08 ފެބުރުއަރީ

February 08, 2019 13
ކްލަބްތަކަށް ފައިސާ ދެމުން އައީ ސިޔާސީ މަގުސަދެއްގައި

އެއްވެސް ބެލުމެއް ނެތި ސަރުކާރުން ފުޓްބޯޅަ ކްލަބްތަކަށް ފައިސާ ދިނުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށާއި ކުރީގެ ސަރުކާރުން މިކަން ފެށީ ވެސް ސިޔާސީ މަގުސަދެއްގައި ކަމަށް ކުޅިވަރާ ބެހޭ މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ.

07 ފެބުރުއަރީ

February 07, 2019 16
ޒިންމާ ބުރަޔަސް މަހުލޫފަށް އޮތް ޔަގީންކަން ބޮޑު

އުމުރުން އެންމެ 20 އަހަރުގައި އޭނާ މި އޮފީހަށް ވެންނެވީ ބޮޑު އަޒުމެއްގަ އެވެ. ކުޅިވަރާއި ޒުވާނުންނަށް އިހުލާސްތެރި ހިދުމަތެއް ކޮށްދެއްވުމަށެވެ. އޭރު އޭނާއަކީ ފުޓްބޯޅަ ކުޅުންތެރިއެކެވެ. ޔޫތު މިނިސްޓްރީގެ ވަޒީފާއެއްގައި އުޅުއްވި ޒުވާނެކެވެ. އޭގެ 18 އަހަރު ފަހުން މިއަދު އަހުމަދު މަހްލޫފް އެ އިންނެވީ މިނިސްޓަ އޮފް ޔޫތު، ސްޕޯޓްސް...

06 ފެބުރުއަރީ

February 06, 2019 30
ގޭންގުތަކާ ވާހަކަ ދެއްކުން މަހްލޫފް ދިފާއު ކުރައްވައިފި

ގޭންގުތަކާ ވާހަކަ ދައްކައިގެން، މާރާމާރީ އާއި ބޮޑެތި ކުށްތައް ހުއްޓުވުމުގެ މަސައްކަތް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް މިނިސްޓަރު އަހުމަދު މަހްލޫފް އިއްޔެ ދިފާއު ކުރައްވައިފި އެވެ.

05 ފެބުރުއަރީ

February 05, 2019 18
"އިންތިހާބަކާ ގުޅުވައިގެން އެއްވެސް ކަމެއް ނުކުރާނަން"

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އަދި އެ ނޫން ވެސް އިންތިހާބަކާ ގުޅުވައިގެން ރައްޔިތުންނަށް އެއްވެސް ކަމެއް ނުކޮށްދެއްވާނެ ކަމަށް ޔޫތު، ސްޕޯޓްސް އެންޑް ކޮމިނިއުޓީ އެމްޕަވާމަންޓް މިނިސްޓަރު އަހުމަދު މަހްލޫފް މިއަދު ވިދާޅުވެއްޖެ އެވެ.

26 ޖެނުއަރީ

January 26, 2019 9
އެފްއޭއެމުން އެޅީ ޒާތީ ފިޔަވަޅެއް: ނިއު

ނިއު ރޭޑިއަންޓުން އެ ކްލަބުގެ ކުޅުންތެރިންނަށް މުސާރަ ނުދޭ ކަމަށް ބުނެ، އެފްއޭއެމުން އެޅީ ތާކުންތާކު ނުޖެހޭ ޒާތީ ފިޔަވަޅެއް ކަމަށް ނިއު ރޭޑިއަންޓުން މިރޭ ބުނެފި އެވެ.

25 ޖެނުއަރީ

January 25, 2019 36
ބައްސާމް ވަކިކުރުމުގެ މަސައްކަތް ކްލަބްތަކުން ފަށައިފި!

އެފްއޭއެމްގައި ސިޔާސީ ހަރަކާތް ހިންގައި، އަދި އަސާސީ ގަވާއިދާ ހިލާފަށް ކަންކަންކޮށްފައިވާތީވެ، އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވައި އެ އިދާރާގެ ރައީސްކަމުން ބައްސާމް އަދީލް ޖަލީލް ވަކިކުރަން ކްލަބްތަކުން މަސައްކަތްކުރަމުން އަންނަ ކަމުގެ ވަރުގަދަ ސިގްނަލެއް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފު ދެއްވައިފި އެވެ.

