21 ޑިސެމްބަރ

December 21, 2017
ސައޫދީ އަށް ފުރަތަމަ ފަހަރަށް އަންހެން ސަފީރެއް

ސައޫދީ އަރަބިއްޔާ އަށް ފުރަތަމަ ފަހަރަށް އަންހެން ސަފީރެއް ފޮނުވާ ގައުމަކަށް ބެލްޖިއަމް ވަރަށް އަވަހަށް ވެގެން ދާނެ ކަމަށް ބެލްޖިއަމްގެ ހަބަރު ފަތުރާ ވަސީލަތްތަކުން ބުނެފި އެވެ.

14 ޑިސެމްބަރ

December 14, 2017 11
ސަފީރުންނާ ގުޅުން ބަދަހިވުމުން ފައިދާކުރާނެ: އެމްޑީޕީ

އިންތިހާބުކޮށްފައިވާ ކައުންސިލަރުންނާއި ބޭރުގެ ސަފީރުންނާ ދެމެދު ގުޅުން ބަދަހިވުމަކީ މުހިއްމު ކަމެއް ކަމަށާއި އޭގެ ފައިދާ ރާއްޖެއަށާއި ދިވެހިންނަށް ލިބޭނެ ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.

17 ނޮވެމްބަރ

November 17, 2017 1
ޖިންސީ ގޯނާ ނެތް ދާއިރާއެއް ނެތް: އެންޖެލީނާ ޖޮލީ

މަސައްކަތް ކުރާ ހުރިހާ ދާއިރާއަކުން ވެސް އަންހެނުންނަށް އިހާނެތިކޮށް އަމަލުކުރުމާއި ޖިންސީ ފުރައްސާރަ ކުރިމަތިވާ ކަމަށް ހޮލީވުޑްގެ މަޝްހޫރު ބަތަލާ އެންޖެލީނާ ޖޮލީ ބުނެފި އެވެ.

11 ނޮވެމްބަރ

November 11, 2017 10
އދ. ގައި ރާއްޖެއިން ޒިންމާ އަދާކުރި: އާާސިމް

އދ.ގެ މެމްބަރު ގައުމެއްގެ ހައިސިއްޔަތުން ރާއްޖެ އިން ފުރިހަމައަށް ޒިންމާ އަދާކޮށްފައިވާ ކަމަށް ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް މިއަދު ވިދާޅުވެއްޖެ އެވެ.

30 އޯގަސްޓް

August 30, 2017
ލަންކާ ސަފީރަށް ހަނގުރާމައިގެ ޖަރީމާ ހިންގިކަމުގެ ތުހުމަތު

ސައޮ ޕޯލޯ (އޮގަސްޓް 30) - ލެޓިން އެމެރިކާ އަށް ސްރީ ލަންކާ އިން ކަނޑައަޅާފައި ހުންނަ ސަފީރު ޖަގަތު ޖަޔަސޫރިއާއާ ދެކޮޅަށް، ހަނގުރާމައިގެ ޖަރީމާ ހިންގާފައިވާ ކަމުގެ ތުހުމަތުގައި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތަކުން މައްސަލަ ހުށަހަޅާނެ ކަމަށް ބުނެ އެވެ.

25 އޯގަސްޓް

August 25, 2017 1
ރަޝިޔާ ސަފީރު ޕޫލުގައި އަވަހާރަވެފައި އޮއްވާ ފެނިއްޖެ

ޚަރުތޫމް (އޮގަސްޓް 25) - ސޫދާނަށް ކަނޑައަޅާފައި ހުންނަ ރަޝިޔާ ސަފީރު މިރްގަޔާސް ޝިރިންސްކީ ޚަރުތޫމުގައި ހުންނަ ސަފީރު ދިރިއުޅުއްވާ ގޭގެ ސްވިމުން ޕޫލުގައި އަވަހާރަވެފައި އޮއްވާ ފެނިއްޖެ އެވެ.

17 އޯގަސްޓް

August 17, 2017 1
ރައީސް ޔާމީންގެ ހާއްސަ ޝުކުރު ޗައިނާ ސަފީރަށް

ރާއްޖޭގައި މިހާރު ހިންގަމުން އަންނަ މައިގަނޑު މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ޗައިނާ ސަފީރު ވަންގު ފުކާންގެ ހާއްސަ ދައުރެއް އޮތްކަން ފާހަގަކުރައްވައި އޭނާއަށް ރައީސް އަބްދުﷲ ޔާމީން މިއަދު ޝުކުރު ދަންނަވައިފި އެވެ.

