24 އޯގަސްޓް

August 24, 2020 10
އެފްއޭއެމްގެ އިންތިހާބު ބަލައިގަންނަން: މަހްލޫފް

ފީފާ އާއި އޭއެފްސީ އެކޭ އެއްގޮތަށް ރާއްޖޭގެ ކޮމިޝަނާ އޮފް ސްޕޯޓްސް ވެސް އެފްއޭއެމްގެ އިންތިހާބު ބަލައިގަންނާނެ ކަމުގެ ޔަގީންކަން އެބައޮތްކަމަށާއި އަދި އޭނާގެ އަމިއްލަ ހައިސިއްޔަތުން އިންތިހާބު ބަލައިގަންނަ ކަމަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

21 ޖުލައި

July 21, 2020 24
އާޒިމް އުޅުނީ ހަޑިކަމެއް ކުރުވަން: މަހްލޫފް

އެފްއޭއެމް އިންތިހާބު ހުއްޓުވައިގެން މެދުހެންވޭރު ދާއިރާގެ މެމްބަރު އަދި އެފްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމް، އޭނާ ލައްވައި ކުރައްވަން އުޅުއްވީ ހަޑިކަމެއް ކަމަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް މިއަދު ވިދާޅުވެއްޖެ އެވެ.

07 ޖުލައި

July 07, 2020 15
"ސަސްޕެންޑްކޮށްފިއްޔާ ގޯސްވާނީ އަޅުގަނޑާއި ރައީސް"

ތިން ވަނަ ފަރާތެއްގެ ނުފޫޒު އެފްއޭއެމަށް ފޯރާކަމަށް ބުނެ، ފީފާ އިން ރާއްޖެ ފުޓްބޯޅައިގެ ހަރަކާތްތްތަކުން ސަސްޕެންޑްކޮށްފިނަމަ އެންމެ ގޯސްވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އޭނާ ކަމަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް މިއަދު ވިދާޅުވެއްޖެ އެވެ.

02 ޖުލައި

July 02, 2020 4
އެފްއޭއެމް އިންތިހާބު ފަސްކުރަން މިނިސްޓްރީން އެދިއްޖެ!

ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މަޖިލީހަށް ހުށަހެޅުއްވި އެފްއޭއެމްއާ ގުޅޭ ގަރާރު އިޖްތިމާއީ ކޮމިޓީން ދިރާސާކުރަމުން އަންނާތީވެ، އެކަން...

July 02, 2020 9
އިންތިހާބު ފަސްކޮށްދޭން ކޮމިޓީން މިނިސްޓްރީގައި އެދިއްޖެ

ސްޕޯޓްސް މިނިސްޓްރީން އެފްއޭއެމަށް ފިޔަވަޅު އަޅައިދޭން އެދި ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މަޖިލީހަށް ހުށަހެޅުއްވި ގަރާރު އިޖްތިމާއީ ކޮމިޓީން...

30 ޖޫން

June 30, 2020 1
އެފްއޭއެމް-މިނިސްޓްރީ މައްސަލަ އިޖްތިމާއީ ކޮމިޓީއަށް

ސްޕޯޓްސް މިނިސްޓްރީން، އެފްއޭއެމްއާ ދެތެރޭ ފިޔަވަޅު އަޅާފައިނުވާތީ ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަދި އެފްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމް މަޖިލީހަށް މިއަދު ހުށަހެޅުއްވި ގަރާރު ބަލައިގަނެ، އިތުރަށް ދިރާސާކުރުމަށް މަޖިލީހުގެ އިޖްތިމާއީ ކޮމިޓީ އަށް ފޮނުވައިފި އެވެ.

June 30, 2020 9
"ނުފޫޒެއް ނުފޯރުވަން، މައްސަލައަކީ ގާނޫނު ނުހިނގުން"

އެފްއޭއެމަށް ތިން ވަނަ ފަރާތެއްގެ ނުފޫޒު ވަދެއްޖެ ނަމަ ފީފާ އިން ފިޔަވަޅު އެޅުމުގެ ފުރުސަތު އެބައޮތް ކަމަށް ގަބޫލުކުރާ ކަމަށާއި، އޭނާގެ ބޭނުމަކީ ނުފޫޒު ފޯރުވުން ނޫން ކަމަށާއި...

