28 ނޮވެމްބަރ

November 28, 2016 4
މައިކްރޮސޮފްޓުން އެންޑޮރޮއިޑަށް އިތުރަށް ފަސޭހަކޮށްދީފި

އެންޑްރޮއިޑް އަކީ ގޫގުލްގެ އަމިއްލަ މޮބައިލް އޮޕަރޭޓިން ސިސްޓަމެކެވެ. އެކަމަކު ގޫގުލުން އެންޑްރޮއިޑަށް އުފައްދާ އެޕްލިކޭޝަންތަކަށް ވުރެ، އައިފޯނަށް އުފައްދާ އެޕްލިކޭޝަންތަކުގެ ފެންވަރު ރަނގަޅެވެ. ފެންނަ ގޮތް ވެސް މުޅިން ތަފާތެވެ. އޮމާންވެފައި ބޭނުންކުރަން ވެސް އެހާ ފަސޭހަ އެވެ. އިންޓަނެޓް ފޯރަމްތަކުގައި މިއީ ވަރަށް ގިނައިން...

24 ނޮވެމްބަރ

November 24, 2016
ނޮކިއާ އަލުން ސްމާޓްފޯން މާކެޓަށް

ސްމާޓްފޯން މާކެޓަށް އަންނަ އަހަރު ނޮކިއާ އަލުން ވަންނާނެކަން ކަށަވަރުވެއްޖެ އެވެ. އެ ކުންފުނިން ވަނީ އެކަމާ ގުޅޭ ގޮތުން ވާހަކަދައްކާފަ އެވެ. އެންޑްރޮއިޑް ސްމާޓްފޯން އުފައްދަން ތައްޔާރު ކަމަށް ބުނެފި އެވެ.

21 ނޮވެމްބަރ

November 21, 2016
ގޫގުލް އަށް ކުއިކް ޗާޖިން ކަމުނުދަނީތަ؟

ސްމާޓްފޯން ބެޓެރީ ޗާޖުކުރަން "ކުއިކް ޗާޖިން ޓެކްނޮލޮޖީ" ބޭނުންކުރުމަކީ ގޫގުލް އަށް ރުހެވޭ ކަމަށް ނުވެ ވެސް ދާނެ އެވެ. ކުއިކް ޗާޖިންއާ ބެހޭ ގޮތުން ގޫގުލުން ދައްކާ ވާހަކައިގެ ރާގު ހުރީ "އެންޑްރޮއިޑް ސްމާޓްފޯންތައް ކުއިކް ޗާޖަރަށް ނުޖަހާށޭ" ބުނާ ކަހަލަ ގޮތަކަށެވެ. އެކަމަކު ބޭނުންކުރާ މީހުންގެ މެދުގައި އެހާ މަގުބޫލު ކަމަކަށް، ގޫގުލް...

20 ނޮވެމްބަރ

November 20, 2016 1
ނޯޓް 7 އެނދިޔަސް އެޕަލް އާއި ގޫގުލް އަށް މޮޅެއްނުވި

ގެލަކްސީ ނޯޓް 7 އަށް ދިމާވި ހާދިސާއިން އެޕަލް އާއި ގޫގުލް ރަނގަޅު ފައިދާއެއް ނަގާނެ ކަމަށް ބެލެވުނު ނަމަވެސް އެކަން އެ ގޮތަށް ނުވި ކަމަށް މާކެޓް ދިރާސާ ފާމް، ގާޓްނާ ބުނެފި އެވެ. ސެމްސަންގް އަށް ކުރިމަތިވި ހިތާމަވެރި ހާދިސާއިން އެންމެ ރަނގަޅު ފައިދާއެއް ހޯދީ ޗައިނާ ސްމާޓްފޯން ކުންފުނިތަކުން ކަމަށް ވެސް ވަނީ ބުނެފަ އެވެ.

