06 އޯގަސްޓް

August 06, 2020 39
ޕޮޒިޓިވް ފެސިލިޓީއަށް ބަލި ނޫން ދެ ކުއްޖަކު ގެންގޮސްފި

ކޮވިޑް-19 އަށް މާލެ އިން ޕޮޒިޓިވް 10 އަހަރުގެ އަންހެން ކުއްޖަކު މަންމައާ އެކު ބަނޑޮސް ފެސިލިޓީއަށް ގެންދިޔައިރު، ޕޮޒިޓިވް ނުވާ އެ ކުއްޖާގެ ދެ ބޭބެ ވެސް ގެންދިޔަ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

20 ޖުލައި

July 20, 2020 29
ނުރައްކާތެރި އޮޕަރޭޝަން ތާރީހުގެ ތެރެއަށް!

އުމުރުން އެންމެ 12 ދުވަސް ވީ ދަރިފުޅުގެ ފުރާނަ ސަލާމަތް ކުރެވެން އޮތީ ހިތުގެ ބޮޑު އޮޕަރޭޝަނެއް ކޮށްގެން ކަމަށް، މަރިޔަމް ޝިޔާނާ އާއި ހަސަން އަޒުނީމްއަށް ޑޮކްޓަރުން އެންގީ، ރޫޓިން ޗެކަޕަކަށް އައިޖީއެމްއެޗަށް ދިޔަ ދުވަހު އެވެ. ބަނޑުގައި އޮތް އިރު ވެސް އަދި ވިހޭ ފަހުން ވެސް އެއްވެސް ސިއްހީ މައްސަލައެއް ދިމާނުވެ ހުރެފައި، ރޫޓިން...

11 ޖުލައި

July 11, 2020 30
ޕޮޒިޓިވް ކޭސްތައް މައްޗަށް: ނުރައްކަލުގެ އިންޒާރެއް

ކޮވިޑް-19 މާލެ ތެރޭގައި ފެތުރެން ފެށުމާ އެކު އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތައް ލުއިކުރިތާ އަދި މާ ގިނަ ދުވަހެއް ނުވެ އެވެ. އެކަމަކު ޕޮޒިޓިވްވާ މީހުންގެ އަދަދު ނިސްބަތުން ދަނީ ގިނަވަމުންނެވެ. އިއްޔެ އެކަނި ވެސް 64 މީހުން ޕޮޒިޓިވް ވުމުން، ގިނަ ބަޔަކު އެކަން ސިފަކުރީ ނުރައްކާތެރި އިންޒާރެއްގެ ގޮތުގަ އެވެ.

17 ޖޫން

June 17, 2020 4
ބަލިމީހުން ގެންދިއުމުގެ ހުއްދަ ގައުމުތަކުން އަދި ނުލިބޭ

ރާއްޖެއިން ބޭރުން ފަރުވާ ހޯދަން ޖެހި އެކަމަކު ކޮވިޑް-19އާ ގުޅިގެން ނުފުރިފައި ތިބި ބަލި މީހުން ގެންދިއުމުގެ ހުއްދަ އެއްވެސް ގައުމަކުން އަދި ނުލިބޭ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

09 ޖޫން

June 09, 2020 7
އޭޑީކޭގެ މުވައްޒަފުން އައިޖީއެމްއެޗްގައި ވެސް ޑިއުޓީކުރި

ސިއްހީ ހިދުމަތްދޭ ހުރިހާ ތަނެއް ކޮވިޑް-19 ގެ ސަބަބުން ކުއްލި ހާލަތަށް ގެނެސްފައި ވާއިރު އޭޑީކޭ ހޮސްޕިޓަލްގެ މުވައްޒަފުން އައިޖީއެމްއެޗުގައި ވެސް ޑިއުޓީ އަދާކޮށްދީފައިވާނެ ކަމަށް އޭޑީކޭގެ މެނޭޖިން ޑިރެކްޓަ އަހުމަދު އަފްއާލް މިރޭ ވިދާޅުވެއްޖެ އެވެ.

18 ނޮވެމްބަރ

November 18, 2019 6
ދުވަސް ނުފުރާ ވިހެއުން: ފަރުވާ އާއި ދުޢާއިން އުއްމީދު

މަރިޔަމް އަރޫޝާ އާއި މުހައްމަދު ހަލީމްގެ އަލަތު ދަރިފުޅު އުފަންވީ އެކަމަށް ތައްޔާރު ވެސް ނުވެ ތިއްބަ އެވެ. ވިހާނެ ކަމަށް ޑޮކްޓަރުން ލަފާ ކުރާ ތާރީހަށް ދެ މަސް އޮތުމުން ދަރިފުޅަށް ބޭނުންވާ އެއްވެސް އެއްޗެއް ނުހޯދަ އެވެ. އެކަމަކު ގަދަ ވޭނަށް ފަހު ބަނޑަށް އެންމެ 27 ހަފުތާގައި އަރޫޝާ ވިހޭއިރު ދަރިފުޅުގެ ބަރުދަނުގައި 600 ގްރާމް ވެސް ހަމަ...

