08 ފެބުރުއަރީ

February 08, 2017 4
މަހްލޫފްގެ މައްސަލާގެ ކަންބޮޑުވުންތައް އައިޕީޔޫއަށް

ޖަލަށްލާފައިވާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފްގެ މައްސަލާގައި ހުރި ކަންބޮޑުވުންތައް އެމްޑީޕީގެ ފަރާތުން އިންޓަ ޕާލިމެންޓްރީ ޔޫނިއަން (އައިޕީޔޫ) އަށް ހުށަހަޅައިފި އެވެ.

07 ފެބުރުއަރީ

February 07, 2017 20
‎އިންސާފުން ބޭރު ހުކުމްތަކަށް ފާޑުކިޔާނެ: މަހްލޫފް

‎އަދުލު އިންސާފުން ބޭރުން ފަނޑިޔާރުން އިއްވަވާ ހުކުމްތަކަށް ރައްޔިތުން ފާޑުކިޔާނެ ކަމަށް، ޖަލުގައި ހުންނެވި ރައްޔިތުންގެ މަޖިލިހުގެ މެމްބަރު އަހުމަދު މަހުލޫފް މިއަދު ވިދާޅުވެއްޖެ އެވެ.

05 ފެބުރުއަރީ

February 05, 2017 23
މާލޭގައި މީހުން ވަޅުލާން މަހުލޫފް އެދިވަޑައިގެންފި

މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން އާ ސަހަރާގައި އަލުން ވަޅުލެވޭ ގޮތް ހަދައިދޭން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ގޮވާލައްވައިފި އެވެ.

28 ޖެނުއަރީ

January 28, 2017 9
މަހްލޫފްގެ ޝަރީއަތްތައް ނުބާއްވާތީ އާއިލާ ކަންބޮޑުވެއްޖެ

ޖަލަށް ލާފައިވާ، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހުލޫފްގެ މައްޗަށް އިއްވި ދެ ހުކުމްގެ އިސްތިއުނާފް ޝަރީއަތްތައް ނުބާއްވާތީ އާއިލާއިން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

29 ޑިސެމްބަރ

December 29, 2016 3
މަހްލޫފާ ގުޅޭގޮތުން ހުށަހެޅި މައްސަލަ ބަލަން ފަށައިފި

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް މިދިޔަ ޖުލައި މަހުގެ ތެރޭގައި މުޒާހަރާއެއްގެ ތެރެއިން ހައްޔަރުކުރީ ގާނޫނާ ހިލާފަށް ކަމަށް ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ހުށަހެޅި މައްސަލަ ބަލަން ފަށައިފި އެވެ.

21 ޑިސެމްބަރ

December 21, 2016 8
ފަރުވާ އަށް ފަހު މަހްލޫފް އެނބުރި ރާއްޖެ ވަޑައިގެންފި

ބޭސްފަރުވާ އަށް ފަހު، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް މިރޭ އެނބުރި ރާއްޖެ ވަޑައިގެންފި އެވެ.

11 ޑިސެމްބަރ

December 11, 2016 4
މަހްލޫފް ބޭސްފަރުވާ އަށް މިރޭ އިންޑިއާ އަށް ފުރަނީ

ޖަލަށް ލާފައިވާ، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހުލޫފްގެ ބޭސްފަރުވާ އަށް މިރޭ އިންޑިއާ އަށް ފުރަން ނިންމާފައިވާ ކަމަށް އޭނާގެ އާއިލާއިން ބުނެފި އެވެ.

08 ޑިސެމްބަރ

December 08, 2016 5
އދ.ގެ އޮފިޝަލުން މަހުލޫފާ ބައްދަލުކުރައްވައިފި

ޖަލު ހުކުމް ތަންފީޒު ކުރަމުންދާ، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފާ އދ. ގެ އޮފިޝަލުން މިއަދު ޖަލުގައި ބައްދަލުކުރައްވައިފި އެވެ.

06 ޑިސެމްބަރ

December 06, 2016 17
މަހްލޫފާ ބައްދަލުކުރަން އދ. ގެ އޮފިޝަލުން އެދިއްޖެ

ޖަލު ހުކުމް ތަންފީޒު ކުރަމުން އަންނަ، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފާ ބައްދަލު ކުރުމަށް އދ. ގެ އޮފިޝަލުންތަކެއް އެދިފައިވާ ކަމަށް އޭނާގެ އާއިލާ އިން މިރޭ ބުނެފި އެވެ.

04 ޑިސެމްބަރ

December 04, 2016 16
މަހްލޫފް ބޭސްފަރުވާ އަށް ބޭރަށް ދާން ހުއްދަ ދީފި

ޖަލަށް ލާފައިވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހުލޫފް ބޭސްފަރުވާއަށް އިންޑިއާ އަށް ފުރުމުގެ ހުއްދަ ކަރެކްޝަނަލް ސާވިސް އިން ދީފައިވާ ކަމަށް އޭނާގެ އާއިލާއިން މިއަދު ބުނެފި އެވެ.

