08 ސެޕްޓެމްބަރ

September 08, 2016 11
ރައީސަށް ފިޔަވަޅު އަޅަން އަދާލަތުން ވެސް ގޮވާލައިފި

ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ބޮޑެތި ތުހުމަތުތަކާ ގުޅިގެން އެމަނިކުފާނު ހައްޔަރުކޮށް މިނިވަން މުސްތަގިއްލު ޖިނާއީ ތަހުގީގެއް ހިންގަން އަދާލަތު ޕާޓީން ކަމާބެހޭ މުއައްސަސާތަކަށް މިއަދު ގޮވާލައިފި އެވެ.

05 ސެޕްޓެމްބަރ

September 05, 2016 14
ރައީސަކު ނެތް ކަމަށް ބުނުމުން އަދާލަތުން ރައްދުދީފި

އަދާލަތު ޕާޓީގައި މިވަގު ރައީސަކު ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނުމުން އެ ޕާޓީން ހިތްހަމަނުޖެހިއްޖެ އެވެ.

September 05, 2016 66
"ނަޝީދާއި އިމްރާނަކީ ޕާޓީގެ ރައީސުންނެއް ނޫން"

އެންމެ ބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕީ އާއި އަދާލަތު ޕާޓީގައި މިވަގުތު ރައީސަކު ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.

02 ސެޕްޓެމްބަރ

September 02, 2016 36
ތުނބުޅިއާ ގުޅުވައިގެން ވަކިކުރުމަކީ ޖަރީމާއެއް:އަދާލަތު

މޯލްޑިވްސް އިމިގްރޭޝަންގެ ބައެއް މުވައްޒަފުންގެ ތުނބުޅިއާ ގުޅުވައިގެން ވަޒީފާއިން ވަކިކުރުމަކީ ރަސޫލާގެ ސުންނަތާ ދެކޮޅަށް ސަރުކާރުން ހިންގަމުން އަންނަ ނުރައްކާތެރި އެޖެންޑާގެ ފުރަތަމަ ފިޔަވަހި ކަމަށް އަދާލަތު ޕާޓީން މިއަދު ބުނެފި އެވެ.

01 ސެޕްޓެމްބަރ

September 01, 2016 21
ޝައިނީގެ ވާހަކަތަކަކީ ޓެރަރިޒަމްގެ އަމަލެއް: އަދާލަތު

ރައީސް އަބްދުﷲ ޔާމީން ދިފާއު ކުރެއްވުމަށް ލޭ އޮހޮރުވަން ތައްޔާރަށް ހުންނެވި ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވުމުން އަދާލަތު ޕާޓީން އެކަން މިއަދު ކުށްވެރިކޮށްފި އެވެ.

24 އޯގަސްޓް

August 24, 2016 6
ފިންގަޕްރިންޓް ނެތް މީހުންގެ ލިސްޓު މާދަމާ ފޮނުވަނީ

ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި، އިނގިލީގެ ނިޝާން ނުޖަހައި ތިބި މެމްބަރުންގެ އިނގިލީގެ ނިޝާން އޮކްޓޯބަރު މަހުގެ 11 ގެ ކުރިން ހަމަކުރަން މާދަމާ ޕާޓީތަކަށް ލިސްޓު ފޮނުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިރޭ ބުނެފި އެވެ.

23 އޯގަސްޓް

August 23, 2016 13
އިނގިލީގެ ނިޝާން ނެތް މީހުން ޕާޓީން ވަކިވާ އިސްލާހު ތަސްދީގުކޮށްފި

ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމެނޭ މެމްބަރުންގެ ތެރެއިން އިނގިލީގެ ނިޝާން ނެތް މީހުން ޕާޓީތަކުން ވަކިވާ ގޮތަށް ސިޔާސީ ޕާޓީގެ ގާނޫނަށް ގެނައި އިސްލާހު ރައީސް އަބްދުﷲ ޔާމީން މިއަދު ތަސްދީގުކުރައްވައިފި އެވެ.

18 އޯގަސްޓް

August 18, 2016 10
ޕާޓީތަކަށް ވަރަށް އަވަހަށް ފައިސާ ދޭނަން: އިލެކްޝަންސް

ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޭން ޖެހޭ ފައިސާ ނުދެވުމަކީ އިލެކްޝަންސް ކޮމިޝަންގެ ވެސް ކަންބޮޑުވުމެއް ކަމަށާއި އެ ކަންބޮޑުވުންތަކަށް ނިމުމެއް ގެންނާނެ ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.