13 ނޮވެމްބަރ

November 13, 2019
ހަކުރު ބަލީގެ ދުވަސް ފާހަގަ ކުރަން ގިނަ ހަރަކާތްތަކެއް

މި އަހަރުގެ ހަކުރު ބަލީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މާދަމާ ގިނަ ހަރަކާތްތަކެއް ހިންގުމަށް ނިންމައިފި އެވެ.

22 އޮކްޓޯބަރ

October 22, 2019 5
ހެޕަޓައިޓިސް ބައްޔާ ގުޅޭ ގައުމީ އެކްޝަން ޕްލޭން ނެރެފި

ހެޕަޓައިޓިސް ބަލި ރާއްޖެއިން ނައްތާލަން ގައުމީ އެކްޝަން ޕްލޭނެއް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އިން ރޭ ނެރެފި އެވެ.

03 އޮކްޓޯބަރ

October 03, 2019 56
ދެ މަސް ތެރޭގައި 16 ތުއްތު ކުދިން މަރުވެއްޖެ!

ވޭތުވެ ދިޔަ ދެ މަހުގެ ތެރޭގައި އެކި ސަބަބުތަކާ ގުޅިގެން 16 ތުއްތު ކުއްޖަކު މާލޭގައި މަރުވެއްޖެ އެވެ.

25 އެޕްރީލް

April 25, 2019 64
"އަޒްމީގެ ފަރުވާ އަށް ވަނީ އިހުމާލުވެފައި"

ބޮލަށް ސީރިއަސް އަނިޔާތަކެއް ލިބުނު އެސްޓީއޯ އައިޓީ ޑިޕާޓްމެންޓްގެ ހެޑް މުސްތަފާ އަޒްމީ އަށް އައިޖީއެމްއެޗުން އަވަސް ފަރުވާ ދިނުމުގައި އިހުމާލުވެފައިވާ ކަމަށް އޭނާގެ ގާތް މީހުން ތުހުމަތުކޮށްފި އެވެ.

20 ޖެނުއަރީ

January 20, 2019 60
މަރަށް ތެޅުނު އިރު ފޮޓޯ ނަގަން ތިބުމުން ފާޑުކިޔަނީ!

އެކްސިޑެންޓްވެ، ފުނޑުފުނޑުވެފައިވާ ސައިކަލުން ވެއްޓިފައި އޮތް ޒުވާނާ އޮތީ މަރަށް "ތެޅިތެޅި" އެވެ. އެތައް ޒަހަމުތަކަކާ އެކު އޮތް އެ ޒުވާނާ ފުންނޭވާލަމުން ދަނީ އެވެ. އޭނާ ވަށައިގެން ގިނަ ބަޔަކު ތިބިއިރު އެ މީހުން ބިޒީވެފައި ތިބީ ފޮޓޯ ނެގުމާއި ވީޑިއޯ ކުރުމުގަ އެވެ.

25 ނޮވެމްބަރ

November 25, 2018 19
އައިޑީކާޑް މުއްދަތު ހަމަވިޔަސް މިހާރު އާސަންދަ ލިބޭނެ

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަވެފައިި ވިޔަސް ދައުލަތުގެ ހެލްތު އިންޝުއަރެންސް، ހުސްނުވާ އާސަންދަ ލިބޭ ގޮތަށް އާސަންދަ ކުންފުނިން ހަމަަޖައްސައިފި އެވެ.

22 ނޮވެމްބަރ

November 22, 2018 41
އަމީންގެ ފުރަތަމަ ޒިޔާރަތް އައިޖީއެމްއެޗާއި އޭޑީކޭއަށް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ހެލްތު މިނިސްޓަރުކަމަށް އައްޔަން ކުރެއްވި އަބްދުﷲ އަމީންގެ މަސްއޫލިއްޔަތުތަކުގެ ތެރެއިން އޭނާގެ ފުރަތަމަ ޒިޔާރަތް ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗް އަދި އަމިއްލަ އެންމެ ބޮޑު ހޮސްޕިޓަލް އޭޑީކޭ އަށް މިއަދު ކުރައްވައި އެ ތަންތަނުގެ ހާލަތު ބައްލަވާލައްވައިފި އެވެ.

