04 ޖޫން

June 04, 2020 4
ޓޫރިޒަމްގެ ކުރު ކޯސްތަކެއް ފެށުމާ މެދު މަޝްވަރާކޮށްފި

މުޅި ރާއްޖެއަށް އަމާޒުކޮށްގެން ޓޫރިޒަމް ދާއިރާގެ ކުރު މުއްދަތުގެ ޕްރޮގްރާމްތައް ފެށުމަށް ނައިބު ރައީސް ފައިސަލް ނަސީމް، ކަމާބެހޭ އިދާރާތަކާ މިއަދު މަޝްވަރާކުރައްވައިފި އެވެ.

27 މެއި

May 27, 2020 12
ކޮމަންވެލްތު ގައުމުތަކުގެ ޓޫރިޒަމް ހުޅުވާލުމަށް އެދިއްޖެ

ކޮމަންވެލްތުގެ ހުރިހާ ގައުމެއްގެ ޓޫރިޒަމް އަލުން ހުޅުވާލައި ރައްކާތެރިގޮތުގައި ޓޫރިޒަމް ދާއިރާ އަލުން ފަށައިގަތުމަށް ކޮމަންވެލްތުގެ އެހީ އަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު އެދިވަޑައިގެންފި އެވެ.

25 މެއި

May 25, 2020 27
މިއީ ޓޫރިސްޓުން އަތުން ޓެކްސް ނަގަންވީ ވަގުތެއް ނޫން

މިއީ ރަނގަޅު ވިސްނުމެއްގައި ޓޫރިސްޓުންނަށް ގައުމުތައް ހުޅުވާލަންވީ ވަގުތު ކަމަށާއި ޓޫރިސްޓުންގެ އަތުން ޓެކްސް ނަގަންވީ ވަގުތު ނޫން ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

24 މެއި

May 24, 2020 22
"ނިއު ނޯމަލް" އަށް އެއާޕޯޓް ތައްޔާރު: އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު މިވަގުތު އޮތީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމުން އަމަލުކުރަންޖެހޭ ނިއުނޯމަލްއަށް ތައްޔާރުވެފައި ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޑެޓް (އެމްއޭސީއެލް) އިން ބުނެފި އެވެ.

22 މެއި

May 22, 2020 27
ޓޫރިޒަމް ގައިޑްލައިންގައިވާ ފީތައް ނުނަގަން ނިންމައިފި

ރާއްޖޭގެ ޓޫރިޒަމް އަލުން ފެށުމަށް ޓޫރިޒަމް މިނިސްޓްރީން އެކުލަވާލައިފައިވާ ގައިޑްލައިނުގައި ހިމަނާފައިވާ ފީތައް ނުނަނަގަން އެ މިނިސްޓްރީން ނިންމައިފި އެވެ.

20 މެއި

May 20, 2020 10
"ސޭފް ޓޫރިޒަމް"ގެ ދެލިކޮޕީ މަޖިލީހަށް ވެސް ފޮނުވައިފި

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ނުވެ އޮންނަ ހާލަތުގައި ވެސް ރާއްޖޭގެ ޓޫރިޒަމް އަލުން ފެށުމަށް ޓަަކައި ޓޫރިޒަމް މިނިސްޓްރީން އެކުލަވާލައި އިންޑަސްޓްރީގެ ފަރާތްތަކަށް ފޮނުވާފައިވާ "ސޭފް ޓޫރިޒަމް"ގެ އުސޫލުތައްް ރައްޔިތުންގެ މަޖިލީހަށް ވެސް ފޮނުވައިފި އެވެ.

19 މެއި

May 19, 2020 26
ހާއްސަ ހުއްދަ ދޭ ކޮންމެ ޖެޓަކުން 50،000 ޑޮލަރު

ކޮވިޑް-19 އަށްް ވެކްސިނެއް ނުހޯދި، އެބަލި ފެތުރުން މުޅިން ނުހުއްޓޭ ހާލަތުގައި ރިސޯޓްތައް ހުޅުވަން ޖެހިއްޖެ ނަމަ ރައްކާތެރިވުމުގެ ގޮތުން އަމަލުކުރާނެ އުސޫލުތަކުގެ ދެލިކޮޕީއެއް...

