17 ނޮވެމްބަރ

November 17, 2018 13
އާ ސަރުކާރާ އެކު، މަޖިލިހުގެ ހަ ގޮނޑި ހުސްވެއްޖެ

އާ ސަރުކާރުގެ ކެބިނެޓުން ޖާގަ ލިބިވަަޑައިގަތުމާ އެކު ރައްޔިތުންގެ މަޖިލީހުގެ ހަ މެމްބަރެއްގެ ގޮނޑި މިއަދު ހުސްވެއްޖެ އެވެ.

November 17, 2018 8
މަޖިލީހުގެ ބައެއް މެމްބަރުން އިސްތިއުފާ ދެއްވަނީ

މިއަދުން ފެށިގެން، ވެރިކަން ކުރާ ކޯލިޝަންގެ ރައްޔިތުންގެ މަޖިލިހުގެ ބައެއް މެމްބަރުން އިސްތިއުފާ ދެއްވަން ފައްޓަވައިފި އެވެ. އާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަގާމުގެ ހުވާ...

16 ނޮވެމްބަރ

November 16, 2018 34
މަހްލޫފަށް ޑިފެންޑާސް އޮފް ޑިމޮކްރަސީ އެވޯޑް ލިބިއްޖެ

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހްލޫފަށް ޑިފެންޑާސް އޮފް ޑިމޮކްރަސީ އެވޯޑް 2018 އަރުވައިފި އެވެ.

12 ނޮވެމްބަރ

November 12, 2018 70
މަހްލޫފް އެމްޑީޕީއަށް ސޮއިކުރައްވައިފި

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް، އިދިކޮޅު އެމްޑީޕީއަށް މިރޭ ސޮއިކުރައްވައިފި އެވެ.

11 ނޮވެމްބަރ

November 11, 2018 80
ރައީސް ޔާމީނަށް އާރަށުގައި ހެދި ގެކޮޅުގެ ފޮޓޯ!

ރައީސް އަބްދުﷲ ޔާމީން، ހަފުތާ ބަންދާއި ޗުއްޓީ ދުވަސްތަކުގައި ދިރިއުޅުއްވަން އާރަށުގައި ހެދި ގެކޮޅުގެ ފޮޓޯ އާއްމުކޮށްލައިފި އެވެ.

04 ނޮވެމްބަރ

November 04, 2018 5
މަހްލޫފް ހައްޔަރުކުރީ ގާނޫނާ ޚިލާފަށް: ހައި ކޯޓު

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މިދިޔަ ފެބްރުއަރީ މަހު ހައްޔަރުކުރީ ގާނޫނާ ޚިލާފަށް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

30 ސެޕްޓެމްބަރ

September 30, 2018 13
އަޅުވެތި ނުވެ، މައުމޫން ގެއަށް ބަދަލުކޮށްދީ: މަހްލޫފް

ރައީސް އަބްދުﷲ ޔާމީންގެ އަޅުންގެ ގޮތުގައި މަސައްކަތް ނުކޮށް، ޖަލުގައި ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ގެ އަށް ބަދަލުކޮށް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ވެރިންނަށް މިއަދު ގޮވާލައްވައިފި އެވެ.

27 ސެޕްޓެމްބަރ

September 27, 2018 9
މަހްލޫފަށް ކުރި ދެ ދައުވާގެ މައްސަލަ ބާތިލްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފްގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާ އާއި ހިނގާފައި ނުވާ ކަމެއްގެ މައުލޫމާތު ގާނޫނު ތަންފީޒު ކުރާ އިދާރާއަކަށް ދިނުމުގެ ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމައި، އެ ދެ ދައުވާ ކްރިމިނަލް ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.

26 ސެޕްޓެމްބަރ

September 26, 2018 92
ވޯޓާގުޅޭ ޝަކުވާތައް އަވަހަށް ފޮނުވައިދޭން ނިހާން އެދެފި

މިދިޔަ އާދިއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބާ ގުޅޭ "ޚަބަރު"ތައް ހުރީ ކުރިއަށް ކަމަށާއި ވޯޓާ ގުޅޭ ގޮތުން ހުރި މައްސަލަތައް، ވީހާ ވެސް އަވަހަކަށް ޕާޓީގެ އޮފީހަށް ފޮނުވައިދިނުމަށް،...

September 26, 2018 32
އިންތިހާބު ބާތިލް ކުރަން ރައީސް އެބަ ރާވާ: މަހްލޫފް

މިދިޔަ އާދީއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ބޮޑު ތަފާތަކުން ނާކާމިޔާބުވުމުން އެ އިންތިހާބު ބާތިލު ކުރުމުގެ މަސައްކަތް ރައީސް އަބްދުﷲ ޔާމީން ކުރައްވަމުން ގެންދަވާ ކަމަށް...

25 ސެޕްޓެމްބަރ

September 25, 2018 56
ޕީޕީއެމްގެ ކުރިމަގު ކަނޑައެޅުމުގެ ކޮންގްރެސް ހުކުރު ދުވަހު ފަށަނީ

ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުނު ކަމުގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން ގޭ ބަންދުކޮށްފައި ހުރި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް، ކްރިމިނަލް ކޯޓުން މިއަދު މިނިވަންކޮށްފި އެވެ.

