19 މެއި

May 19, 2020 23
"އޮކްޓޫބަރުގައި އިގްތިސާދީ ހަރަކާތްތައް ފެށޭވަރުވާނެ"

މިހާރުގެ އަންދާޒާ އަކީ އޮކްޓޫބަރު މަހުގެ ރާއްޖޭގެ އިގްތިސާދީ ހަރަކާތްތައް އަލުން ފެށިގެން ދިއުން ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

18 މެއި

May 18, 2020 16
ކޮވިޑް-19: ވިލިވަރު އަލުން ތަރައްގީކޮށް ހަވާލުކޮށްފި

ކޮވިޑް-19 އަށް ޕޮޒިޓިވްވާ ބިދޭސީން ބައިތިއްބަން ޚާއްސަ ކުރަން ސަރުކާރުން ނިންމި ކ. ވިލިވަރު އަލުން ތަރައްގީކޮށް، އިއްޔެ ސަރުކާރާ ހަވާލުކޮށްފި އެވެ.

11 މެއި

May 11, 2020 63
"ޑޮލަރު ފޮއްޗެއްގެ ބޭނުމުގައި ބޯޑަރު ނުހުޅުވާނަން"

ޑޮލަރު ފޮއްޗެއްގެ ބޭނުމުގައި ރާއްޖޭގެ ބޯޑަރުތައް ނުހުޅުވާނެ ކަަމަށާއި ބޯޑަރު ހުޅުވާނީ، ސިއްހީ އިދާރާތަކުގެ އިރުޝާދުތަކާ އެއްގޮތަށް ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

27 އެޕްރީލް

April 27, 2020 49
ދުބާއީގައި ބޭއްވި ފެއާއަކަށް ދިޔަ މީހުން ހޯދަނީ

ކޮވިޑް-19 ރާއްޖޭގައި އާއްމުންގެ ތެރެއަށް ފެތުރެން ފަަށާފައި ވުމުން މިހާރު މިއޮތީ އެ ބަލީގެ އެންމެ ނުރައްކާތެރި ހާލަތު ކަމަށާއި މިއީ ކަަރަންޓީނުގައި ތިބޭ މީހުންނަށް ކާން ލިބޭ ތަކެތީގެ ފެންވަރާ މެދު ބަހުސް ކުރަންވީ ހާލަތެއް ނޫން ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.

22 މާޗް

March 22, 2020 15
ކަރަންޓީނަށް އެކި ރިސޯޓްތަކުން 2،288 އެނދު

ކޮވިޑް-19 ފެތުރުން ހުއްޓުވަން ކަރަންޓީން ކުރަން ޖެހޭ މީހުންނަށް ހާއްސަކޮށްގެން ނުވަ ރިސޯޓަކާއި ހޮޓަލަކުން 1،158 ރޫމް ހަމަޖެހިފައިވާ ކަމާއި އެއީ ޖުމްލަ 2،288 އެނދު ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.

17 މާޗް

March 17, 2020 10
ގެސްޓް ހައުސްތަކަށް ޓޫރިސްޓުން އައުން މަނާކޮށްފި

ރާއްޖޭގެ އެއްވެސް ގެސްޓް ހައުސްއަކަށް މިއަދު ހަވީރު 6:00 އިން ފެށިގެން 14 ދުވަސް ވަންދެން ޓޫރިސްޓުން އައުން މަނާކޮށްފި އެވެ.

16 މާޗް

March 16, 2020 20
ކޮވިޑް-19އަށް ނެގެޓިވްވި ކުއްޖާއަށް ހިލޭ ޗުއްޓީއެއް

މުޅި ދުނިޔޭގައި ހަލުއިކަމާ އެކު ކޮވިޑް-19 ފެތުރެން ފެށުމާ އެކު، އެ ބަލި ރާއްޖެ އަށް ވެސް އަންނާނެ ކަމަށް ގިނަ ބަޔަކު ލަފާކުރި އެވެ. އެކަމަކު ރާއްޖޭން އެ ބައްޔަށް އެންމެ ފުރަތަމަ ޝައްކު ކުރެވޭ މީހުންގެ ތެރޭގައި ތުއްތު މި ކުއްޖާ ހިމެނި، ދަރިފުޅު ކަރަންޓީނު ކުރާނެ ކަމަކަށް އޭނާގެ މައިންބަފައިން އުއްމީދެއް ނުކުރެ އެވެ.

15 މާޗް

March 15, 2020 41
ކޮވިޑް-19: ޓޫރިސްޓެއްގެ ތައުރީފު ރާއްޖެ އަށް

ރާއްޖެއިން ކޮރޯނާ ވައިރަހާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ފެނި ހައިރާންވެއްޖެ ކަމަށް ބުނެ، އެމެރިކާގެ ޓޫރިސްޓަކު ރާއްޖެ އަށް ވަރަށް ބޮޑަށް ތައުރީފުކޮށްފި އެވެ.

