21 ނޮވެމްބަރ

November 21, 2017 2
އޭޑީކޭގެ ހިތާނު ކޭމްޕް ބުރާސްފަތީގައި

އޭޑީކޭގެ ހިތާނު ކޭމްޕް އަންނަ ބުރާސްފަތި ދުވަހު އެ ހޮސްޕިޓަލުގައި ފަށާނެ ކަމަށް އެތަނުން ބުނެފި އެވެ.

22 އޮކްޓޯބަރ

October 22, 2017 35
އުއްމީދު ކަނޑާލި ޒުވާނަކަށް ފަރުވާދީ ރަނގަޅުކޮށްފި

ފުވައްމުލަކުގައި ހިނގި އެކްސިޑެންޓެއްގައި ފުއްޕާމެއަށް ލޭ އެޅި ފުރާނަ ސަލާމަތްކުރެވިދާނެ ކަމާ މެދު އުއްމީދު ކަނޑާލާފައި އޮތް ދިވެހި ޒުވާނަކަށް އޭޑީކޭ އިން ފަރުވާދީ ރަނގަޅުކޮށްފި އެވެ.

12 އޮކްޓޯބަރ

October 12, 2017 15
ސަމާ އައިލެންޑް އެކްސިޑެންޓުގައި އަނިޔާވި މީހަކު މަރު

މިދިޔަ މެއި މަހުގެ ތެރޭގައި ސަމާ އައިލެންޑް ރިސޯޓުން މާލެ ދަތުރު ކުރި ލޯންޗެއް، ސަޕްލައި ދޯންޏެއްގައި ޖެހި ހިނގި އެކްސިޑެންޓްގައި އަނިޔާވި އެކަކު، އިންޑިއާގައި ފަރުވާ ދެމުން އަންނަނިކޮށް މިއަދު މަރުވެއްޖެ އެވެ.

26 ސެޕްޓެމްބަރ

September 26, 2017 8
އަލަމްގެ ފައިގެ އިންފެކްޝަން ނައްތާލެވިއްޖެ: އާއިލާ

ތ. އަތޮޅު ހޮސްޕިޓަލުން ޕްލާސްޓަރު އެޅުމުން އިންފެކްޝަން އުފެދި ކަނާތު ފައިގެ ބައެއް ގިރުނު ތ. ތިމަރަފުށީ ޒުވާނާގެ ހާލު މިހާރު ރަނގަޅު ވަމުން އަންނަ ކަމަށް އޭނާގެ އާއިލާ އިން މިއަދު ބުނެފި އެވެ.

18 ސެޕްޓެމްބަރ

September 18, 2017 47
ޕްލާސްޓަރު ނައްޓާލަދޭން އާދޭސްކުރިން: އަަލަމް

ތ. ތިމަރަފުށީ ކައުންސިލް އިދާރާގެ ޕުރޮޖެކްޓް އޮފިސަރު، އަލަމް އައްބާސް، 23، އާންމުކޮށް ފުޓްބޯޅަ ކުޅެން ގޮހެއް ނޫޅެ އެވެ. ނަމަވެސް މި މަހުގެ ހަތް ވަނަ ދުވަހު ކުޅެން އުޅެނިކޮށް އޭނާއަށް ކުރިމަތިވީ، އިންސާނަކަށް ވަރަށް މަދުން ނޫނީ ދިމާނުވާނެ ފަދަ ނުރައްކާތެރި ސިއްހީ މައްސަލައެކެވެ؛ ކަނާތު ފައިގެ ކުޑަ ހުޅަށް ލިބުނު ގެއްލުމަކާ...

15 ސެޕްޓެމްބަރ

September 15, 2017 5
އެލައިޑްގެ ބިލިން ސިސްޓަމަށް ބަދަލުތަކެއް ގެނެސްފި

އެލައިޑް އިންޝުއަރެންސް ކުންފުނީގެ އާ ބިލިން ސިސްޓަމް ބޭނުން ނުކުރާ ހޮސްޕިޓަލް، ކްލިނިކްތަކުން ޚިދުމަތް ހޯދުމުގައި ދަތިތަކާ ކުރިމަތިވެއްޖެ އެވެ.

