21 އެޕްރީލް

April 21, 2018
އެމެޒޯންގެ މެމްބަރުންގެ އަދަދު 100 މިލިއަނަށް

އޮންލައިން ވިޔަފާރި އާއި ސްޓްރީމިން ފަދަ ހިދުމަތްތަކުގެ ތެރޭގައި އެމެޒޯންގެ ނުފޫޒު މިހާރު ވަރަށް ގަދަ އެވެ. އެކަމަކު މިހާތަނަށް ކަށަވަރުވެފައި ނެތް އެއްޗަކީ އެމެޒޯންގެ ހިދުމަތް ބޭނުންކުރާ މީހުންގެ އަދަދެވެ. މިއީ ވަރަށް ގިނަ ބަޔަކު ބަލައިލަން ވެސް ބޭނުންވެފައި އޮތް ކަމެއްގެ އިތުރަށް، އެމެޒޯން ކަހަލަ އެހެން ކުންފުނިތަކުން ވެސް...

19 އެޕްރީލް

April 19, 2018
އެމެޒޯންގެ ރިއަލިޓީ ޝޯއެއްގެ ހޯސްޓަކަށް ޝިލްޕާ ޝެޓީ

ފިލްމްތަކުން ޝިލްޕާ ޝެޓީ މިހާރު ނުފެނުނަސް އޭނާގެ ފޭނުން އެހާ މާޔޫސްއެއް މިހާރަކު ނުވެ އެވެ. ސަބަބަކީ ބައެއް ރިއަލިޓީ ޝޯތަކުގެ ޖަޖެއްގެ ގޮތުގައި އޭނާގެ ފަރިކަމާއި ޖާދޫ މިހާރު ވެސް ދައްކަމުން އަންނާތީ އެވެ.

17 އެޕްރީލް

April 17, 2018
"އޮކްޓޯބާ" ގެ ރައިޓްސް އެމެޒޯން އަށް ވިއްކާލައިފި

މިދިޔަ ހުކުރު ދުވަހު ރިލީޒް ކުރި ވަރުން ދަވަންގެ ފިލްމް "އޮކްޓޯބާ" ގެ ސެޓެލައިޓް އަދިި ޑިޖިޓަލް ރައިޓްސް އެމެޒޯން ޕްރައިމް އަށް ވިއްކާލައިފި އެވެ.

05 އެޕްރީލް

April 05, 2018 4
އެމެޒޯން އިން ފްލިޕްކާޓް ގަންނަނީ

އިންޑިއާގެ އެންމެ މަޝްހޫރު އެއް އޮންލައިން ފިހާރަ ކަމަށްވާ ފްލިޕްކާޓް ގަންނަން އެމެޒޯން އިން ހުށަހަޅައިފި އެވ.

28 މާޗް

March 28, 2018 1
"ޕަދްމާވަތު" އެމެޒޯން ޕްރައިމް ވީޑިއޯ އަށް

ދާދި ފަހުން ރިލީޒް ކުރި ސަންޖޭ ލީލާ ބަންސާލީގެ ތާރީހީ ލޯބީގެ ފިލްމް "ޕަދްމާވަތު" އިންޑިއާގެ މަޝްހޫރު ޗެނެލަކުން ގޭގެ ސިޓިން ރޫމްތަކަށް އަންނާނެ ކަމަށް އުންމީދުކޮށްގެން ތިބި މީހުންނަށް މިއީ އެހާ އުފާވެރި ހަބަރަކަށް ނުވެދާނެ އެވެ.

05 މާޗް

March 05, 2018
ވަޔަކޮމް ވެސް ސްޓްރީމިން އަށް ނުކުންނަނީ

އަންނަ އަހަރު ޑިިޒްނީން ވެސް ސްޓްރީމިން ސާވިސް އަށް ނުކުންނަން ތައްޔާރުވަމުން އަންނަ އިރު، މަޝްހޫރު އެހެން ކުންފުންޏަކުން ވެސް އެ ހިދުމަތުގެ ތެރެއަށް ނުކުންނަން ނިންމައިފަ އެވެ. އެއީ މިހާރު ވެސް މަލްޓިނެޝަނަލް ކުންފުންޏެއްގެ ގޮތުގައި ހިންގާ އެމެރިކާގެ ވަޔަކޮމް އެވެ. އެ ކުންފުނީގެ ދަށުގައި އެމްޓީވީ، ނިކޮލޯޑިއަން، ކޮމެޑީ...