18 ނޮވެމްބަރ

November 18, 2016
ބައެއް ފޯނުތަކަށް ވަޓްސްއެޕް އަޕްޑޭޓް ހުއްޓާލަނީ

ވަޓްސްއެޕަށް ގެންނަ ޒަމާނީ ބަދަލުތަކާ އެއްވަރަށް ހިދުމަތް ނުދެވޭ މޮބައިލް އޮޕަރޭޓިން ސިސްޓަމްތަކަށް ސަޕޯޓް ނުދޭން ނިންމައިފި އެވެ. އެހެން ނަމަވެސް، ހެޔޮވަރު އާބާދީއެއް ބޭނުންކުރާ ނަމަ އެ އޮޕަރޭޓިން ސިސްޓަމަކަށް ނުވަތަ ޑިވައިސްއަކަށް، ވަކި މުއްދަތަކަށް ޚިދުމަތް ދޭނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

16 ނޮވެމްބަރ

November 16, 2016 2
މޮބައިލް އޮޕަރޭޓިން ސިސްޓަމްތަކުގެ ވާދަވެރިކަން

އެންމެ ބާރުގަދަ މޮބައިލް އޮޕަރޭޓިން ސިސްޓަމަކީ ކޮބައިތޯ އަހައިފި ނަމަ ބޮޑު މައްސަލައަކަށް ވާނެ އެވެ. އެކަށީގެން ވަނީ ދެ މީހަކަށް އެއް ޖަވާބަކަށް އެއްބަސްނުވެވުމެވެ. ޝައުގުވެރިކަން ކަފިވުމުގެ ސަބަބުންނެވެ. ސްމާޓްފޯން މާކެޓްގައި އެންމެ ގިނައީ އެންޑްރޮއިޑް ފޯނެވެ. މާނަ އަކީ އެންމެ ބާރުގަދަ މޮބައިލް އޮޕަރޭޓިން ސިސްޓަމަކަށް...

15 ނޮވެމްބަރ

November 15, 2016 4
އެންޑްރޮއިޑް 7.0، ނޫގެޓް އަށް ފަނޑު ތަރުހީބެއް

ގޫގުލުން އެންޑްރޮއިޑް 7.0، ނޫގެޓް އާންމުކުރީ އޯގަސްޓް މަހު އެވެ. އެކަމަކު ސްމާޓްފޯނުތައް އުފައްދާ ކުންފުނިތަކުން ނޫގެޓްއާ ހެދި އުޅޭތީއެއް ނުފެނެ އެވެ. އަހަރު ނިމެން ކުޑަތަންވެފައި ވާއިރު ވެސް، އެންޑްރޮއިޑް 7.0، ނޫގެޓް ސްޓޮކް ރޮމް ފޯނުތަކެއް އާންމެއް ނުވެ އެވެ. ނޫގެޓް އަށް އޮތް ތަރުހީބު އެހައި ވެސް ކުޑަ އެވެ.

13 ނޮވެމްބަރ

November 13, 2016
ފަހު ނޭވާގައި ބްލެކްބެރީން ކީބޯޑް ފޯނެއް

ބްލެކްބެރީން ސްމާޓްފޯނެއް ދެން ނުއުފައްދާނެ އެވެ. އެހެން ނަމަވެސް، ސީއީއޯ، ޖޯން ޗެން އަށް ވަނީ ވައުދެއް ފުއްދަން ޖެހިވަޑައިގެންފަ އެވެ. އެއީ ބްލެކްބެރީން އުފައްދާ އެންމެ ފަހު ފޯނަކީ "ފިޒިކަލް" ކީބޯޑް ފޯނަކަށް ވުމެވެ. ސަޕޯޓަރުންނާއި ވަފާތެރިން ތިބީ އެކަމަށް ކެތްވަދުވެފަ އެވެ.

05 ނޮވެމްބަރ

November 05, 2016
އެޗްޓީސީ އަށް ހެޔޮ ބަދަލުތަކެއް އަތުވެދާނެ

އެޗްޓީސީ އަށް ވިޔަފާރިން ފައިދާއެއް ނުހެދި ދެ އަހަރު ފާއިތުވެއްޖެ އެވެ. އުފުލަން ޖެހިފައި އޮތް ބޮޑު ދަރަނީގެ ސަބަބުން ހަށިފުރާ ނޭވާލެވޭ ވަރު ވެސް ވަނީ ނުވެފަ އެވެ. ނަމަވެސް، މާކެޓް ދިރާސާކުރާ ފާމްތަކުން ބުނާ ގޮތުގައި، މި އަހަރުގެ ތިން ވަނަ ކްއާޓަރުގައި ރަނގަޅު މުއާމަލާތުތަކެއް އެޗްޓީސީ ކޮށްފައި ވެ އެވެ.