14 މާޗް

March 14, 2020 16
އިތުރު ތިން ގައުމަކުން މީހުން އައުން މަނާކޮށްފި

ކޮވިޑް-19 ފެތުރޭތީ މިރެއިން ފެށިގެން ސްޕެއިންގެ އެއްވެސް ސަރަހައްދަކުން ރާއްޖެއަށް މީހުން އައުން މަނާކުރުމަށާއި އަދި ޖަރުމަނާއި ފްރާންސްގެ ވަކި ސަރަހައްދުތަކަކުން މީހުން އައުން މަނާކުރުމަށާއި ރިސޯޓްތަކަށް ދަތުރުކުރުން މަނާކުރަން ސަރުކާރުން ނިންމައިފި އެވެ.

March 14, 2020 13
ވިލިވަރުގެ ޖާގަ އިތުރުކޮށް، ތިން ވަނަ ފެސިލިޓީ ހަދަނީ

ކޮރޯނާ ވައިރަސްއާ ގުޅިގެން ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ބޭނުން ކުރަމުން އަންނަ ކ. ވިލިވަރުގެ ކަރަންޓީން ފެސިލިޓީގެ ޖާގަ އިތުރުކޮށް، ކުރިން ރިސޯޓް ހިންގި ރަށެއް އިތުރު...

March 14, 2020 11
ސްޕޭން، ޖަރުމަން ވަކި ހިސާބުތަކުން މީހުން އައުން މަނާ

ސްޕޭނާި ޖަރުމަރުންގެ ވަކި ހިސާބުތަކުން ރާއްޖެއަށް ޓޫރިސްޓުން އައުން މިއަދުން ފެށިގެން މަނާކޮށްފި ކަމަށް، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ދާދި ދެންމެއަކު އިއުލާންކޮށްފި އެވެ.

09 މާޗް

March 09, 2020 20
އުގެއިލް: ވިލިވަރަކީ އެންމެ ރީތި ކަރަންޓީން ފެސިލިޓީ

ކޮރޯނާވައިރަސް ފެތުރޭތީ ދުނިޔޭގެ ބޮޑެތި ބައެއް ގައުމުތަކުގެ ސިޓީތައް ވެސް ކަރަންޓީ ކުރަމުން އަންނަ އިރު، ރާއްޖެ އިން ދައްކައިދެނީ އަދި މުޅިން އެހެން މަންޒަރެކެވެ: ކަރަންޓީކުރަން ވެސް ހިތްގައިމު ރީތި ރަށްރަށެވެ.

March 09, 2020 86
އިޓަލީ މީހާ ބަލިވެ ހުއްޓާ ފުރުވާލެވުނީ ކީއްވެ؟

ކޮރޯނާވައިރަސް އަށް ރާއްޖެ އިން ފުރަތަމަ ޕޮޒިޓިވްވި ދެ މީހުންގެ ހަށިގަނޑަށް އެ ވައިރަސް އެރި ސަބަބު ކަމަށް ބެލެވޭ އިޓަލީގެ ފަތުރުވެރިޔާގެ ހާލަތު ކަމާ ބެހޭ ރަސްމީ ފަރާތްތަކަށް...

March 09, 2020 23
އަލީ ވަހީދުގެ އުއްމީދީ ވާހަކަ: ޓޫރިޒަމް ކޮޅަށް ޖެހޭނެ

ޗައިނާގެ ޝެންހާއީގައި ޓްރާންސިޓް ކުރިއިރު، ޗައިނާ އިން އަންނަ އެއްވެސް މީހަކަށް ރާއްޖެ އެތެރެނުވެވޭ ގޮތަށް ސަރުކާރުން އެޅި ފިޔަވަޅު، މެކްސިކޯގެ އެ ދެމަފިރިންނަކަށް ނޭނގެ އެވެ....

08 މާޗް

March 08, 2020 11
ވިލިވަރުގައި 30 ކޮޓަރީގެ ކަަރަންޓީނު ފެސިލިޓީއެއް

ރިސޯޓެއް ހިންގުމަށް ފަހު ބަންދުކޮށްފައި އޮންނަތާ އެތައް އަހަރެއް ވެފައިވާ ވިލިވަރުގައި 30 ކޮޓަރީގެ ކަރަންޓީނު ފެސިލިޓީއެއް ހަދައިފި އެވެ.

March 08, 2020 44
ލޮޅުމެއް އަޔަސް ޓޫރިޒަމް އިންޑަސްޓްރީ ހިފަހައްޓާލެވޭނެ

ކޮވިޑް-19 ގެ ސަބަބުން ޓޫރިޒަމް އިންޑަސްޓްރީ އަށް ލޮޅުމެއް އަޔަސް، އިންޑަސްޓްރީ ހިފަހައްޓާލެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ދެންމެ ވިދާޅުވެއްޖެ އެވެ.

