13 ޖުލައި

July 13, 2020 8
ސޮނެވާއިން މާފަރުގައި ކޮވިޑް-ޓެސްޓް ސެންޓަރު ހުޅުވައިފި

ރާއްޖޭގެ ބޯޑަރު އަންނަ ބުދަ ދުވަހު އަލުން ހުޅުވައިލާއިރު، ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގައި އެހީތެރިވުމުގެ ގޮތުން ސޮނެވާގެ ރިސޯޓުތަކުން މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި ގާއިމްކުރި ކޮވިޑް-19 ޓެސްޓު ސެންޓަރު މިއަދު ރަސްމީކޮށް ހުޅުވައިފި އެވެ.

11 ޖުލައި

July 11, 2020 30
ޕޮޒިޓިވް ކޭސްތައް މައްޗަށް: ނުރައްކަލުގެ އިންޒާރެއް

ކޮވިޑް-19 މާލެ ތެރޭގައި ފެތުރެން ފެށުމާ އެކު އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތައް ލުއިކުރިތާ އަދި މާ ގިނަ ދުވަހެއް ނުވެ އެވެ. އެކަމަކު ޕޮޒިޓިވްވާ މީހުންގެ އަދަދު ނިސްބަތުން ދަނީ ގިނަވަމުންނެވެ. އިއްޔެ އެކަނި ވެސް 64 މީހުން ޕޮޒިޓިވް ވުމުން، ގިނަ ބަޔަކު އެކަން ސިފަކުރީ ނުރައްކާތެރި އިންޒާރެއްގެ ގޮތުގަ އެވެ.

19 ޖޫން

June 19, 2020 14
ކޮވިޑަށް ޓެސްޓްކުރާ މެޝިނެއް މާފަރު އެއާޕޯޓަށް ގެނެސްފި

ކޮވިޑް-19 އަށް ޓެސްޓް ކުރެވޭ މެޝިނެއް މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް ގެނެސްފި އެވެ.

09 ޖޫން

June 09, 2020 14
ކޮވިޑް ޓެސްޓަށް ނަގަނީ ވަރަށް ކުޑަ އަގެއް: އަފްއާލް

ކޮވިޑް-19 އަށް ޓެސްޓު ކުރަން އޭޑީކޭ ހޮސްޕިޓަލުން ނަގަނީ ވަރަށް ކުޑަ އަގެއް ކަމަށް އެ ހޮސްޕިޓަލުން ރޭ ބުނެފި އެވެ.

June 09, 2020 7
އޭޑީކޭގެ މުވައްޒަފުން އައިޖީއެމްއެޗްގައި ވެސް ޑިއުޓީކުރި

ސިއްހީ ހިދުމަތްދޭ ހުރިހާ ތަނެއް ކޮވިޑް-19 ގެ ސަބަބުން ކުއްލި ހާލަތަށް ގެނެސްފައި ވާއިރު އޭޑީކޭ ހޮސްޕިޓަލްގެ މުވައްޒަފުން އައިޖީއެމްއެޗުގައި ވެސް ޑިއުޓީ އަދާކޮށްދީފައިވާނެ ކަމަށް...

June 09, 2020 11
އެންޓިބޮޑީ ޓެސްޓު މުހިންމީ މި ހާލަތަށް ފަހު: އަފްއާލް

ކޮވިޑް-19 ދެނެގަތުމަށް ހަދާ ޓެސްޓުތަކުގެ ތެރޭގައި ހިމެނޭ، އެ ބަލި ޖެހި ބަލީގެ އެންޓިބޮޑީ ހަށިގަނޑުގައި ހުރިތޯ ބެލުމަށް ކުރާ ޓެސްޓަކީ މިވަގުތު ބަލި ފެތުރެމުން ދާއިރު މުހިންމު...

02 ޖޫން

June 02, 2020 37
އޭޑީކޭއިން ކޮވިޑް ޓެސްޓެއް ހަދައިދޭނީ 675ރ. އަށް

އޭޑީކޭ ހޮސްޕިޓަލުން ކޮވިޑް-19 ގެ ޓެސްޓެއް ހަދައިދެނީ 675ރ. އަށް ކަމަށް ސަރުކާރުން މިރޭ ބުނެފި އެވެ.

25 މެއި

May 25, 2020 39
ކޮވިޑް ޓެސްޓުތައް ހަދާނީ އުސޫލުގެ ތެރެއިން: އޭޑީކޭ

އޭޑީކޭ ހޮސްޕިޓަލްގައި ކޮވިޑް-19 އަށް ޓެސްޓު ކުރުމުގެ މަސައްކަތް މިއަދު ފަށަން ތައްޔާރުވަމުން އަންނައިރު ،އެކަން ކުރިއަށް ގެންދާނީ ސަރުކާރުން ކަނޑައަޅާފައިވާ އުސޫލުގެ ތެރެއިން ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

23 މެއި

May 23, 2020 32
އޭޑީކޭއިން ކޮވިޑަށް ޓެސްޓްކުރަން ސަރުކާރުން އަގުދޭނެ

ކޮވިޑް-19 އަށް ޓެސްޓްކުރުމުގެ މަސައްކަތް އޭޑީކޭ ހޮސްޕިޓަލުން އަންނަ އާދީއްތަ ދުވަހު ފަށާނެ ކަމަށާއި އާސަންދަ މެދުވެރިކޮށް، އެ ހިދުމަތަށް ސަރުކާރުން އަގު ދައްކާނެ ކަމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން މިރޭ ބުނެފި އެވެ.

