23 މެއި

May 23, 2018 16
އިންފްލުއެންޒާ އޭ އަށް ޕޮޒިޓިވް ވި މީހަކު މަރުވެއްޖެ

އިންފުލުއެންްޒާ އޭ އަށް ޕޮޒިޓިވް ވި، އުމުރުން ދުވަސްވީ އަންހެނަކު އޭޑީކޭ ހޮސްޕިޓަލްގައި ރޭ ފަތިހު މަރުވެއްޖެ އެވެ.

22 މެއި

May 22, 2018 6
މުހުތާޒް އެއް ހަފުތާ ފަހުން ހޮސްޕިޓަލުން ޖަލަށް

ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) މުހުތާޒު މުހުސިން އެއް ހަފުތާ ވަންދެން އޭޑީކޭ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދިނުމަށް ފަހު، މާފުށީ ޖަލަށް މިއަދު ގެންގޮސްފި އެވެ.

21 މެއި

May 21, 2018 21
މުހިއްމު ބޭނުމެއްގައި ނޫނީ ހޮސްޕިޓަލަށް ނުދާން އެދެފި

ޑޮކްޓަރަށް ދެއްކުމަށާއި މުހިންމު ބޭނުންތަކުގައި ނޫން ގޮތަކަށް މި ދުވަސްވަރު ހޮސްޕިޓަލްތަކަށް ނުދިއުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.

18 މެއި

May 18, 2018 4
ހުމަށް ފަރުވާދޭން އޭޑީކޭގައި ހާއްސަ ކްލިނިކެއް

މި ދުވަސްވަރު ހުން ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާތީ، ހިދުމަތް އަވަސްކޮށް ދިނުމަށް އޭޑީކޭ ހޮސްޕިޓަލުގައި ފްލޫ ކްލިނިކެއް މިއަދު ހުޅުވައިފި އެވެ.

17 މެއި

May 17, 2018 1
އޭޑީކޭގެ މުވައްޒަފުން 100 ކިލޯމީޓަރަށް ދުވަނީ

އޭޑީކޭގެ މުވައްޒަފުންނަށް ހާއްސަކޮށްގެން، 100 ކިލޯމީޓަރަށް ދުވުމުގެ ޕްރޮގްރާމެއް ފަށަން ނިންމައިފި އެވެ.

May 17, 2018 2
ޑެންގީ ހުން ޖެހިގެން ކުޑަ ތިން ކުއްޖަކު އެޑްމިޓްކޮށްފި

ޑެންގީ ހުން ޖެހިގެން ކުޑަ ތިން ކުއްޖަކު އައިޖީއެމްއެޗުގައި އެޑްމިޓްކޮށްފި އެވެ.

14 މެއި

May 14, 2018 5
ކުރީގެ ޕީޖީ މުހުތާޒް އެޑްމިޓް ކޮށްފި

ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) މުހުތާޒު މުހުސިން އޭޑީކޭ ހޮސްޕިޓަލްގައި މިއަދު އެޑްމިޓްކޮށްފި އެވެ.

25 އެޕްރީލް

April 25, 2018 5
އެކްސިޑެންޓުގައި ބޮޑަށް އަނިޔާވި މީހާ އައިސީޔޫގައި

ދެ ސައިކަލް ޖެހި މާލޭގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ބޮޑަށް އަނިޔާވި މީހާގެ ހާލު ސީރިއަސް ކަމަށާއި އޭނާ އަށް މިހާރު ފަރުވާދެނީ އައިސީޔޫގައި ކަމަށް އޭޑީކޭ ހޮސްޕިޓަލުން...

April 25, 2018 10
ނުރައްކާތެރި އެކްސިޑެންޓެއްގައި ހިނގައި އެކަކު ސީރިއަސް

ދެ ސައިކަލް ޖެހި މާލޭގައި މިރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެ އެވެ. އޭގެ ތެރެއިން އެކަކުގެ ހާލު ސީރިއަސް އެވެ.

