01 އޯގަސްޓް

August 01, 2017 9
ފުލުހެއްގެ މައްސަލަ ބަލައިދިނުމަށް ހުށަހަޅައިިފި

އިދިކޮޅު ފަރާތްތަކުން މިހާރު ބާއްވަމުން އަންނަ ހަރަކާތްތަކާއި އެއްވުންތައް ރޫޅާލުމުގެ ތެރޭގައި އަނިޔާކުރާ ކަމަށް ބުނާ ފުލުހެއްގެ މައްސަލަ ބަލައިދިނުމަށް އެދި، ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑަށް އިދިކޮޅު އިއްތިހާދުން މިރޭ ހުށަހަޅައިފި އެވެ.

31 ޖުލައި

July 31, 2017
ފާރިސް ކޮމެޓީއަށް ހާޒިރުކޮށް ދިނުމަށް އެދިއްޖެ

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން ޕެޓިޝަން ކޮމެޓީ އަށް ހާޒިރުކޮށް ދިނުމަށް...

July 31, 2017 21
މަސީހާ އެކު ޖަލްސާތަކަށް ފުރުސަތު ނުދޭނަން: މެމްބަރުން

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި އަބްދުﷲ މަސީހު އިންނަވައިގެން، ޖަލްސާތައް ކުރިއަށް ގެންދަން ކުރިމަގުގައި ވެސް ފުރުސަތު ނުދޭނެ ކަމަށް އިދިކޮޅު މެމްބަރުން މިއަދު ވިދާޅުވެއްޖެ...

30 ޖުލައި

July 30, 2017 20
ސަލާމަތީ ބާރުތަކުން ގާނޫނާ ހިލާފުވި މައްސަލަ މަޖިލީހަށް

ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ އިދިކޮޅު މެމްބަރުން، މިދިޔަ ހޯމަ ދުވަހު މަޖިލީހަށް ވަޑައިގަތުމަށް ފުލުހުންނާއި ސިފައިން ހުރަސް އެޅުމަކީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފަށް...

July 30, 2017 33
ހަ ދުވަސް ފަހުން މެމްބަރުންނަށް މަޖިލީހަށް ވަދެވިއްޖެ

ރައްޔިތުންގެ މަޖިލީހުގެ އިދާރާ އަށް މެމްބަރުން ވަނަ ނުދީ ސިފައިން މަޖިލިސް ބަންދުކޮށްގެން އުޅޭތާ ހަ ދުވަސް ފަހުން މެމްބަރުންނަށް އެ ތަނަށް ވެންނެވޭ ގޮތްވެއްޖެ އެވެ.

29 ޖުލައި

July 29, 2017 33
ސުޕްރީމް ކޯޓަށް އާޒިމާ ގެނައުމަކީ ޖަރީމާއެއް: މަހުލޫފް

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް، ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު ހަމަޖެއްސުމަކީ ރައީސް އަބްދުﷲ ޔާމީން ހިންގަވާ އިތުރު ޖަރީމާއެއް ކަމަށް...

July 29, 2017 64
ސުޕްރީމް ކޯޓަށް އާޒިމާ ގެންނަން އުޅޭ ކަމުގެ އަޑު!

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު ހަމަޖައްސަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ އެވެ.

26 ޖުލައި

July 26, 2017 21
ހަމަނުޖެހުންތަކުގައި ނޫސްވެރިޔަކަށް ވީ މަހުލޫފް

ސަޕޯޓަރުންނަށް އަހުމަދު މަހުލޫފްގެ ހިތްވަރު އެންމެ ފުރަތަމަ ސާބިތުވީ ދާދި ފަހުން ޖަލުގައި 10 މަހަށް ވުރެ ގިނަ ދުވަސް ހޭދަކުރެއްވި އިރު އެވެ. އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ދޮޅު މަސް ދުވަސް ފަހުން މިދިޔަ ހޯމަދުވަހު ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަނެއްކާވެސް ދެއްކެވީ އާދަޔާޚިލާފު ހިތްވަރެއް ކަމަށް ދެކޭ މީހުން މަދެއް ނޫނެވެ.

