15 މެއި

May 15, 2017 12
ޝިދާތާގެ ޕާސްޕޯޓު އަދިވެސް ހިފަހައްޓާފައި

އަދާލަތު ޕާޓީގެ ޚާރިޖީ ގުޅުންތަކާބެހޭ ކޮމެޓީގެ ރައީސް ޝިދާތާ ޝަރީފްގެ ޕާސްޕޯޓް އަދިވެސް ހިފަހައްޓާފައިވާ ކަމަށާއި އެކަމަކު ތުހުމަތުކުރާ މައްސަލާގައި މިހާތަނަށް އެއްވެސް ސުވާލެއް ކޮށްފައި ނެތް ކަމަށް އޭނާ މިއަދު ވިދާޅުވެއްޖެ އެވެ.

12 މެއި

May 12, 2017 16
"ދިގު މުއްދަތަކަށް ލީޑަރުން މަސައްކަތް ކުރަން ޖެހޭ"

އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ލީޑަރުން ގައުމުގެ އިސްލާހަށް މަސައްކަތް ކުރައްވަންވީ ދިގު މުއްދަތުގެ ޕްލޭނަކާ އެކުގައި ކަމަށް އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ރޭ ވިދާޅުވެއްޖެ އެވެ.

07 މެއި

May 07, 2017 26
"ސަރުކާރަށް އިންތިހާބު ކާމިޔާބެއް ނުވޭ"

އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ކާމިޔާބު ލިބުނީ ސަރުކާރަށް ކަމަށް ބުންޏަސް އެއީ ހަގީގަތެއް ނޫން ކަމަށާއި އެމްޑީޕީއަށް މިހާތަނަށް ވެސް ވަނީ ޕީޕީއެމަށް ވުރެ އިތުރަށް 100 ގޮނޑި ލިބިފައި ކަމަށް އިދިކޮޅު ޕާޓީތަކުން ބުނެފި އެވެ.

04 މެއި

May 04, 2017 19
ހިތުހުރި ގޮތަކަށް ރައީސަށް ކަންކަން ނުކުރެއްވޭނެ:ޝާހިދު

ރާއްޖޭގެ ގާނޫނުއަސާސީ އޮތް ގޮތުން ރައީސުލްޖުމްހޫރިއްޔާ، ހިތުހުރި ގޮތަކަށް އަމަލުކުރެއްވުމުގެ ބާރެއް ނެތް ކަމަށާއި ގާނޫނީ އިމުން ބޭރުގައި ކުރާ ކަންކަން ހުއްޓާލައި މި ސަރުކާރުން ގާނޫނީ އިމުގެ ތެރެއަށް ރުޖޫއަވާން ޖެހޭ ކަމަށް ހެންވޭރު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުﷲ ޝާހިދު ރޭ ވިދާޅުވެއްޖެ އެވެ.

02 މެއި

May 02, 2017 20
ރައީސް ޔާމީން ވަނީ އެކަހެރިވެފައި: އަދާލަތު ޕާޓީ

ރައީސް އަބްދުﷲ ޔާމީން ސިޔާސީ ގޮތުން އެކަހެރިވެ، އެމަނިކުފާނު މިއަދު ވެރިކަން ކުރައްވަން ޖެހިވަޑައިގެންފައި ވަނީ ސިޔާސީ ގޮތުން ތަޖުރިބާ ނެތް ބޭފުޅުންތަކަކާ އެކު ކަމަށް އަދާލަތު ޕާޓީން މިއަދު ބުނެފި އެވެ.

29 އެޕްރީލް

April 29, 2017 49
ރައީސް ތަރައްގީ މިންކުރަނީ ކޮންކްރީޓުން: އަލީ ހުސެއިން

ރައީސް އަބްދުﷲ ޔާމީން، ތަރައްގީ މިނެކިރުއްވަނީ ކޮންކްރީޓުން ކަމަށާއި ނިގުޅައިގަންނަމުންދާ ހައްގުތަކާއި ކޮރަޕްޝަނާއި ރައްޔިތުންނަށް ދެމުންދާ އަނިޔާތައް އެ ތަރައްގީން ކަނޑައި ނިމޭއިރު ރައްޔިތުންނަށް އެކައްޗެއް ވެސް ނެތް ކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން މިރޭ ވިދާޅުވެއްޖެ އެވެ.

