11 އެޕްރީލް

April 11, 2017 87
މައުމޫންގެ އާއިލާ އަށް އަލީ ވަހީދު ފާޑުވިދާޅުވެއްޖެ

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެން އިސްލާހީ މަސައްކަތްޕުޅު ކުރައްވާއިރު، ސަރުކާރުގެ އިތުރުން އިދިކޮޅު ހަރަކާތުގައި ވެސް އެ މަނިކުފާނުގެ އާއިލާގެ ބޭފުޅުން ތިއްބެވުމަކީ އެ މަސައްކަތްޕުޅުގެ އިޚުލާސްތެރިކަމާ މެދު ސުވާލު އުފެދޭ ކަމަށް ވިދާޅުވެ، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދު ރޭ...

10 ފެބުރުއަރީ

February 10, 2017 21
ފުރަތަމަ ނަތީޖާއިން ހަސަނަށް 14،457 ވޯޓު

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ހަސަން ލަތީފް ހޮވުމަށް މިއަދު ބޭއްވި އިންތިހާބުގެ ފުރަތަމަ ނަތީޖާއިން އޭނާއަށް 14،457 ވޯޓު ލިބިވަޑައިގެންފި އެވެ.

February 10, 2017 12
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުކުރާ ވޯޓުލުން ފަށައިފި

އެމްޑީޕީން ހުސްވެފައިވާ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލައްވާފައިވާ އެ ޕާޓީގެ ގާނޫނީ ވަކީލު ހަސަން ލަތީފް އިންތިހާބުކުރަން ބާއްވާ ވޯޓު ލުން މިއަދު މާލެ އާއި ރަށްރަށުގެ އިތުރުން...

08 ފެބުރުއަރީ

February 08, 2017 21
ޖަމީލާއި އަލީ ވަހީދާ، އުމަރު ބައްދަލުކުރައްވައިފި

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބާ ގުޅޭގޮތުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު، ކުރީގެ ނައިބު ރައީސް އަދި އިދިކޮޅު އިއްތިހާދުގެ ލީޑަރު މުހައްމަދު ޖަމީލް އަހުމަދާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދާ އިނގިރޭސި ވިލާތުގައި މިއަދު ބައްދަލުކުރައްވައިފި އެވެ.

26 ޖެނުއަރީ

January 26, 2017 111
އިދިކޮޅު ހަމައެކަނި ކެންޑިޑޭޓަކީ "ތިމަން މަނިކުފާނު"

ރިއާސީ އިންތިޚާބަށް އަހަރެއްހާ ދުވަހަށް ވެފައިވާ އިރު، އެންމެން ވެސް ދައްކަނީ އިންތިޚާބުގައި ވާދަ ކުރާނެ ކެންޑިޑޭޓުންގެ ވާހަކަ އެވެ. އެއް ބަޔަކު ސުވާލު އުފައްދަނީ މިހާރު ވެރިކަމުގައި ހުންނެވި ރައީސް އަބްދުﷲ ޔާމީން ދެ ވަނަ ދައުރަކަށް އިންތިޚާބު ވެދާނެ ކަމާ މެދުގަ އެވެ. އަނެއް ބަޔަކު ސުވާލު އުފައްދަނީ ރައީސް ޔާމީނާ ވާދަ ކުރައްވާނެ...

19 ޖެނުއަރީ

January 19, 2017 5
ދިވެހި ފުޓްބޯޅައިގެ ތެރެއަށް ބަލަކް އެނބުރި އަންނަނީ؟

ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ އެކު ދިވެހި ފުޓްބޯޅައަށް ބޮޑެތި ބަދަލުތަކެއް ގެންނެވުމަށް ފަހު މިދިޔަ އަހަރު މަގާމުން އިސްތިއުފާ ދެއްވި އަލީ ވަހީދު (ބަލަކް) އެނބުރި ދިވެހި ފުޓްބޯޅައިގެ ތެރެއަށް އަންނަން އުޅޭ ކަމަށް އިތުބާރު ހުރި ގޮތަކަށް މައުލޫމާތު ލިބިއްޖެ އެވެ.

11 ޖެނުއަރީ

January 11, 2017 7
އެމްޑީޕީ ޗެއާޕާސަންގެ އިންތިހާބު ފަސްކޮށްފި

އެމްޑީޕީ އަށް ޗެއާޕާސަނެއް ހޮވަން ބާއްވާ އިންތިހާބު، އަންނަ މަހުގެ 10 ވަނަ ދުވަހަށް ފަސްކޮށްފި އެވެ.