18 އެޕްރީލް

April 18, 2018 19
ކުޑަކުއްޖާ ސަލާމަތްކުރި ފުލުސް މީހާގެ އަގުވަޒަންކޮށްފި

ޓްރެފިކްގައި ޖެހިފައިވާ ކާރެއްގައި އޮތް، ކުއްލި ފަރުވާ ބޭނުންވާ ކުއްޖަކު އުރާލައިގެން ހޮސްޕިޓަލަށް ގެންދިޔަ ފުލުސް މީހާގެ ހިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ފުލުސް އޮފީހުން...

April 18, 2018 113
ކުއްޖަކު މަރުން ސަލާމަތްކުރި ފުލުހަށް ތައުރީފު އޮހެނީ

ކުރިމަތީގައި އޮތީ ޓްރެފިކް ތޮއްޖެހިފަ އެވެ. ކާރު އޮތީ ގުޑައި ވެސް ނުލެވިފަ އެވެ. އެކަމަކު އެ ކާރު ތެރޭގައި އޮތީ ދެންމެ ދެންމެ މަރުވެދާނެ ކަމުގެ ބިރު ހީވެފައިވާ ހަތަރު އަހަރުގެ...

14 އެޕްރީލް

April 14, 2018 7
އޭޑީކޭގެ ޓޯކަން ނަމްބަރު އޮންލައިންކޮށް ބެލޭނެ

ޑޮކްޓަރަށް ދެއްކުމަށްޓަކައި ހަދާ މެމޯގައިވާ ޓޯކަން ނަމްބަރު އޮންލައިންކޮށް ބެލޭނެ ނިޒާމެއް އޭޑީކޭ ހޮސްޕިޓަލުން ގާއިމްކޮށްފި އެވެ.

10 އެޕްރީލް

April 10, 2018 53
ކެފޭތަކުގައި ސިނގިރޭޓް ނުބޮވޭ ގޮތް ހަދަން ބޭނުން

ކެއިންބުއިމުގެ ހިދުމަތް ދޭ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރަން ފެންނަ ކަމަށް، އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ނެންގެވި ސޯޝަލް މީޑިއާ ޕޯލަކުން ދައްކައިފި އެވެ.

09 އެޕްރީލް

April 09, 2018 6
ދުވަސްވީ މީހުންނަށް ފަރުވާ ދޭން އޭޑީކޭ އިން ގެތަކަށް

އުމުރުން 65 އަހަރުން މަތީ މީހުންނަށް، ގޭގެއަށް ގޮސްގެން ފަރުވާދޭ ޚިދުމަތެއް އޭޑީކޭ ހޮސްޕިޓަލުން މިއަދު ތައާރަފްކޮށްފި އެވެ.

31 މާޗް

March 31, 2018 3
ރާއްޖޭގައި އަލަށް ތްރީޑީ ލެޕަރޮސްކޯޕިކް ސާޖަރީ ހަދައިފި

ރާއްޖޭގައި ފުރަތަމަ ފަހަރަށް ތްރީޑީ ލެޕަރޮސްކޯޕިކް ސާޖަރީއެއް އޭޑީކޭގައި ހަދައިފި އެވެ.

19 މާޗް

March 19, 2018 12
ޕާކްކޮށްފައި އޮތް ޕިކަޕެއްގައި ޖެހުނު މީހާގެ ހާލު ދެރަ

ހުޅުމާލޭގެ މަގެއްގައި ޕާކް ކޮށްފައި އޮތް ޕިކަޕެއްގައި، ސައިކަލަކުން ދިޔަ މީހަކު ރޭ ޖެހި އޭނާގެ ހާލު ސީރިއަސް ވެގެން އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފި އެވެ.

March 19, 2018 17
އޭޑީކޭ ހޮސްޕިޓަލް، ޒަމާނީ ޓެކްނޮލޮޖީގެ މަތީ ހަރުފަތަށް

މީގެ 31 އަހަރު ކުރިން މި ހޮސްޕިޓަލް ފެށުނީ އާދައިގެ ކްލިނިކެއްގެ ގޮތުގަ އެވެ. ކުރިން ސެންޓްރަލް ހޮސްޕިޓަލް ހުރި އިމާރާތަށް ބަދަލުވެ އޭޑީކޭ ހޮސްޕިޓަލްގެ ނަމުގައި ހުޅުވުމަށް ފަހު...

