18 ޑިސެމްބަރ

December 18, 2018 46
އެމްއެމްޕީއާރްސީގެ 1.4 ބިލިއަން ރުފިޔާއަށް ޚިޔާނާތްވި

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ރަށްތަކާއި ފަޅުތައް ކުއްޔަށް ދިނުމުގައި ހިންގާފައިވާ ބޮޑު ހިޔާނާތް 1.4 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހާމަކޮށްފި އެވެ.

14 ޑިސެމްބަރ

December 14, 2018 39
އަދީބު ދިން ޑޮލަރުތަކެއް ބޭނުން ކުރިން: ޝައިނީ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދެއްވި ޑޮލަރުތަކެއް ބޭނުން ކުރެއްވި ކަމަށާއި އެ ޑޮލަރުތައް ނެންގެވީ ލޯނެއްގެ ގޮތުގައި ކަމަށް ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މިއަދު ވިދާޅުވެއްޖެ އެވެ.

12 ނޮވެމްބަރ

November 12, 2018 19
މަރުވިޔަސް ބޭރަށް ދާނީ އެއްބާރުލުން ދީފައި: އަދީބު

މަރުވިޔަސް ރާއްޖެ އިން ބޭރަށް ބޭސް ފަރުވާ އަށް ވަޑައިގަންނަވާނީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ސަރުކާރުން ހިންގާ ތަހުގީގުތަކަށް އެއްބާރުލުން ދެއްވުމަށް...

November 12, 2018 37
އަދީބު ބޭރަށް ފޮނުވުމާއި ނުފޮނުވުމުގެ ބަހުސް

"އޭނަ ފިލިޔަދީގެން ނުވާނެ އެއްގޮތަކަށް ވެސް. އޭނާއަކީ ސުވާލު ކުރަން ޖެހޭ މީހެއް. އޭނާ ބޭރަށް ފޮނުވައިފި ނަމަ ފިލާފާނެތީ ވަރަށް ކޮންބޮޑުވޭ."

30 އޮކްޓޯބަރ

October 30, 2018 54
ބީއެމްއެލުން އެންގި! ފަހަތު ފަޔަށް ބުރަވީ އެމްއެމްއޭ!

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އާންމުކޮށް ނުކުރާ ކަމެއް އިއްޔެ ކޮށް ނިންމާލި އިރު އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ ގޮތުން އެ ބޭންކަށް އަމާޒުވާ ވަރަށް ބޮޑު ތުހުމަތަކުން ސަލާމަތްވެވިދާނެ މައްސަލައެއް ފާހަގަކޮށްފި އެވެ؛ އެ ހިޔާނާތް ފަޅާއެރުމުގެ ކުރިން ވެސް އޭގެ މައުލޫމާތު، މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ...

03 އޮކްޓޯބަރ

October 03, 2018 16
ދެ އަހަރު ފަހުން ނިޔާޒު ވެސް ރާއްޖެ ވަޑައިގަންނަވަނީ

ރާއްޖޭގައި ފަހުގެ ތާރީޚެއްގައި ހިންގާފައިވާ އެންމެ ބޮޑު ކޮރަޕްޝަން، އެމްއެމްޕީއާރުސީގެ 1.2 ބިލިއަން ރުފިޔާގެ ޚިޔާނާތް ފަޅާ އަރުވައިލުމުން ލިބުނު އިންޒާރުތަކާ ގުޅިގެން ސްރީލަންކާ އަށް ދިރިއުޅުން ބަދަލުކުރެއްވި ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހިމް އަންނަ ހަފުތާގައި ރާއްޖެ ވަޑައިގަންނަވަން ނިންމައިފި އެވެ.

18 ސެޕްޓެމްބަރ

September 18, 2018 19
ހިޔާނާތުގެ ތަފްސީލް ކުރިއާލާ ރައީސަށް ދިނިން: ފައިރޫޝް

އެމްއެމްޕީއާރުސީގެ 1.2 ބިލިއަން ޑޮލަރުގެ ހިޔާނާތް ނުހުއްޓުވުނީ ނިޒާމުގެ މައްސަލައަކުން ކަމަށާއި އެ ވައްކަން ކުރައްވަން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް، އެމަނިކުފާނު މަގުފަހިކޮށް ދެއްވާފައިނުވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވުމުން އެ ވާހަކަފުޅު، ފުލުހުންގެ އޭރުގެ އިންޓެލިޖެންސް ހެޑް، ޢަބްދުﷲ ފައިރޫޝް...