May 19, 2020 23
"އޮކްޓޫބަރުގައި އިގްތިސާދީ ހަރަކާތްތައް ފެށޭވަރުވާނެ"

މިހާރުގެ އަންދާޒާ އަކީ އޮކްޓޫބަރު މަހުގެ ރާއްޖޭގެ އިގްތިސާދީ ހަރަކާތްތައް އަލުން ފެށިގެން ދިއުން ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

18 މެއި

May 18, 2020 16
ކޮވިޑް-19: ވިލިވަރު އަލުން ތަރައްގީކޮށް ހަވާލުކޮށްފި

ކޮވިޑް-19 އަށް ޕޮޒިޓިވްވާ ބިދޭސީން ބައިތިއްބަން ޚާއްސަ ކުރަން ސަރުކާރުން ނިންމި ކ. ވިލިވަރު އަލުން ތަރައްގީކޮށް، އިއްޔެ ސަރުކާރާ ހަވާލުކޮށްފި އެވެ.

11 މެއި

May 11, 2020 63
"ޑޮލަރު ފޮއްޗެއްގެ ބޭނުމުގައި ބޯޑަރު ނުހުޅުވާނަން"

ޑޮލަރު ފޮއްޗެއްގެ ބޭނުމުގައި ރާއްޖޭގެ ބޯޑަރުތައް ނުހުޅުވާނެ ކަަމަށާއި ބޯޑަރު ހުޅުވާނީ، ސިއްހީ އިދާރާތަކުގެ އިރުޝާދުތަކާ އެއްގޮތަށް ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު...

May 11, 2020 40
އިތުރު 35 މީހަކު ޕޮޒިޓިވްވެއްޖެ

ކުރިއަށް ދެ ތިން ދުވަހުގެ ތެރޭގައި ކުރިމަތިލަނީ، ކޮވިޑް 19ގެ ސާޖަށް ކަމަށާއި އެހެންވެ، އެކަމާ ބެހޭ ތައްޔާރުތައް އޮތީ ވެފައި ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ދެންމެ...

01 މެއި

May 01, 2020 34
"ޓޫރިޒަމް ޖުލައި މަހު ފެށޭނެކަމުގެ އުއްމީދު އެބައޮތް"

ރާއްޖޭގައި މި ވަގުތު ކޮވިޑް-19އާ ގުޅިގެން މިހާރު ކުރިމަތިވެފައިވާ ހާލަތުން އަރައިގަނެ އަންނަ ޖުލައި މަހު ބޯޑަރު ހުޅުވާލައިގެން ޓޫރިޒަމް ކުރިއަށް ގެންދެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިރޭ ވިދާޅުވެއްޖެ އެވެ.

29 އެޕްރީލް

April 29, 2020 7
ކަރަންޓީނަށް އުތުރާއި ދެކުނުން ދެ ރިސޯޓް ހަމަޖައްސައިފި

ކޮވިޑް-19 ގެ ސަބަބުން ކަރަންޓީން ކުރަން ޖެހޭ މީހުންނަށް ހާއްސަކޮށް ރާއްޖޭގެ އެންމެ އުތުރާއި ދެކުނުން ދެ ރިސޯޓް ހަމަޖައްސާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިރޭ ވިދާޅުވެއްޖެ އެވެ.

09 އެޕްރީލް

April 09, 2020 13
މިވަގުތު ރާއްޖޭގައި ތިބީ ހާހެއްހާ ޓޫރިސްޓުން

ކޮރޯނާވައިރަސްއާ ގުޅިގެން ކުރިމަތިވެފައިވާ އިގްތިސާދީ ދަތިތަކާ ހެދި، ރާއްޖޭގެ ގިނަ ރިސޯޓުތަކެއް ބަންދުކޮށްފައިވާ މި ދަނޑިވަޅުގައި، 27 ރިސޯޓެއްގައި ހާހެއްހާ ޓޫރިސްޓުން އެބަތިބި ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.

