައިސް ބާއްވަމުން އަންނަ މައި ހަރުގެ މ. ކުނޫޒު ވަނީ ކްރިމިނަލް ކޯޓުން ނެރުނު އަމުރާ...

06 ޖޫން

June 06, 2017 33
އަދާލަތު ހިއްސާވާ ސަރުކާރެއްގައި ގަތަރުގެގުޅުން އޮންނާނެ

އަދާލަތު ޕާޓީ ހިއްސާވެ ރާއްޖޭގައި އުފެދޭ ސަރުކާރެއްގައި ގަތަރާ އެކު އޮތް ގުޅުން އަލުން އިޔާދަކުރާނެ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

29 މާޗް

March 29, 2017 3
އަދާލަތު ޕާޓީ ޖޫރިމަނާކުރި މައްސަލަ ކޯޓުން ބޭރުކޮށްފި

ސިޔާސީ ޕާޓީތަކުގެ ގާނޫނާ ޚިލާފުވި ކަމަށް ބުނެ އަދާލަތު ޕާޓީ ޖޫރިމަނާ ކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ބާތިލްކުރަން އެ ޕާޓީން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބޭރުކޮށްލައިފި އެވެ.

28 ފެބުރުއަރީ

February 28, 2017 144
އެ ބޮޑު ގޯހަށް ފަހު އެމްޑީޕީން އަނެއް ކޮޅަށް!

ރައްޔިތުންނަށް ދެއްކީ މުޅިން އެހެން މަންޒަރެކެވެ؛ ފަރުދާގެ ފުރަގަހުގައި ސަރުކާރާއި އިދިކޮޅު އެމްޑީޕީން ހެދީ ވަރުގަދަ "ސިއްރު ޑީލެކެ"ވެ. ސަރުކާރުން "ފޮރުވާފައި" އޮތް އެޖެންޑާ އަކީ ބޭރުގެ އިންވެސްޓަރުންނަށް ރާއްޖެ އިން ބިން މިލްކުކޮށްދިނުމެވެ. އެމްޑީޕީން ބޭނުންވީ އެ ޕާޓީގެ ލީޑަރު، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިއްވާފައިވާ 13...

27 ފެބުރުއަރީ

February 27, 2017 70
ފ. އަތޮޅުގެ މަޝްރޫއު ހުއްޓުވާނަން: އެމްޔޫއޯ

ފ. އަތޮޅު ސައޫދީ އަރަބިއްޔާ އަށް ވިއްކާލައި އެ އަތޮޅުގައި މަޝްރޫއެއް ހިންގާނަމަ އެކަން ހުއްޓުވާނެ ކަމަށް މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ) އިން މިއަދު ބުނެފި އެވެ.

February 27, 2017 29
އަދާލަތު ޕާޓީން ޝަހީމް ވަކިވެވަޑައިގެންފި

ކުރީގެ އިސްލާމިކް މިނިސްޓަރު އަދި މިހާރު އިސްލާމިކް ޔުނިވަސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަދާލަތު ޕާޓީން ވަކިވެވަޑައިގެންފި އެވެ.

30 ޖެނުއަރީ

January 30, 2017 23
އެމްޑީޕީގެ ގިނަ އަދަދެއްގެ ކައުންސިލަރުން ޕީޕީއެމަށް

އިދިކޮޅު އެމްޑީޕީގެ ގިނަ ކައުންސިލަރުންތަކެއް ސަރުކާރު ހިންގާ ޕީޕީއެމަށް ސޮއިކޮށްފި އެވެ.

12 ޖެނުއަރީ

January 12, 2017 19
ލޯކަލް އިންތިޚާބު ވަކި ޕާޓީއެއްގެ މަސްލަހަތަށްތަ؟

ރާއްޖެ އަށް ލާމަރުކަޒީ ނިޒާމު ތައާރަފް ކުރީ ވެސް، އޭރުގެ ވެރިކަން ކުރި ފަރާތްތަކާއި އިދިކޮޅު ފަރާތްތަކުގެ މެދުގައި ހިނގި ސިޔާސީ ކޯޅުންތަކެއްގެ ތެރެއިން، އެއް ބަޔަކު އަނެއް ބަޔަކަށް ޖެއްސުން ކުރުމުގެ ވިސްނުމެއްގަ އެވެ. ނަތީޖާއަކަށް ވީ، ރާއްޖޭގެ ލާމަރުކަޒީ ނިޒާމު، ދައުލަތުގެ ބަޖެޓަށް ބުރަ ބޮޑު އަދި ހިންގަން ވެސް އުނދަގޫ...

10 ޖެނުއަރީ

January 10, 2017 53
އަދާލަތުން ކައުންސިލް އިންތިހާބު ބޮއިކޮޓްކޮށްފި

އިލެކްޝަންސް ކޮމިޝަނުގެ އަމަލުތައް ހުރި ގޮތުން ފެންނަނީ ވަކި ބަޔަކަށް ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބުކޮށްދޭން ކުރެވެން އޮތް މަސައްކަތެއް ކުރާތަން ކަމަށާއި އެފަދަ އިންތިހާބެއްގައި ބައިވެރި ނުވާން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ރޭ ނިންމައިފި އެވެ.