01 ޑިސެމްބަރ

December 01, 2018 18
މާލެ-ހުޅުމާލެ ބަހަށް ބަސް ސްޓޮޕްތައް އިތުރުކޮށްފިި

މާލެ އާއި ހުޅުމާލެއާ ދެމެދު ކުރާ ބަސް ދަތުރުތަކުގައި މާލެ އާއި ހުޅުމާލޭގައި ވެސް ބަސް މަޑުކުރާނެ ސްޓޮޕްތައް އިތުރުކޮށް، މިއަދުން ފެށިގެން ޚިދުމަތް ދޭން ފަށައިފި އެވެ.

28 ނޮވެމްބަރ

November 28, 2018 37
މާލެ-ހުޅުމާލެ ބަސް އަވަށު ތެރެއަށް

މާލޭގެ ބަސް ޓާމިނަލުން ހުޅުމާލެއަށް ދަތުރުކުރާ ބަސްތައް، ހުޅުމާލޭގައި މީހުން ދިރިއުޅޭ ސަރަހައްދާ ހަމައަށް ބޭއްވުމަށް ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނެފި...

November 28, 2018 29
މާލޭގެ ޓްރެފިކަށް ބޮޑެތި ބަދަލުތަކެއް ގެންނަނީ

މާލޭގެ ޓްރެފިކް ފްލޯ އަށް ބޮޑެތި ބަދަލުތަކެއް ގެންނަން ކަމާ ބެހޭ އިދާރާތަކުގެ އިސް ވެރިން އިއްޔެ ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވައިފި އެވެ.

24 ނޮވެމްބަރ

November 24, 2018 74
މާލޭގެ މަގުތަކުގެ ހާލަތު ބެއްލެވުމަށް އައިޝާ މަގުތަކަށް

މާލޭގެ މަގުތަކުގެ ހާލަތާއި ވެހިކަލްތައް ޕާކް ކުރުމުގައި ހުރި ދަތިތައް އޮޅުންފިލުއްވުމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު އާއިޝަތު ނަހުލާ ބައެއް މަގުތަކަށް މިއަދު ވަޑައިގެންފި އެވެ.

22 ނޮވެމްބަރ

November 22, 2018 33
ފާޑުކިޔުންތަކަށް މަރުހަބާ، ހައްލުވާނީ ކުރިމަތިލައިގެން

ފާޑުކިޔުންތަކަށް މަރުހަބާ ދަންނަވާ ކަމަށާއި ކަންކަން ރަނގަޅުކުރެވޭނީ އެ ފާޑުކިޔުންތަކަަށް ކުރިމަތިލައިގެން ކަމަށް އާ ސަރުކާރުގެ ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު އާއިޝަތު ނަހުލާ މިއަދު ވިދާޅުވެއްޖެ އެވެ.

November 22, 2018 27
ޓެކްސީ ބޯޑުން ފީ ނެގުން އުވާލައިފި

ޓެކްސީ ކުރުމުގެ ހުއްދަ ހޯދުމަށްޓަކައި ދައްކަން ޖެހޭ 50،000 ރުފިޔާގެ ފީ ނެގުން، ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީން މިއަދު އުވާލައިފި އެވެ.

November 22, 2018 12
ޓެކްސީ ބޯޑުގެ ފީ އުވާލުމަށް މަޝްވަރާ ކޮށްފި

ޓެކްސީ ބޯޑުގެ ފީ އުވާލުމާ ގުޅޭ ގޮތުންނާއި މާލޭގެ މަގުތަކުގައި ޕާކުކޮށް ގިނަ ދުވަސްވެފައިވާ އުޅަނދުތައް ނެގުމާ ގުޅޭ ގޮތުން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ފުލުހުންނާ އެކު...

15 ނޮވެމްބަރ

November 15, 2018 24
އިޖުތިމާއީ މަސައްކަތަށް އައިޝާ ޖަމިއްޔާއެއް އުފައްދައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ، އިޖުތިމާއީ މަސައްކަތް ކުރެއްވުމަށް އުފެއްދެވި ޖަމިއްޔާ ރޭ އިފްތިތާހު ކޮށްފި އެވެ.

11 އޮކްޓޯބަރ

October 11, 2018 38
ނަހުލާގެ ދިފާއުގައި ނަޝީދު: ސިޔާސީ ފުރުސަތު ލިބެންޖެހޭ

ޖުމްހޫރީ ޕާޓީގެ ފައުންޑަރު ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ އަށް ސޯޝަލްމީޑިއާގައި ފާޑުކިޔަމުންދާތީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ އެކަން ކުށްވެރި ކުރައްވައިފި އެވެ.

19 ޖުލައި

July 19, 2018 3
މިއީ ސިހުރުގެ ގޮށްތައް މޮހެވެން ފެށި ދުވަސް: ގާސިމް

ދަރިކަލުން ސިޔާދު ގާސިމް ޖަލު ބަންދުން ދޫކޮށްލުމާ އެކު "މިއަދަކީ އަނިޔާވެރިކަމުގެ ސިހުރުގެ ގޮށްތައް މޮހެން ފެށުނު ދުވަސް ކަމަށް" އިދިކޮޅު ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

12 ޖުލައި

July 12, 2018 6
ރަނިންމޭޓަކަށް ވާދަކުރުމުގެ ވިސްނުމެއް ނެތް: އައިޝާ

ރިޔާސީ އިންތިޚާބަށް އިދިކޮޅުން ނެރޭ ކެންޑިޑޭޓު، ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ ރަނިން މޭޓަކަށް ވާދަކުރެއްވުމުގެ ވިސްނުމެއް ނެތް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ހަގު އަނބިކަނބަލުން، އައިޝަތު ނަހުލާ (އައިޝާ) މިއަދު ވިދާޅުވެއްޖެ އެވެ.