25 އޮކްޓޯބަރ

October 25, 2016 3
ގޫގުލް ޕިކްސެލް ފެނުއަޑީގައި، އެއްގަޑިއިރު

ގޫގުލް ޕިކްސެލް ފޯނަކީ ފެން ނުވަންނަ ފޯނެއް ނޫނެވެ. މި ބުނީ އެއީ ފެން ނުވަންނަ ފޯނެއް ގޮތުގައި ގޫގުލުން ނުބުނާ ވާހަކަ އެވެ. ޕިކްސެލް ފޯނުތައް މާކެޓްކުރުމުގައި ވެސް ގޫގުލުން އެ ވާހަކައެއް ނުދައްކަ އެވެ.

19 އޮކްޓޯބަރ

October 19, 2016 3
ވާވޭ މޭޓް 9، ގެލަކްސީ ނޯޓް 7ގެ ހިޔަނީގައި

ބިޔަ ފޯނެއް ނުނެރެވިގެން ވާވޭ ތެޅިފޮޅެނީ އެވެ. ސަބަބެއް ވެސް އޮންނާނެ އެވެ. ގެލަކްސީ ނޯޓް 7 އަށް ލިބުނު ގެއްލުމަކީ ވާދަވެރިންނަށް ރަނުގެ ފުރުސަތަކަށް ވެއްޖެ އެވެ. މި އަށް ވުރެ ވަކިން ރަނގަޅު ފުރުސަތެއް ލިބޭނެ ކަމަށް ތިބޭނެ ކަމެއް ނެެތެެވެ.

18 އޮކްޓޯބަރ

October 18, 2016 9
ކަސްޓަމައިޒް ކުރެވޭ ގޮތަށް "މިހާރު" އެންޑްރޮއިޑަށް

އެންޑްރޮއިޑް ފޯނު ބޭނުންކުރާ ފަރާތްތަކަށް "މިހާރު"ން ބޮޑު ހަދިޔާއެއް ދީފި އެވެ؛ އެ މީހަކު ކިޔާ ހިތްވާ އެއްޗެހި އަމިއްލަ އަށް އިޚްތިޔާރު ކޮށްލެވޭ ގޮތަށް ފަރުމާ ކޮށްފައިވާ ފުރަތަމަ ދިވެހި ނިއުސް އެޕް "މިހާރު"ން ލޯންޗުކޮށްފި އެވެ.

15 އޮކްޓޯބަރ

October 15, 2016
ސްމާޓްފޯނެއްގައި ނައިޓް ވިޝަން ކެމެރާއެއް

ގެލަކްސީ ނޯޓް 7 އާ ހެދި ސްމާޓްފޯން މާކެޓްގައި ހެދުނު ބާގަނޑު، މި ފޯނުގެ ސަބަބުން ފޫބެދިދާނެ ކަމަށް ބުނެވެ އެވެ. މިއީ "ލޫމީގޮން ޓީ3" އެވެ. ރޮބޮޓަކަށް ކިޔާ ނެމެއް ނޫނެވެ. އެކަމަކު ވެސް ކުޅެދުންތެރި، ބާރުގަދަ ފޯނެކެވެ.

08 އޮކްޓޯބަރ

October 08, 2016 1
ކަންވެ ނަން ނުވިޔަސް އެޗްޓީސީ އުފަލުން

ޕިކްސެލް ފޯނު އުފެއްދުމަށް ގޫގުލުން އެޗްޓީސީ އިޚްތިޔާރުކުރުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށް އެ ކުންފުނިން ބުނެފި އެވެ. ސިނާއަތުގައި ބާރުގަދަ ކުންފުންޏެއް ގޮތުގައި ދެމިއޮތުމަށް ކުރާ މަސައްކަތްތަކަށް ހިތްވަރު ލިބިއްޖެ ކަމަށް ވެސް އެޗްޓީސީ ބުންޏެވެ.