22 ޖުލައި

July 22, 2018 8
10 ރަށެއް ދިނުމުން އަދީބާ ދެކޮޅަށް ދައުވާކޮށްފި

ޓޫރިޒަމްގެ ބޭނުމަށް 10 ރަށެއް ގާނޫނާ ހިލާފަށް ކުއްޔަށް ދިން މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖައިޒު ފައިދާ ހޯދައި ދިނުމުގެ ދައުވާ މިއަދު އުފުލައިފި އެވެ.

22 ނޮވެމްބަރ

November 22, 2017 20
އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާ ހޯދޭނެތަ؟

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ބޮޑު ޚިޔާނާތަކީ ފަހުގެ ތާރީޚެއްގައި ރާއްޖޭގައި ފަޅާއެރި އެންމެ ބޮޑު ޚިޔާނާތެވެ. ލިޔެ ކިޔުމުން ފެންނަން އޮތް އަދަދަށް އެކަނި ބެލިޔަސް، އެ ޚިޔާނާތުގައި ދައުލަތަށް ގެއްލުނު އަދަދު 1.22 ބިލިއަން ރުފިޔާއަށް އަރަ އެވެ. މިއީ ރާއްޖެ ފަދަ ގައުމަކާ އަޅާބަލާއިރު...

04 ސެޕްޓެމްބަރ

September 04, 2017 21
އަދީބުގެ ފަރުވާއަށް ބޭރަށް ފޮނުވުމުގެ އަމުރަކަށް އެދެފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށް ގެންދިއުމުގެ އަމުރަކަށް އޭނާގެ ފަރާތުން ސިވިލް ކޯޓުގައި އެދިއްޖެ އެެވެ.

23 އޯގަސްޓް

August 23, 2017 13
ދައުލަތުން އުޅެނީ ސިޔާސީ ގޮތުން ފްރޭމް ކުރަން: އަދީބު

ދައުލަތުން ގިނަ އަދަދެއްގެ ދައުވާތަކެއް އޭނާއާ ދެކޮޅަށް ކުރަނީ ސިޔާސީ ގޮތުން ފްރޭމް ކުރުމުގެ ބޭނުމުގައި ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިއަދު ވިދާޅުވެއްޖެ އެވެ.

August 23, 2017 23
އަދީބަށް ވަކި ގޮތެއް ހަދަން އިރުޝާދެއް ނެތް:ފަނޑިޔާރު

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ މެދު ވަކި ގޮތަކަށް އަމަލު ކުރަން އެއްވެސް މީހެއްގެ ފަރާތުން އިރުޝާދު ލިބިފައި ނެތް ކަމަށް ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ފަނޑިޔާރު...

17 އޯގަސްޓް

August 17, 2017 17
ފަނޑިޔާރަށް އަދީބުގެ ޝަކުވާތަކެއް އޮއްސާލައިފި

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ އާ ދައުވާތަކުގެ ޝަރީއަތް މިއަދު ފެށިއިރު، ހިނިތުން ވެވަޑައިގެން ހުންނަވައި ނަމަވެސް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފަނޑިޔާރަށް ޝަކުވާގެ...

August 17, 2017 3
ވަކީލަކު އައްޔަންކުރަން އަދީބަށް 10 ދުވަސް ދީފި

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގެ އެތައް ތުހުމަތުތަކެއް ކުރެވޭ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ ދެކޮޅަށް ހުށަހެޅި އާ...

16 އޯގަސްޓް

August 16, 2017 23
ރައީސް ޔާމީން އެ ހުންނެވީ އަޒުލްވެފައި: ޖަމީލް

ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅަށް ހަލާލު ނޫން ފައިސާ ވަދެފައިވާ ކަމަށް އެމަނިކުފާނު އިއުތިރާފުވުމާ އެކު، މިހާރު އެ ހުންނެވީ މަގާމުން އަޒުލްވެފައި ކަމަށާއި ރައީސްގެ ނަމުން މުޚާތަބު ކުރުން ވެސް އެކަށީގެން ނުވާ ކަމަށް ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް ރޭ ވިދާޅުވެއްޖެ އެވެ.

15 އޯގަސްޓް

August 15, 2017 85
ރައީސްގެ ވާހަކަފުޅުގެ މާނަ ދަނީ އޮޅުވާލަމުން: ޕީޕީއެމް

"އަޅުގަނޑުމެންގެ ގެއަށް ވަން ފައިސާ ހަލާލު ނޫން" ކަމަށް ވިދާޅުވެ ރައީސް އަބްދުﷲ ޔާމީން ރޭ ދެއްކެވި ވާހަކަފުޅުގެ މާނަ އޮޅުވާލަމުން ދާ ކަމަށް ވެރިކަން ކުރާ ޕީޕީއެމުން މިއަދު ބުނެފި...