24 އެޕްރީލް

April 24, 2017 5
އިމްރާން މައްސަލާގައި މައުމޫނާއި ނަޝީދު ފާޑުވިދާޅުވެއްޖެ

އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އަނބުރާ ޖަލަށް ގެންދިއުމުން ކުރީގެ ދެ ރައީސުން ކަމަށްވާ މައުމޫން އަބްދުލްގައްޔޫމާއި މުހައްމަދު ނަޝީދު، ސަރުކާރަށް ފާޑުވިދާޅުވެއްޖެ އެވެ.

21 އެޕްރީލް

April 21, 2017 32
"ގާސިމް ހައްޔަރުކުރުމަކީ ސިޔާސީ މަރުގެ ސެޓްފިކެޓެއް"

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ހައްޔަރު ކުރުމަކީ ސިޔާސީ ގޮތުން އަމިއްލަ އަށް މަރުވުމުގެ ސެޓްފިކެޓްގައި ސޮއިކުރުން ފަދަ ކަމެއް ކަމަށް މި ސަރުކާރުގެ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

11 އެޕްރީލް

April 11, 2017 3
އަދާލަތަށް ފައިސާ ނުދިނުމުން ކުރި ދައުވާ ބޭރުކޮށްލައިފި

މިދިޔަ އަހަރުގެ ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޭންޖެހޭ ފައިސާގެ ތެރެއިން އަދާލަތު ޕާޓީއަށް ފައިސާ ދޫނުކުރި މައްސަލާގައި އެ ޕާޓީން ކުރި ދައުވާ ކޯޓުން ބޭރުކޮށްލައިފި އެވެ.

10 އެޕްރީލް

April 10, 2017 15
ސަރުކާރު ބަލިކަށިވެ ގޮތް ހުސްވެއްޖެ:އިދިކޮޅު ފަރާތްތައް

ގާނޫނީ އިމުން ބޭރުން އަޅަމުންދާ ފިޔަވަޅުތަކުން ސަރުކާރު ވަރަށް ބޮޑަށް ބަލިކަށިވެ ގޮތް ހުސްވެފައިވާ މަންޒަރު ސާފުކޮށް ފެންނަމުންދާ ކަމަށް އިދިކޮޅު ފަރާތްތަކުން ރޭ ބުނެފި އެވެ.

09 އެޕްރީލް

April 09, 2017 60
"އިސްލާހު ގާނޫނުއަސާސީއާ ހިލާފު، އެޖެންޑާ ނުކުރެވޭނެ"

ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސް ވަކިކުރަން މަޖިލީހަށް ހުށަހަޅަން 42 މެމްބަރެއްގެ ސޮއި ހޯދާކަށް ނުޖެހޭނެ ކަމަށާއި ގަވާއިދަށް ގެންނަން އުޅެނީ ކަނޑައެޅިގެން ގާނޫނުއަސާސީއާ ހިލާފު އިސްލާހެއް ކަމަށް އިދިކޮޅު ފަރާތްތަކުން މިރޭ ބުނެފި އެވެ.

06 އެޕްރީލް

April 06, 2017 10
ގާސިމް ހައްޔަރުކުރި ނަމަވެސް ހަރަކާތްތައް ނުހުއްޓާނެ

ޖޫމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ކޯޓު އަމުރެއްގެ ދަށުން މިރޭ ހައްޔަރުކުރި ނަމަވެސް ގައުމު އިސްލާހުކުރުމަށް...

April 06, 2017 37
ރައީސަކަށް ނުހުއްޓުވޭނެ، މެމްބަރުން އަންނާނެ: ގާސިމް

ކިތަންމެ ބިރެއް ދެއްކެވި ނަމަވެސް ރައީސް އަބްދުﷲ ޔާމީނަށް އިދިކޮޅު ހަރަކާތްތައް ނުހުއްޓުވޭނެ ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެމްބަރުން ވެސް އިސްލާހީ ހަރަކާތާ...

04 އެޕްރީލް

April 04, 2017 16
ޖަލްސާ ނުބާއްވާތީ، ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެއްޖެ

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާތައް ނުބާއްވާ ގިނަ ދުވަސްތަކެއް ވެފައިވާތީ އިދިކޮޅު ބައެއް މެމްބަރުން މިއަދު އެ ކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

03 އެޕްރީލް

April 03, 2017 18
މެމްބަރުން އިދިކޮޅު ކޯލިޝަނާ ގުޅުމަށް ގޮވާލައިފި

ސަރުކާރަށް ތާއީދު ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެމްބަރުން އިދިކޮޅު ކޯލިޝަނާ ގުޅިގެން މަސައްކަތް ފެށުމަށް އެ ކޯލިޝަނުން މިއަދު ގޮވާލައިފި އެވެ.