September 15, 2017 60
ޕްލާސްޓަރު އެޅި ޒުވާނެއްގެ ފައިން ބައެއް ގިރިއްޖެ

ފުޓްބޯޅަ ކުޅެނިކޮށް ކުޑަ ހުޅަށް ލިބުނު ގެއްލުމަކާ ގުޅިގެން ތ. އަތޮޅު ހޮސްޕިޓަލުން ޕްލާސްޓަރު އެޅި ޒުވާނެއްގެ ފައިން ތަންގަނޑެއް ގިރި، އެ ފައި ބުރިކޮށްލަން ޖެހިދާނެކަމުގެ ބިރު...

03 ސެޕްޓެމްބަރ

September 03, 2017 11
ހުޅުމާލޭ އެކްސިޑެންޓާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި

މިދިޔަ ބުދަ ދުވަހު ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވި މައްސަލައާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި އެވެ.

28 އޯގަސްޓް

August 28, 2017 2
ނޯވޯ ނޯޑިސްކް އިންސިއުލިން ތައާރަފް ކޮށްފި

ޔޫރަޕްގެ މަޝްހޫރު "ނޯވޯ ނޯޑިސްކް" އިންސިއުލިން ރާއްޖެއަށް ތައާރަފް ކޮށްފި އެވެ.

13 އޯގަސްޓް

August 13, 2017 8
އޭޑީކޭގެ ކެތު ލެބް ގާއިމުކޮށް ޓެސްޓްކުރަނީ

އޭޑީކޭ ހޮސްޕިޓަލުގައި ހިތުގެ ބަލިތަކަށް ފަރުވާދޭން ކެތު ލެބް ގާއިމުކޮށް ޓެސްޓްކުރަން ފަށައިފި އެވެ.

08 އޯގަސްޓް

August 08, 2017 2
އޭޑީކޭ ހެލްތު ސްކޫލުގެ ކޯސްތައް މި މަހު ފަށަނީ

އޭޑީކޭ ހޮސްޕިޓަލްގައި ގާއިމްކުރި ހެލްތު ސައިންސަސް ސްކޫލުގެ ކޯސްތައް މި މަހު ފަށާ ގޮތަށް ހަމަޖައްސައިފި އެވެ.

06 އޯގަސްޓް

August 06, 2017 81
ހާލު ބޮޑުވެ ގާސިމް އަނެއްކާވެސް އެޑްމިޓްކޮށްފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ހާލުކޮޅު ސީރަސްވެ، އަނެއްކާވެސް މިއަދު ފަތިހުން ފެށިގެން އޭޑީކޭ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދޭން ފަށައިފި އެވެ.

05 އޯގަސްޓް

August 05, 2017 1
މުހުތާޒް ދެ ހަފުތާ ފަހުން އޭޑީކޭއިން ޖަލަށް ގެންގޮސްފި

ދިގު މުއްދަތުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) މުހުތާޒު މުހުސިން ދެ ހަފުތާ ވަންދެން އޭޑީކޭ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދިނުމަށް ފަހު، ދާދި ދެންމެއަކު މާފުށީ ޖަލަށް ގެންގޮސްފި އެވެ.

30 ޖުލައި

July 30, 2017 12
އޭޑީކޭ ހޮސްޕިޓަލްގެ ސްކޮލަޝިޕް ހަތަރު ޑޮކްޓަރަކަށް ދީފި

އޭޑީކޭ ހޮސްޕިޓަލްގެ ސްކޮލަޝިޕް ހަތަރު ޑޮކްޓަރަކަށް މިއަދު ދީފި އެވެ.

