28 ޑިސެމްބަރ

December 28, 2016 7
އިންތިހާބުގެ ތާރީހު އިއުލާން ނުކުރާތީ ކަންބޮޑުވެއްޖެ

އަންނަ މަހުގެ 14 ގައި ބާއްވަން ކުރިން ނިންމި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ދެ މަހަށް ފަސްކުރަން ސިވިލް ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފްގެ މައްސަލަ އަނބުރާ ނެގުމަށް ފަހު ވެސް އިންތިހާބުގެ ތާރީހް އިއުލާން ކުރުން އިލެކްޝަންސް ކޮމިޝަނުން ލަސްކުރަމުން ދާތީ ޕާޓީތަކުން މިއަދު ކަންބޮޑުވުންފާޅުކޮށްފި އެވެ.

21 ޑިސެމްބަރ

December 21, 2016 12
"އިސްތިއުނާފް ކުރި ކަމަށް އޮޅުވައިލުމަކީ ޖަރީމާއެއް"

އަންނަ ޖެނުއަރީ 14 ގައި ބާއްވަން ނިންމި ލޯކަލް ކައުންސިލް އިންތިހާބު ދެ މަހަށް ފަސް ކުރަން ސިވިލް ކޯޓުން ކުރި އަމުރު ހައި ކޯޓުގައި އިސްތިއުނާފްކޮށްފައިވާ ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން އޮޅުވައިލުމަކީ ހިންގި ޖަރީމާއެއް ކަމަށް މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ) އިން މިއަދު ބުނެފި އެވެ.

13 ޑިސެމްބަރ

December 13, 2016 5
މަޝްވަރާތައް ނުބާއްވަން އުޅެނީ ސަރުކާރުން: އެމްޑީޕީ

ރާއްޖޭގެ ސިޔާސީ މަޝްވަރާތައް ބޭއްވުމާ ގުޅޭ ގޮތުން ސަރުކާރުން ދައްކަނީ ބޭކާރު ވާހަކަތަކެއް ކަމަށާއި މަޝްވަރާތައް ނުބާއްވަން އުޅެނީ ސަރުކާރުން ކަމަށް އިދިކޮޅު އެމްޑީޕީން މިއަދު ބުނެފި އެވެ.

03 ޑިސެމްބަރ

December 03, 2016 26
ރާއްޖޭގައި ހިޔާލު ތަފާތުވުން ދަނީ ބޮޑުވަމުން: އދ.

ރާއްޖޭގައި ހިޔާލު ތަފާތުވުން ހައްތަހާ ބޮޑުވަމުން ދާ ކަމަށާއި އޭގެ ސަބަބުން ސަރުކާރާއި އިދިކޮޅު ޕާޓީތަކާ ދެމެދު ވާހަކަތައް ފަށަން ކުރިމަތިވާ ހުރަސްތައް ވެސް އިތުރު ވަމުން ދާ ކަމުގެ...

December 03, 2016 14
އެމްޑީޕީއަށް ހަތް މިލިއަން ރުފިޔާ ޖަމާކޮށްދީފި

ސިޔާސީ ޕާޓީތަކަށް ދައުލަތުން ދޭން ޖެހޭ ފައިސާގެ ތެރެއިން އެމްޑީޕީއަށް ހަތް މިލިއަން ރުފިޔާ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ޖަމާކޮށްދީފި ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

24 ނޮވެމްބަރ

November 24, 2016 24
"ސިޔާސީ ހަރަކާތްތަކަށް ބިން ދޫކުރަނީ އިންސާފުން"

ސިޔާސީ ހަރަކާތްތައް ހިންގުމަށް ސިޔާސީ ޕާޓީތަކަށް މާލެ އިން ބިން ދޫކުރަނީ އެއްވެސް ތަފާތުކުރުމެއް ނެތި އިންސާފުވެރިކަމާ އެކުގައި ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

20 ނޮވެމްބަރ

November 20, 2016 7
"އިންތިހާބީ ނިޒާމާ މެދު އިތުބާރު ކަނޑުވާލައިފި"

އިންތިހާބީ ނިޒާމާ މެދު ރައްޔިތުންގެ އިތުބާރު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑުވާލާފައިވާ ކަމަށް ބުނެ އަދާލަތު ޕާޓީން އެ ކޮމިޝަނަށް މިއަދު ފާޑުކިޔައިފި އެވެ.