June 30, 2020 31
އެފްއޭއެމަށް ފިޔަވަޅު އަޅަން އާޒިމް މަޖިލީހަށް ގަރާރެއް ހުށަހަޅައިފި!

ރާއްޖޭގެ ކުޅިވަރު ގާނޫނާ އެއްގޮތަށް ސްޕޯޓްސް މިނިސްޓްރީން، އެފްއޭއެމްއާ ދޭތެރޭ ފިޔަވަޅު އަޅާފައިނުވާތީވެ، އެ އެސޯސިއޭޝަނާ ދޭތެރޭ ގާނޫނުގައިވާ ގޮތުން ފިޔަވަޅު އަޅައިދިނުމަށް އެދި،...

30 މެއި

May 30, 2020 6
ކްލަބްތަކަށް އާމްދަނީ ލިބޭނެގޮތެއް ހޯދަންޖެހޭ: މަހުލޫފު

ފުރަތަމަ ޑިވިޝަންގެ ކްލަބްތަކަށް ވެވުނު ވަރަކުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށާއި އެކަމަކު އަބަދު ސަރުކާރުން ނޫނީ އެފްއޭއެމުން ކްލަބްތަކަށް ފައިސާ ދީގެން އެހީވުމުގެ ބަދަލުގައި އެހެން ގޮތްތަކެއް ވެސް ހޯދަންޖެހޭ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

16 ޖެނުއަރީ

January 16, 2020 23
ސުޕަ ކަޕަށް ޖިއްދާއަށް: މައްސަލައެއް ނޫން! އެކަމަކު؟

ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު އެ ވިދާޅުވީ ތެދުފުޅެކެވެ؛ ރެއާލް މެޑްރިޑާއި އެތުލެޓިކޯ މެޑްރިޑުން ސްޕެނިޝް ސުޕަ ކަޕުގެ ފައިނަލުގައި ކުޅޭ މެޗެއް ބަލާލަން ލިބޭ ފުރުސަތެއް ދޫކޮށްލާނީ ކާކު ހެއްޔެވެ؟ އަދި އަމުދުން ދިވެހި ސަރުކާރުން އެންމެ ރުފިޔާއެއް ވެސް ހަރަދުނުކޮށް އެކަން ކުރެވެން އޮވެއްޖެ ނަމަ އެވެ. މިނިސްޓަރާއި...

14 އޮކްޓޯބަރ

October 14, 2019 18
ޒުވާން ޓީމުގެ ކޮންމެ ކުޅުންތެރިޔަކަށް 20000 ރުފިޔާ

ނޭޕާލުގައި ދާދި ފަހުން ބޭއްވި 18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުން ލޯ މެޑަލް ހޯދި ރާއްޖޭގެ ޒުވާން ގައުމީ ޓީމުގެ ކޮންމެ ކުޅުންތެރިޔަކަށް ކުޅިވަރު ގައުމީ މަޖިލީހުން ދާދި ފަހުން އެކުލަވާލި ގަވާއިދުގެ ތެރެއިން 20،000 ރުފިޔާ ދޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

30 ސެޕްޓެމްބަރ

September 30, 2019 6
ޕްރެޝަރު ބޮޑުވެ މަހުލޫފް ކޮމިޓީއާ ދުރަށް

އެހެން ބައެއް އެސޯސިއޭޝަންތަކުގެ ޕްރެޝަރާ ހެދި، އެފްއޭއެމްގެ ގައުމީ ފުޓްބޯޅަ ޓީމުތަކުގެ ކޮމިޓީން ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު ވަކިވެވަޑައިގެންފި އެވެ. އެކަމަކު އޭނާ...

September 30, 2019 32
ތަޅާފޮޅާ ނިމިއްޖެ، މޮޅުވީ ބައްސާމް: މަހުލޫފު

އެފްއޭއެމްގެ ރައީސް ކަމުން ބައްސާމް އަދީލް ޖަލީލް ބޭރުކުރަން ކުރެއްވި މަސައްކަތް މިހާރު ނިމިއްޖެ ކަމަށާއި އެކުރި ގޮތަކަށް ކޮށްގެން ބައްސާމް މަގާމް ދިފާއުކުރައްވައިފި ކަމަށް...