18 މާޗް

March 18, 2018 16
އޭޑީކޭގެ އާ މެޑިކަލް ވޯޑު ބޭނުންކުރަން ފަށައިފި

އޭޑީކޭ ހޮސްޕިޓަލުގެ އާ އިމާރާތުގެ ފަސް ބުރީގައި ހެދި 68 އެނދުގެ މެޑިކަލް ވޯޑު ބޭނުންކުރަން ފަށައިފި އެވެ.

15 މާޗް

March 15, 2018 18
އޭޑީކޭގެ ކެތުލެބާއި ތިއޭޓަރު، ވަރަށް ތަފާތު

އޭޑީކޭ ހޮސްޕިޓަލްގައި ހިތުގެ އޮޕަރޭޝަނަށް ޚާއްސަ ކެތުލެބާއި އޮޕަރޭޝަންް ތިއޭޓަރު މިރޭ ރަސްމީކޮށް ހުޅުވައިފި އެވެ.

March 15, 2018 6
ބައި ޕާސް ހެދޭ ގޮތަށް އޭޑީކޭގެ ކެތު ލެބު ހުޅުވަނީ

އޭޑީކޭ ހޮސްޕިޓަލުގެ ކެތު ލެބް މިރޭ ހުޅުވައި ހިދުމަތް ދޭން ނިންމައިފި އެވެ.

13 މާޗް

March 13, 2018 1
އޭޑީކޭގައި ބަލިމީހުންގެ ރައްކާތެރިކަމާ ބެހޭ ހަފުތާއެއް

ބަލިމީހުންގެ ރައްކާތެރިކަމާ ބެހޭ ގޮތުން ހޭލުންތެރިކުރުވުމުގެ ހަފުތާއެއް އޭޑީކޭގައި ފަށައިފި އެވެ.

26 ފެބުރުއަރީ

February 26, 2018 4
ވައި ގޮޅިން ވެއްޓުނު ބިދޭސީ މީހާ މަރުވެއްޖެ

ހުޅުމާލޭގެ ފްލެޓެއްގެ ތިން ވަނަ ބުރީގެ ވައި ގޮޅިއަކުން އިއްޔެ ވެއްޓުނު ބަންގްލަދޭޝް ފިރިހެން މީހާ މަރުވެއްޖެ އެވެ.

19 ފެބުރުއަރީ

February 19, 2018 1
ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި މީހާ އަދިވެސް ހޭނާރާ

ހުޅުމާލޭގައި މިދިޔަ މަހު 27 ގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ އަދިވެސް ހޭނާރާ ކަމަށް އާއިލާއިން މިއަދު ބުނެފި އެވެ.

31 ޖެނުއަރީ

January 31, 2018 2
ހުޅުމާލޭގައި އެކްސިޑެންޓުވި ޒުވާނާ އަދިވެސް ހޭނާރާ

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހުޅުމާލޭގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާގެ ހާލު އަދިވެސް ސީރިއަސް ކަމަށާއި އޭނާ އަދިވެސް ހޭ ނާރާ ކަމަށް އާއިލާއިން ބުނެފި އެވެ.

28 ޖެނުއަރީ

January 28, 2018 2
އަނިޔާވި މީހާ އައިސީޔޫގައި، ހާލު އަދިވެސް ސީރިއަސް

ހުޅުމާލޭގައި ރޭ ސައިކަލަކާއި ޕިކަޕެއް ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާއަށް މިހާރު ފަރުވާ ދެމުން އަންނަނީ އޭޑީކޭގެ އައިސީޔޫގައި ކަމަށާއި އޭނާގެ ހާލު އަދިވެސް ސީރިއަސް ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.