16 ސެޕްޓެމްބަރ

September 16, 2019 3
ކުޅަނދުރާ ހެދި އެއާ އިންޑިއާގެ ބޯޓެއް ޑިލޭވެއްޖެ

ނިއު ދިއްލީ (ސެޕްޓެމްބަރު 16) - އިންޑިއާގެ ގައުމީ އެއާލައިން އެއާ އިންޑިއާގެ މަތިންދާ ބޯޓެއްގެ ކޮކްޕިޓް ވިންޑޯގައި އެތައް ބައިވަރު ކުޅަނދުރެއް ޖެއްސުމުގެ ސަބަބުން ބޯޓު ފުރުން އެތައް ގަޑިއިރަކަށް އިއްޔެ ލަސްކުރަން ޖެހިއްޖެ އެވެ.

31 އޯގަސްޓް

August 31, 2019 1
އެއާ އިންޑިއާ ވެސް ޕްލާސްޓިކް މަނާކުރަނީ

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކާ ދެކޮޅަށް އިންޑިއާ އިން ބޮޑު ކެމްޕޭނެއް ފަށަން ތައްޔާރުވަމުން އަންނައިރު އެ ގައުމުގެ ރަސްމީ އެއާލައިން އެއާ އިންޑިއާ އިން ވެސް ޕްލާސްޓިކް މަނާކުރަން ނިންމައިފި އެވެ.

10 ޖުލައި

July 10, 2019 1
އެއާ އިންޑިއާގައި ޒަމްޒަމް ފެން އުފުލުން ހުއްދަކޮށްފި

އިންޑިއާގެ ގައުމީ އެއާ ލައިން، އެއާ އިންޑިއާގައި ދަތުރުކުރާ ހައްޖާޖީންނަށް ސައުދީ އަރަބިއްޔާ އިން އިންޑިިއާ އަށް ޒަމްޒަމް ފެން ނުއުފުލޭނެ ކަމަށް ބުނެ ނެރުނު ސާކިއުލާއެއްގެ މައްސަލަ ހޫނުވުމުން އެންމެ ފަހުން އެ ނިންމުން ބާތިލުކޮށް މާފަށް އެދިއްޖެ އެވެ.

28 ޖޫން

June 28, 2019
އެއާ އިންޑިއާގެ ބޯޓަށް ދިނީ ފޭކް އިންޒާރެއް

ބޮމްބޭ (ޖޫން 28) - އެއާ އިންޑިއާގެ ބޯޓެއްގައި ބޮމެއް އޮތް ކަމަށް ބުނެ އިއްޔެ ދިނީ ފޭކް އިންޒާރެއް ކަމަށް އޮފިޝަލުން ބުނެފި އެވެ.

06 މާޗް

March 06, 2019 5
ޖެއި ހިންދު ކިޔަން އެއާ އިންޑިއާ ކްރޫންނަށް އަންގައިފި

އިންޑިއާގެ ސިނަމާތަކުގައި ކޮންމެ ޝޯއެއް ފެށުމުގެ ކުރިން ގައުމީ ލަވަ ޖަހާ އިރު، އެއަށް އިހުތިރާމު އަދާކުރުމުގެ ގޮތުން ކޮއްޅަށް ތެދުވާން ޖެހެ އެވެ. މިފަހަރު އެކަހަލަ އެހެން ކަމެއް ކުރަން ސަރުކާރުން އެންގީ، ގައުމީ އެއާލައިން، އެއާ އިންޑިއާގެ ފަޅުވެރިންނަށެވެ.

29 ނޮވެމްބަރ

November 29, 2018 6
އެއާ އިންޑިއާގެ ބޯޓެއް އެއާޕޯޓުގެ އިމާރާތެއްގައި ޖެހިއްޖެ

ސްޓޮކްހޯމް (ނޮވެމްބަރު 29) - އެއާ އިންޑިއާގެ މަތިންދާ ބޯޓެއްގެ ފިޔަގަނޑުގެ ކޮޅު ސްވިޑަންގެ ސްޓޮކްހޯމް ގެ އާލަންޑާ އެއާޕޯޓުގެ އިމާރާތެއްގައި ރޭ ޖެހިއްޖެ އެވެ.