25 ޖުލައި

July 25, 2017 31
މަހްލޫފާއި އީވާ ސިފައިން ލާ ކަހަލަ ޔުނީފޯމެއްގައި!

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ އަހުމަދު މަހްލޫފާއި އެމްޑީޕީގެ ގަލޮޅު އުތުރު ދާއިރާގެ އީވާ އަބްދުﷲ، މިލިޓަރީ ހެދުން ގޮތަށް ޑިޒައިން ކޮށްފައިވާ ގަމީސް ލައިގެން...

July 25, 2017 29
އީސީން ބަޔާން ނެރުނީ މެމްބަރުން ޒިންމާ ނުނަގާ ގޮތަށް!

ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެމްބަރުންތަކެއްގެ ގޮނޑި ގެއްލިއްޖެ ކަމަަށް ކަނޑައަޅައި ބައި އިލެކްޝަންސް އަށް އިއުލާންކުރަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބަޔާން ނެރުނީ އެ...

24 ޖުލައި

July 24, 2017 5
މަޖިލީހުގައި ދެން ވޯޓަކަށް ފުރުސަތެއް ނުދޭނެ: ކޯލިޝަން

ރައްޔިތުންގެ މަޖިލީހުގައި މިއަދު ފެނިގެން ދިޔަ މަންޒަރަށް ބަލާއިރު، މީގެ ފަހުން މަޖިލީހުގައި ވޯޓަކަށް ފުރުސަތު ލިބޭނެ ކަމަށް ނުބެލެވޭ ކަމަށް އިދިކޮޅު ކޯލިޝަނުން މިރޭ ބުނެފި އެވެ.

July 24, 2017 19
ތަޅެއް ނޭޅުވޭނެ، މެމްބަރުންނަށް ވަދެވެން ޖެހޭނެ

ރައްޔިތުންގެ މަޖިލީހުގެ އިދާރާ އަށް ނުވަދެވޭ ގޮތަށް ގޭޓްތަކުގައި ތަޅު އެޅުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި މެމްބަރުންނަށް މަޖިލީހަށް ވަދެވެން ޖެހޭނެ ކަމަށް ރައްޔިތުންގެ...

July 24, 2017 16
މެމްބަރުންނަށް ހުރަސްނާޅާތި: މަހްލޫފް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ރައްޔިތުންނާ އެކު މަޖިލީހުގެ ޖަލްސާ އަށް މިއަަދު މެންދުރު ހާޒިރުވެވަޑައިގަންނަވާއިރު ހުރަސްނޭޅުމަށް ސަލާމަތީ ބާރުތަކަށް ގަލޮޅު ދެކުނު ދާއިރާގެ...

23 ޖުލައި

July 23, 2017 69
ގާނޫނާހިލާފު މުޒާހަރާތައް ލައިވްކުރާނަމަ ފިޔަވަޅު އަޅަނީ

ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ގާނޫނާ ޚިލާފަށް ބާއްވާ މުޒާހަރާތައް ލައިވް ކުރާނަމަ ފިޔަވަޅު އަޅާނެ ކަމަށް ބުނެ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން މިއަދު އިންޒާރު ދީފި އެވެ.

22 ޖުލައި

July 22, 2017 34
ބޮޑު އެއްވުމަށް އިދިކޮޅު ފަރާތްތަކުން ގޮވާލައިފި

ރާއްޖޭގެ އެކި ރަށްރަށުގައި ތިބި ރައްޔިތުން މާލެ އަރައި، އަންނަ ހޯމަ ދުވަހު ސަރުކާރާ ދެކޮޅަށް އަޑު އުފުލުމަށް ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން މިރޭ ގޮވާލައިފި އެވެ.