August 15, 2017 56
"ރައީސްގެ އިއުތިރާފާ އެކު ހޯދަން ޖެހޭ ހެއްކެއް ނެތް"

އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި 1.2 ބިލިއަން ރުފިޔާގެ ޚިޔާނާތުގެ ފައިސާ ބޭނުންކުރެއްވި ކަމަށް ރައީސް އަބްދުﷲ ޔާމީން އަމިއްލަފުޅަށް ރޭ އިއުތިރާފްވެވަޑައިގެންފައިވާ ކަމަށާއި އެ...

14 އޯގަސްޓް

August 14, 2017 333
"އަޅުގަނޑުމެންގެ ގެއަށް ވަން ފައިސާ ހަލާލެއް ނޫން"

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހޭދަކުރެއްވީ ރަނގަޅު ފައިސާއެއް ނޫން ކަން މިހާރު އެނގޭ އިރު "އަޅުގަނޑުމެންގެ ގެއަށް ވަން ފައިސާ ހަލާލު ނޫން" ކަމަށާއި އޭގެ އިތުރުން އެ ފައިސާ އިން އިންތިހާބުވި މެމްބަރުން ވެސް މަގާމުން ދުރުވާން ޖެހޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

24 ޖުލައި

July 24, 2017 4
އަދީބުގެ ބޭސްފަރުވާގެ މައްސަލަ ބަލައި ނުނިމޭ

ދިގު މުއްދަތުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާ އިން މަހްރޫމް ކޮށްފައިވާ ކަމަށް ބުނާ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ބަލައި ނުނިމޭ ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.

17 ޖުލައި

July 17, 2017 17
އަދީބަށް ނުރައްކަލެއް ވެދާނެތީ ނަޝީދު ކަންބޮޑުވެއްޖެ

ބޮޑު ތިންކުށެއްގައި 33 އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިހާރު އާއްމު ކުރައްވަމުން ގެންދަވާ މައުލޫމާތުތަކުގެ ސަބަބުން އެ މަނިކުފާނަށް ނުރައްކަލެއް ވެދާނެތީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

11 ޖުލައި

July 11, 2017 59
އަދީބަށް ބޭރަށް ދެވޭނީ ފައިސާ ދައްކާފައި: ރައީސް

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ވަޑައިގެންނެވޭނީ، ދައުލަތުން ނެގި ހުރިހާ ފައިސާއެއް އަނބުރާ ދެއްކުމަށް ފަހު ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

06 ޖުލައި

July 06, 2017 4
ޚިޔާނާތުގެ ނުވަ ރަށެއްގެ ޑިއުޓީ ޕްރޮސެކިއުޝަން ނިމިއްޖެ

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތާ ގުޅޭ މައްސަލައިގެ ތަހުގީގުގައި، އެ ކޯޕަރޭޝަނުން ދޫކުރި ނުވަ ރަށެއްގެ މައްސަލައިގެ ޑިއުޓީ ޕްރޮސެކިއުޝަން ނިމިފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހުން މިއަދު ބުނެފި އެވެ.

25 ޖޫން

June 25, 2017 65
އަދީބުގެ ކަޅީގެ ކުލަ ބަދަލުވާކަން ފާހަގަކުރެވޭ: ވަކީލު

މިހާރު ދޫނިދޫ ޖަލުގައި ހުންނެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ލޮލަށް "ގްލޮކޮމާ" ޖެހިފައިވާއިރު، އެ ބަލީގައި އެމަނިކުފާނުގެ ލޮލުގެ ކަޅީގެ ކުލަ ބަދަލުވާން ފަށާފައިވާކަން ފާހަގަކުރެއްވޭ ކަމަށް އަދީބުގެ ވަކީލު މޫސާ ސިރާޖު ވިދާޅުވެއްޖެ އެވެ.

20 ޖޫން

June 20, 2017 171
އަދީބު ބޭރަށް ފޮނުވައިފި ނަމަ ފިލާފާނެ: ސަރުކާރު

މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ފޮނުވައިފި ނަމަ ފިއްލެވުމުގެ ފުރުސަތު ބޮޑު ކަމަށާއި އޭރުން ދައުލަތަށް ލިބޭނެ ގެއްލުން މާ ބޮޑުވާނެ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.