26 ސެޕްޓެމްބަރ

September 26, 2019 20
ދެ މިނިސްޓަރުން އެފްއޭއެމަށް: ސުޒޭނުގެ ބަހުގެ ހަމަލާތަކެއް!

ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފާއި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ގައުމީ ފުޓްބޯޅަ ޓީމުގެ ކޮމިޓީގައި ބައިވެރިވެވަޑައިގަތުމަކީ އެހެން ކުޅިވަރުތަކަށް ވެވޭ ބޭއިންސާފެއް ކަމަށާއި އެކަމަކު ފުޓްބޯޅަ ރަނގަޅުކުރެވެން އޮތީ އެގޮތަށް ކަމަށް ވަންޏާ އެފްއޭއެމްގެ އެހެން ކޮމިޓީތަކަށް ވެސް ވަޒީރުން ލައްވަންވީ ކަމަށް ބުނެ...

23 ސެޕްޓެމްބަރ

September 23, 2019 3
ގައުމީ ޓީމު ކޮމިޓީއާ ގުޅެން އަދި ނުނިންމަން: މަހުލޫފް

ގައުމީ ފުޓްބޯޅަ ޓީމުތަކުގެ ކަންކަމުގައި ލަފާދީ އެހީތެރިވެދޭން އެފްއޭއެމުން އެކުލަވާލި ފަސް މެމްބަރުންގެ ކޮމިޓީއާ ގުޅެން އަދި މުޅިން ނުނިންމަވާ ކަމަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް މިއަދު ވިދާޅުވެއްޖެ އެވެ.

20 ސެޕްޓެމްބަރ

September 20, 2019 9
މަހުލޫފު އެއްބަސްވެވަޑައިގެންފި! ފީފާގެ އަދަބެއް؟

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ލީޑާޝިޕް ބަދަލުކުރަން މަސައްކަތްކުރެއްވި ކަމަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު މިއަދު އެއްބަސްވެވަޑައިގެންފި އެވެ.

19 ސެޕްޓެމްބަރ

September 19, 2019 30
ގައުމީ ޓީމުގެ ކޮމިޓީގައި ސިޔާސީ ކުލަ: ބޮޑު ގޯހެއް؟!

ގައުމީ ފުޓްބޯޅަ ޓީމުތަކުގެ ކަންކަމުގައި ލަފާދީ އެހީތެރިވެދޭން އެފްއޭއެމުން މިއަދު އެކުލަވާލި ކޮމިޓީ އަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފާއި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އަދި އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދު އައްޔަންކުރެއްވުމާ އެކު ކަންބޮޑުވުންތަކުގެ އޮއިވަރެއް އުފެދިއްޖެ އެވެ.

19 އޯގަސްޓް

August 19, 2019 51
ޒައިތޫނި ފަތްކޯޅިއާއެކު މިނިސްޓަރު، ބައްސާމްގެ އަރިހަށް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އޮފީހަށް ވަޑައިގެން، ފާޑުކިޔުންތައް އަމާޒުވެފައިވާ އެ އެސޯސިއޭޝަނުގެ ރައީސް ބައްސާމް އަދީލް ޖަލީލާ، ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު ބައްދަލުކުރައްވައިފި އެވެ. އެކަމަކު އާއްމުން ކަންބޮޑުވުންވާ އެތައް ކަމެއް އެފްއޭއެމްގެ ފަރާތުން ފެންނަމުން ދިޔަ ނަމަވެސް، މިނިސްޓަރުގެ...

20 ޖޫން

June 20, 2019 4
ޔުއެފާ މުބާރާތާ އެކު ފުޓްބޯޅައިގެ އުއްމީދީ ވާހަކަތަކެއް

ޔުއެފާގެ އެހީގައި އެފްއޭއެމުން އަންނަ މަހު އައްޑޫގައި ބާއްވާ 15 އަހަރުން ދަށުގެ ޔޫތު ފުޓްބޯޅަ މުބާރާތަކީ ރާއްޖޭގެ ފުޓްބޯޅައިގައި އުއްމީދީ މަސައްކަތެއް ކަމަށާއި މުސްތަގުބަލުގައި ފުޓްބޯޅަ ކުރިއެރުވުމަށް އެފްއޭއެމާއި ސްޕޯޓްސް މިނިސްޓްރީން އެކުގައި މަސައްކަތްކުރުމުގެ ވިސްނުން އިސްކުރާނެ ކަމަށް އެ ދެ ތަނުން ބުނެފި އެވެ.