17 ޖުލައި

July 17, 2017 3
އެންއައިސީއަށް ހުށަހަޅާ މައްސަލަތައް ނުނިމެނީ ނުފޫޒުން

ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން ފަދަ މިނިވަން މުއައްސާސަތަކަށް ހުށަހަޅާ މައްސަލަތައް ނުނިމި އެތައް އަހަރެއް ވަނީ، އެ މުއައްސަސާތަކަށް އޮންނަ ސަރުކާރުގެ ނުފޫޒުގެ ސަބަބުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް މިއަދު ވިދާޅުވެއްޖެ އެވެ.

10 ޖުލައި

July 10, 2017 24
ޕީޕީއެމްގެ ހުރިހާ މެމްބަރުން އިސްތިއުފާ ދޭން ގޮވާލައިފި

ރައްޔިތުންގެ މަޖިލީހަށް ނިސްބަތްވެވަޑައިގަންނަވާ ޕީޕީއެމްގެ މެމްބަރުން ޕާޓީން އިސްތިއުފާ ދެއްވަން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް މިއަދު ގޮވާލައްވައިފި އެވެ.

01 ޖުލައި

July 01, 2017 23
އަދީބު ބޭސްފަރުވާ އަށް ފޮނުވަން ޖެހޭ: އާޒިމް

ތަފާތު ތިން ކުށެއްގައި 33 އަހަރުގެ ޖަލުގެ ހުކުމެއް ތަންފީޒުކުރަމުން އަންނަ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ފޮނުވަން ޖެހޭ ކަމަށާއި އެކަމަށް މަގުފަހިކޮށްދިނުމަށް ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ކޮއްކޮ އާދަމް އާޒިމް މިއަދު ގޮވާލައްވައިފި އެވެ.

27 ޖޫން

June 27, 2017 78
އިދިކޮޅު މީހުން މި ދައްކަނީ ކޮން އުފަލެއްގެ ވާހަކަ؟

ރޯދަމަހާ އެކު ސިޔާސީ މަސްރަހު މި އޮތީ ހިމޭންވެފަ އެވެ. މި ހިމޭންކަމުގެ ތެރޭގައި، އިދިކޮޅު ފަރާތްތަކުން ދައްކަނީ ސިޔާސީ މަސްރަހުން އުއްމީދުކުރާ ބަދަލެއްގެ ވާހަކަ އެވެ. އެމީހުން ބުނާ ގޮތުގައި ކުރިއަށް އޮތީ އުފާވެރި ޚަބަރުތަކެކެވެ. ރައްޔިތުން ދެކެން ބޭނުންވާ މަންޒަރުތަކާއި ހިތްހަމަޖެހޭ ފަދަ ވާހަކަތަކެއް ވަރަށް އަވަހަށް އަޑު އިވޭނެ...

17 ޖޫން

June 17, 2017 29
މަހްލޫފް، ނަޝީދުއާ ބައްދަލުކުރައްވައިފި

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް، ކުރީގެ ރައީސް މުހައްމަދު ނަޝީދުއާ މިއަދު ސްރީ ލަންކާގައި ބައްދަލުކުރައްވައިފި އެވެ.

12 ޖޫން

June 12, 2017 47
އަދީބު ވަނީ އެތައް ހައްގަކުން މަހްރޫމްކޮށްފައި:މަހްލޫފް

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު މާފުށީ ޖަލުގައި އެކަހެރިކޮށް، ގާނޫނުގައި ކަނޑައަޅާފައިވާ އެތައް ހައްގަކުން މަހްރޫމް ކޮށްފައިވާ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް މިއަދު ވިދާޅުވެއްޖެ އެވެ.

11 ޖޫން

June 11, 2017 52
މަހުލޫފްގެ ޖަލު ތަޖުރިބާ: ކެތްތެރިކަމުން އާ ހިތްވަރެއް

ހަތަރު މަހުގެ ހުކުމް ތަންފީޒުކުރައްވަން ޖުލައި 18، 2016 ގައި މާފުށީ ޖަލުގެ ގޮޅި އަށް، ވަދެވަޑައިގަތުމާ އެކު ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފަށް އަވަހާރަފުޅުލެއްޕެވުނީ އެވެ. އެތަން، އަރާމުވެގެންނެއް ނޫނެވެ؛ އޭނާ ވިދާޅުވި ގޮތުގައި، ސިކުނޑީގައި އެނބުރެމުން ދިޔަ އެތައް އުދާސްތަކާ އެކު ހަށިގަނޑު ވަރުބަލިވެފައި ހުރިލެއް...

