25 ފެބުރުއަރީ

February 25, 2018 27
"މަހުލޫފް ބުނީ 28 ދުވަހު ބަންދުގައި ބަހައްޓާނެއޭ"

ބަންދުގައި 28 ދުވަހު ބަހައްޓާނެ ކަމަށް ފުލުހުން ބުނެފައިވާ ކަމުގެ މައުލޫމާތު، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް، ދެއްވާފައިވާ ކަމަށް އޭނާގެ އަނބިކަނބަލުން ނަޒްރާ ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.

23 ފެބުރުއަރީ

February 23, 2018 6
މުޒާހަރާއިން ހައްޔަރުކުރި އަމީތާއި އަބުޅޯ ދޫކޮށްލައިފި

އިދިކޮޅު ޕާޓީތަކުން މިއަދު ހަވީރު ކުރި މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި، ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު މިރޭ ދޫކޮށްލައިފި އެވެ.

22 ފެބުރުއަރީ

February 22, 2018 8
އިދިކޮޅު އެއްވުން ރޫޅާލައި މަހްލޫފް ހައްޔަރުކޮށްފި

އިދިކޮޅު ޕާޓީތަކުން އެމްޑީޕީގެ ހަރުގެ ކުރިމަތީގައި މިރޭ ފެށި އެއްވުން، ބާރުގެ ބޭނުންކޮށްގެން ރޫޅާލައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް ހައްޔަރުކޮށްފި އެވެ.

21 ފެބުރުއަރީ

February 21, 2018 9
ވޯކިން ގްރޫޕްގެ ނިންމުމަށް އަމަލު ކުރިތޯ ސާފުކުރަނީ

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ޖަލަށްލި މައްސަލާގައި އދ. ގެ ވޯކިން ގްރޫޕުން ނިންމި ނިންމުމާ އެއްގޮތަށް ސަރުކާރުން އަމަލު ކުރިތޯ ސާފުކޮށްދޭން ވޯކިން ގްރޫޕުން އެދިއްޖެ އެވެ.

20 ފެބުރުއަރީ

February 20, 2018 25
43 މެމްބަރުުން ބޭނުން! އެކަމަކު ވާނުވާއެއް ނޭނގޭ!

ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު މަޖިލީހުން ފާސްކުރެވެން އަންނަނީ ތަޅުމުގައި މަދުވެގެން 43 މެމްބަރުުން ތިބެގެން ކަމަށް ވާތީ ސަރުކާރު ކޯލިޝަނަށް މެމްބަރުން ހަމަކުރުމުގައި އަދިވެސް ކާމިޔާބު ނުލިބޭ ކަމަށް، އިދިކޮޅު ބައެއް މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.

18 ފެބުރުއަރީ

February 18, 2018 1
ނާދިރާ ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ފެކްޝަނުގައި މަސައްކަތްކުރައްވާ އައިމިނަތު ނާދިރާ މިރޭ ފުލުސް އޮފީހަށް ހާޒިރުވުމަށް ޗިޓު ފޮނުވައިފި އެވެ.

February 18, 2018 42
ސަރުކާރު މެމްބަރުން ތިއްބެވީ ބަދަހިކޮށް: ނިހާން

ވެރިކަން ކުރާ ޕާޓީ، ޕީޕީއެމް/އެމްޑީއޭ ކޯލިޝަންގެ މެމްބަރުން ތިއްބެވީ ބަދަހިކަމާއެކު، ސަރުކާރަށް އެއްބާރުލުން ދެއްވަން ތައްޔާރަށް ކަމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު...

February 18, 2018 21
ކުއްލި ހާލަތު އުވާލަން 50 ވޯޓު ލިބޭނެ: މަހްލޫފް

ސަރުކާރުން އިއުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އުވާލަން ރައްޔިތުންގެ މަޖިލީހުގެ 50 މެމްބަރުން ވޯޓު ދެއްވާނެ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް...