March 08, 2020 37
މިއީ އިރުޝާދާ އެއްގޮތަށް އަމަލުކުރަންވީ ވަގުތު: ރައީސް

ކޮވިޑް-19 އަށް ރާއްޖެ އިން ދެ މީހަކު ޕޮޒިޓިވް ވުމުން ސަރުކާރުން އިސްކަން ދިނީ ރައްޔިތުންނާ ހަމައަށް އެ ޚަބަރު ގެނެސްދީ ހަގީގަތް ހާމަކުރަން ކަމަށާއި ނަމަވެސް މިއީ ކަންބޮޑުނުވެ،...

07 މާޗް

March 07, 2020 33
ދޮޅު ގަޑިއިރު ކުރީ އެންމެ ސުވާލެއް: ތައްޔާރުތޯ؟

ކޮވިޑް-19 އަށް ޝައްކުވާ ބަޔަކު ފެނި، އެކަމާ ގުޅިގެން އެޅި ފިޔަވަޅުތައް ހާމަކުރަން ސަރުކާރުން ރޭ ބޭއްވި މުހިންމު ޕްރެންސް ކޮންފަރެންސްގައި ނޫސްވެރިންގެ ސުވާލުތައް އަމާޒުވި ގޮތުން...

March 07, 2020 13
އިޓަލީން މީހުން ރާއްޖެ އައުން މަނާކޮށްފި

ހަލުވިކަމާ އެކު ކޮވިޑް-19 ފެތުރެމުންދާ އިޓަލީން މީހުން ރާއްޖެ އައުން އާދިއްތަ ދުވަހުން ފެށިގެން މަނާ ކުރަން ސަރުކާރުން މިރޭ ނިންމައިފި އެވެ.

02 ފެބުރުއަރީ

February 02, 2020 64
ޗައިނާ އިން ރާއްޖެ އަށް މީހުން އައުން މަނާކޮށްފި

ޗައިނާގެ މެއިންލޭންޑުން ފުރައިގެން ސީދާ ރާއްޖެ އަންނަ މީހުންނާއި ޗައިނާގައި މަޑުކުރުމަށް ފަހު ރާއްޖެއަށް މީހުން ސީދާ އައުން މަނާކޮށް، ދިވެހި ސަރުކާރުން މިއަދު ޓްރެވަލް އެޑްވައިޒަރީއެއް ނެރެފި އެވެ.

February 02, 2020 15
ވައިރަސް ފެތުރުނަސް ރާއްޖެއަށް 24،000 އާ ބުކިން

އެކި ގައުމުތަކުގައި މިހާރު ފެތުރެމުންދާ ނޮވެލް ކޮރޯނާވައިރަސްއާ ގުޅިގެން، ރާއްޖެ އަންނަން މިދިޔަ މަހު ހެދި 11،000 އަށް ވުރެ ގިނަ ބުކިން ކެންސަލްވި ކަމަށާއި ނަމަވެސް 24،000 ބުކިން އަލަށް...

February 02, 2020 48
އާރަށް ވެސް ކަރަންޓީން ފެސިލިޓީއަކަށް

ރައީސަށް ހާއްސަކޮށްފައިވާ ކ.އާރަށް ވެސް، ކޮރޯނާވައިރަހަށް ޝައްކުވާ މީހުން ކަރަންޓީނުކުރާ ތަނެއްގެ ގޮތުގައި ބޭނުންކުރަން ހަމަޖައްސާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު...

30 ޖެނުއަރީ

January 30, 2020 40
ވައިރަހާ ގުޅިގެން ރާއްޖެ-ޗައިނާ ދަތުރުތައް ހުއްޓާލައިފި

ޗައިނާގައި ފެތުރެން ފެށި ކޮރޯނާވައިރަހުން ރައްކާތެރިވެ ތިބުމުގެ ގޮތުން، ޗައިނާ އިން ރާއްޖެ އަށް ސީދާ ދަތުރުތައް ކުރުން ހުއްޓާލަން ނިންމައިފި އެވެ.

29 ޖެނުއަރީ

January 29, 2020 21
ވައިރަހުން ސަލާމަތްވާން ތައްޔާރުވެވިއްޖެ: ސަރުކާރު

ހަލުވި ސްޕީޑުގައި ފެތުރެމުންދާ ކޮރޯނާވައިރަހުން ސަލާމަތްވުމަށް ވާންޖެހޭ ހުރިހާ ތައްޔާރީއެއް ރާއްޖޭގައި ވެފައިވާ ކަމަށް ސަރުކާރުން މިރޭ ބުނެފި އެވެ.

January 29, 2020 25
ވައިރަހާ ގުޅިގެން 2،000 ބުކިން ކެންސަލްކޮށްފި

ޗައިނާގައި ފެތުރެމުންދާ ކޮރޯނާ ވައިރަހާ ގުޅިގެން މިރެއާ ހަމައަށް 2،000 އަށް ވުރެ ގިނަ ބުކިން ކެންސަލް ކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިރޭ ވިދާޅުވެއްޖެ އެވެ.