16 ނޮވެމްބަރ

November 16, 2016 1
ޕާޓީތަކުގެ ފައިސާ ފިނޭންސުން އީސީ އަށް ދޫކޮށްފި

ސިޔާސީ ޕާޓީތަކަށް ދައުލަތުން ދޭން ޖެހޭ ފައިސާ އިލެކްޝަންސް ކޮމިޝަނަށް މިއަދު ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

06 ނޮވެމްބަރ

November 06, 2016 25
ފުރުސަތު ދީ، އަސްލު ސައިޒު ދައްކާލާނަން: އެމްޑީޕީ/އަދާލަތު

ރައީސް އަބްދުﷲ ޔާމީން ވެރިކަން ކުރައްވާ ގޮތާ މެދު ރައްޔިތުން ހިތްހަމަނުޖެހި، މާޔޫސްވެފައި ތިބި މިންވަރާއި ސަރުކާރުގެ ސައިޒު، އިދިކޮޅު ފަރާތްތަކަށް ކުޑަ ފުރުސަތެއް ދިނަސް ދައްލާނެ ކަމަށް އެމްޑީޕީ އާއި އަދާލަތު ޕާޓީން މިއަދު ބުނެފި އެވެ.

02 ނޮވެމްބަރ

November 02, 2016 27
ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކޮށްފި

ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ދޭން ޖެހޭ ފައިސާ، ގިނަ ދުވަސްތަކަކަށް ފަހު މިއަދު ދޫކޮށްފި އެވެ.

01 ނޮވެމްބަރ

November 01, 2016 71
ބަދަލަކަށް މިފަހަރު މައުމޫން، ކާމިޔާބު ވާނެތަ؟

ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމާ ދެކޮޅަށް، ބޭބޭފުޅު، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ނިކުންނެވުމާ އެކު ސިޔާސީ މަސްރަހު މިއޮތީ މުޅިން ބަދަލުވެފަ އެވެ. ރިޔާސީ އިންތިހާބުގެ ތެރޭގައި މައުމޫން އިސްވެ ހުންނަވައި އުފެއްދެވި ފުޅާ ކޯލިޝަން ވިއްސިވިހާލިވެ، އެމަނިކުފާނު ވަކިވެވަޑައިގެންނެވިއިރު ސިޔާސީ ގޮތުން ބުރަދަނެއް ހުރި...

30 އޮކްޓޯބަރ

October 30, 2016 38
ޕާޓީތަކާއެކު މަޝްވަރާ ކުރާނެ: ސަރުކާރު

ސަރުކާރުން އިސް ނަގައިގެން ސިޔާސީ ޕާޓީތަކާއެކު ބާއްވާ މަޝްވަރާތައް ނުބާއްވަން ނިންމާފައި ނުވާނެ ކަމަށާއި ޕާޓީތަކުން އެކަމުގައި އެއްބާރުލުން ދިނުމަށް ސަރުކާރުން ގޮވާލައިފި އެވެ.

26 އޮކްޓޯބަރ

October 26, 2016 3
ދަފުތަރުން އުނިކުރީ އެކަށީގެންވާ ވަގުތު ނުދީ: ޕީޕީއެމް

އިނގިލީގެ ނިޝާން ނެތިގެން ބޮޑެތި ސިޔާސީ ޕާޓީތަކުން އެތައް ހާސް ބަޔަކު އިލެކްޝަންސް ކޮމިޝަނުން ވަކިކޮށްފައި ވަނީ ފޯމް ހުށަހަޅަން އެކަށީގެންވާ ވަގުތު ނުދީ ކަމަށް ޕީޕީއެމުން ބުނެފި އެވެ.

24 އޮކްޓޯބަރ

October 24, 2016 94
އެމްޑީޕީގެ ދެބައިކުޅަ އެއްބައި މީހުން ޕާޓީން އުނިކޮށްފި

ސިޔާސީ ޕާޓީތަކުގައި ރަޖިސްޓްރީ ވުމަށް ފިންގަޕްރިންޓް ހުށަ ނާޅާ މެމްބަރުން ޕާޓީން ވަކިކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ތަންފީޒު ކުރުމާ އެކު، އެމްޑީޕީގެ ދެބައިކުޅަ އެއްބައި މީހުން އެ ޕާޓީން މަދުވެއްޖެ އެވެ.