05 މާޗް

March 05, 2017 2
ނޯތު ކޮރެއާ ސަފީރު މެލޭޝިއާ އިން ބޭރުކޮށްލަނީ

ކުއާލަ ލަމްޕޫރު (މާޗް 5) - ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުންގެ ބޭބެގެ މަރާ ގުޅިގެން ކުރިއަށް ގެންދާ ތަހުގީގަށް ތަކުރާރުކޮށް ފާޑު ކިޔަމުން ގެންދާތީ ނޯތު ކޮރެއާ ސަފީރު ބޭރުކޮށްލަން މެލޭޝިއާ އިން ނިންމައިފި އެވެ.

21 ފެބުރުއަރީ

February 21, 2017 3
މަސައްކަތުގައި އުޅުއްވަނިކޮށް ރަޝިޔާ ސަފީރު އަވަހާރަވެއްޖެ

ޔުނައިޓެޑް ނޭޝަންސް (ފެބްރުއަރީ 21) - ނިއު ޔޯކުގައި ހުންނަ އދ.ގެ މައި މަރުކަޒުގައި މަސައްކަތުގައި އުޅުއްވަނިކޮށް، ރަޝިޔާ އިން އދ. އަށް ކަނޑައަޅާފައި ހުންނަ ސަފީރު ވިޓަލީ ޗޫރްކިން އަވަހާރަވެއްޖެ އެވެ.

20 ފެބުރުއަރީ

February 20, 2017 2
ކިމްގެ މަރާ ގުޅިގެން ނޯތު ކޮރެއާ ސަފީރު ހާޒިރުކޮށްފި

ކުއާލަ ލަމްޕޫރު (ފެބްރުއަރީ 20) - ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުންގެ ބޭބެ ކިމް ޖޮން-ނަމް މެލޭޝިއާ އެއާޕޯޓުގައި މަރާލި މައްސަލައިގެ ތަހުގީގާ ގުޅިގެން ޕިއޮންޔަން އިން ފާޑުކިޔާތީ ނޯތު ކޮރެއާގެ ސަފީރު މެލޭޝިޔާގެ ފޮރިން މިނިސްޓްރީ އަށް ހާޒިރުކޮށްފި އެވެ.

16 ފެބުރުއަރީ

February 16, 2017
ބޮމުގެ ހަމަލާގައި ޒަޚަމްވި ޔޫއޭއީގެ ސަފީރު އަވަހާރަވެއްޖެ

ދުބާއީ (ފެބްރުއަރީ 16) - އަފްޣާނިސްތާނުގެ ކަންދަހާރުގައި މިދިޔަ މަހު ދިން ޖާނުންފިދާވުމުގެ ބޮމުގެ ހަމަލާގައި ޒަޚަމްވި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ސަފީރު އަވަހާރަވެއްޖެ އެވެ.

31 ޑިސެމްބަރ

December 31, 2016 1
ގްރީކު ސަފީރު މަރާލީ އޭނާގެ އަންހެނުންގެ ލޯބިވެރިޔާ

ރިއޯ ޑި ޖެނީރޯ (ޑިސެމްބަރު 31) - ގްރީކް ސަފީރު ކިރިއަކޮސް އަމިރިޑިއަސް މަރާލީ އޭނާގެ ހުވަފަތް އަންހެނުން ފްރެންކޮއިސް ޑި ސޫޒާ އޮލިވެއިރާގެ ލޯބިވެރިޔާ އަދި ފުލުސް އޮފިސަރެއް ކަމަށްވާ...

December 31, 2016 2
ސަފީރުގެ މަރާގުޅިގެން ހުވަފަތް އަނބިމީހާ ހައްޔަރުކޮށްފި

ރިއޯ ޑި ޖެނީރޯ (ޑިސެމްބަރު 31) - ގްރީކް ސަފީރުގެ މަރުގެ ތުހުމަތާ ގުޅިގެން އޭނާގެ ހުވަފަތް އަނބިމީހާ އާއި ފުލުހުންގެ އޮފިސަރަކާއި އިތުރު މީހަކު ބްރެޒިލް ފުލުހުން ހައްޔަރުކޮށްފި އެވެ.

26 ޑިސެމްބަރ

December 26, 2016 4
ގަރާރު ވީޓޯ ނުކުރުމުން އެމެރިކާ ސަފީރު ހާޒިރުކޮށްފި

ތެލް އަވީވް (ޑިސެމްބަރު 26) - ހުޅަނގު އައްސޭރީގައި ޔަހޫދީންނަށް ގެދޮރު އަޅައިދިނުމުގެ މަޝްރޫއު ވަގުތުން ހުއްޓާލުމަށް ސަލާމަތީ މަޖިލީހުން ފާސްކުރި ގަރާރު އެމެރިކާ އިން ވީޓޯކޮށްފައި ނުވާތީ އެކަމުގެ ރުޅީގައި އެމެރިކާ ސަފީރު، ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫގެ އަމުރަށް ޚާރިޖީ ވުޒާރާ އަށް ހާޒިރުކޮށްފި އެވެ.

