13 ނޮވެމްބަރ

November 13, 2019 4
ރައީސަށް ގައުމީ ޓީމުގެ ޖޯޒީއެއް ހަދިޔާކުރައްވައިފި

ވޯލްޑް ކަޕާއި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި މާދަމާ ގަލޮޅު ދަނޑުގައި ފިލިޕީންސާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ގައުމީ ފުޓްބޯޅަ ޓީމުގެ ޖޯޒީއެއް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާއި ގައުމީ ޓީމު ކޮމިޓީގެ ޗެއާމަން އަދި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހަދިޔާކުރައްވައިފި އެވެ.

19 އޮކްޓޯބަރ

October 19, 2019 12
ކޮމިޓީގެ ދައުރާ މެދު އަލީ ވަހީދުގެ ބޮޑު އިތުބާރެއް

ގައުމީ ފުޓްބޯޅަ ޓީމުތަކުގެ ކަންކަމުގައި އެފްއޭއެމްގެ އެގްޒެކްޓިވް ކޮމިޓީ އަށް ލަފާދިނުމަށް އެކުލަވާލި ގައުމީ ޓީމުގެ ކޮމިޓީން ވެސް މަސައްކަތްކުރަންޖެހޭނީ ހުރިހާ އެންމެންގެ ބައިވެރިވުން ހިމެނޭގޮތަށް ކަމަށާއި އެ ފުރުސަތު ފަހިކޮށް ކައިރި މުސްތަގުބަލާއި ދުރުރާސްތާ ޕްލޭނަކާ އެކު ކުރިއަށްދާން ބޭނުންވާ ކަމަށް އެ ކޮމިޓީގެ ޗެއާމަން...

14 އޮކްޓޯބަރ

October 14, 2019 6
ގައުމީ ޓީމު ކޮމިޓީގެ ޗެއާމަނަކަށް އަލީ ވަހީދު

ގައުމީ ފުޓްބޯޅަ ޓީމުތަކުގެ ކަންތައްތަކުގައި އެފްއޭއެމްގެ އެގްޒެކްޓިވް ކޮމިޓީ އަށް ލަފާދިނުމަށް އެކުލަވާލި ފަސް މެމްބަރުންގެ ކޮމިޓީގެ ޗެއާމަންގެ މަގާމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހަމަޖައްސައިފި އެވެ.

26 ސެޕްޓެމްބަރ

September 26, 2019 20
ދެ މިނިސްޓަރުން އެފްއޭއެމަށް: ސުޒޭނުގެ ބަހުގެ ހަމަލާތަކެއް!

ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފާއި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ގައުމީ ފުޓްބޯޅަ ޓީމުގެ ކޮމިޓީގައި ބައިވެރިވެވަޑައިގަތުމަކީ އެހެން ކުޅިވަރުތަކަށް ވެވޭ ބޭއިންސާފެއް ކަމަށާއި އެކަމަކު ފުޓްބޯޅަ ރަނގަޅުކުރެވެން އޮތީ އެގޮތަށް ކަމަށް ވަންޏާ އެފްއޭއެމްގެ އެހެން ކޮމިޓީތަކަށް ވެސް ވަޒީރުން ލައްވަންވީ ކަމަށް ބުނެ...

14 މާޗް

March 14, 2019 29
ނަން ނެގި ކްލަބްތަކަށް މިނިސްޓަރުގެ ތުހުމަތެއް!

އެފްއޭއެމްގެ ލީޑާޝިޕުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ސޮއިކުރުމަށް ފަހު ނަން އަނބުރާ ނެގި ކްލަބްތަކުގެ އަމަލުތައް ހުރި ގޮތުން، އެކަމުގައި ނުރަނގަޅު ކަންތައްތަކެއް ހިނގާފައި އޮތްކަމަށް ތުހުމަތުކުރުމުގެ ޖާގަ އެބައޮތް ކަމަށް އެކްޓިން ސްޕޯޓްސް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

12 މާޗް

March 12, 2019 4
ސަރުކާރު ކުންފުނިތަކުގެ އެހީ ހުރިހާ އެސޯސިއޭޝަނަކަށް

ސަރުކާރުގެ ކުންފުނިތައް މެދުވެރިވެގެން ރާއްޖޭގެ ފުޓްބޯޅަ ކްލަބްތަކަށް މީގެ ކުރިން ދެމުން އައި މާލީ އެހީތެރިކަން މާ ފުޅާ ދާއިރާއެއްގައި، އެހެން ކުޅިވަރު އެސޯސިއޭޝަންތައް ވެސް ހިމަނައިގެން ފޯރުކޮށްދޭން ސަރުކާރުން ނިންމާފައިވާ ކަމަށް އެކްޓިން ސްޕޯޓްސް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

11 މާޗް

March 11, 2019 13
"އެފްއޭއެމުން ސަރުކާރު ބަދުނާމުނުކުރުން އެދެން"

އެފްއޭއެމްގެ ކަންތައްތައް ރަނގަޅުކުރުމަށް މިހާތަނަށް ކުރެވުނު މަސައްކަތުން އަލިމަގެއް ނުފެނި ވަނިކޮށް އެ އިދާރާ އިން ސަރުކާރު ބަދުނާމުވާ ގޮތަށް ވާހަކަ ނުދެއްކުމަށް އެކްޓިން ޔޫތު މިނިސްޓަރު އަލީ ވަހީދު މިއަދު ގޮވާލައްވައިފި އެވެ.

03 މާޗް

March 03, 2019 3
ފުޓްބޯޅައިގެ މައްސަލަތައް ހައްލުކުރަން ކޮމިޓީއެއް

އެފްއޭއެމްއާ ގުޅުން ހުރި މައްސަލަތަކެއް ބެލުމަށް ސްޕޯޓްސް މިނިސްޓްރީން ހެދި ކޮމިޓީއެއްގެ މައްސަލައިގައި އޭއެފްސީން އިންޒާރުދީ، އެ ކޮމިޓީގެ ހަރަކާތެއް ނެތިފައި އޮއްވާ، ވަގުތީ މިނިސްޓަރު އަލީ ވަހީދު، ދިވެހި ފުޓްބޯޅަ އަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް މިއަދު "ޑިސްޕިއުޓް ރިޒޮލިއުޝަން ކޮމިޓީ" ގެ ނަމުގައި ކޮމިޓީއެއް...

19 ފެބުރުއަރީ

February 19, 2019 10
ނިއު ސަސްޕެންޑްކުރީ ވޯޓް ނަގަން އުޅުމުން: އަލީ ވަހީދު

އެފްއޭއެމުން ނިއު ރޭޑިއަންޓް ސަސްޕެންޑްކުރީ އެ އެސޯސިއޭޝަނުގެ ވެރިންގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން އުޅުމުން ކަމަށް ގަބޫލުކުރައްވާ ކަމަށާއި އެ ސަސްޕެންޝަން އުވާލައި އިތުބާރު ނެތްކަމުގެ ވޯޓާ ކުރިމަތިލެއްވުމަށް އެފްއޭއެމުގައި އެދޭ ކަމަށް އެކްޓިން ސްޕޯޓްސް މިނިސްޓަރު އަދި ނިއުގެ ކުރީގެ ޗެއާމަން އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.