21 ޑިސެމްބަރ

December 21, 2016 12
"އިސްތިއުނާފް ކުރި ކަމަށް އޮޅުވައިލުމަކީ ޖަރީމާއެއް"

އަންނަ ޖެނުއަރީ 14 ގައި ބާއްވަން ނިންމި ލޯކަލް ކައުންސިލް އިންތިހާބު ދެ މަހަށް ފަސް ކުރަން ސިވިލް ކޯޓުން ކުރި އަމުރު ހައި ކޯޓުގައި އިސްތިއުނާފްކޮށްފައިވާ ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން އޮޅުވައިލުމަކީ ހިންގި ޖަރީމާއެއް ކަމަށް މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ) އިން މިއަދު ބުނެފި އެވެ.

16 ޑިސެމްބަރ

December 16, 2016 20
މަޝްވަރާއަށް ޝަރުތުތަކެއް ކުރިމައްޗެއް ނުކުރަން: ޝައިނީ

ރާއްޖޭގެ ސިޔާސީ މަޝްވަރާތައް ފެށުމަށް ސަރުކާރުން އެއްވެސް ޝަރުތެއް ކުރިމަތިނުކުރާ ކަމަށާއި ޕާޓީތަކުގެ މަޝްވަރާތަކުގައި ކައުންސިލުން ކަނޑައަޅާ މަންދޫބުން ބައިވެރިވާން ސަރުކާރުން އެންގި އެންގުމަށް ބަދަލެއް ނާންނާނެ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މިއަދު ވިދާޅުވެއްޖެ އެވެ.

13 ޑިސެމްބަރ

December 13, 2016 5
މަޝްވަރާތައް ނުބާއްވަން އުޅެނީ ސަރުކާރުން: އެމްޑީޕީ

ރާއްޖޭގެ ސިޔާސީ މަޝްވަރާތައް ބޭއްވުމާ ގުޅޭ ގޮތުން ސަރުކާރުން ދައްކަނީ ބޭކާރު ވާހަކަތަކެއް ކަމަށާއި މަޝްވަރާތައް ނުބާއްވަން އުޅެނީ ސަރުކާރުން ކަމަށް އިދިކޮޅު އެމްޑީޕީން މިއަދު ބުނެފި އެވެ.

06 ޑިސެމްބަރ

December 06, 2016 9
ފަސް މިނެޓް: ގާނޫނުތަކުގެ ބޭނުމެއް އެބަ އޮތްތަ؟

ޑިމޮކްރެސީގެ އެންމެ އަސާސީ ރުކުނަކީ އެ ބައެއްގެ މެދުގައި ގާނޫނުގެ ވެރިކަން (ރޫލް އޮފް ލޯ) އޮތުމެވެ. "ޑިމޮކްރެސީ އަކީ ރައްޔިތުންގެ ވެރިކަން" ކަމުގައި ބުނެވެނީ، ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު ދެމެހެއްޓުމަށް، ރައްޔިތުންގެ މަންދޫބުން ހަދާ ގާނޫނުތަކާ އެއް ގޮތަށް ދައުލަތުގެ ތިން ބާރުންމެ އަމަލު ކުރުމަށް އެކަށައެޅިފައި އޮންނަ...

04 ޑިސެމްބަރ

December 04, 2016 4
އިންތިހާބު ފަސްކުރުމަށް ދެއްކީ ހުސް ވާހަކަތަކެއް

ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ފަސް ކުރުމަށްޓަކައި ޕީޕީއެމްގެ މުސްތަޝާރު އަދި ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން ސިވިލް ކޯޓަށް ހުށަހެޅީ އެއްވެސް ބުރަދަނެއް ނެތް ހުސް...

December 04, 2016 10
އިންތިހާބު ފަސްކުރުމަކީ ހައްގަށް ލިބޭ ބޮޑު އުނިކަމެއް

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމަކީ ރައްޔިތުންގެ އިންތިހާބީ ހައްގުތަކަށް ލިބޭ ބޮޑު އުނިކަމެއް ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިއްޔެ...