17 ފެބުރުއަރީ

February 17, 2018 33
ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމުގެ ތުހުމަތު މަހްލޫފަށް

އިދިކޮޅު ފަރާތްތަކުން މާލޭގައި އިއްޔެ ބޭއްވި މުޒާހަރާގައި ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އެޅުމުގެ ތުހުމަތުގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ފުލުހުންގެ އިދާރާ އަށް ހާޒިރުވާން އަންގައިފި އެވެ.

15 ފެބުރުއަރީ

February 15, 2018 1
ދެ ޓްވީޓަކާ ގުޅިގެން މަހުލޫފު އަނެއްކާވެސް ފުލުހަށް

ކުރެއްވި ދެ ޓްވީޓަކާ ގުޅިގެން މާދަމާ ފުލުހަށް ހާޒިރުވުމަށް، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފަށް އަނެއްކާ ވެސް އަންގައިފި އެވެ.

February 15, 2018 12
މަހްލޫފާއި މުހަންމާ ދޫކޮށްލައިފި

އިދިކޮޅު ފަރާތްތަކުން މިރޭ މާލޭގައި ބޭއްވި އެއްވުމުގެ ތެރެއިން، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހަންމާ)...

14 ފެބުރުއަރީ

February 14, 2018 7
މަހުލޫފުގެ ޓްވީޓަކާ ގުޅިގެން ފުލުހަށް ހާޒިރުކުރަނީ

ކުރެއްވި ޓްވީޓަކާ ގުޅިގެން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު މާދަމާ ފުލުހަށް ހާޒިރުވާން އަންގައިފި އެވެ.

February 14, 2018 23
މަޖިލީހަށް ވަން މެމްބަރުން އުފުލާލައިގެން ނެރެފި

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ޖަލްސާތައް ނުފަށައި ލަސްވާ މައްސަލަ ހުށަހަޅުއްވަން މަޖިލީހުގެ އިދާރާ އަށް މިއަދު ވަޑައިގެންނެވި އިދިކޮޅު މެމްބަރުން އުފުލާލައިގެން ސިފައިން...

07 ފެބުރުއަރީ

February 07, 2018 26
ދެން ނަގާ ރާޅު މާ ބޮޑު ވާނެ: މަހްލޫފް

ދެން ނަގާ ރާޅު މާ ބޮޑުވާނެ ކަަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ސަރުކާރަށް އިންޒާރު ދެއްވައިފި އެވެ.

06 ފެބުރުއަރީ

February 06, 2018 32
މަހްލޫފާ ދެކޮޅަށް އަބުރުގެ ދައުވާކުރާނަން: މުއިއްޒު

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒަކީ "ބޮޑު ވަގެއް" ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް ވިދާޅުވި މައްސަލާގައި އޭނާއާ ދެކޮޅަށް އަބުރުގެ ދައުވާކުރައްވަން މުއިއްޒު ނިންމަވައިފި އެވެ.

03 ފެބުރުއަރީ

February 03, 2018 1
މާފުށީ ޖަލު ކުރިމަތީގައި މުޒާހަރާކޮށްފި

ހުކުމް ތަންފީޒުކުރާ ސިޔާސީ އިދިކޮޅު ނުވަ ބޭފުޅަކު މިނިވަންކުރުމަށް ސުޕްރީމް ކޯޓުން ކުރި އަމުރު ތަންފީޒު ކުރުމަށް ގޮވާލައި ކ. މާފުށީ ޖަލު ކުރިމަތީ މިއަދު މުޒާހަރާ ކޮށްފި އެވެ.

