06 ސެޕްޓެމްބަރ

September 06, 2016 15
އެޕަލްގެ އުފެއްދުންތައް މޮޅުކަމުން ވީ ކޮން ފައިދާއެއް؟

ދުނިޔޭގައި އެންމެ މުއްސަނދި ޓެކްނޮލޮޖީ ކުންފުންޏަކީ އެޕަލް އެވެ. އެންމެ މޮޅު ކޮމްޕިއުޓަރު އުފައްދަނީ އެޕަލް އިންނެވެ. އައިފޯނު ކުރިމަތީގައި ދެން ހުރި ހުރިހާ ފޯނަކަށް ޖެހެނީ ފިރުކޭށެވެ.

02 ސެޕްޓެމްބަރ

September 02, 2016 8
ނޯޓް 7ގެ ބެޓެރި ގޮވަނީ، ވިއްކުން ހުއްޓާލައިފި

ސެމްސަންގުން އެންމެ ފަހުން ނެރުނު ގެލެކްސީ ނޯޓް 7ގެ ބައެއް ފޯނުތައް ޗާޖަށް ޖެހުމުން ބެޓެރި ގޮވުމުގެ މައްސަލަ ކުރިމަތި ވާތީ، އޭގެ ފޯނު ސަޕްލައިކުރުން ސެމްސަންގުން ވަގުތީ ގޮތުން...

September 02, 2016 2
މައިކްރޮސޮފްޓުން "ސްވިފްޓްކީ" ގަތީ ކީއްކުރަން؟

މައިކްރޮސޮފްޓުން "ސްވިފްޓްކީ" ގަތީ 250 މިލިއަން ޑޮލަރަށެވެ. އެކަން އިއުލާންކުރީ މި އަހަރު ކުރީކޮޅުު އެވެ. މައިކްރޮސޮފްޓުން ސްވިފްޓްކީ ގަތުމަކީ ސްވިފްޓްކީ އަށް ލޯބިކުރާ މީހެއްގެ...

29 އޯގަސްޓް

August 29, 2016 6
ޓެކްސްޓް މެސެޖަކުން އައިފޯނު ފޫވައްޓާލަނީ

މިއީ މޮޅު ފޯނެކޭ، ހެކް ކޮށްގެން މައުލޫމާތެއް ނުހޯދޭނޭ ބުނަން ހިތަށް ވެސް އަރުވާނެ ކަމެއް ނެތެވެ. އެންޑްރޮއިޑުން ހިންގާ ފޯނުތަކުގައި ބާގަނޑުތައް ގިނަ ކަމަށް މަޝްހޫރެވެ. ވާދަވެރި އައިފޯނަކީ ރައްކާތެރި އެއްޗެއް ކަމަށް ވެސް ބުނެ އެވެ. އެކަމަކު މިހާރު ބުނަން ޖެހެނީ ސަލާމަތްވާން ވަންނާނެ އެއްވެސް ތަނެއް ނެތް ކަމަށެވެ.

27 އޯގަސްޓް

August 27, 2016 4
ޓްރޫކޯލާ ދުނިޔެ ކާލަން ބޭނުންވެފައި

ޓްރޫކޯލާ ލަސްތަކެއް ނުވެ ވާވޭއާ ގުޅޭނެ އެވެ. އެ ވާހަކަތަކުގައި ރަސްމީ ސިފަ ޖެހި ވަރަށް ބާރަށް ކުރިއަށް ދާކަން ޚަބަރުތަކުން އެނގެ އެވެ. ބޭނުމަކީ ޓްރޫކޯލާ ނުގެންގުޅޭ ގައުމުތަކުގައި، ވާވޭ ފޯނުތައް މެދުވެރިކޮށް ފެތުރިގަތުމެވެ.

14 އޯގަސްޓް

August 14, 2016
ފިއުޝާ: ގޫގުލްގެ މުޅިން އާ އޮޕަރޭޓިން ސިސްޓަމެއް

ގޫގުލް އިން އެންޑްރޮއިޑާއި ކްރޯމް އޯއެސް އެއްކޮށްލަން އުޅޭ ކަމަށް ބުނެ ވާހަކަތަކެއް ވަނީ ދެކެވިފަ އެވެ. އެކަމާ ގުޅޭ ގޮތުން ގޫގުލުން އެއްޗެއް ނުބުނި ނަމަވެސް، އެކަހަލަ ކުލަވަރުތަކެއް އަންނަނީ ފެންނަމުންނެވެ.

