22 އެޕްރީލް

April 22, 2019
އެމެޒޯންގެ ޑްރައިވަރުން ސެލްފީ ނަގަން އަންގައިފި

މަޝްހޫރު އޮންލައިން ފިހާރަ އެމެޒޯން އިން ކަސްޓަމަރުން ގަންނަ މުދާ ފޯރުކޮށް ދިނުމުގައި އެ ކުންފުންނަށް ކޮންޓްރެކްޓަށް މަސައްކަތްކުރާ ބައެއް ޑެލިވަރީ ޑްރައިވަރުން މަކަރު ހަދާ މައްސަލަތަކެއް ފެންމަތިވެފައިވާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، މަސައްކަތަށް ނުކުތުމުގެ ކުރިން ޑްރައިވަރުން ސެލްފީ ނަގަން ޖެހޭ ގޮތަށް...

18 އެޕްރީލް

April 18, 2019
މައިކްރޮސޮފްޓް މިހާރު ދުވަނީ ވާދަވެރިންގެ ފަހަތުން

މައިކްރޮސޮފްޓަށް މިއިން ޒަމާނަކު ވެސް އާ ކަމެއް ކުރެވިފައެއް ނެތެވެ. ސާފަސް މަރުކާގެ ނޯޓްބުކްތަކަށް ފަހު، ހާޑްވެއާ އަކީ ވެސް އެ މީހުންނަށް އޮޅުކުރަން އެނގުނެ އެއްޗެއް ނޫނެވެ. މައިކްރޮސޮފްޓަށް މިހާރު ކުރެވޭހާ ވެސް ކަމަކީ ކޮޕީކުރެވޭތޯ ބެލުމެވެ. ވާދަވެރިންގެ ފަހަތުން ހިނގުމެވެ.

14 އެޕްރީލް

April 14, 2019
ޑިޒްނީގެ ސްޓްރީމިން ހިދުމަތް ނޮވެމްބަރުގައި

ސްޓްރީމިން ހިދުމަތުގެ ތެރެއަށް ނުކުންނަ ކުންފުނިތައް އިތުރުވެ، ވާދަވެރިކަން ބޮޑުވެފައި ވަނިކޮށް، މަޝްހޫރު ޑިޒްނީ ކުންފުނީގެ ސްޓްރީމިން ސާވިސް އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި ރަސްމީކޮށް ލޯންޗް ކުރަން ނިންމައިފި އެވެ.

07 އެޕްރީލް

April 07, 2019 1
މެކެންޒީ ބެޒޯސް އެންމެ މުއްސަނދި އަންހެނުންގެ ލިސްޓަށް

ދުނިޔޭގެ އެންމެ މުއްސަނދި މީހާ އަދި އެމެޒޯންގެ ވެރިޔާ ޖެފް ބެޒޯސްގެ އަންހެނުންނަށް ނުވުމަކުން މެކެންޒީ ބެޒޯސް އަށް މާ ބޮޑު ތަފާތެއް ނެތެވެ.

19 މާޗް

March 19, 2019
އަކްޝޭގެ "ދި އެންޑް" ތިން އަހަރަށް ދެމިގެން ދާނެ

ދާދި ފަހުން އެމެޒޯން ޕްރައިމް ވީޑިއޯ އިން ރަސްމީކޮށް އިއުލާންކުރި، އަކްޝޭ ކުމާރުގެ އަލަތު ވެބް ސީރީޒް "ދި އެންޑް" އަކީ ތިން އަހަރަށް ދެމިގެންދާ ގޮތަށް ތައްޔާރުކުރާ އެއްޗެއް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

11 މާޗް

March 11, 2019
އަކްޝޭ ވެބް ސީރީޒަކަށް ސޮއިކުރީ 90 ކްރޯޑަށް

އަކްޝޭ ކުމާރު ލީޑް ރޯލް ކުޅޭ ގޮތަށް މި މަހުގެ 5 ވަނަ ދުވަހު ލޯންޗް ކުރި އެމެޒޯން ޕްރައިމް ވީޑިއޯގެ ވެބް ސީރީޒް "ދި އެންޑް" އަށް އޭނާ ސޮއިކުރީ 90 ކްރޯޑް ރުޕީސްގެ ފީއަކަށް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

04 ފެބުރުއަރީ

February 04, 2019
އާ ގަވައިދާ އެކު އޮންލައިން ވިޔަފާރިތަކަށް ގެއްލުން

އިންޑިޔާއިން އަމަލުކުރަން ފެށި އާ ގަވައިދާ އެކު، އެމެޒޯނުން އެ ގައުމުގައި ވިއްކަމުން އައި ގިނަ ޕްރޮޑަކްޓްތަކެއް ވެބްސައިޓުން ނަގަން ޖެހިއްޖެ އެވެ.