28 ފެބުރުއަރީ

February 28, 2018 34
ސަރުކާރުގެ މޫނުމަތި ރީތިކުރަން މަހަކު 50،000ޑޮލަރު

އެމެރިކާގެ ސިޔާސީ މީހުންގެ ތެރޭގައި ދިވެހި ސަރުކާރުގެ ތަސައްވުރު ރަނގަޅުކޮށް، ސަރުކާރަށް ފަހިވާ ގޮތަށް މައުލޫމާތުތައް ފަތުރަން އެމެރިކާގެ ޕަބްލިކް ރިލޭޝަންސް ކުންފުންޏެއް...

February 28, 2018
މައިކްރޮސޮފްޓް، ޝޯމީ އޭއައި ޑިވައިސްތައް އުފައްދަނީ

އާޓިފިޝަލް އިންޓެލިޖެންސް ޑިވައިސްތައް އުފެއްދުމަށްޓަކައި، މައިކްރޮސޮފްޓް އަދި ޝޯމީ އެއްބަސްވުމެއްގައި ސޮއިކުރި ވާހަކަ އެބަ ދެކެވެ އެވެ. ބޭނުމަކީ އެޕަލް، ގޫގުލް އަދި އެމެޒޯން...

05 ނޮވެމްބަރ

November 05, 2017
"ލޯޑް އޮފް ދަ ރިންގްސް" ސިލްސިލާއެއްގެ ގޮތުގައި

ޑައިރެކްޓަރު ޕީޓާ ޖެކްސަންގެ ކާމިޔާބު ފެންޓަސީ/އެކްޝަން ފިލްމް "ލޯޑް އޮފް ދަ ރިންގްސް" ސިލްސިލާއެއްގެ ގޮތުގައި ބެލުންތެރިންނާ ހަމައަށް ގެނެސް ދޭން އަމާޒު ހިފައިފި އެވެ.

29 ޖުލައި

July 29, 2017
އެމެޒޯންގެ ފައިދާ 77 ޕަސެންޓް ދަށްވެއްޖެ

އެމެޒޯން އިން ވިޔަފާރި ފުޅާކުރުމަށް އިންވެސްޓް ކުރި މިންވަރު އިތުރުވުމާ ގުޅިގެން މި އަހަރުގެ ދެ ވަނަ ކުއާޓަރުގެ ފައިދާ 77 ޕަސެންޓް ދަށްވެއްޖެ އެވެ.

28 ޖުލައި

July 28, 2017 4
މިހާރު އެންމެ މުއްސަނދީ އެމެޒޯންގެ ސީއީއޯ ޖެފް ބޭޒޯސް

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ ލަގަބް އެމެޒޯންގެ ސީއީއޯ ޖެފް ބޭޒޯ އަށް ލިބިއްޖެ އެވެ.

21 ޖުލައި

July 21, 2017 1
ފޭސްބުކް މެސެންޖާ އާއި ވަޓްސްއެޕާ ވާދަޔަށް ނިކުންނަކީ

އޮންލައިން ވިޔަފާރީގައި މަޝްހޫރުކަން ހޯދާފައިވާ އެމެޒޯން އިން ފޭސްބުކް މެސެންޖާ އާއި އެ ކުންފުނީގެ ވަޓްސްއެޕާ ވާދަކުރުމަށް މުޅިން އާ މެސެޖިން އެޕްލިކޭޝަނެއް ތައްޔާރުކުރަން ފަށައިފި އެވެ.

22 ޖޫން

June 22, 2017
ސަލާމަތްވި ޕައިލެޓް ހެލިކޮޕްޓަރަށް ނަގަނިކޮށް މަރުވެއްޖެ

މަތިންދާބޯޓުގައި މައްސަލަ ޖެހި ބްރެޒިލްގެ އެމެޒޯން ޖަންގަންޔަށް ކްރޭޝް ލޭންޑިން ހެދި ޕައިލެޓް، އެ ހާދިސާއިން ސަލާމަތްވެފައި ވަނިކޮށް ބަލާ ދިޔަ ހެލިކޮޕްޓަރަށް އަރަން އުޅެނިކޮށް ވެއްޓި މަރުވެއްޖެ އެވެ.

04 މެއި

May 04, 2017
ޖެކްސަންގެ ދަރިފުޅު ޕެރިސް ފީޗާ ފިލްމަކަށް ސޮއިކޮށްފި

މަރުވެފައިވާ ޕޮޕް ލަވައިގެ ރަސްގެފާން މައިކަލް ޖެކްސަން އަންހެން ދަރިފުޅު ޕެރިސް ޖެކްސަން ފީޗާ ފިލްމަކަށް ސޮއިކޮށްފި އެވެ.

13 އެޕްރީލް

April 13, 2017
އެމެޒޯންގެ ޓީވީ ސިލްސިލާއެއް ހަދަން ކަބީރު ހާނަށް

އެމެޒޯން ޕްރައިމް ވީޑިއޯގެ ފިޔަގަނޑު ފުޅާކުރުމުގެ މަސައްކަތުގެ ތެރެއިން، ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ކަބީރް ހާނާ ހަވާލުކޮށްގެން ދެވަނަ ބޮޑު ހަނގުރާމައިގެ މައްޗަށް ސިލްސިލާއެއް ހަދަން ނިންމައިފި އެވެ.