26 ޖުލައި

July 26, 2017 1
މުހުތާޒުގެ ހާލު ރަނގަޅު، އަދިވެސް ހޮސްޕިޓަލުގައި

ދިގު މުއްދަތެއްގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) މުހުތާޒު މުހުސިން އަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު، އޭނާގެ ހާލު ރަނގަޅު ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު ބުނެފި އެވެ.

24 ޖުލައި

July 24, 2017 5
ގާސިމް ހޮސްޕިޓަލުން ދޫކޮށްލައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ފަރުވާ އަށް ފަހު އޭޑީކޭ ހޮސްޕިޓަލުން މިއަދު ދޫކޮށްލައިފި އެވެ.

22 ޖުލައި

July 22, 2017 21
ގާސިމްގެ ޕާސްޕޯޓް ހިފެހެއްޓި މައްސަލަ އެޗްއާރުސީއެމަށް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ހާލު ދުވަހަކަށް ވުރެ ދުވަހެއް ގޯސްވަމުން ދާ ކަމަށާއި ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދި ނުދިން މައްސަލަ ހިއުމަން ރައިޓްސް...

July 22, 2017 11
ކުރީގެ ޕީޖީ މުހުތާޒު އޭޑީކޭގައި އެޑްމިޓްކޮށްފި

ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) މުހުތާޒު މުހުސިން އޭޑީކޭ ހޮސްޕިޓަލްގައި މިއަދު އެޑްމިޓްކޮށްފި އެވެ.

18 ޖުލައި

July 18, 2017 18
ގާސިމްގެ ފުރާނައަށް ނުރައްކާ، ބޭރަށް ފޮނުވަދީ؛ ވަކީލު

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ ފުރާނަ އަށް ނުރައްކާވެފައިވާ ކަމަށް ވިދާޅުވެ ވީ އެންމެ އަވަހަކަށް ގާސިމް...

July 18, 2017 9
ގާސިމްގެ ހިތުގެ ހާއްސަ ސްކޭނެއް ހަދަން ލަފާ ދީފި

މިހާރު އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން އަންނަ ޖުމްހޫރީ ޕާޓީގެ ލީޑަރު، އަދި މަޖިލީހުގެ މާމގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމްގެ ހިތުގެ ހާއްސަ ސްކޭނެއް ހެދުމަށް...

17 ޖުލައި

July 17, 2017 15
ގާސިމްގެ ހާލު އަންނަނީ ރަނގަޅު ވަމުން: އޭޑީކޭ

ހާލުކޮޅު ސީރިއަސްވެ އޭޑީކޭ ހޮސްޕިޓަލުގައި އެޑްމިޓްކޮށް އައިސީޔޫގައި ފަރުވާ ދެމުން އަންނަ ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހީމް ރަނގަޅުވަމުން އަންނަ ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.

16 ޖުލައި

July 16, 2017 61
ގާސިމްގެ ހާލު ސީރިއަސްވެ، އައިސީޔޫގައި ފަރުވާދެނީ

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ޕާސްޕޯޓް ހިފަހައްޓާފައި އޮތުމުން، އިތުރު ފަރުވާ އަށް އޭނާ އަށް މިރޭ ރާއްޖެ އިން ބޭރަށް ފުރާވަޑައިގެންނެވޭ ގޮތެއް ނުވި އެވެ. އަދި އެއާޕޯޓުން ސީދާ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފެށުމަށް ފަހު، ހާލުކޮޅު ސީރިއަސް ވެގެން މިހާރު ފަރުވާދެމުން އަންނަނީ އޭޑީކޭގެ އައިސީޔޫގަ އެވެ.

15 ޖުލައި

July 15, 2017 24
އެއްމާބަނޑު ހަތަރު ކުދިންގެ ފޮޓޯ އާންމުކޮށްފި

ބަނޑަށް ހަތް މަހުގައި ދިވެހި އަންހެނަކު ވިހޭ އެއްމާބަނޑު ހަތަރު ކުދިންގެ ފޮޓޯ އޭޑީކޭ އިން މިއަދު އާންމުކޮށްފި އެވެ.