22 ނޮވެމްބަރ

November 22, 2016 6
މަހްލޫފްގެ ހާލު ބަލަން ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

ޖަލަށް ލާފައިވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހުލޫފްގެ ހާލު ބެލުމަށް އެމްޑީޕީން އިމްތިޔާޒް ކޮމެޓީއަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި އެވެ.

12 ނޮވެމްބަރ

November 12, 2016 16
މަހުލޫފް ގޭބަންދަށް ބަދަލުކުރަން އައިޕީޔޫން ގޮވާލައިފި

ގަލޮލު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފްގެ މައްޗަަށް ހުކުމްކޮށްފައިވާ ގޮތާ މެދު އިންޓަ ޕާލިމެންޓްރީ ޔޫނިއަން (އައިޕީޔޫ) އިން ކަންބޮޑުވުން ފާޅުކޮށް، އޭނާ ގޭބަންދަށް ބަދަލު ކުރުމަށް ގޮވާލައިފި އެވެ.

07 ނޮވެމްބަރ

November 07, 2016 4
މަހުލޫފަށް ބޭރުން ފަރުވާ ނުހޯދޭ މައްސަލަ ހުށަހަޅައިފި

ޖަލަށް ލާފައިވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހުލޫފަށް ރާއްޖޭން ބޭރުން ބޭސްފަރުވާ ހޯދުމުގެ ފުރުސަތު ނުދޭތީ އާއިލާއިން ކަމާ ބެހޭ ފަރާތްތަކަށް އިއްޔެ މައްސަލަ ހުށަހަޅައިފި އެވެ.

06 ނޮވެމްބަރ

November 06, 2016 7
ވޯޓުން އަސްލު ހޯދާނެ، ރައީސް އެކަނިވެއްޖެ: މަހްލޫފު

ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓުން "އަސްލު" ފެންނާނެ ކަމަށާއި ރައީސް އަބްދުﷲ ޔާމީން މިހާރު ހުންނެވީ ގިނިކަންޏާ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް މިއަދު ވިދާޅުވެއްޖެ އެވެ.

05 ނޮވެމްބަރ

November 05, 2016 9
މަހްލޫފަށް ދައުވަތު ދިނީ ހިތްދަތިކުރަން: އާއިލާ

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހުލޫފް ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ ކަން އެނގި ތިބެ، މި އަހަރުގެ ޖުމްހޫރީ ދުވަހުގެ ޖަލްސާ އަށް ދައުވަތު ފޮނުވީ މަލާމާތްކޮށް، ހިތްދަތި ކުރުމަށް ކަމަށް އާއިލާ އިން މިއަދު ބުނެފި އެވެ.

01 ނޮވެމްބަރ

November 01, 2016 7
ރާއްޖެ އިން ބޭރުން މަހުލޫފް ފަރުވާ ހޯދަން ލަފާދީފި

ޖަލަށް ހުކުމް އިއްވާފައިވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހުލޫފް އެލާޖިކްވުމުގެ މައްސަލަ ސީރިއަސްވެ، ރާއްޖެ އިން ބޭރުން ފަރުވާ ހޯދަން ޑޮކްޓަރު މިއަދު ލަފާ ދީފައިވާ ކަމަށް އާއިލާ އިން ބުނެފި އެވެ.

31 އޮކްޓޯބަރ

October 31, 2016 6
މަހްލޫފަށް ފަރުވާ ނުދިނުމަކީ އަނިޔާއެއް: ނަޝީދު

ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމުގެ ކުށުގައި ޖަލަށް ލާފައިވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް އާލާސްކަންފުޅާ އުޅުއްވާއިރު އޭނާ އަށް ފަރުވާ ނުދިނުމަކީ ދޭ އަނިޔާއެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.

30 އޮކްޓޯބަރ

October 30, 2016 7
މިއީ އުފާވެރި މަންޒަރެއް، އެއްބާރުލުންދީ: މަހްލޫފް

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ރައްޔިތުންނަށް ކުރާ އަނިޔާ ހުއްޓުވަން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މަސައްކަތްޕުޅު ކުރެއްވުމަކީ "ވަރަށް އުފާވެރި މަންޒަރެއް" ކަމަށް ވިދާޅުވެ އިސްލާހީ އެ މަސައްކަތަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި އާއްމުން އެއްބާރުލުމަށް، ގަލޮޅު ދެކުނު...

29 އޮކްޓޯބަރ

October 29, 2016 10
މަހްލޫފްގެ ހުކުމް ތަންފީޒު ކުރުން ފަސްކުރަން އެދެފި

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފަށް އިއްވާފައިވާ ދެވަނަ ޖަލު ހުކުމް ތަންފީޒުކުރުން ފަސް ކުރުމުގެ އަމުރަކަށް އޭނާގެ ފަރާތުން ހައި ކޯޓުގައި އެދެފި އެވެ.

19 އޮކްޓޯބަރ

October 19, 2016 8
އެދެވޭ ފަރުވާ ނުލިބި މަހުލޫފް ޖަލުގައި ތިން މަސް!

ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފަށް އެކަށީގެންވާ ފަރުވާ ނުލިބޭތީ އާއިލާ އިން މިރޭ ކަންބޮޑުވުން ފާޅުކޮށްފި އެވެ.