10 އޯގަސްޓް

August 10, 2016 9
އެންޑްރޮއިޑް ފޯނުތަކުގައި ނުރައްކާތެރި ބަގެއް

އެންޑްރޮއިޑް އޯއެސް ބޭނުންކުރާ 900 މިލިއަނަށް ވުރެ ގިނަ ފޯނުގައި، އެ ފޯނުތަކުގެ ފުރިހަމަ ކޮންޓްރޯލް ހެކަރުންނަށް ލިބޭ ފަދަ ސީރިއަސް މައްސަލައެއް އެބަހުރިކަން ދިރާސާ ޓީމަކުން ފާހަގަކޮށްފި އެވެ.

28 ޖުލައި

July 28, 2016 2
އެންޑްރޮއިޑް ފޯނުތަކަށް ހުރި އިޚްތިޔާރު އައިފޯނަށް ނެތީ ކީއްވެ؟

އައިފޯނާއި އައިޕެޑް ބޭނުންކުރާ މީހުންނަށް ގިނަ އިޚްތިޔާރުތަކެއް އެޕަލް އަކުން ނުދެ އެވެ. ވާދަވެރިންނާ އަޅާކިޔާއިރު އެކަން އޮތީ އެ ގޮތަށެވެ. އެންޑްރޮއިޑް ފޯނުތައް ބޭނުންކުރާ މީހުންނަށް ހުރި ފުރުސަތުތައް އައިއޯއެސް ބޭނުންކުރާ މީހުންނަކަށް ނެތެވެ.

27 ޖުލައި

July 27, 2016 4
ގަންނަން ލިބެން ހުރި އެންމެ ބާރުގަދަ ފޯނުތައް

މި އުޅެނީ މާކެޓްގައި މިހާރު ހުރި އެންމެ ބާރުގަދަ ދެތިން ފޯނެއްގެ ވާހަކަދައްކާށެވެ. އާ ފޯނެއް ގަންނަން ވިސްނާ ނަމަ މިއީ ކޮންމެހެން ވެސް ކިޔަން ޖެހޭ ލިޔުމެކެވެ. ފޯނުތަކުގެ ނަންތައް ހޮވާފައި އެ ވަނީ ބޭނުންކުރި މީހުން ދިން ޚިޔާލަށް ބުރަވެ އެވެ.

15 ޖުލައި

July 15, 2016 1
"ގެލަކްސީ އެސް7 އެކްޓިވް" ވޯޓާޕްރޫފެއް ނޫން

ސެމްސަންގުން މިހާތަނަށް އުފެއްދި އެންމެ އުމުރު ދިގު ފޯނަށް "ގެލަކްސީ އެސް7 އެކްޓިވް" ވާނެ ކަމަށް ބުނެ މާކެޓްކުރި ނަމަވެސް، އެއީ "ވޯޓާ ރެސިސްޓޭންޓް" ފޯނެއް ނޫންކަން ސާބިތުވެއްޖެ އެވެ. އެކަން ކަށަވަރުކުރުމަށް "ކޮންޒިއުމާ ރިޕޯޓްސް"ގެ ޓެކްނީޝަނުން ކުރި ކުރި ޓެސްޓްތަކުން އެ ފޯނު ވަނީ ފެއިލްވެފަ އެވެ.

10 ޖުލައި

July 10, 2016 1
ހަމިންބޭޑް: އެންޑްރޮއިޑް ފޯނުތަކަށް ވަރުގަދަ ހަމަލާއެއް

"ހަމިންބޭޑް"ގެ ނަން ދީފައިވާ މެލްވެއާއެއް 10 މިލިއަނަށް ވުރެ ގިނަ އެންޑްރޮއިޑް ފޯނަށް ފޯރާފައިވާ ކަމަށް ދެ ސެކިއުރިޓީ ކުންފުންޏަކުން ބުނެފި އެވެ.