22 މާޗް

March 22, 2020 15
ކަރަންޓީނަށް އެކި ރިސޯޓްތަކުން 2،288 އެނދު

ކޮވިޑް-19 ފެތުރުން ހުއްޓުވަން ކަރަންޓީން ކުރަން ޖެހޭ މީހުންނަށް ހާއްސަކޮށްގެން ނުވަ ރިސޯޓަކާއި ހޮޓަލަކުން 1،158 ރޫމް ހަމަޖެހިފައިވާ ކަމާއި އެއީ ޖުމްލަ 2،288 އެނދު ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.

19 މާޗް

March 19, 2020 10
"އިސްކަން ދޭންވީ ކޮވިޑް-19 އިން އަރައިގަންނަން"

ރާއްޖޭގެ ޓޫރިސްޓް އެނދުތައް ފުރާލުމުގެ ބަދަލުގައި މި ދުވަސްވަރު އިސްކަންދޭންވީ ކޮވިޑް-19 އިން އަރައިގަންނަން ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.

17 މާޗް

March 17, 2020 19
އައިސޮލޭޝަނަށް މާލެ ސަރަހައްދުން 1،000 ކޮޓަރި

ކޮވިޑް-19 އަށް ޝައްކު ކުރެވޭ މީހުން އައިސޮލޭޓް ކުރުމަށް މާލެ ސަރަހައްދުން 1،000 ކޮޓަރި ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު...

March 17, 2020 10
ގެސްޓް ހައުސްތަކަށް ޓޫރިސްޓުން އައުން މަނާކޮށްފި

ރާއްޖޭގެ އެއްވެސް ގެސްޓް ހައުސްއަކަށް މިއަދު ހަވީރު 6:00 އިން ފެށިގެން 14 ދުވަސް ވަންދެން ޓޫރިސްޓުން އައުން މަނާކޮށްފި އެވެ.

16 މާޗް

March 16, 2020 20
ކޮވިޑް-19އަށް ނެގެޓިވްވި ކުއްޖާއަށް ހިލޭ ޗުއްޓީއެއް

މުޅި ދުނިޔޭގައި ހަލުއިކަމާ އެކު ކޮވިޑް-19 ފެތުރެން ފެށުމާ އެކު، އެ ބަލި ރާއްޖެ އަށް ވެސް އަންނާނެ ކަމަށް ގިނަ ބަޔަކު ލަފާކުރި އެވެ. އެކަމަކު ރާއްޖޭން އެ ބައްޔަށް އެންމެ ފުރަތަމަ ޝައްކު ކުރެވޭ މީހުންގެ ތެރޭގައި ތުއްތު މި ކުއްޖާ ހިމެނި، ދަރިފުޅު ކަރަންޓީނު ކުރާނެ ކަމަކަށް އޭނާގެ މައިންބަފައިން އުއްމީދެއް ނުކުރެ އެވެ.

15 މާޗް

March 15, 2020 41
ކޮވިޑް-19: ޓޫރިސްޓެއްގެ ތައުރީފު ރާއްޖެ އަށް

ރާއްޖެއިން ކޮރޯނާ ވައިރަހާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ފެނި ހައިރާންވެއްޖެ ކަމަށް ބުނެ، އެމެރިކާގެ ޓޫރިސްޓަކު ރާއްޖެ އަށް ވަރަށް ބޮޑަށް ތައުރީފުކޮށްފި އެވެ.

March 15, 2020 5
އެޗްއައިއެޗް ގައި ޓޫރިސްޓް ސަޕޯޓް ސެންޓަރެއް ހުޅުވައިފި

ހުޅުލޭ އައިލެންޑް ހޮޓެލް (އެޗްއައިއެޗް) ގައި ޓޫރިސްޓް ސަޕޯޓް ސެންޓަރެއް މިއަދު ހުޅުވައިފި އެވެ.