08 ޖުލައި

July 08, 2018 62
ރަނިންމޭޓަކީ އައިޝާއެއް ނޫން، އިދިކޮޅަށް ހިތްހަމަޖެހުން

ދެ ޕާޓީން ފާޅުގައި ނުބުންޏަސް އެއް ކަމެއް ޔަގީނެވެ؛ ރިޔާސީ އިންތިޚާބަށް އިދިކޮޅުން ނެރޭ ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ ރަނިން މޭޓަކަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ހަގު އަނބިކަނބަލުން، އައިޝަތު ނަހުލާ (އައިޝާ) ހަމަޖައްސަން އެމްޑީޕީ އާއި އަދާލަތު ޕާޓީން ދެކޮޅެވެ.

06 ޖުލައި

July 06, 2018 49
ރަނިންމޭޓަކަށް އަންހެނަކު ބަލައިގަންނަން އަދާލަތަށް ދަތި

މި އަހަރުގެ ރިޔާސީ އިންތިޚާބަށް އިދިކޮޅުން އެއްބަސްވި ކެންޑިޑޭޓް، އެމްޑީޕީގެ އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ރަނިން މޭޓަކަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ން އަންހެން ބޭފުޅަކު ކަނޑައަޅައިފި ނަމަ، އެ ބޭފުޅަކު ބަލައިގަންނަން ދަތިވާނެ ކަމަށް އަދާލަތު ޕާޓީން މިރޭ ބުނެފި އެވެ.

03 ޖުލައި

July 03, 2018 40
ޖޭޕީން ރަނިންމޭޓަކު ކަނޑައެޅުން އަންނަ އަންގާރަ ދުވަހު

ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓު، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)އާ އެކު ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ޖުމްހޫރީ ޕާޓީގެ ރަނިން މޭޓަކު އަންނަ އަންގާރަ ދުވަހު ކަނޑައަޅާނެ ކަމަށް ޖުމްހޫރީ ޕާޓީން މިއަދު ބުނެފި އެވެ.

01 ޖުލައި

July 01, 2018 109
ލަހެއް ނުވެ ޖޭޕީން ރަނިން މޭޓަކު ކަނޑައަޅާނެ

ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓު، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)އާ އެކު ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ޖުމްހޫރީ ޕާޓީގެ ރަނިން މޭޓަކު ލަސްތަކެއް ނުވެ ކަނޑައަޅާނެ ކަމަށް އެ ޕާޓީގެ ނައިބު ލީޑަރު، ޑރ. ހުސެއިން ރަޝީދު ހަސަން މިއަދު ވިދާޅުވެއްޖެ އެވެ.

30 ޖޫން

June 30, 2018 85
އިބޫއާ އެކު ޖޭޕީން ރަނިންމޭޓަކަށް ނަގާނީ ކާކު؟

ރިޔާސީ އިންތިޚާބާ ގުޅޭ ގޮތުން އިއްޔެ އިއުލާންކުރީ، އިދިކޮޅު ކޯލިޝަންގެ ބޮޑު ނިންމުމެކެވެ؛ ރިޔާސީ ކެންޑިޑޭޓު ކަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ދޫކޮށްލައްވައި، ރައީސް ޔާމީން ބަލިކުރަން އެމްޑީޕީގެ ކެންޑިޑޭޓަކާއި ރަނިންމޭޓަކަށް ޖުމްހޫރީ ޕާޓީގެ ބޭފުޅަކު ނެރުމެވެ.

23 ޖޫން

June 23, 2018 41
"ސިޔާސީ ދާއިރާއަށް ނުކުތީ ސިޔާދަށް އަނިޔާ ދޭތީ"

ޖުމްހޫރީ ޕާޓީ (ޖޭޕީ) ކައުންސިލަށް ހޮވިވަޑައިގެންނެވި، އެޕާޓީގެ ވެރިޔާ ގާސިމް އިބްރާހީމްގެ ހަގު އަނބިކަނބަލުން އާއިޝަތު ނަހުލާ (އައިޝާ) ސިޔާސީ ދާއިރާއަށް ނުކުންނެވި ސަބަބު މިއަދު ހާމަކުރައްވައިފި އެވެ.

22 ޖޫން

June 22, 2018 16
ގާސިމްގެ އަނބިކަނބަލުން އައިޝާ ޖޭޕީގެ ކައުންސިލަށް

ޖުމްހޫރީ ޕާޓީ (ޖޭޕީ) ން މިއަދު ފަށާ ކޮންގްރެސްގައި އިންތިޚާބުކުރާ އެ ޕާޓީގެ ކައުންސިލަށް، ލީޑަރު ގާސިމް އިބްރާހީމްގެ ހަގު އަނބިކަނބަލުން އާއިޝަތު ނަހުލާ (އައިޝާ) ކުރިމަތިލައްވައިފި އެވެ.