09 އޯގަސްޓް

August 09, 2016 20
ބިލް ފާސްކުރީ ދީން ހަތިޔާރަކަށް ހަދައިގެން: އަދާލަތު

އަބުރު ރައްކާތެރި ކުރުމާއި ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަމުގެ ބިލް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސް ކުރީ އިސްލާމް ދީން ހަތިޔާރަކަށް ހަދައިގެން ކަމަށް އަދާލަތު ޕާޓީން މިއަދު ބުނެފި އެވެ.

01 އޯގަސްޓް

August 01, 2016 6
އަބުރުގެ ބިލަކީ "ހީލަތްތެރި ބިލެއް": އަދާލަތު ޕާޓީ

ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ އަބުރު ރައްކާތެރި ކުރުމުގެ ބިލަކީ ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކުގެ ތެރޭގައި ހިންގަމުން ދާ ކޮރަޕްޝަނާއި ފަސާދައިގެ ޖަރީމާތަކުގެ މައުލޫމާތުތައް ހާމަ ކުރަމުން އަންނަ ފަރާތްތަކަށް ހައްގު ނޫން ބޮޑު އަދަބެއް ދޭން ފަރުމާ ކޮށްފައިވާ "ހީލަތްތެރި ބިލެއް" ކަމަށް އަދާލަތު ޕާޓީން މިއަދު...

30 ޖުލައި

July 30, 2016 40
އިއްތިހާދުގެ ބޭފުޅުން ހާޒިރުކުރީ ފަންޑުގެ މައްސަލާގައި

އިދިކޮޅު އިއްތިހާދު، މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ) ގެ ހިޔަނި ކެބިނެޓުގެ ތިން ވަޒީރުން މިއަދު ފުލުހަށް ހާޒިރުކުރުވީ އެ އިއްތިހާދުން އުފައްދާފައިވާ ހައްޔަރީންގެ ހައިރާތު ފަންޑާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް ކަމަށް އެ ބޭފުޅުން ވިދާޅުވެއްޖެ އެވެ.

28 ޖުލައި

July 28, 2016 38
އިޔާޒްގެ މައްސަލަ ޕޮލިހަށް ހުށަހެޅީ ޖުޑީޝަރީން

އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ މެމްބަރު ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް ފުލުސް އޮފީހަށް މިއަދު ހާޒިރުކުރީ ޖުޑީޝަރީން ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ކަމަށް އިޔާޒްގެ ވަކީލް ވިދާޅުވެއްޖެ އެވެ.

27 ޖުލައި

July 27, 2016 21
ތަސްމީން، ހަސަން، ޝިދާތާ ވެސް ޕޮލިހަށް ހާޒިރުކުރަނީ

އިދިކޮޅު އިއްތިހާދުގެ ހިޔަނި ކެބިނެޓްގައި ހިމެނޭ ބޭފުޅުން ކަމަށްވާ އަހުމަދު ތަސްމީން އަލީ އާއި ހަސަން ލަތީފް އަދި ޝިދާތާ ޝަރީފް ވެސް މާދަމާ ރޭ ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި އެވެ.

26 ޖުލައި

July 26, 2016 29
ޑރ. އިޔާޒު ޕޮލިހަށް ހާޒިރުވާން އަންގައިފި

އަދާލަތު ޕާޓީގެ އިލްމުވެރިން މަޖިލީހުގެ ނައިބު ރައީސް ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފް މާދަމާ ރޭ ޕޮލިހަށް ހާޒިރުވާން އަންގައިފި އެވެ.

21 ޖުލައި

July 21, 2016 78
އުންމީދު ނަގާލަން ޖެހޭ އެއްވެސް ސަބަބެއް ނެތް: ނަޝީދު

އިދިކޮޅު އިއްތިހާދުން ބާއްވާ ފުރަތަމަ ޖަލްސާ އެމްޑީޕީ ހަރުގެ ކުރިމަތީގައި ކުރިއަށް އެބަ ދެ އެވެ.