February 04, 2019 2
އިންޑިއާގެ އާ ގަވައިދާ އެކު އެމެޒޯންއަށް މައްސަލަތަކެއް

އިންޑިއާގެ ކުދި ވިޔަފާރިތައް ހިމާޔަތްކުރަން ހެދި އާ ގަވައިދުގެ ސަބަބުން އޮންލައިން ވިޔަފާރީގެ މައި ކުންފުންޏެއް ކަަމަށްވާ އެމެޒޯންގެ ގިނަ އުފެއްދުންތަކެއް އޭގެ ސައިޓުން ނަގަން...

03 ފެބުރުއަރީ

February 03, 2019
އޯޑަރު ކުރީ ބުޅާ ކާނާ އަށް، ލިބުނީ ބަޑިއެއް

އޮންލައިން ފިހާރަތަކުން ކަސްޓަމަރުން އޯޑަރުކުރާ ތަކެތި ނޫން އެއްޗެހި ލިބުމަކީ ވަރަށް ގިނަ ފަހަރަށް ދިމާވާ މައްސަލައެކެވެ. ފޯނަކަށް އޯޑަރުކޮށްފި ނަމަ، ގާބުރިއެއް ނުވަތަ އިއަފޯނެއް ކަހަލަ އެއްޗެއް ލިބުނު ކަސްޓަމަރުން މަދެއް ނުވާނެ އެވެ.

17 ޖެނުއަރީ

January 17, 2019 8
އެމެޒޯންގައި ނާށި ވިއްކަނީ

ކާށި ބޭނުންކޮށްފައި އޭގެ ނާށި އެއްލައިލަންވީ އެވެ. އެކަމަކު މީގެ ބޭނުން ފައިދާހުރި ގޮތުގައި ހިފާ މީހުން ވެސް އެބަ އުޅެ އެވެ. އެގޮތުން، މަޝްހޫރު އޮންލައިން ފިހާރަ އެމެޒޯންގައި ވެސް ނާށި އެބަ ވިއްކަ އެވެ. އެހެންވެ ގިނަ ބައެއްގެ ސަމާލުކަން އެކަމަށް ވަނީ ލިބިފަ އެވެ.

13 ޖެނުއަރީ

January 13, 2019 1
އެމެޒޯންް ގޭމް ސްޓްރީމިންގެ ތެރެއަށް ވެސް ވަންނަނީ

އެމެޒޯންގެ ބާނީ ޖެފް ބެޒޯސްގެ ކައިވެނި ނިމުމަކަށް އަޔަސް ކުންފުނީގެ ކުރިމަގުގެ ޕްލޭންތަކަކަށް ނިމުމެއް ނާންނާނެ އެވެ. އެމެޒޯން އިން މިހާރު އަންނަނީ އަނެއްކާ ވެސް މުޅިން އާ ހިދުމަތެއް ތައާރަފުކުރަން ތައްޔާރުވަމުންނެވެ.

10 ޖެނުއަރީ

January 10, 2019 5
އެންމެ މުއްސަނދި މީހާގެ ކައިވެނި ނިމުމަކަށް

ދުނިޔޭގެ އެންމެ މުއްސަނދި މީހާ، އެމެޒޯންގެ ބާނީ އަދި އެ ކުންފުނީގެ ސީއީއޯ ޖެފް ބެޒޯސް އާއި މެކެންޒީގެ 25 އަހަރުވީ ކައިވެނި ނިމުމަކަށް ގެންނަން ނިންމިކަން އެ މީހުން އިއުލާނުކޮށްފި އެވެ.

02 ޖެނުއަރީ

January 02, 2019
2018ގެ އެންމެ އަގުހުރި ކުންފުންޏަކީ މައިކްރޮސޮފްޓް

އެމެރިކާގައި، އާންމުން ހިއްސާވާ ކުންފުނިތަކުގެ ތެރެއިން، އެންމެ އަގުހުރި ކުންފުޏަކަށް، އެންމެ ފުރަތަމާ ވާނެ ކަމަށް ބެލެވުނީ އެމެޒޯން އެވެ. މިއީ ޓެކްނޮލޮޖީ މަސްރަހު ދިރާސާކުރާ މީހުން އެމެޒޯންއާ މެދު ހީކުރި ގޮތެވެ. ނަމަވެސް، އެމެޒޯން އަށް ވުރެ ކުރިން އެ މަގާމު އެޕަލް ހޯދަފާނެ ކަމަށް ވެސް ގިނަ ބަޔަކަށް ބެލެވުނެވެ. މަސްރަހު...