22 ޖެނުއަރީ

January 22, 2019 11
މައްސަލަތައް ހައްލު ކުރާނީ ޖަމިއްޔާތަކާ ގުޅިގެން

ރާއްޖެ އަށް ދިމާވެފައިވާ ބޮޑެތި މައްސަލަތަކަށް ހައްލު ގެންނާނީ މަދަނީ ޖަމިއްޔާތަކާ ގުޅިގެން، ސަރުކާރުން އެއްބާރުލުމާ އެކު ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

06 ޖެނުއަރީ

January 06, 2019 6
ޖަމިއްޔާތަކާ ބެހޭ ކަންކަން ޔޫތު މިނިސްޓްރީގެ ދަށަށް

ޖަމިއްޔާތަކާ ބެހޭ ކަންކަން ބެލެހެއްޓުން ޔޫތު މިނިސްޓްރީގެ ދަށަށް ބަދަލު ކޮށްފި އެވެ.

January 06, 2019 5
ގަވާއިދުތަކަށް އިހުތިރާމްކުރާނެކަން ކަމުގެ ޔަގީންކަން ފީފާ އަށް ދީފި

ފީފާ އާއި އޭއެފްސީގެ ގަވާއިދުތަކަށް އިހުތިރާމްކުރައްވާނެ ކަމުގެ ޔަގީންކަން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ރާއްޖޭގެ ކުޅިވަރާ ބެހޭ މިނިސްޓަރު އަހުމަދު މަހުލޫފު ދެއްވައިފި...

02 ޖެނުއަރީ

January 02, 2019 19
"ކުޅިވަރުގެ އެންމެ ނުފޫޒު ގަދަ މީހާ"

އާ ސަރުކާރެއް މިއައީ ދިވެހިރާއްޖޭގެ ފުޓްބޯޅައިގައި ހާލަތު ދަށްވެ، އެހީތެރިކަމަށް ބޭނުންވެފައި އޮތް ދަނޑިވަޅެއްގަ އެވެ. ސިޔާސީ ހަލަބޮލިކަން މަޑުޖެހި، ގައުމު އަމާންވީ ފުޓްބޯޅައިގެ ހާލަތު ރަނގަޅުކުރާނެ މާހައުލަކަށް ތަންދެމުންނެވެ. އެކަމަކު ފެނިގެން މިދަނީ އާ ސަރުކާރުގެ ކުޅިވަރު މިނިސްޓްރީ އާއި އެފްއޭއެމްގެ ކޯޅުމެކެވެ.

27 ޑިސެމްބަރ

December 27, 2018 11
"ހަފުތާ ރެސް"، ކުލަ ގަދަކޮށް މާދަމާ ރޭ ފަށަނީ

ޒުވާނުންގެ ހުނަރާއި ވިޔަފާރީގެ ހަރަކާތްތައް އެކުލެވޭ "ހަފްތާ ރެސް" ގައި ގިނަ ބަޔަކު ބައިވެރިވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފް މިއަދު ވިދާޅުވެއްޖެ އެވެ.

22 ޑިސެމްބަރ

December 22, 2018 4
ކޮމިޓީ އޮންނާނީ އިމުގެ ތެރޭގައި: މަހުލޫފު

ދިވެހި ފުޓްބޯޅައާ ގުޅޭ ގޮތުން ކުޅިވަރާ ބެހޭ މިނިސްޓްރީން އުފައްދާފައިވާ ފެކްޓް ފައިންޑިން ކޮމިޓީން އިމުގެ ތެރޭގައި މަސައްކަތްކުރާ ކަމުގެ ޔަގީންކަން އޭއެފްސީގެ ރައީސް ޝެއިޚް...

December 22, 2018 3
ފީފާގެ ރައީސް ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ

ދުނިޔޭގެ ފުޓްބޯޅައިގެ މައި ޖަމިއްޔާ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކުރައްވަން...