16 ފެބުރުއަރީ

February 16, 2017 8
ގެއްލުނުތާ 5 އަހަރު ފަހުން ފެނުނީ އެމެޒޯން ޖަންގަލިން

ކެނެޑާގެ ވެންކޫވާގައި އުޅުނު އެންޓަން ޕިލިޕާ 2012 ވަނަ އަހަރު ކުއްލިއަކަށް ގެއްލުނެވެ. އޭނާ ހޯދުމުގެ މަސައްކަތް އެތައް އަހަރެއް ވަންދެން ކުރި ނަމަވެސް ނުފެނުނެވެ.

16 ޖެނުއަރީ

January 16, 2017 5
ގާންދީގެ ފޮޓޯ ޖެހި ފައިވާން ވެސް އެމެޒޮންގައި ވިއްކައިފި

އިންޑިއާގެ ގައުމީ ދިދައާ އެއްގޮތަށް ހަދާފައިވާ ފައިފުހިތަކެއް އޮންލައިން ފިހާރަ އެމެޒޮންގައި ވިއްކުމުން އިންޑިއާ ރުޅި ގަދަވެފައި ވަނިކޮށް އެ ގައުމުގެ މިނިވަންކަމުގެ ބާނީ މަހާތަމާ ގާންދީގެ ފޮޓޯ ޖެހި ފައިވާންތަކެއް ވެސް އެމެޒޮންގައި ވިއްކުމުން އިންޑިއާ އިތުރަށް ރުޅި ގަދަވެއްޖެ އެވެ.

12 ޖެނުއަރީ

January 12, 2017 1
އިންޑިއާގެ ދިދަ ކުރަހާފައިވާ ފައިފުހި އެމެޒޮންގައި

އިންޑިއާގެ ގައުމީ ދިދައާ އެއްގޮތަށް ހަދާފައިވާ ފައިފަހު، އޮންލައިން ފިހާރަ އެމޭޒޮންގައި ވިއްކުމުން އިންޑިއާގެ ފޮރިން މިނިސްޓަރު ނުރުހުން ފާޅުކުރައްވައިފި އިންޒާރު ދެއްވައިފި އެވެ.

04 ޖެނުއަރީ

January 04, 2017 3
އެމެޒޯން އިން ވައިގެ ތެރޭގައި ގުދަނެއް ހަދަނީ

ވައިގެ ތެރޭގައި ބާއްވައި އަދި އޭގައި ހުންނަ މުދާ ޑްރޯން ބޭނުންކޮށްގެން އުފުލޭ ގޮތަށް ގުދަނެއް އުފެއްދުމުގެ މަސައްކަތް އެމެޒޯން އިން ފަށައިފި އެވެ.

09 ޑިސެމްބަރ

December 09, 2016 1
ޑްރޯންޖެކިން: ޑްރޯންތައް ވަގަށް ނަގަނީ

މަތިންދާބޯޓެއް ހައިޖެކްކޮށްފި ކަމަށް ބުނެފި ނަމަ ވިސްނަންވީ ގޮތަކީ މިއީ އެވެ. ޕައިލެޓަށާއި ފަޅުވެރިންނަށް ބިރުދައްކައި، ވަކި ދިމާއަކަށް ބޯޓު ގެންދިއުމަށް ބަޔަކު މަސައްކަތްކުރަނީ އެވެ. ނުވަތަ އެ ބަަޔަކު ބޭނުން ކަމެއް ކުރުވުމަށްޓަކައި، ބޯޓުގައި ތިބ ދަތުރުވެރިން އިންސާނީ އައްޑަނައެއް ގޮތުގައި ބޭނުންހިފަނީ އެވެ.

08 ޑިސެމްބަރ

December 08, 2016 3
އެމޭޒަނުން ސޭޓު ނެތް ފިހާރަތައް ހުޅުވަނީ

އެމޭޒަނުން ވިޔަފާރީގައި އާ ތަޖުރިބާއެއް ކުރަން ތައްޔާރުވަނީ އެވެ. ބައްރުތަކުގައި ޚާއްސަކޮށް އެމެރިކާގައި އޮންލައިން ފިހާރަތައް ހިންގާ އެމޭޒަނުން ބުނި ގޮތުގައި ކައުންޓަރުގައި ސޭޓެއް، ކޭޝިއަރެއް ނެތް ރީޓެއިލް ފިހާރަތައް ހުޅުވަން ކުންފުނި އޮތީ ތައްޔާރަށެވެ.