13 ނޮވެމްބަރ

November 13, 2018 2
މަސްތުގެ ހާލުގައި ހުރި އެއާ އިންޑިއާގެ ޕައިލެޓް ސަސްޕެންޑް

ނިއު ދިއްލީ (ނޮވެމްބަރު 13) - އެލްކަހޯލް ޓެސްޓުން ފެއިލްވި އެއާ އިންޑިއާގެ ސީނިއާ ޕައިލެޓަކު ތިން އަހަރަށް ސަސްޕެންޑް ކޮށްފި އެވެ.

20 އޮކްޓޯބަރ

October 20, 2018 4
އެއާ އިންޑިއާގެ ބޯޓުން ވެއްޓުނު ކްރޫއަށް ބޮޑެތި އަނިޔާތަކެެއް

މުމްބާއީ (އޮކްޓޯބަރު 20) - މުމްބާއީގެ އެއާޕޯޓުގައި އޮތް އެއާ އިންޑިއާގެ މަތިންދާ ބޯޓަކުން ވެއްޓުނު ކްރޫ އަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށް އޭނާ އަށް ފަރުވާ ދޭ ހޮސްޕިޓަލުން ބުނެފި އެވެ.

12 އޮކްޓޯބަރ

October 12, 2018 8
އެއާ އިންޑިއާގެ ބޯޓެއް ނައްޓާލަން އުޅެނިކޮށް ފާރެއްގައި ޖެހިއްޖެ

ޓްރިޗީ (އޮކްޓޯބަރު 12) - އިންޑިއާގެ ދެކުނުގެ ޓްރިޗީ އިން ދުބާއީ އަށް ރޭ ނައްޓާލި އެއާ އިންޑިއާގެ މަތިންދާ ބޯޓެއް ފާރެއްގައި ޖެހި ބޯޓަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

11 ސެޕްޓެމްބަރ

September 11, 2018 16
އެއާ އިންޑިއާގެ ބޯޓު ފުރުމުގެ ހުއްދަ އަދިވެސް ނުދޭ

ހުޅުލޭގެ އާ ރަންވޭ އަށް މިދިޔަ ހުކުރު ދުވަހު އޮޅިގެން ޖެއްސި ކަމަށް ބުނާ އެއާ އިންޑިއާގެ މަތިންދާބޯޓަށް އަދިވެސް ފުރުމުގެ ހުއްދަ ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ނުދޭކަން އެނގިއްޖެ އެވެ.

08 ސެޕްޓެމްބަރ

September 08, 2018 19
އާ ރަންވޭއަށް ޖެއްސި ބޯޓުގެ ޕައިލެޓުން ސަސްޕެންޑްކޮށްފި

އިންޑިއާގެ ޓްރިވެންޑްރަމުން 136 ޕަސިންޖަރުންނާ އެކު އައިސް، ރާއްޖޭގެ މައި އެއާޕޯޓު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭގައި "އޮޅިގެން" އިއްޔެ މެންދުރު ޖެއްސި އެއާ އިންޑިއާ ބޯޓު ޕައިލެޓުން ސަސްޕެންޑްކޮށްފި އެވެ.

07 ސެޕްޓެމްބަރ

September 07, 2018 162
އާ ރަންވޭ ނުހުޅުވަނީސް އެއާއިންޑިއާގެ ބޯޓެއް ޖައްސައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި އަލަށް ހަދައި، އަދި ނުވެސް ހުޅުވާ އޮތް ރަންވޭގައި އެއާ އިންޑިއާގެ ބޯޓެއް މިއަދު ޖައްސައިފި އެވެ.

30 އޯގަސްޓް

August 30, 2018 3
އެއާ އިންޑިއާ ޕްރައިވެޓައިޒް ކުރެވޭނެ ދުވަހެއް ނޭނގޭ

ނިއު ދިއްލީ (އޮގަސްޓް 30) - ކައިރި މުސްތަގްބަލެއްގައި އެއާ އިންޑިއާ ޕްރައިވެޓައިޒް ކުރެވިދާނެހެން ހީނުވާ ކަމަށް ސަރުކާރުގެ އޮފިޝަލަކު ޕާލަމެންޓުގެ ކޮމިޓީގައި ވިދާޅުވެއްޖެ އެވެ.