10 ޖޫން

June 10, 2017 26
ޔާމީނާ ހަމަައަށް ވެސް ގާނޫނީ ދިގު އަތް ފޯރާނެ: ޝިފާޒް

ރައީސް އަބްދުﷲ ޔާމިނާއި އެ މަނިކުފާނަށް ވާގިވެރިވާ މީހުން ދިވެހި ރައްޔިތުންނަށް ބޭއިންސާފުން އަނިޔާ ކުރަމުންދާ ނަމަ، އެ މަނިކުފާނާ ހަމައަށް ވެސް ކޮންމެވެސް ދުވަހަކުން ގާނޫނީ ދިގު އަތް ފޯރާނެ ކަމަށް އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް މިރޭ ވިދާޅުވެއްޖެ އެވެ.

09 ޖޫން

June 09, 2017 45
މި އާދެވުނީ މާފުށީ ޖަލަށް ވުރެ ބޮޑު ޖަލަކަށް:މަހުލޫފް

މާފުށީ ޖަލުގައި 11 މަހެއްހާ ދުވަސް ހޭދަކުރައްވާފައި މިނިވަން ވި ނަމަވެސް މިނިވަންކަމުގެ އިހުސާސެއް ނުކުރެއްވޭ ކަމަށާއި ވަޑައިގެންނެވުނީ "މާފުށީ ޖަލަށް ވުރެ ވެސް ބޮޑު ޖަލަކަށް"...

June 09, 2017 57
މަހުލޫފު މިނިވަންވެއްޖެ

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފަށް އިއްވި 10 މަހާއި 24 ދުވަހުގެ ޖަލު ހުކުމަކަށް ފަހު މީގެ އިރުކޮޅެއް ކުރިން އޭނާ މިނިވަންކޮށްފި އެވެ.

08 ޖޫން

June 08, 2017 17
މަހުލޫފު މިނިވަން ވީމަ މާދަމާރޭ އުފާ ފާޅުކުރާނެ

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފަށް އިއްވި 10 މަހާއި 24 ދުވަހުގެ ޖަލު ހުކުމް ތަންފީޒުކޮށް، ނިމުމުގެ އުފަލުގައި މާދަމާ ރޭ ހާއްސަ ޖަލްސާއެއް ބާއްވަން ނިންމައިފި އެވެ.

June 08, 2017 29
އާޒިމް ބަންދުކުރީ މަހްލޫފް މިނިވަންވާތީ، ގޮތްހުސްވެއްޖެ

ކުރީގެ ޑިފެންސް މިނިސްޓަރު މުހަންމަދު ނާޒިމްގެ ކޮއްކޮ އަދި މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެޔޫއޯ) ގެ ޝެޑޯ މިނިސްޓަރު އާދަމް އާޒިމް މިއަދު ހައްޔަރުކުރީ ޖަލު ހުކުމުން ގަލޮޅު ދެކުނު...

June 08, 2017 9
މަހްލޫފަށް އިއްވި ހަ މަހުގެ ޖަލު ހުކުމް ތާއީދުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފަށް އިއްވާފައިވާ ދެ ހުކުމުގެ ތެރެއިން ހަ މަހުގެ ޖަލު ހުކުމަށް ހައި ކޯޓުން މިއަދު ތާއީދުކޮށްފި އެވެ.

07 ޖޫން

June 07, 2017 11
މަހްލޫފު ޖަލަށްލީ އިންސާފަކުން ނޫން، ދޫކޮށްލާ: އދ

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ޖަލަށްލީ ބައިނަލްއަގްވާމީ މުއާހަދާތަކާ ޚިލާފަށް ކަމަށާއި އޭނާ ވަގުތުން ދޫކޮށްލަންޖެހޭ ކަމަށް އދ. ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނުން މިއަދު ނިންމައިފި އެވެ.