01 ޖެނުއަރީ

January 01, 2019
މައިލީ އާއި ލިއަމްގެ ކައިވެނީގެ ފައިދާ އެމެޒޯނަށް

ބަތަލު ލިއަމް ހެމްސްވޯތާއި ލަވަކިޔުންތެރިޔާ މައިލީ ސައިރަސް މިދިޔަ ހަފުތާގެ ތެރޭގައި ކައިވެނި ކުރުމާ އެކު، އެންމެ ބޮޑު ފައިދާއެއްވީ ކޮން ބަޔަކަށްކަން އެނގޭ ހެއްޔެވެ؟ އެއީ ސްޓްރީމިން ކުންފުނި އެމެޒޯން ޕްރައިމް ވީޑިއޯ އެވެ.

21 ޑިސެމްބަރ

December 21, 2018
ގުރައެއް އެމެޒޯން އިން ވިޔަފާރިކޮށްފި

އިންސާނުން ބޭނުންކުރާ ލަފުޒުތައް ނަކަލުކުރާ ގުރައެއް ގެންގުޅުމަކީ ބައެއް ހާލަތްތަކުގައި ބޮލުގެ ރިހުމަކަށް ވެސް ވެދާނެ އެވެ.

20 ޑިސެމްބަރ

December 20, 2018 12
އުރީދޫން އެމޭޒަން ޕްރައިމްގެ ހިދުމަތް ތައާރަފްކޮށްފި

އެމޭޒަން ޕްރައިމް ވީޑިއޯގެ ޚިދުމަތް އުރީދޫން ރާއްޖެ އަށް މިރޭ ތައާރަފް ކޮށްފި އެވެ.

16 ޑިސެމްބަރ

December 16, 2018
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ތަރިން މިހާރު ވެބް ސީރީޒްތަކަށް ވެސް ފޯކަސް ކުރަމުން އަންނަ އިރު، އަނެއްކާވެސް މަޝްހޫރު ތަރިއަކު އޭގެ މަސައްކަތެއްގައި ސޮއިކޮށްފި އެވެ.

15 އޮކްޓޯބަރ

October 15, 2018
ކޮލްޑްޕްލޭގެ ޑޮކިއުމަންޓްރީ އެމެޒޯން އިން

އިނގިރޭސިވިލާތުގެ މަޝްހޫރު ބޭންޑް "ކޯލްޑްޕްލޭ" ގެ ޑޮކިއުމަންޓްރީ "އަ ހެޑް އޮފް ފުލް އޮފް ޑްރީމްސް" ސްޓްރީމިން ސާވިސް އެމެޒޯން ޕްރައިމް ވީޑިއޯ އިން ގެނެސްދޭން ނިންމައިފި އެވެ.

05 ސެޕްޓެމްބަރ

September 05, 2018 2
އެމެޒޯން ވެސް ޓްރިލިއަން ޑޮލަރުގެ ކުންފުންޏަކަށް

އެމެރިކާގެ މަޝްހޫރު އެޕަލް ކުންފުނި ޓްރިލިއަން ޑޮލަރުގެ ކުންފުންޏަކަށް ބަދަލުވިތާ މާ ގިނަ ދުވަހެއް ނުވަނީސް އެ ގައުމުގެ އެމެޒޯން ވެސް އެ ރޭހުން ޖާގަ ހޯދައިފި އެވެ.

16 އޯގަސްޓް

August 16, 2018
އިރްފާން އެމެޒޯންގެ "ގޯމިންޓް" ވެސް ދޫކޮށްލައިފި

ނާދިރު ބައްޔަކަށް ފަރުވާ ހޯދަން އިނގިރޭސިވިލާތަށް މިދިޔަ މާޗް މަހު ފުރުމުގެ ކުރިން އިރްފާން ހާން ކުޅެން ފަށާފައިވާ އޮތް އެމެޒޯން ޕްރައިމް ވީޑިއޯގެ ސީރީޒްގެ "ގޯމިންޓް" ވެސް އޭނާ ދޫކޮށްލައިފަ އެވެ.

19 ޖުލައި

July 19, 2018
މައިކްރޮސޮފްޓް އަދި ވޯލްމާޓް، އެމެޒޯން އާ ވާދަކުރަނީ

ކްލައުޑް ކޮމްޕިއުޓިން ދާއިރާގައި އެމެޒޯން އަށް އެންމެ ބޮޑު ވާދަވެރި އަކީ މައިކްރޮސޮފްޓެވެ. ރީޓެއިލް ވިޔަފާރީގައި އެންމެ ބޮޑު ވާދަވެރި އަކީ ވޯލްމާޓް އެވެ. މައިކްރޮސޮފްޓް އަދި ވޯލްމާޓް ގުޅިގެން މި ދެ ދާއިރާއިން އެމެޒޯންއާ ވާދަކުރުމަށްޓަކައި، ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއް އެކުލަވާލައިފި އެވެ.