08 ޖުލައި

July 08, 2016 1
ކީބޯޑް ފޯނުތައް ބްލެކްބެރީން ދޫކޮށްލަނީ

ބްލެކްބެރީ އަށް އެ ނޫން ގޮތެއް ދެން ނެތެވެ. ކީބޯޑް ފޯނުތަކުގައި އޮޅުލަން ހަދައިގެން އެ އުޅެނީ އަރައިނުގަނެވިގެންނެވެ. އެއް އިރެއްގައި، އެ އަށް ވުރެ ނުފޫޒު ގަދަ ފޯނުތަކެއް އުފެއްދި ކުންފުންޏެއް ނެތް ނަމަވެސް، މިއަދު އެ އޮތީ ފުލުގަ އެވެ. އެއްވެސް ފައިދާއެއް ނުވެ މުޅިން ދަރަނިވެރިވާތާ އަހަރުތަކެއް ވެއްޖެވެ.

04 ޖުލައި

July 04, 2016 1
ގެލަކްސީ ނޯޓް 7 އަށް ޔޫއެސްބީ ޓައިޕް-ސީ ޕޯޓެއް

ސެމްސަންގުން ނެރެން ތައްޔާރުވަމުން އަންނަ ގެލަކްސީ ނޯޓް 7 ގައި ޔޫއެސްބީ ޓައިޕް-ސީ ޕޯޓެެއް އިންނާނެ ކަމަށް ބުނެވެން ފަށައިފި އެވެ. ގެލަކްސީ ފޯނުތަކަށް އެކްސެސަރީޒް އުފައްދާ ކުންފުންޏަކުން ލީކުކުރި ފޮޓޯގަނޑަކުން ދައްކާ ގޮތުގައި ނޯޓް 7 ގައި ޔޫއެސްބީ ޓައިޕް-ސީ ޕޯޓެެއް އިނދެ އެވެ.

02 ޖުލައި

July 02, 2016 1
އެންޑްރޮއިޑް "އެން" އަކީ "ނޫގެޓް" ކަމަށް ގޫގުުލުން ބުނެފި

އެންޑްއިޑް މާޝްމެލޯ އަށް ފަހު އެންޑްރޮއިޑަށް އިތުރުވި ބޮޅަކީ އެންޑްރޮއިޑް "އެން" އެވެ. އެއީ މިހާރު އެންޑްރޮއިޑް "ނޫގެޓް" އެވެ. ނޯގަޓް، ނޫގާ އަދި ނަގެޓް ވެސް ކިޔަ އެވެ. އެންޑްރޮއިޑް އުފައްދަނީ ގޫގުލުން ނެވެ. ގޫގުލް އަކީ އެމެރިކާ ކުންފުންޏެކެވެ. އެމެރިކާ މީހުން ކިޔަނީ ނޫގެޓް އެވެ.

29 ޖޫން

June 29, 2016 1
ގޫގުލް ޕިކްސެލް ފޯނު ލަސްތަކެއް ނުވެ މާކެޓަށް

ހާޑްވެއާ އުފެއްދުމަކީ ގޫގުލުން ކުރަން ބޭނުން ކަމެއް ނޫން ކަމަށް ބުނެވުނެވެ. ގޫގުލުން ސްމާޓްފޯން ހާޑްވެއާ މާކެޓަށް ނުވަންނާނެ ކަމަށް ބުނާތީ ވެސް އެހީމެވެ. އެކަމަކު ގޫގުލްގެ އަމިއްލަ ފޯނެއް އުފައްދަން އުޅޭ ކަމަށް ބުނެވޭ ވާހަކަތައް ގިނަވެއްޖެ އެވެ.

21 ޖޫން

June 21, 2016
އެންޑްރޮއިޑް ފޯނުތަކަށް އައިމެސެޖް ނާންނާނެ

އައިމެސެޖް އެންޑްރޮއިޑް ފޯނުތަކަށް އަންނަން އުޅޭ ކަމަށް ދެކެވުނު ވާހަކަތައް އޮބިއްޖެވެ. އެންޑްރޮއިޑަށް އައިމެސެޖް ގެންނަން އުޅޭ ކަމަށް ބުނެ ވާހަކަދެއްކި މީހުން ވެސް ކޮޅުކޮޅަށް ގޮސް ވަނީ ފިލާފަ އެވެ.