02 ފެބުރުއަރީ

February 02, 2018 9
އަމުރު ތަންފީޒު ކުރަންދެން މަގުމަތީގައި ތިބޭނަން

ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންގެ އިއްތިފާގުން ރޭ ނެރުނު އަމުރު ސަރުކާރުން ތަންފީޒު ކުރަން ދެން މަގުމަތީގައި ތިބޭނެ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ،

01 ފެބުރުއަރީ

February 01, 2018 8
މަހުލޫފް ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ޓްވިޓާގައި ފުލުހުންނަށް ދޮގު މައުލޫމާތު ދިން ކަމަށް ބުނެ އޭނާ ފުލުސް އޮފީހަށް ހާޒިރުވުމަށް މިއަދު އަންގައިފި އެވެ.

31 ޖެނުއަރީ

January 31, 2018 17
ސުޕްރީމް ކޯޓަށް ހުކުމް ނުކުރެވެނީ ރައީސްގެ ނުފޫޒާ ހެދި

ސުޕްރީމް ކޯޓުން ބޭނުންވާ ގޮތަށް މައްސަލަތަކުގައި ހުކުމް ނުކުރެވިގެން އުޅެނީ ރައީސް އަބްދުﷲ ޔާމީންގެ ނުފޫޒު އޮތީމާ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް މިއަދު...

January 31, 2018 18
މަހްލޫފް ރާއްޖެ ވަޑައިގެންފި

ރާއްޖޭގައި ސިޔާސީ ހަމަނުޖެހުންތައް ބޮޑުވުމާ ގުޅިގެން ސްރީ ލަންކާ އަށް ވަޑައިގެންނެވި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް މިއަދު ރާއްޖެ ވަޑައިގެންފި އެވެ.

23 ޑިސެމްބަރ

December 23, 2017 11
މަހްލޫފް ވެސް ނަމަލްއާ ބައްދަލުކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް ވެސް، ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ދަރިކަލުން އަދި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ނަމަލް ރާޖަޕަކްސައާ މިއަދު ބައްދަލުކުރައްވައިފި އެވެ.

11 ޑިސެމްބަރ

December 11, 2017 17
ކުރީގެ ބޮޑުވަޒީރު މަހާތީރާ މަހްލޫފް ބައްދަލުކޮށްފި

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ޑރ. މަހާތީރް މުހައްމަދާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް މިއަދު ބައްދަލު ކުރައްވައިފި އެވެ.

09 ޑިސެމްބަރ

December 09, 2017 4
މަހްލޫފްގެ ބައްޕަ ޝަރުތުތަކާ އެކު ކޯޓުން ދޫކޮށްލައިފި

އިސްލާމީ މަރުކަޒުގެ ބޭރުގައި ދުއާ ކުރަން ހުއްޓައި، ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފްގެ ބައްޕަ މުހައްމަދު ހައްސާން ޝަރުތުތަކާ...

December 09, 2017 43
ޖިންސީ މުއާމަލާތުގެ ތުހުމަތު ކުރެވުނީ އޮޅުމަކުން:ޕޮލިސް

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފުގެ ބައްޕަ މުހައްމަދު ހައްސާނަށް، ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ތުހުމަތު ކުރެވުނީ ފުލުހުންގެ ސިސްޓަމަށް އެރި އޮޅުމަކުން...

08 ޑިސެމްބަރ

December 08, 2017 15
މަހްލޫފުގެ ބައްޕައަށް ގިނަ ތުހުމަތުތަކެއް ކޮށްފި

މިއަދު ހުކުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒު ބޭރުގައި ދުއާކުރަން ހުއްޓައި ހައްޔަރު ކުރި، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފްގެ ބައްޕަ،...

December 08, 2017 24
ދުއާކުުރަން ހުއްޓާ މަހުލޫފްގެ ބައްޕަ ހައްޔަރުކޮށްފި

ހުކުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގެ ބޭރުގައި ދުއާކުރަން ހުއްޓައި، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފްގެ ބައްޕަ މުހައްމަދު ހައްސާން...

06 ޑިސެމްބަރ

December 06, 2017 15
މަހްލޫފްގެ ބައްޕަ ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފްގެ ބައްޕަ މުހައްމަދު ހައްސާން ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި އެވެ.