05 އޮކްޓޯބަރ

October 05, 2016 6
ގޫގުލްގެ އަމިއްލަ ފޯނު ދައްކާލައިފި، ވަރަށް ފުރިހަމަ

މީގެ ކުރިން އެހެން ކުންފުނިތަކާ ހަވާލުކޮށްގެން ފޯނު ޑިޒައިންކުރި ގޫގުލްގެ އަމިއްލަ ޑިޒައިނަށް ހެދި "ޕިކްސެލް" އިއްޔެ ދައްކާލައިފި އެވެ.

30 ސެޕްޓެމްބަރ

September 30, 2016
ބްލެކްބެރީ ފޯނު އުފެއްދުން ހުއްޓާލަނީ

ސްމާޓްފޯން މާކެޓްގައި، އިރެއްގައި ގަދަ އަޑެއް ފަނޑުވަނީ އެވެ. ބްލެކްބެރީން ދެން ފޯނުު ނުއުފައްދާނެ ކަމަށް ބުނެފި އެވެ. އެ މަރުކާގެ ފޯނެއް ބޭނުންނުކުރި ނަމަވެސް، ބްލެކްބެރީ އަކީ ރީތި ނަމެކެވެ. ފޯނުތައް ވެސް އެހާ ރީއްޗެވެ.

27 ސެޕްޓެމްބަރ

September 27, 2016 12
ފޯނެއް ހުޅުވުމަކީ މި މީހުންނަށް އެއްވެސް ކަމެއް ނޫން

މިދިޔަ އަހަރު އެމެރިކާގެ ސަން ބާނާޑިއޯގައި ބަޑިން ހަމަލާދީ އެތައް ބަޔަކު މަރާލުމުގެ ޖަރީމާ ހިންގި މީހާގެ އައިފޯން ހުޅުވައިދޭން އެޕަލް އިން ދެކޮޅު ހަދަމުން ދަނިކޮށް އެފްބީއައި އަށް އެހީވީ އިޒްރޭލުގެ "ސެލެބްރައިޓް" އިން ކަމަށް މީޑިއާގައި ވާހަކަ ދެކެވެ އެވެ. އެކަމާ ބެހޭ ގޮތުން އެ ކުންފުނިން ވާހަކައެއް ނުދައްކަ އެވެ. އެކަމަކު މިދިޔަ...

18 ސެޕްޓެމްބަރ

September 18, 2016 28
ދިވެހި ސްވިފްޓްކީ އަށް: ބަހަށް އިންގިލާބެއް

ސްމާޓްފޯންތަކުގައި އެންމެ ގިނައިން ބޭނުންކުރާ އެއް ކީބޯޑު ކަމަށްވާ "ސްވިފްޓްކީ"ގައި ދިވެހި ބަސް ހިމަނައިފި އެވެ.

12 ސެޕްޓެމްބަރ

September 12, 2016 1
އައިފޯނަށް "ވަޔަލެސް ޗާޖިން" އަދި އަންނާނެ

އައިފޯނަށް "ވަޔަލެސް ޗާޖިން" އަންނާނެ ކަމަކަށް އެޕަލް އިން ނުބުނެ އެވެ. ނާންނާނެ ކަމަކަށް ވެސް ނުބުނެ އެވެ. އެކަމަކު އެ މީހުން ނުކުރާނެ ކަމަށް ބުނި ބައެއް ކަންތައް ކުރާތީ އެބަ ފެނެ އެވެ.

06 ސެޕްޓެމްބަރ

September 06, 2016 15
އެޕަލްގެ އުފެއްދުންތައް މޮޅުކަމުން ވީ ކޮން ފައިދާއެއް؟

ދުނިޔޭގައި އެންމެ މުއްސަނދި ޓެކްނޮލޮޖީ ކުންފުންޏަކީ އެޕަލް އެވެ. އެންމެ މޮޅު ކޮމްޕިއުޓަރު އުފައްދަނީ އެޕަލް އިންނެވެ. އައިފޯނު ކުރިމަތީގައި ދެން ހުރި ހުރިހާ ފޯނަކަށް ޖެހެނީ ފިރުކޭށެވެ.