09 އޮކްޓޯބަރ

October 09, 2018 36
މާރާމާރީގައި ޒަހަމްވި ދެ ޒުވާނުން ސީރިއަސް ހާލަތެއްގައި

އައްޑު އާއި މާލޭގައި ހިންގި މާރާމާރީގައި ތޫނު އެއްޗަކުން ހަމަލަދީ، ޒަހަމް ކޮށްލާފައިވާ އައްޑޫ ދެ މީހުންގެ ހާލު ސީރިއަސް ކަމަށް އައިޖީއެމްއެޗާއި އޭޑީކޭ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.

15 އޯގަސްޓް

August 15, 2018 37
ޑރ. ޝާފިއުގެ ބަސް: އިތުބާރުކުރޭ! ފަރުވާކޮށްދޭނަން!

ހިތުގެ ހިނގުން ހުއްޓުވާލައި، ހިތް ފަޅާލައިގެން އޮޕަރޭޝަން ކުރަން ކޮންމެ މީހަކު ވެސް ޖެހިލުންވާނެ އެވެ. ހާއްސަކޮށް އެ އޮޕަރޭޝަން ކާމިޔާބު ވާނެކަމުގެ އޮތީ 50 ޕަަސެންޓް ކަމަށް ވާ ނަމަ، ޔަގީނުން ވެސް އެކަން ކުރަން ފަސް ޖެހޭނެ އެވެ.

09 އޯގަސްޓް

August 09, 2018 25
ތާރީޚީ އޮޕަރޭޝަނާ އެކު ޝާފިއު ތާރީހުގެ ތެރެއަށް

ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުރި ހިތުގެ ބައިޕާސް އޮޕަރޭޝަންގައި އިސްކޮށް ބައިވެރިވެ ވަޑައިގެން، ދިވެހި ޑޮކްޓަރު މުހައްމަދު ޝާފިއު އަނެއްކާ ވެސް ތާރީހުގެ ތެރެއަށް...

August 09, 2018 55
ރާއްޖޭގައި ފުރަތަމަ ފަހަރަށް ބައިޕާސް އޮޕަރޭޝަނެއްކޮށްފި

ރާއްޖޭގައި ފުރަތަމަ ފަހަރަށް ހިތުގެ ބައިޕާސް އޮޕަރޭޝަނެއް ކާމިޔާބުކަމާ އެކު އޭޑީކޭ ހޮސްޕިޓަލްގައި އިއްޔެ ކޮށްފި އެވެ. މިއީ ރާއްޖޭގެ ތާރީޚުގައި ވެސް ކުރި އެފަދަ ފުރަތަމަ...

09 ޖުލައި

July 09, 2018 60
ފަރުވާ ނުދީ ކަރެކްޝަންސް އިން ހަމްޒަތު މަރާލީ: ބައްޕަ

ޖަލުގައި ހުރި ހަމްޒަތު އަހުމަދު މަރުވީ ސްޓްރޯކެއް ޖެހުމުން އޭނާ އަށް އެކަށީގެންވާ ފަރުވާ މޯލްޑިވްސް ކަރެކްޝަންސް އިން ނުދިނުމުން ކަމަށާއި އެހެންކަމުން އެއީ "ދަރިފުޅު މަރާލުން" ކަމަށް އޭނާގެ ބައްޕަ މިއަދު ބުނެފި އެވެ.

27 މެއި

May 27, 2018 2
ރޯގާ ޖެހިގެން ދުވާލަކު 300 މީހުން ފަރުވާ ހޯދާ

މިހާރު ރާއްޖޭގައި ފެތުރެމުންދާ ހުމުގެރޯގާ އާ ގުޅިގެން ދުވާލަކު 300 އެއްހާ މީހުން، ފަހަކަށް އައިސް ޑޮކްޓަރަށް ދައްކާ ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.

21 މެއި

May 21, 2018 21
މުހިއްމު ބޭނުމެއްގައި ނޫނީ ހޮސްޕިޓަލަށް ނުދާން އެދެފި

ޑޮކްޓަރަށް ދެއްކުމަށާއި މުހިންމު ބޭނުންތަކުގައި ނޫން ގޮތަކަށް މި ދުވަސްވަރު ހޮސްޕިޓަލްތަކަށް ނުދިއުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.

18 މެއި

May 18, 2018 4
ހުމަށް ފަރުވާދޭން އޭޑީކޭގައި ހާއްސަ ކްލިނިކެއް

މި ދުވަސްވަރު ހުން ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާތީ، ހިދުމަތް އަވަސްކޮށް ދިނުމަށް އޭޑީކޭ ހޮސްޕިޓަލުގައި ފްލޫ ކްލިނިކެއް މިއަދު ހުޅުވައިފި އެވެ.