14 މާޗް

March 14, 2020 16
އިތުރު ތިން ގައުމަކުން މީހުން އައުން މަނާކޮށްފި

ކޮވިޑް-19 ފެތުރޭތީ މިރެއިން ފެށިގެން ސްޕެއިންގެ އެއްވެސް ސަރަހައްދަކުން ރާއްޖެއަށް މީހުން އައުން މަނާކުރުމަށާއި އަދި ޖަރުމަނާއި ފްރާންސްގެ ވަކި ސަރަހައްދުތަކަކުން މީހުން އައުން...

March 14, 2020 11
ސްޕޭން، ޖަރުމަން ވަކި ހިސާބުތަކުން މީހުން އައުން މަނާ

ސްޕޭނާި ޖަރުމަރުންގެ ވަކި ހިސާބުތަކުން ރާއްޖެއަށް ޓޫރިސްޓުން އައުން މިއަދުން ފެށިގެން މަނާކޮށްފި ކަމަށް، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ދާދި ދެންމެއަކު އިއުލާންކޮށްފި އެވެ.

09 މާޗް

March 09, 2020 20
އުގެއިލް: ވިލިވަރަކީ އެންމެ ރީތި ކަރަންޓީން ފެސިލިޓީ

ކޮރޯނާވައިރަސް ފެތުރޭތީ ދުނިޔޭގެ ބޮޑެތި ބައެއް ގައުމުތަކުގެ ސިޓީތައް ވެސް ކަރަންޓީ ކުރަމުން އަންނަ އިރު، ރާއްޖެ އިން ދައްކައިދެނީ އަދި މުޅިން އެހެން މަންޒަރެކެވެ: ކަރަންޓީކުރަން ވެސް ހިތްގައިމު ރީތި ރަށްރަށެވެ.

March 09, 2020 86
އިޓަލީ މީހާ ބަލިވެ ހުއްޓާ ފުރުވާލެވުނީ ކީއްވެ؟

ކޮރޯނާވައިރަސް އަށް ރާއްޖެ އިން ފުރަތަމަ ޕޮޒިޓިވްވި ދެ މީހުންގެ ހަށިގަނޑަށް އެ ވައިރަސް އެރި ސަބަބު ކަމަށް ބެލެވޭ އިޓަލީގެ ފަތުރުވެރިޔާގެ ހާލަތު ކަމާ ބެހޭ ރަސްމީ ފަރާތްތަކަށް...

March 09, 2020 23
އަލީ ވަހީދުގެ އުއްމީދީ ވާހަކަ: ޓޫރިޒަމް ކޮޅަށް ޖެހޭނެ

ޗައިނާގެ ޝެންހާއީގައި ޓްރާންސިޓް ކުރިއިރު، ޗައިނާ އިން އަންނަ އެއްވެސް މީހަކަށް ރާއްޖެ އެތެރެނުވެވޭ ގޮތަށް ސަރުކާރުން އެޅި ފިޔަވަޅު، މެކްސިކޯގެ އެ ދެމަފިރިންނަކަށް ނޭނގެ އެވެ....

08 މާޗް

March 08, 2020 11
ވިލިވަރުގައި 30 ކޮޓަރީގެ ކަަރަންޓީނު ފެސިލިޓީއެއް

ރިސޯޓެއް ހިންގުމަށް ފަހު ބަންދުކޮށްފައި އޮންނަތާ އެތައް އަހަރެއް ވެފައިވާ ވިލިވަރުގައި 30 ކޮޓަރީގެ ކަރަންޓީނު ފެސިލިޓީއެއް ހަދައިފި އެވެ.

March 08, 2020 44
ލޮޅުމެއް އަޔަސް ޓޫރިޒަމް އިންޑަސްޓްރީ ހިފަހައްޓާލެވޭނެ

ކޮވިޑް-19 ގެ ސަބަބުން ޓޫރިޒަމް އިންޑަސްޓްރީ އަށް ލޮޅުމެއް އަޔަސް، އިންޑަސްޓްރީ ހިފަހައްޓާލެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ދެންމެ ވިދާޅުވެއްޖެ އެވެ.