21 ޑިސެމްބަރ

December 21, 2018 6
މިނިސްޓްރީގެ ކޮމިޓީއާ މެދު ސުވާލު އުފެދޭ: މާޒިޔާ

ދިވެހި ފުޓްބޯޅައާ ގުޅޭ ގޮތުން ކުޅިވަރާ ބެހޭ މިނިސްޓަރު އަހުމަދު މަހުލޫފު އުފައްދަވާފައިވާ ފެކްޓް ފައިންޑިން ކޮމިޓީގެ މަގުސަދާ މެދު ސުވާލު އުފެދޭ ކަމަށް ރާއްޖޭގެ ފުޓްބޯޅައިގެ ގަދަބާރު މާޒިޔާ ސްޕޯޓްސް އެންޑް ރިކްރިއޭޝަނުން ބުނެފި އެވެ.

20 ޑިސެމްބަރ

December 20, 2018 33
އެފްއޭއެމުން މަހުލޫފަށް ރައްދު ހަމަލައެއް ފޮނުވާލައިފި

ކުޅިވަރާ ބެހޭ މިނިސްޓްރީން އެކުލަވާލާފައިވާ "ފެކްޓް ފައިންޑިން ކޮމިޓީން" ބަލަނީ ދައުލަތުން ފުޓްބޯޅައަށް ހަރަދުކުރާ ފައިސާ އަށް ވީގޮތް ކަމަށް ވަޒީރު އަހުމަދު މަހުލޫފު އިއްޔެ...

December 20, 2018 6
އޭއެފްސީގެ ރައީސާ އެކު މަހުލޫފު ބައްދަލުވުމަކަށް

އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) ގެ ރައީސް ބަހުރޭނުގެ ޝެއިޚް ސަލްމާން ބިން އިބްރާހިމް ޚަލީފާއާ ރާއްޖޭގެ ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފު އަންނަ ހޮނިހިރު ދުވަހު...

09 ޑިސެމްބަރ

December 09, 2018 16
ކުޅިވަރާ ބެހޭ ވަޒީރު ރާޅާއަޅުއްވަނީ

ރާއްޖޭގެ ބައެއް ރާޅާއެޅުންތެރިންނާ އެކު ލޮނުޒިޔާރަތްކޮޅުގައި ރާޅާއަޅުއްވައި، ރާއްޖޭގައި މޫދު ކުޅިވަރުގެ ޗެމްޕިއަނުން އުފައްދަން މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް (މަހޭ) ދެއްވައިފި އެވެ.

06 ޑިސެމްބަރ

December 06, 2018 52
ޔޫތުގެ ސްޓާފުންނަށް އޮފީހަށް ދަރިން ގެންދެވޭ ގޮތްހަދަނީ

ޔޫތު މިނިސްޓްރީގެ މުވައްޒަފުން މަސައްކަތް ކުރާ ވަގުތު އެ މީހުންގެ ދަރިން އޮފީހަށް ގެންގޮސް، އެ ކުދިންނާ އެކު ވަގުތު ހޭދަކުރުމުގެ ފުރުސަތު ލިބޭ ގޮތަށް ހަމަޖައްސައިފި އެވެ.

05 ޑިސެމްބަރ

December 05, 2018 88
މަހުލޫފްގެ ގޮވާލެއްވުން އެތައް ބަޔަކަށް މައްސަލައަކަށް!

މާރާމާރީ ހުއްޓުވަން ގޭންގްތަކާ މަޝްވަރާ ކުރަން ޒުވާނުންގެ މިނިސްޓަރު އަހުމަދު މަހުލޫފް ނިންމެވުމުން އެތައް ބަޔަކު ވަނީ ހައިރާންވެފަ އެވެ. ބައެއް އާންމުންގެ ސުވަލަކީ މީހުން މެރުމާއި މަސްތުވާތަކެތީގެ ވިޔަފާރި ކުރުމާއި ޖިނާއީ ބޮޑެތި ކުށްކުރާ ބަޔަކާ ސަރުކާރުން މަޝްވަރާ ކުރަން ޖެހޭތޯ އެވެ.