09 މާޗް

March 09, 2019 18
ކްލަބްތައް އަމިއްލަ އަށް ކޮންގްރެސް ބާއްވަން ނިންމައިފި

ވިކްޓްރީ ސްޕޯޓްސް ކްލަބް އިސްވެ އޮވެ، 15 ކްލަބެއްގެ ސޮޔާ އެކު، އެފްއޭއެމްގެ ވެރިންގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވައިދޭން އެދުނު އެދުމަށް އެ އެސޯސިއޭޝަނުން ފުރަގަސްދީފައިވާތީ އެ ކްލަބުން އެފްއޭއެމްގެ އަސާސީ ގަވާއިދުން ލިބޭ އިހުތިޔާރެއްގެ ދަށުން އަންނަ ހުކުރު ދުވަހު ޕެރެޑައިސް...

08 ފެބުރުއަރީ

February 08, 2019 13
ކްލަބްތަކަށް ފައިސާ ދެމުން އައީ ސިޔާސީ މަގުސަދެއްގައި

އެއްވެސް ބެލުމެއް ނެތި ސަރުކާރުން ފުޓްބޯޅަ ކްލަބްތަކަށް ފައިސާ ދިނުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށާއި ކުރީގެ ސަރުކާރުން މިކަން ފެށީ ވެސް ސިޔާސީ މަގުސަދެއްގައި ކަމަށް ކުޅިވަރާ ބެހޭ މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ.

26 ޖެނުއަރީ

January 26, 2019 9
އެފްއޭއެމުން އެޅީ ޒާތީ ފިޔަވަޅެއް: ނިއު

ނިއު ރޭޑިއަންޓުން އެ ކްލަބުގެ ކުޅުންތެރިންނަށް މުސާރަ ނުދޭ ކަމަށް ބުނެ، އެފްއޭއެމުން އެޅީ ތާކުންތާކު ނުޖެހޭ ޒާތީ ފިޔަވަޅެއް ކަމަށް ނިއު ރޭޑިއަންޓުން މިރޭ ބުނެފި އެވެ.

25 ޖެނުއަރީ

January 25, 2019 36
ބައްސާމް ވަކިކުރުމުގެ މަސައްކަތް ކްލަބްތަކުން ފަށައިފި!

އެފްއޭއެމްގައި ސިޔާސީ ހަރަކާތް ހިންގައި، އަދި އަސާސީ ގަވާއިދާ ހިލާފަށް ކަންކަންކޮށްފައިވާތީވެ، އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވައި އެ އިދާރާގެ ރައީސްކަމުން ބައްސާމް އަދީލް ޖަލީލް ވަކިކުރަން ކްލަބްތަކުން މަސައްކަތްކުރަމުން އަންނަ ކަމުގެ ވަރުގަދަ ސިގްނަލެއް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފު ދެއްވައިފި އެވެ.

02 ޖެނުއަރީ

January 02, 2019 19
"ކުޅިވަރުގެ އެންމެ ނުފޫޒު ގަދަ މީހާ"

އާ ސަރުކާރެއް މިއައީ ދިވެހިރާއްޖޭގެ ފުޓްބޯޅައިގައި ހާލަތު ދަށްވެ، އެހީތެރިކަމަށް ބޭނުންވެފައި އޮތް ދަނޑިވަޅެއްގަ އެވެ. ސިޔާސީ ހަލަބޮލިކަން މަޑުޖެހި، ގައުމު އަމާންވީ ފުޓްބޯޅައިގެ ހާލަތު ރަނގަޅުކުރާނެ މާހައުލަކަށް ތަންދެމުންނެވެ. އެކަމަކު ފެނިގެން މިދަނީ އާ ސަރުކާރުގެ ކުޅިވަރު މިނިސްޓްރީ އާއި އެފްއޭއެމްގެ ކޯޅުމެކެވެ.