21 މެއި

May 21, 2020 8
އަންނަ ހަފުތާގައި އޭޑީކޭގައި ކޮވިޑަށް ޓެސްޓްކުރަންފަށާނެ

އަންނަ ހަފުތާ ފެށޭ ހިސާބުގައި ކޮވިޑް-19 އަށް ޓެސްޓުކުރަން ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް އިއްޔެ ވިދާޅުވެއްޖެ އެވެ.

13 މެއި

May 13, 2020 37
އޭޑީކޭގައި ކޮވިޑް-19 އަށް ޓެސްޓުކުރަން ތައްޔާރުވެއްޖެ

ރާއްޖޭގެ އަމިއްލަ ފުރަތަމަ ހޮސްޕިޓަލް، އޭޑީކޭގައި ކޮވިޑް-19 އަށް ޓެސްޓުކުރުމަށް ތައްޔާރުވެއްޖެ އެވެ.

11 މެއި

May 11, 2020 22
އޭޑީކޭގެ 12 މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

އޭޑީކޭ ހޮސްޕިޓަލްގެ 12 މުވައްޒަފަކު ކޮވިޑް-19 އަށް އިއްޔެ ޕޮޒިޓިވްވެއްޖެ އެވެ.

10 މެއި

May 10, 2020 22
އޭޑީކޭގެ 12 މުވައްޒަފަކު ޕޮޒިޓިވްވެއްޖެ

ރާއްޖެ އިން ކޮވިޑް-19 އަށް އިތުރު 45 މީހަކު މިއަދު ޕޮޒިޓިވްވެ، ޖުމްލަ އަދަދު 835 އަށް އަރައިފި އެވެ.

12 ޑިސެމްބަރ

December 12, 2018
މި ދުވަސްވަރު ޑެންގީ ހުމާއި ބޭރަށް ހިންގުން އިތުރު

ރާއްޖޭގެ އެކި ހިސާބުގައި ޑެންގީ ހުމާއި ބޭރަށް ހިންގުމުގެ ރޯގާ މި ދުވަސްވަރު އިތުރުކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިއްޔެ ބުނެފި އެވެ.

18 ޖެނުއަރީ

January 18, 2018 19
ބައްޕައަށްޓަކައިވާ ގުރުބާނީ، ބޭނުންވަނީ ކުޑަ އެހީއެއް

ލ. އަތޮޅު މީހަކާ އިނދެގެން އެ އަތޮޅު ފޮނަދޫގައި ދިރިއުޅެމުން އަންނަ ނަސްވާ އަބްދުއްމަޖީދުގެ ހަތް ކުދިން އެބަތިއްބެވެ. އަދި އުމުރުން 18 އަހަރު ނުފުރޭ އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮއެއް ވެސް ނަސްވާ އަންނަނީ ބަލަމުންނެވެ. ފިރިމީހާ އަށް ލިބޭ ކުޑަ މުސާރަ އިން ދިރިއުޅުމުގެ ހަރަދުތައް ކިރިޔާ ހަމަޖައްސަމުން އަންނަނިކޮށް އޭނާގެ ބައްޕަ...

17 މާޗް

March 17, 2017 13
އެޗް1އެން1 ގިނަ މީހުންގެ ފަރާތުން ނުފެނޭ: ނިޔާފް

ރާއްޖޭގައި ހަލުވިކަމާ އެކު މިހާރު ފެތުރެމުންދާ ސްވައިން ފްލޫ ނުވަތަ އެޗް1އެން1 އަށް ޝައްކު ކުރެވިގެން ފްލޫ ކްލިނިކްތަކަށް ދާ ގިނަ މީހުންގެ ފަރާތުން އެ ބަލީގެ އަލާމާތްތައް ނުފެންނަ ކަމަށް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު ޑރ. އަބްދުﷲ ނިޔާފް އިއްޔެ ވިދާޅުވެއްޖެ އެވެ.

15 މާޗް

March 15, 2017 9
ހަތަރު ދުވަސް ތެރޭގައި 1000 މީހުން ފަރުވާ ހޯދައިފި

ރާއްޖޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ހުމާއި ރޯގާގައި، މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް 1،000 އަށް ވުރެ ގިނަ މީހުން ޑޮކްޓަރަށް ދައްކައި ފަރުވާ ހޯދާފައިވާ ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.