04 ޑިސެމްބަރ

December 04, 2018 10
ކަންކަން ނިންމާނީ ޒުވާނުންގެ އަޑު އަހާފައި: މިނިސްޓަރު

ރާއްޖޭގައި ޒުވާނުންގެ އާބާދީ ބޮޑު ކަމަށާއި އެ މީހުންނާ ގުޅުންހުރި ކަންކަމުގައި ގޮތް ނިންމާނީ ޒުވާނުންގެ އަޑު އެއްސެވުމަށްފަހު ކަމަށް، ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު މިއަދު ވިދާޅުވެއްޖެ އެވެ.

December 04, 2018 2
ގައުމީޓީމު ކުޅުންތެރިންގެ އެލަވަންސް ފަރަގު ނައްތާލައިފި

އެކި ކުޅިވަރުތަކުގައި ރާއްޖެ ތަމްސީލުކުރާ ޓީމުގައި ހިމެނޭ ކުޅުންތެރިންނަށް ދެމުން އަންނަ އެލަވަންސްގެ ފަރަގު ނައްތާލައި ހުރިހާ ކުޅުންތެރިންނަށް 5000ރ. ދޭން ސްޕޯޓްސް ކައުންސިލުން...

December 04, 2018 94
ގޭންގުުތަކުގައި އުޅޭ ޒުވާނުންނަށް މަހުލޫފުގެ ދައުވަތެއް

ގޭންގުތަކުގައި އުޅޭ ޒުވާނުންނަށް ދިމާވާ މައްސަލަތަކާ ގުޅޭގޮތުން ވާހަކަދައްކައި އެކަންކަމަށް ހައްލެއް ގެނައުމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު މިއަދު ދައުވަތު ދެއްވައިފި އެވެ.

30 ނޮވެމްބަރ

November 30, 2018 23
ދެ ބޭފުޅުން ވެސް އެއް ކަމެއްގައި، މިހާރު މިނިސްޓަރުން

ރާއްޖޭގެ އެންމެ ޒުވާން އެއް މިނިސްޓަރާއި މެލޭޝިއާގެ އެންމެ ޒުވާން މިނިސްޓަރުގެ އެއްގޮތް ކަންތައްތަކެއް ހުއްޓެވެ؛ ދެ ބޭފުޅުން ވެސް މަސައްކަތްކުރެއްވީ ހުދުމުހުތާރު، ކޮރަޕްޝަން ބޮޑު ވެރިންތަކެއްގެ މައްޗަށް ކާމިޔާބު ހޯއްދަވާށެވެ.

26 ނޮވެމްބަރ

November 26, 2018 29
މީހުންނަށް އުނދަގޫވާތީ މަހުލޫފްގެ ޕާކިން ދޫކޮށްލައިފި

ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ ރަސްމީ ކާރުކޮޅު ޕާކް ކުރުމަށް، އޭނާ ދިރިއުޅުއްވާ ގޭ ކައިރިން ސަރުކާރުން ހަމަޖައްސައިދިން ޖާގައާ ހެދި، އެ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ ވެހިކަލްތައް ޕާކް ކުރުމަށް ދަތިވެ ޝަކުވާތައް ލިބިވަޑައިގަތުމާ ގުޅިގެން، އޭނާގެ ޕާކިން ޒޯން އާއްމުންނަށް ހުޅުވައިލުމަށް މިއަދު ނިންމަވައިފި އެވެ.

25 ނޮވެމްބަރ

November 25, 2018 6
އޭއެފްސީން ފުރުސަތު ގެއްލުނު މައްސަލަ ބަލަނީ

ރާއްޖޭގެ ފުޓްބޯޅަ ކްލަބްތަކަށް އޭއެފްސީ ކަޕުގައި ކުޅުމުގެ ފުރުސަތު ގެއްލުނު ސަބަބުތަކާއި އިސްލާހުކުރަން ޖެހޭ ކަންކަން ބެލުމަށް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފު ނިންމަވައިފި އެވެ.