30 މާޗް

March 30, 2017 10
ސަރުކާރު ގޮތް ހުސްވާ ތަން އެބަ ފެނޭ، ބިރެއް ނުގަނޭ

ގައުމު އިސްލާހު ކުރަން އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތުގައި ފަހަތަށް ނުޖެހޭނެ ކަމަށާއި ސަރުކާރު ގޮތް ހުސްވަމުން އަންނަ މަންޒަރު ފެންނަމުން އަންނަ ކަމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.

29 މާޗް

March 29, 2017 2
އަދާލަތު ޕާޓީ ޖޫރިމަނާކުރި މައްސަލަ އަލުން ކޯޓަށް

އަދާލަތު ޕާޓީ ޖޫރިމަނާ ކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމުގެ މައްސަލަ ކޯޓުން ބޭރުކޮށްލުމުން އެ މައްސަލަ އެ ޕާޓީން އަލުން މިއަދު ކޯޓަށް ހުށަހަޅައިފި އެވެ.

March 29, 2017 3
އަދާލަތު ޕާޓީ ޖޫރިމަނާކުރި މައްސަލަ ކޯޓުން ބޭރުކޮށްފި

ސިޔާސީ ޕާޓީތަކުގެ ގާނޫނާ ޚިލާފުވި ކަމަށް ބުނެ އަދާލަތު ޕާޓީ ޖޫރިމަނާ ކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ބާތިލްކުރަން އެ ޕާޓީން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން...

27 މާޗް

March 27, 2017 56
މަސީހު ވަކިކުރަން އަލުން ހުށަހަޅާނަން: ކޯލިޝަން

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ނެގީ ގާނޫނުއަސާސީ އާއި ގަވާއިދުތަކާ ހިލާފަށް ކަމަށާއި އެކުގައި މަސައްކަތް ކޮށްގެން، އެ ވޯޓު އަލުން މަޖިލީހަށް ހުށަހަޅާނެ ކަމަށް އިދިކޮޅު ކޯލިޝަނުން މިއަދު ބުނެފި އެވެ.

26 މާޗް

March 26, 2017 26
މަސީހާ ދެކޮޅަށް ވޯޓު ދީ، އާ ދައުރަކަށް ހޮވައިދޭނަން

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓްގައި މަސީހާއި ދެކޮޅަށް ވޯޓްދެއްވާ މެމްބަރުން އިތުރު ދައުރަކަށް ހޮވައިދިނުމަށް މަސައްކަތްކޮށް ދެއްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.

March 26, 2017 12
"މިއީ މެމްބަރުން ކަސްތޮޅުން ނެއްޓެންވީ ވަގުތު"

މާދަމާ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ މައްޗަށް ނަގާ އިތުބާރު ނެތް ކަމުގެ ވޯޓަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ފާއިތުވި ތަނުގައި ގައިދުކޮށްފައި ތިބި...

March 26, 2017 94
މައުމޫނާއި ނަޝީދު އެއްގަލަކަށް، ބޮޑު ނިންމުމެއް

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާ ދެ ބޭފުޅުން ސިޔާސީ ގޮތުން އެއްގަލަކަށް އަރުއްވައި، އެއް އެއްބަސްވުމެއްގައި ސޮއިކުރައްވާނެ ކަމަށް، މީގެ...

25 މާޗް

March 25, 2017 16
"ސަލާމަތްވާން ޖެހޭ މުސީބާތެއް ވަނީ ކުރިމަތިވެފައި"

ނުރައްކާތެރި މުސީބާތެއް ރާއްޖެ އަށް ކުރިމަތިވެފައިވާ ކަމަށާއި އެކަމުން ސަލާމަތްވާން ޖެހޭނެ ކަމަށް ރައްޔިތުން ގަބޫލު ކުރަންޖެހޭ ކަމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ...

March 25, 2017 6
މިއީ ބުރަ މަސައްކަތެއް، ނިންމާނީ ކާމިޔާބީން: ޝިފާޒް

ހުރިހާ އިދިކޮޅު ފަރާތްތައް ގުޅިގެން މި ފެށީ ރާއްޖެ އިސްލާހުކުރުމުގެ ބުރަ މަސައްކަތެއް ކަމަށާއި އެ މަސައްކަތް ނިންމާލާނީ ކާމިޔާބުކުރުމަށްފަހު ކަމަށް އެމްޑީޕީގެ ނައިބު ރައީސް...