20 ޑިސެމްބަރ

December 20, 2016 18
ސަފީރު އަވަހާރަކޮށްލި މަންޒަރު ފޮޓޯ ނެގި މީހާގެ ވާހަކަ

އަންކާރާ (ޑިސެމްބަރު 20) - ތުރުކީގައި އޮތް ފޮޓޯ މައުރަޒެއް ހުޅުވަން ވާހަކަ ދައްކަވަން ހުންނަވަނިކޮށް ތުރުކީ ފުލުހުންގެ މީހަކު ބަޑިޖަހާ ރަޝިޔާ ސަފީރު އަވަހާރަކޮށްލި މަންޒަރުގެ ފޮޓޯތައް ވަނީ އެސޯސިއޭޓެޑް ޕްރެސްގެ ފޮޓޯގްރާފަރެއް ކަމަށްވާ ބުރުހާން އޮޒްބުލިސީ ނަގައިފަ އެވެ.

19 ޑިސެމްބަރ

December 19, 2016 25
ރަޝިޔާ ސަފީރުގެ ގަޔަށް ބަޑިޖަހައި އަވަހާރަކޮށްލައިފި

އަންކާރާ (ޑިސެމްބަރު 19) - ރަޝިޔާ އިން ތުރުކީ އަށް ކަނޑައަޅާފައި ހުންނަ ސަފީރު އަންދުރޭ ކަރްލޯފްގެ ހަށިކޮޅަށް ބަޑިން ހަމަލާދީ އޭނާ މިރޭ އަވަހާރަކޮށްލައިފި އެވެ.

16 ޑިސެމްބަރ

December 16, 2016 7
ދިވެހި ސަފީރަށް ޗައިނާގެ ފޮޓޯ މުބާރާތަކުން ދެ ވަނަ

ޗައިނާގެ ވެރިރަށް ބެއިޖިންގައި ބޭއްވި ފޮޓޯ ނެގުމުގެ މުބާރާތަކުން އެ ގައުމުގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ފައިސަލްއަށް ދެ ވަނަ ލިބިވަޑައިގެންފި އެވެ.

December 16, 2016 1
އިޒްރޭލުގެ ސަފީރަކަށް ހަރުކަށި ޚިޔާލުގެ ބޭފުޅަކު ޓްރަމްޕް ހަމަޖައްސައިފި

ނިއު ޔޯކް (ޑިސެމްބަރު 16) - އެމެރިކާ އިން އިޒްރޭލަށް ކަނޑައަޅާ ސަފީރުގެ މަގާމަށް ފަލަސްތީނަށް ސުލްހަ ހޯދުމާ ދެކޮޅު ހަރުކަށި ޚިޔާލުގެ ބޭފުޅަކު ހަމަޖައްސައިފި އެވެ.

23 ނޮވެމްބަރ

November 23, 2016
އދ.ގެ ސަފީރު ކަމަށް އިންޑިއާ ދަރިކޮޅު މީހަކު

ނިއު ޔޯކް (ނޮވެމްބަރު 23) - އެމެރިކާ އިން އދ. އަށް ކަނޑައަޅާފައި ހުންނަ ސަފީރުގެ މަގާމަށް އިންޑިއާ ދަރިކޮޅުގެ މީހަކު ޑޮނަލްޑް ޓްރަމްޕް ހަމަޖައްސައިފި އެވެ.

16 ސެޕްޓެމްބަރ

September 16, 2016 7
އިނގިރޭސި ސަފީރު އިސްލާމްވެ ހައްޖު ވެސް ކޮށްފި

މައްކާ (ސެޕްޓެމްބަރު 16) - ސައުދީ އަރަބިއާ އަށް ކަނޑައަޅާފައި ހުންނަ އިނގިރޭސި ސަފީރު އިސްލާމްވެ މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކޮށްފި އެވެ.

06 ސެޕްޓެމްބަރ

September 06, 2016 1
ލަންކާ ސަފީރަށް ހަމަލާދީގެން ފަސް މީހުން ހައްޔަރުކޮށްފި

ކުއާލަ ލަމްޕޫރު (ސެޕްޓެމްބަރު 6) - ކުއާލަ ލަމްޕޫރު އިންޓަނޭޝަނަލް އެއާޕޯޓުގައި ސްރީ ލަންކާގެ ސަފީރަށް ހަމަލާ ދީގެން ފަސް މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.