03 ޑިސެމްބަރ

December 03, 2016 26
ރާއްޖޭގައި ހިޔާލު ތަފާތުވުން ދަނީ ބޮޑުވަމުން: އދ.

ރާއްޖޭގައި ހިޔާލު ތަފާތުވުން ހައްތަހާ ބޮޑުވަމުން ދާ ކަމަށާއި އޭގެ ސަބަބުން ސަރުކާރާއި އިދިކޮޅު ޕާޓީތަކާ ދެމެދު ވާހަކަތައް ފަށަން ކުރިމަތިވާ ހުރަސްތައް ވެސް އިތުރު ވަމުން ދާ ކަމުގެ...

December 03, 2016 14
އެމްޑީޕީއަށް ހަތް މިލިއަން ރުފިޔާ ޖަމާކޮށްދީފި

ސިޔާސީ ޕާޓީތަކަށް ދައުލަތުން ދޭން ޖެހޭ ފައިސާގެ ތެރެއިން އެމްޑީޕީއަށް ހަތް މިލިއަން ރުފިޔާ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ޖަމާކޮށްދީފި ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

29 ނޮވެމްބަރ

November 29, 2016 14
އިންތިޚާބު ފަސްކޮށްފިނަމަ ޚަރަދުތައް ބޭކާރުވާނެ: އީސީ

އަންނަ ޖެނުއަރީ މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ފަސްކޮށްފި ނަމަ، އެ އިންތިޚާބަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކުރި ހުރިހާ ޚަރަދެއް ބޭކާރުވާނެ ކަމަށް ކޮމިޝަނުން ކޯޓުގައި މިއަދު ބުނެފި އެވެ.

25 ނޮވެމްބަރ

November 25, 2016 82
ރައީސް ވަހީދުގެ ސިޔާސީ ހަޔާތްޕުޅު ކުރު ގޮތަކަށް

މި ޖީލު ދުށް، ސިޔާސީ ގޮތުން އެންމެ ބޮޑެތި ތުހުމަތުތައް ބައެއް މީހުން ކުރާ އެއް ބޭފުޅަކީ ކުރީގެ ރައީސް މުހައްމަދު ވަހީދު ކަމަށް ވެދާނެ އެވެ. އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވި ގޮތާއި ވެރިކަމުގައި ހިނގައި ދިޔަ ގޮތް ލިއެފައި ވަނީ މި ފަހުގެ ތާރީޚެއްގައި ރާއްޖޭގައި ހިނގި އެންމެ ބޮޑެތި ކަންކަމުގެ ގޮތުގަ އެވެ. އާދައިގެ އާއިލާއަކަށް...

24 ނޮވެމްބަރ

November 24, 2016 24
"ސިޔާސީ ހަރަކާތްތަކަށް ބިން ދޫކުރަނީ އިންސާފުން"

ސިޔާސީ ހަރަކާތްތައް ހިންގުމަށް ސިޔާސީ ޕާޓީތަކަށް މާލެ އިން ބިން ދޫކުރަނީ އެއްވެސް ތަފާތުކުރުމެއް ނެތި އިންސާފުވެރިކަމާ އެކުގައި ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު...

November 24, 2016 1
އިންތިޚާބީ މައްސަލައަށް ވަނުމަށް އަދާލަތުން ހުށަހަޅައިފި

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރުމަށް ޕީޕީއެމުން ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ތެރެއަށް ތަދައްޚުލް ވުމަށް (ވަނުމަށް) އަދާލަތު ޕާޓީން ވެސް ހުށަހަޅައިފި އެވެ.