19 އޮކްޓޯބަރ

October 19, 2016 9
"ވެރިކަން ދަމަހައްޓަނީ ލީޑަރުން ގޮޅިއަށް ލައިގެން"

މި ސަރުކާރަށް ވެރިކަން ދެމެހެއްޓެން އޮތީ ސިޔާސީ ލީޑަރުން ޖަލު ގޮޅިއަށް ލައިގެން ކަން، އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދުގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާ އިން ވެސް އެނގޭ ކަމަށް ބުނެ އަދާލަތު ޕާޓީން ސަރުކާރަށް ފާޑުކިޔައިފި އެވެ.

12 އޮކްޓޯބަރ

October 12, 2016 30
ޕާޓީތައް ދެކެ ހިތްހަމަނުޖެހި، ފައިސާ ދިނުން ފަސްކޮށްފި

ސިޔާސީ ޕާޓީތައް ހިންގާ ގޮތާ މެދު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހިތްހަމަނުޖެހުން ފާޅުކޮށް، ދައުލަތުގެ ބަޖެޓުން ޕާޓީތަކަށް މި އަހަރު ކަނޑައަޅާފައިވާ ފައިސާ ދިނުން ފަސްކޮށްފައިވާ ކަން އަންގައިފި އެވެ.

11 އޮކްޓޯބަރ

October 11, 2016 30
ސަރުކާރުގެ ޝަރުތުތަކާ ހެދި ޕާޓީތައް ހިތްހަމަނުޖެހިއްޖެ!

ކޮމަންވެލްތުގެ ގޮވާލުމާ އެއްގޮތަށް އެއްވެސް ޝަރުތެއް ނެތި ދޫދީގެން، މަޝްވަރާ ފަށަން ސަރުކާރާއި އިދިކޮޅު ޕާޓީތަކުން އެއްބަސްވުމަށް ފަހު މަޝްވަރާ ނުފެށި އުޅެނިކޮށް ސަރުކާރުން ޝަރުތުތައް ކުރިމަތިކުރުމުން އެމްޑީޕީ އާއި އަދާލަތުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

06 އޮކްޓޯބަރ

October 06, 2016 3
ފިންގާޕްރިންޓަށް ދިން މުއްދަތު ހަމަވުމުން ފައިސާ ދޭނެ

ސިޔާސީ ޕާޓީތަކުގެ މެމްބަރުންގެ އިނގިލީގެ ނިޝާން ހަމަކުރުމަށް ދިން މުއްދަތު ހަމަވުމުން، ދައުލަތުގެ ބަޖެޓުން ޕާޓީތަކަށް މި އަހަރު ކަނޑައެޅި ފައިސާ ދޫކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން އިއްޔެ ބުނެފި އެވެ.

03 އޮކްޓޯބަރ

October 03, 2016 6
ފައިސާ ހިފަހައްޓަނީ މަދުން ދޭންވެގެން: އަދާލަތު

ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ކަނޑައަޅާފައިވާ ފައިސާ ދޫނުކޮށް ހިފަހައްޓާ މައްސަލާގައި އިލެކްޝަންސް ކޮމިޝަން (އީސީ)އާ ދެކޮޅަށް ދައުވާކުރާނެ ކަމަށް އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ރޭ ވިދާޅުވެއްޖެ އެވެ.

28 ސެޕްޓެމްބަރ

September 28, 2016 21
ކޮމަންވެލްތުން ވަކިވާ އިންޒާރަކީ ދަށު ދަރަޖައިގެ ކަމެއް

ކޮމަންވެލްތު މިނިސްޓްރީއަލް އެކްޝަން ގްރޫޕް (ސީމެގް) އިން ރާއްޖެ އަށް ހުށަހެޅި ކަންކަން އިސްލާހުނުކޮށް އެ ޖަމާއަތުން ވަކިވާން އިންޒާރު ދިނުމަކީ ސަރުކާރުގެ އިސް ބޭފުޅުން ކުރައްވާ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަަމަށް އަދާލަތު ޕާޓީގެ ރައީސް އަލީ ޒާހިރު އިއްޔެ ވިދާޅުވެއްޖެ އެވެ.

12 ސެޕްޓެމްބަރ

September 12, 2016 84
ވޯޓު ނުދޭ މެމްބަރުންގެ ޕާޓީތަކުގެ ފައިސާ ހިފަހައްޓަނީ

ދައުލަތުގެ ބަޖެޓަށް ވޯޓު ނުދެއްވާ މެމްބަރުން ހިމެނޭ ސިޔާސީ ޕާޓީތަކަށް ފައިސާ ނުދޭ ގޮތަށް ސިޔާސީ ޕާޓީގެ ގާނޫނަށް އިސްލާހު ހުށަހަޅަން ތައްޔާރުވެއްޖެ އެވެ.