15 ސެޕްޓެމްބަރ

September 15, 2018 121
ވޯޓު ގުނުން ތަފާތު؟ ނަތީޖާ ފުރަތަމަ ޓެބްލެޓަށް؟

އިދިކޮޅު ޕާޓީތަކުގެ އިތުބާރެއް އިލެކްޝަންސް ކޮމިޝަން (އީސީ) އަކަށް ނެތެވެ؛ ނުފޫޒެއްގެ ދަށުވެފައިވާ ކަމުގެ ތުހުމަތާ އެކު ކޮންމެ ނިންމުމަކާ ގުޅޭ ގޮތުން ވެސް އެތައް ކަންބޮޑުވުމަކާއި ޝަކުވާތަކެވެ. ރައްދުގައި އެ ކޮމިޝަނުން ދޭ ޔަގީން ކަމަކީ، ވޭތުވެދިޔަ އިންތިޚާބުތަކާ ތަފާތުކޮށް، މި އިންތިޚާބުގައި އެއްވެސް ކަމެއް ނުކުރާނެ ކަމެވެ....

04 ސެޕްޓެމްބަރ

September 04, 2018 58
ސިޔާސީ މީހުން ވޯޓުފޮއްޓާ ހަވާލުވެގެން ތިބޭތީ ފާޑުކިޔަނީ

ރިޔާސީ އިންތިހާބުގައި ވޯޓުލާ މަރުކަޒުގައި ހަރަކާތްތެރިވާ އޮފިޝަލުންނާއި ފޯކަލް ޕޮއިންޓުންނަށް ޕީޕީއެމްގެ އެކްޓިވިސްޓުން ނަގާފައިވާތީ އެކަމާ ގިނަ ބަޔަކު ފާޑުކިޔަން ފަށައިފި އެވެ.

22 އޯގަސްޓް

August 22, 2018 26
ނަތީޖާ ޝީޓު ވަގުތުން ފެންނަން ހުންނާނެ: އީސީީ

އަންނަ މަހު 23ގައި ބާއްވާ ރިޔާސީ އިންތިޚާބުގެ ވަގުތީ ނަތީޖާ ޝީޓް، ވޯޓު ލާ ނިމުމާއެކު ވޯޓިން މަރުކަޒުގައި ހަރުކޮށް އާއްމުކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.

31 ޖުލައި

July 31, 2018 22
ރައީސް ވަރަށް އަވަހަށް މާލީ ބަޔާން ހުށަހަޅުއްވާނެ

ރައީސް އަބްދުﷲ ޔާމީންގެ މާލީ ބަޔާން ވަރަށް އަވަހަށް އޮޑިޓާ ޖެނެރަލް އަށް ހުށަހަޅުއްވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒު މިއަދު ވިދާޅުވެއްޖެ އެވެ.

23 ޖުލައި

July 23, 2018 41
ވޯޓާސް ލިސްޓުގައި ފޮޓޯ ޖަހާ ގޮތަށް ލިޔެވުނީ އޮޅުމަކުން

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓުގައި ފޮޓޯ ހިމަނަންވާނެ ކަމަށް ބުނެ ރިޔާސީ އިންތިހާބުގެ ގަވާއިދު ނެރެވިފައި ވަނީ ގެޒެޓް ކުރުމުގެ ކުށަކުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

17 ޖުލައި

July 17, 2018 70
ނުކުޅެދޭ މީހުންގެ ކަރުދާހުގައި އޮފިޝަލުން ފާހަގަ ޖަހަނީ

ޖިސްމާނީ ގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ވޯޓު ކަރުދާހުގައި އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލުން ފާހަގަ ޖަހައިދޭ ގޮތަށް އެ ކޮމިޝަނުން ނިންމައިފި އެވެ.

10 ޖުލައި

July 10, 2018 32
ޗާންސެލަކަމުން އިސްތިއުފާ ނުދިނުމުން ޝަހީމަށް ފާޑުކިއުން

ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، ސިޔާސީ ދާއިރާއަށް އަލުން ނުކުންނެވިއިރު އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރު ކަމުގެ މަގާމުގައި ދެމިހުންނަވަން ނިންމެވުމުން ފާޑުކިޔުންތައް އަމާޒުވެއްޖެ އެވެ.

04 ޖުލައި

July 04, 2018 11
މަހްލޫފަށް ކުރާ ދައުވާގެ އަޑުއެހުންތައް ނިންމާލައިފި

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް ކުރެއްވި ޓުވީޓަކާ ގުޅިގެން، އޭނާގެ މައްޗަށް ދައުލަތުން ކުރާ ދައުވާއާ ގުޅިގެން ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ޚުލާސާ ބަޔާން އިއްވުމަށް ފަހު، ހުކުމް ކުރުން އެހެން ދުވަހަކަށް ފަސް ކުރުމަށް ފަހު، ޝަރީއަތުގެ މަޖިލިސް ނިންމާލައިފި...

01 ޖުލައި

July 01, 2018 36
ނިހާނަށް ސުވާލެއް: އިބޫގެ ނަން އޮންނާނެތަ؟

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް އަބްދުﷲ ޔާމީން ބަލިކުރަން، އިދިކޮޅު ކެންޑިޑޭޓެއްގެ ގޮތުގައި ކަނޑައެޅި، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ ނަން، ވޯޓު ކަރުދާހުގައި އޮންނާނެތޯ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާންގެ އަރިހުން، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު...

29 ޖޫން

June 29, 2018 86
ރިޔާސީ ޓިކެޓް ދޫކޮށްލެއްވުމުން ނަޝީދަށް ތައުރީފް

އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސް މުހައްމަދު ނަޝީދު ދޫކޮށްލެއްވުމުން އިދިކޮޅު ޕާޓީތަކުގެ ބައެއް އިސްވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ތައުރީފް ކުރައްވަމުން އެބަ ގެންދަވަ އެވެ.

26 ޖޫން

June 26, 2018 1
މަހްލޫފަށް ކުރާ ދައުވާގެ ފަހު އަޑުއެހުން ކެންސަލް

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފަށް ކުރާ ގާނޫނު ތަންފީޒުކުރާ އިދާރާ އަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާގެ ފަހު އަޑުއެހުން މިއަދު ކެންސަލްކޮށްފި އެވެ.