January 11, 2017 26
އިންތިޚާބަކީ ކުޅިގަނޑެއް، ގެއްލުން ބޮޑު: އަލީ ވަހީދު

ލޯކަލް ކައުންސިލް އިންތިހާބުގެ ނަމުގައި ކުޅޭ "ކުޅިގަނޑެއްގައި" ބައިވެރިވުމުން ލިބޭނެ ގެއްލުން މާ ބޮޑުވާނެ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.

15 ޑިސެމްބަރ

December 15, 2016 9
ޗެއާޕާސަން ކަމަށް ކުރިމަތިލެއްވީ ހަސަން ލަތީފް އެކަނި

އެމްޑީޕީގެ ޗެއާޕާސަން ކަމުގެ މަގާމަށް ކުރިމަތިލުމުގެ މުއްދަތު އިއްޔެ ހަމަވި އިރު، އެ މަގާމަށް ކުރިމަތިލެއްވީ ކުރީގެ ޔޫތު މިނިސްޓަރު ހަސަން ލަތީފް އެކަނި ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.

08 ޑިސެމްބަރ

December 08, 2016 6
އެމްޑީޕީ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި

ހުސްވެފައިވާ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އެ ޕާޓީން އިއްޔެ ހުޅުވާލައިފި އެވެ.

30 ނޮވެމްބަރ

November 30, 2016 19
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ހަސަން ލަތީފް ކުރިމަތިލައްވަނީ

އެމްޑީޕީގެ ޗެއާޕާސަން ކަމުގެ މަގާމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރުގެ ޔޫތު މިނިސްޓަރު ހަސަން ލަތީފް ކުރިމަތިލެއްވުމަށް ނިންމަވައިފި އެވެ.

28 ނޮވެމްބަރ

November 28, 2016 33
ޗެއާޕާސަންގެ މަގާމުން އަލީ ވަހީދު އިސްތިއުފާ ދެއްވައިފި

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުންނާއި މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ)ގެ ނައިބު ލީޑަރު ކަމުން އަލީ ވަހީދު މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

20 އޮކްޓޯބަރ

October 20, 2016 34
ކެމްޕޭނަށް ނަޝީދު ވަޑައިގަންނަވާނެ: އަލީ ވަހީދު

ރައީސް އަބްދުﷲ ޔާމީން ކިތަންމެ މަސައްކަތްޕުޅެއް ކުރެއްވިއަސް އިނގިރޭސިވިލާތުގައި ތިއްބެވި ސިޔާސީ ލީޑަރުން އަތުނުވާނެ ކަމަށާއި 2018ގެ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖޭގެ ރަށްތަކަށް ދަތުރުފުޅު ކުރައްވާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ރޭ ވިދާޅުވެއްޖެ އެވެ.

17 އޮކްޓޯބަރ

October 17, 2016 40
އަލީ ވަހީދަށް ޓެރަރިޒަމްގެ ދައުވާކޮށްފި

މިދިޔަ އަހަރުގެ މެއި މަހު ކުރި މުޒާހަރާއާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައި، ދައުލަތުން ކްރިމިނަލް ކޯޓަށް މައްސަލަ ފޮނުވައިފި އެވެ.

05 އޮކްޓޯބަރ

October 05, 2016 4
އަލީ ވަހީދުގެ ސިޔާސީ ހިތުން ލޯބީގެ ޅެމެއް

"ހީލާ ގޮތުން، ބަލާލާ ގޮތުން މި ހިތް ހާދަ އެދެޔޭ ކަލާ ދެކިލުމަށް" މިއީ ލޯބީގެ ވާހަކަތަކެކެވެ. އެކަމަކު މި ވާހަަކަ ކިޔައިދެނީ މިހާރު ލަންޑަންގައި އުޅުއްވާ، އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދެވެ.

22 ސެޕްޓެމްބަރ

September 22, 2016 36
"އަލީ ވަހީދުގެ ޕާސްޕޯޓު ކެންސަލްކުރީ ގޮތް ހުސްވުމުން"

އިނގިރޭސިވިލާތުގައި ދިރިއުޅުއްވާ އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދުގެ ޕާސްޕޯޓު އިމިގްރޭޝަނުން ކެންސަލްކުރީ ސަރުކާރުން ހިންގަމުން ގެންދާ ބޮޑެތި ވައްކަންތަކާއި ފަސާދަ އާއި...