21 ނޮވެމްބަރ

November 21, 2016 7
"މި ފެންނަނީ އަމަލުކުރާނެ ގޮތުގެ ކުޑަ މިންވަރެއް"

އަންނަ ޖެނުއަރީ މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ދެ މަހަށް ފަސްކުރުމަށް ޕީޕީއެމްގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން ސިވިލް ކޯޓަށް ހުށަހަޅައި އަމަލުކުރަމުންދާ ގޮތުން ފެންނަނީ، ކުރިއަށް ހުރި އިންތިހާބުތަކުގައި ސަރުކާރުން ކަންކަން ކުރާނެ އުސޫލު ކަމަށް ބުނެ އިދިކޮޅު އެމްޑީޕީ އާއި އަދާލަތު ޕާޓީން މިއަދު...

20 ނޮވެމްބަރ

November 20, 2016 7
"އިންތިހާބީ ނިޒާމާ މެދު އިތުބާރު ކަނޑުވާލައިފި"

އިންތިހާބީ ނިޒާމާ މެދު ރައްޔިތުންގެ އިތުބާރު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑުވާލާފައިވާ ކަމަށް ބުނެ އަދާލަތު ޕާޓީން އެ ކޮމިޝަނަށް މިއަދު ފާޑުކިޔައިފި އެވެ.

16 ނޮވެމްބަރ

November 16, 2016 33
ޕްރައިމަރީން ބަލިވާނަމަ ވާދަ ކުރުމުގެ ފުރުސަތު ގެއްލެނީ

ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީތަކުގައި ވާދަކޮށް ބަލިވާ ކެންޑިޑޭޓުން އަމިއްލަ ގޮތުން ނުވަތަ އެހެން ޕާޓީއެއްގެ ޓިކެޓުގައި އިންތިހާބުތަކުގައި ވާދަކުރާ ނަމަ، އެ ކެންޑިޑޭޓެއްގެ...

November 16, 2016 1
ޕާޓީތަކުގެ ފައިސާ ފިނޭންސުން އީސީ އަށް ދޫކޮށްފި

ސިޔާސީ ޕާޓީތަކަށް ދައުލަތުން ދޭން ޖެހޭ ފައިސާ އިލެކްޝަންސް ކޮމިޝަނަށް މިއަދު ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

14 ނޮވެމްބަރ

November 14, 2016 15
ވޯޓު ވަގަށް ނެގިޔަ ނުދޭން އެންމެން ވޯޓުލާން ގޮވާލައިފި

އަންނަ ޖެނުއަރީ މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި "ވޯޓު ވަގަށް ނެގުމުގެ ފުރުސަތު" ނުލިބޭނީ އެންމެން ވޯޓުގައި ބައިވެރިވެގެން ކަމަށް މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ) އިން މިއަދު ބުނެފި އެވެ.

06 ނޮވެމްބަރ

November 06, 2016 25
ފުރުސަތު ދީ، އަސްލު ސައިޒު ދައްކާލާނަން: އެމްޑީޕީ/އަދާލަތު

ރައީސް އަބްދުﷲ ޔާމީން ވެރިކަން ކުރައްވާ ގޮތާ މެދު ރައްޔިތުން ހިތްހަމަނުޖެހި، މާޔޫސްވެފައި ތިބި މިންވަރާއި ސަރުކާރުގެ ސައިޒު، އިދިކޮޅު ފަރާތްތަކަށް ކުޑަ ފުރުސަތެއް ދިނަސް ދައްލާނެ ކަމަށް އެމްޑީޕީ އާއި އަދާލަތު ޕާޓީން މިއަދު ބުނެފި އެވެ.

02 ނޮވެމްބަރ

November 02, 2016 27
ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކޮށްފި

ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ދޭން ޖެހޭ ފައިސާ، ގިނަ ދުވަސްތަކަކަށް ފަހު މިއަދު ދޫކޮށްފި އެވެ.