27 ޖުލައި

July 27, 2018 2
އެއާ އިންޑިއާގެ ޕަސިންޖަރެއްގެ ގައިގައި މަކުނު ހަފައިފި

މުމްބާއީ (ޖުލައި 27) - އެއާ އިންޑިއާގެ ބޯޓެއްގައި ދާދި ފަހުން ނިއު ޔޯކުން އިންޑިއާގެ ހުޅަނގުގެ މުމްބާއީ ސިޓީ އަށް ދަތުރު ކުރި ޕަސިންޖަރެއްގެ ގައިގައި ތަންމަކުނު ހެފި މައްސަލާގައި އެއާލައިނުން މައާފަށް އެދިއްޖެ އެވެ.

11 ޖުލައި

July 11, 2018 10
އެއާއިންޑިއާ އިން ރާއްޖެއަށް ކުރާ ދަތުރުތައް މަދުކޮށްފި

އެއާ އިންޑިއާއިން މާލެ- ބެންގަލޫރުގެ ސީދާ ދަތުރުތައް މެދުކަނޑާލުމުގެ އިތުރުން ޓްރިވެންޑްރަމަށް ކުރާ ދަތުރުތައް މަދުކޮށްފި އެވެ.

19 ޖޫން

June 19, 2018 4
އެއާ އިންޑިއާގެ ހިއްސާ ނުވިއްކަން ނިންމައިފި

ނިއު ދިއްލީ (ޖޫން 19) - މިއީ އިންޑިއާގައި އިންތިޚާބު ބާއްވާ އަހަރަށް ވާތީ، އެއާ އިންޑިއާގެ ހިއްސާ ވިއްކުމުގެ ޕްލާނާ އެއްގޮތަށް ކުރިއަށް ނުދިއުމަށް ނިންމައި، އެއާލައިނުގެ އޮޕަރޭޝަންތަކަށް ބޭނުންވާ ފައިސާ ސަރުކާރުން ދޭ ގޮތަށް ނިންމާފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

02 ޖޫން

June 02, 2018 6
އެއާ އިންޑިއާ ގަންނަން ޝައުގުވެރިވާނެ ބައެއް ނުވި

ނިއު ދިއްލީ (ޖޫން 2) - އިންޑިއާގެ ގައުމީ އެއާލައިން އެއާ އިންޑިއާގެ ހިއްސާގެ ބޮޑު ބައެއް ވިއްކާލަން ހުޅުވާލި ނަމަވެސް އެކަމަށް ޝައުގުވެރިވާނެ ޕާޓީއެއް ނުވި އެވެ.

25 މާޗް

March 25, 2018 8
ސައުދީ ވައިގެ ސަރަހައްދުގެ ތެރޭން އިޒްރޭލަށް ދަތުރުކޮށްފި

ތެލް އަވީވް (މާޗް 25) - އިޒްރޭލަށް ދަތުރުކުރާ ބޯޓުތަކަށް ސައުދީގެ ވައިގެ ސަރަހައްދު ބޭނުން ކުރުމުގެ ހުއްދަ ރިޔާޒުން ދިނުމާ އެކު އެއާ އިންޑިއާގެ މަތިންދާ ބޯޓެއް ސައުދީ ވައިގެ ސަރަހައްދުގެ ތެރޭން ދަތުރުކޮށް އިޒްރޭލުގެ ތެލް އަވީވަށް ޖައްސައިފި އެވެ. އަދި މި ދަތުރާ އެކު އިޒްރޭލުގެ ގައުމީ އެއާލައިނުން ދަނީ ސައުދީގެ ވައިގެ ސަރަހައްދު...

08 މާޗް

March 08, 2018
އަންހެނުންގެ ދުވަހު ހުސް އަންހެން ކްރޫންގެ ފްލައިޓެއް

ކުއާލަ ލަމްޕޫރު (މާޗް 8) - ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ ޚާއްސަ ހަރަކާތެއްގެ ގޮތުން މުޅިން އަންހެން ކްރޫންނާ އެކު އެއާ އިންޑިއާގެ ފްލައިޓެއް ލަންކާ އަށް މިއަދު ދަތުރުކޮށްފި އެވެ.

11 ޖުލައި

July 11, 2017 4
އެއާ އިންޑިއާގެ އެތެރޭގެ ދަތުރުތަކުގައި ކުކުޅެއް ނުލިބޭނެ

ނިއު ދިއްލީ (ޖުލައި 11) - އެއާ އިންޑިއާގެ އެތެރޭގެ ދަތުރުތަކުގައި އިކޮނޮމީ ކްލާސް ޕަސިންޖަރުންނަށް ކުކުޅު ހިމެނޭ ކެއުން ދިނުން ހުއްޓާލަން ނިންމައިފި އެވެ.