05 ޖުލައި

July 05, 2016 18
އިދިކޮޅު އިއްތިހާދާ ގުޅުމަށް ގާސިމަށް ދައުވަތު ދީފި

ސަރުކާރާ ދެކޮޅަށް މަސައްކަތްކުރާ އިއްތިހާދު މޯލްޑިވްސް ޔުނައިޓެޑް އޮޕިޒިޝަންއާ ގުޅިވަޑައިގަތުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް މިރޭ ދައުވަތު ދީފައި ވާނެ ކަމަށް އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވިދާޅުވެއްޖެ އެވެ.

28 ޖޫން

June 28, 2016 10
އީސީގެ މެމްބަރުން އިސްތިއުފާ ދޭން އަދާލަތުން ގޮވާލައިފި

ކުރިއަށް ހުރި އިންތިހާބުތަކުގެ އިންސާފުވެރިކަން ކަށަވަރަކުރުމަށާއި އިންސާފުވެރި ސިޔާސީ މާހައުލެއް ގާއިމްކުރުމަށްޓަކައި އިލެކްޝަންސް ކޮމިޝަންގައި މިހާރު ތިއްބެވި ފަސް މެމްބަރުން އިސްތިއުފާ ދެއްވުމަށް އަދާލަތު ޕާޓީން މިއަދު ގޮވާލައިފި އެވެ.

22 ޖޫން

June 22, 2016 26
"އިއުލާން ނުކޮށް ރަށް ދީގެން އަގު ނުކުރެވޭ ގެއްލުން"

ޓޫރިޒަމާ ބެހޭ ކަންކަމަށް ރަށްރަށާއި ބިން އަދި ފަޅުތައް، ކުރިން އިއުލާން ކުރުމަކާ ނުލައި ކުއްޔަށް ދޫކުރާ ގޮތަށް ސަރުކާރުން ގާނޫނަށް ހުށަހެޅި އިސްލާހުގެ ސަބަބުން ޓޫރިޒަމް ސިނާއަތަށް އަގު ނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށް އަދާލަތު ޕާޓީން މިއަދު ބުނެފި އެވެ.

21 ޖޫން

June 21, 2016 18
އީ ވޯޓިންގައި ވޯޓު ފޮއްޓަށް އަތް ބޭނިދާނެތަ؟

އާ ގާނޫނުއަސާސީ އަށް ފަހު ރާއްޖޭގައި ބޭއްވި އިންތިހާބުތަކާ މެދު ގިނަ ބަޔަކު ހިތްހަމަޖެހުނަސް، އަދި އެ އިންތިހާބުތައް އިންސާފުވެރިކަމަށް ބައިނަލްއަގުވާމީ އޮބްޒާވަރުން ބުނި ނަމަވެސް އާންމު ބައެއް މީހުންގެ ހިތުގައި އަބަދުވެސް ޝައްކު އޮވެ އެވެ. މަރުވެފައި ތިބި މީހުންގެ ނަމުގައި ވޯޓުލުމާއި ނެޝަނަލް ރެޖިސްޓްރޭޝަންގައި ހުންނަ...

12 ޖޫން

June 12, 2016 23
ލީޑަރުންނާ މެދު ފިޔަވަޅު އެޅޭނެ ގޮތެއް ހަދަން ވިސްނަނީ

ސިޔާސީ ޕާޓީތަކުގެ ލީޑަރުން ގާނޫނާ ހިލާފުވެއްޖެ ނަމަ އެ ބޭފުޅުންނާ މެދު ފިޔަވަޅު އެޅޭ ގޮތަށް ސިޔާސީ ޕާޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ވިސްނުން ގެންގުޅޭ ކަމަށް އިލެކްޝަނުން ކޮމިޝަނުން މިއަދު ބުނެފި އެވެ.

05 ޖޫން

June 05, 2016 19
އަމާންކަން ގާއިމްކުރަން ނުފޫޒު ފޯރުވުން ހުއްޓާލަން ޖެހޭ

ވަޅި ހެރުމާއި މީހުން މެރުން އާއްމުވެ، މުޖުތަމައު ވެއްޓިފައިވާ ބިރުވެރި ހާލަތުން އަރައިގަނެ އަމާންކަން ގާއިމްކުރެވޭނީ މުއައްސަސާތަކަށް ސިޔާސީ ނުފޫޒު ފޯރުވުން ހުއްޓާލައިގެން ކަމަށް އަދާލަތު ޕާޓީން މިއަދު ބުނެފި އެވެ.