01 ނޮވެމްބަރ

November 01, 2016 46
"ހިޔާނާތް އެކުލެވޭ އެއްބަސްވުންތައް ބާތިލް ކުރާނަން"

ބިޑް ކުރުމަކާ ނުލައި ރާއްޖޭގެ ރަށްތަކާއި ފަޅުތައް އެހެން ބަޔަކަށް މިލްކުކޮށް ވިއްކުމުގައި އަމަލުކޮށްފައިވާ ގޮތް އެމްޑީޕީގެ ސަރުކާރެއްގައި ތަހުގީގުކޮށް، ހިޔާނާތް އެކުލެވިގެން ހަރު...

November 01, 2016 71
ބަދަލަކަށް މިފަހަރު މައުމޫން، ކާމިޔާބު ވާނެތަ؟

ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމާ ދެކޮޅަށް، ބޭބޭފުޅު، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ނިކުންނެވުމާ އެކު ސިޔާސީ މަސްރަހު މިއޮތީ މުޅިން ބަދަލުވެފަ އެވެ. ރިޔާސީ އިންތިހާބުގެ...

30 އޮކްޓޯބަރ

October 30, 2016 38
ޕާޓީތަކާއެކު މަޝްވަރާ ކުރާނެ: ސަރުކާރު

ސަރުކާރުން އިސް ނަގައިގެން ސިޔާސީ ޕާޓީތަކާއެކު ބާއްވާ މަޝްވަރާތައް ނުބާއްވަން ނިންމާފައި ނުވާނެ ކަމަށާއި ޕާޓީތަކުން އެކަމުގައި އެއްބާރުލުން ދިނުމަށް ސަރުކާރުން ގޮވާލައިފި އެވެ.

26 އޮކްޓޯބަރ

October 26, 2016 3
ދަފުތަރުން އުނިކުރީ އެކަށީގެންވާ ވަގުތު ނުދީ: ޕީޕީއެމް

އިނގިލީގެ ނިޝާން ނެތިގެން ބޮޑެތި ސިޔާސީ ޕާޓީތަކުން އެތައް ހާސް ބަޔަކު އިލެކްޝަންސް ކޮމިޝަނުން ވަކިކޮށްފައި ވަނީ ފޯމް ހުށަހަޅަން އެކަށީގެންވާ ވަގުތު ނުދީ ކަމަށް ޕީޕީއެމުން ބުނެފި އެވެ.

25 އޮކްޓޯބަރ

October 25, 2016 12
ދައްކާނެ ވާހަކައެއް ނެތި، މައްސަލަތައް ހައްލުވީތަ؟

ރާއްޖޭގެ ޝަރުއީ ނިޒާމްގައި ހުރި މައްސަލަތަކާ މެދު ކަންބޮޑުވަނީ ހަމައެކަނި ބޭރުގެ ގައުމުތަކަކުންނެއް ނޫނެވެ. އެއީ ދިވެހިން ކޮންމެ ދުވަހަކު ވެސް ތަޖުރިބާކުރަމުން އަންނަ ހަގީގަތެކެވެ. އަދި އަސާސީ ބައެއް ހައްގުތައް ނިގުޅައިގެންފައިވުމަކީ ވެސް ދައްކާ ދޮގު ވާހަކައެއް ނޫނެވެ. މި ކަންކަމާ ދެބަސްވަނީ ސަރުކާރުންނެވެ.

24 އޮކްޓޯބަރ

October 24, 2016 94
އެމްޑީޕީގެ ދެބައިކުޅަ އެއްބައި މީހުން ޕާޓީން އުނިކޮށްފި

ސިޔާސީ ޕާޓީތަކުގައި ރަޖިސްޓްރީ ވުމަށް ފިންގަޕްރިންޓް ހުށަ ނާޅާ މެމްބަރުން ޕާޓީން ވަކިކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ތަންފީޒު ކުރުމާ އެކު، އެމްޑީޕީގެ ދެބައިކުޅަ އެއްބައި މީހުން އެ ޕާޓީން މަދުވެއްޖެ އެވެ.