September 22, 2016 27
އަލީ ވަހީދާ އެކު ފަސް މީހެއްގެ ޕާސްޕޯޓު ކެންސަލްކޮށްފި

މިހާރު އިނގިރޭސިވިލާތުގައި ހުންނެވި، އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދާއި ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ކޮރަޕްޝަނުގެ މައްސަލައިގައި ތުހުމަތު ކުރެވޭ މުހައްމަދު އައްލާމު...

05 ސެޕްޓެމްބަރ

September 05, 2016 35
ނަޝީދު ލަންކާއިން ފުރާވަޑައިގެންފި

ރާއްޖެއާ ގުޅޭ މުހިއްމު ބައްދަލުވުންތަކަކަށް މީގެ ހަފުތާއެއްހާ ދުވަސް ކުރިން ސްރީ ލަންކާ އަށް ވަޑައިގެންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު އެ ގައުމުން ފުރާވަޑައިގެންފި އެވެ.

30 އޯގަސްޓް

August 30, 2016 38
ނަޝީދު ލަންކާގައި، ޖަމީލް އަދި ވަޑައެއްނުގަންނަވާ!

ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅޭ މުހިއްމު ބައްދަލުވުންތަކަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ސްރީ ލަންކާގައި އަދިވެސް ހުންނެވިއިރު ކުރީގެ ނައިބު ރައީސް އަދި އިދިކޮޅު އިއްތިހާދުގެ ލީޑަރު ޑރ. މުހައްމަދު ޖަމީލް އަހްމަދު އަދި ލަންކާ އަށް ވަޑައެއް ނުގަންނަވަ އެވެ.

24 އޯގަސްޓް

August 24, 2016 48
ކުރީގެ ރައީސް ނަޝީދު ލަންކާ އަށް ވަޑައިގެންފި

އިނގިރޭސިވިލާތުގެ ހިމާޔަތް ހޯއްދަވައިގެން ލަންޑަންގައި އުޅުއްވަމުން ގެންދަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ސްރީ ލަންކާ އަށް ވަޑައިގެންފި އެވެ.

16 އޯގަސްޓް

August 16, 2016 32
ޖަމީލް، އަލީ ވަހީދު، އަމީނަށް ވެސް ހިމާޔަތް ލިބިއްޖެ

ރާއްޖޭގައި ރައްކާތެރިކަން ނެތުމުން އަމިއްލަ އަށް އަރުވާލެއްވިގެން އިނގިރޭސިވިލާތުގައި ދިރިއުޅުއްވާ އިދިކޮޅު ތިން ލީޑަރަކަށް އިނގިރޭސި ސަރުކާރުން ހިމާޔަތް ދީފި އެވެ.

28 ޖޫން

June 28, 2016 13
"ޔޫކޭ އަށް ދިޔަ ގޮތަށް ނަޝީދު ކެންޑިޑެސީ ހޯއްދަވާނެ"

ދިގު މުއްދަތުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވަނިކޮށް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޭސްފަރުވާ އަށް އިނގިރޭސިވިލާތަށް ވަޑައިގެންނެވި ގޮތަށް 2018 ގެ ރިޔާސީ އިންތިހާބުގެ ކެންޑިޑެސީ ވެސް އެމަނިކުފާނު ހޯއްދަވާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ރޭ ވިދާޅުވެއްޖެ އެވެ.

19 ޖޫން

June 19, 2016 29
ރައީސް ހައްޔަރުކޮށް، ތުހުމަތުތައް ބަލަން އެދެނީ

"ވައްކަމާއި ހިޔާނާތާއި ނުފޫޒު ބޭނުންކުރައްވައިގެން ރައީސް އަބްދުﷲ ޔާމީން ހިންގެވި ކަމަށް ބުނާ "ޖަރީމާތަކު"ގެ މައްސަލަ ބަލައިދޭން އިދިކޮޅު އިއްތިހާދުން ފުލުހުންނަށް ހުށަހަޅާނެ ކަމަށް އެ އިއްތިހާދުގެ ނައިބު ލީޑަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.