18 ޖޫން

June 18, 2016
ގޫގުލުން އެންޑްރޮއިޑް ސެކިޔުރިޓީ އަށް ބޮޑު ހޭދައެއް

އެންޑްރޮއިޑް ޑިވައިސްތައް ބޭނުންކުރާ މީހުން އަބަދު ވެސް ތިބެނީ ނުރައްކަލުގައި ކަމަށް ބުނާތީ އިވެ އެވެ. ސަބަބަކީ ގޫގުލުން އެެންޑްރޮއިޑްގެ ސެކިއުރިޓީއާ މެދު ފަރުވާކުޑަކުރުމެވެ. އެންޑްރޮއިޑް ހަރުދަނާކުރުމަށް ގޫގުލުން ހޭދަނުކުރާ ކަމަށް ތުހުމަތުކުރެ އެވެ.

10 ޖޫން

June 10, 2016 1
އެންޑްރޮއިޑް "އެން" އަކީ ކޮން އެއްޗެއްތަ؟

މިއޮތީ ކުއްޖަކަށް ނަން ކިޔުމަށް ވުރެ ބޮޑު ކަމެއް ޖެހިފަ އެވެ. ގޫގުލުން ފަހަކަށް އައިސް އެންޑްރޮއިޑަށް އާ އަދަދެއް ދޫކޮށްލާ ކޮންމެ ފަހަރަކު މި ކުޅިގަނޑު ޖެހެ އެވެ. އެ އަދަދަށް ކިޔާނެ ނަމަކާ ބެހޭ ގޮތުން މުޅި ސޯޝަލް ނެޓްވޯކް ތޮއްޖެހެ އެވެ. ނޭވާލާން ދަތިވެ އެވެ.

08 ޖޫން

June 08, 2016
މިއީ ވަންޕްލަސް ތްރީ ނޫން އެހެން އެއްޗެއް ނޫން

ވަންޕްލަސް ތްރީ އަށް ވުރެ ފޯރިގަދަ ފޯނެއް ލޮލުކޮޅަށް ފެންނާކަށް މި ވަގުތަކު ނެތެވެ. ވަންޕްލަސް ތްރީ އާންމުކުރާ ދުވަހަކުން ވަފާތެރިން ކުލަބޮކި ދިއްލައި ހަވާއަރުވާނެ އެވެ.

06 ޖޫން

June 06, 2016 1
ފޯނުގެ ސިފަ ބަދަލުކޮށްލަން އެންޑްރޮއިޑް ލޯންޗާތަކެއް

އެންޑްރޮއިޑް ފޯނުގެ "ހޯމް ސްކްރީން" އާއި "ލޮކް ސްކްރީން" އަދި އައިކަންތައް ވަކި ސިފައަކަށް ހުރި ނަމަ އެ ޒިންމާ ނަގަންޖެހެނީ އެ ފޯނެއްގައި ބޭނުންކުރާ "ލޯންޗާ" އެވެ. ލޯންޗާ އަކީ ވިންޑޯޒް ކޮމްޕިއުޓަރުތަކުގައި "ޑެސްކްޓޮޕް ތީމް"އެއް ކަހަލަ ސޮފްޓްވެއާ އެޕްލިކޭޝަނެކެވެ. އާދައިގެ ގޮތަށް ބުނާ ނަމަ ލޯންޗާ އަކީ ފޯނުގެ ސޮފްވެއާ...

30 މެއި

May 30, 2016 3
ތިޔަ ގެންގުޅެނީ ސްމާޓްފޯނެއް، ސްމާޓް ނުވާންވީ ކީއްވެ؟

ސްމާޓްފޯނެއް ގެންގުޅެނީ ކީއްކުރަން ހެއްޔެވެ؟ ކޯލެއް ކޮށްލަން ނުވަތަ މެސެޖެއް ފޮނުވަން ހެއްޔެވެ؟ އެހެން ނަމަ ތިޔަހާ ބޮޑު އަގު ދީފައި ސްމާޓްފޯނެއް ހޯދުން ވާނީ ބޭކާރު ޚަރަދަކަށެވެ.