02 އެޕްރީލް

April 02, 2019 2
ގެލަކްސީ ނޯޓް 10: ދެން އޮތް ބޮޑު ވާހަކަ

ސެމްސަންގް "ގެލަކްސީ އެސް10"އާ ގުޅިގެން ކުރެވެން ފެށި ބަހުސްތަކަށް އަދިވެސް ނިމުމެއް ނާދެ އެވެ. އެސް10ގެ ރީތިކަމާއި ފަރިކަން، ހީކުރި ވަރަށް ވުރެ ވެސް ފަރި އެވެ. ދެން އޮތީ ގެލަސްކީ ނޯޓް10ގެ ވާހަކަތަކެވެ.

30 މާޗް

March 30, 2019
ޒީޓީއީ އަށް 1 ބިލިއަން ޑޮލަރުގެ ގެއްލުމެއް

ޗައިނާގެ މުއާސަލާތީ ކުންފުނިތަކަށް މިއީ ބިރު ބޮޑު ދުވަސްވަރެކެވެ. މިކަން އެންމެ ބޮޑަށް ތަހަންމަލުކޮށްފައި ވަނީ ޒީޓީއީ އަދި ވާވޭ އެވެ. ޒީޓީއީ ބުނާ ގޮތުގައި، 2018 ގައި އެ ކުންފުންޏަށް އެއް ބިލިއަން ޑޮލަރު ގެއްލުން ވަނީ ވެފަ އެވެ.

27 މާޗް

March 27, 2019
ގެލަކްސީ އެސް10: "ޕަންޗް ހޯލް" ބޮޑު މަޖާގަނޑަކަށް

އެޕަލް އައިފޯނުގައި ރީތި ސިފައެއް ނުޖެއްސިގެން އުޅެނިކޮށް، މޫނުމަތިން ބާގަނޑެއް ކަނޑަން ހަދައިގެން، އައިފޯނަށް ލިބުނީ ނިކަމެތިކަމެކެވެ. އައިފޯނުގެ ސްކްރީން މަތީ ކޮޅުން ބޮޑު ތަންގަނޑެއް، ސެންސަރުތައް ވަޅުލަން ޚާއްސަކުރުމުން، އެކަން ވީ ބޮޑު އައިބަކަށެވެ. އެކަހަލަ ބާގަނޑުތަކަށް އެ މީހުން ކިޔަނީ، "ނޮޗް" އެވެ. އަހަރެމެން "ފެންލައިޓް"...

25 މާޗް

March 25, 2019 2
ވާވޭ ޕީ30 ޕްރޮ: މުޅި ދުނިޔެ އިންތިޒާރުގައި

"ވާވޭ ޕީ30 ޕްރޮ" އަދި "ޕީ30" ލޯންޗްކުރާ ތާރީޚަކީ 26 މާޗް ކަމަށް، ވާވޭއިން ކުރި ރަސްމީ ޓްވީޓަކުން ވަނީ ކަށަވަރުކޮށްދީފަ އެވެ. ހަފުލާ އޮންނާނެ ކަމަށް ބުނެފައި ވަނީ ޕެރިހުގަ އެވެ.

21 މާޗް

March 21, 2019
ގޫގުލް އިންބޮކްސް ހުއްޓާލަނީ

"އިންބޮކްސް ބައި ޖީމެއިލް" އަކީ މުޅި ޖީމެއިލް ހުއްޓުވާލާނެ ވަކި އެޕްލިކޭޝަނަކަށް ވާނެ ކަމަށް ގަބޫލުކުރެވުނެވެ. ޖީމެއިލް އަދި "އިންބޮކްސް" ބިނާކޮށްފައި ވަނީ އެއް އަސާސަކަށް ނަމަވެސް، "އިންބޮކްސް" އަށް ލިބިދީފައި ހުރި ފީޗާތަކާ ހެދި، ޖީމެއިލް ދެކެ ފޫހިވާ ގޮތް ވެސް ވި އެވެ. ނަމަވެސް، "އިންބޮކްސް" ގައި ހުރި ނަމަ ހުރި ފަސޭހަކަމެއް،...

19 މާޗް

March 19, 2019 1
ގެލަކްސީ އެސް10 5ޖީ: ފޯނު ޓެސްޓްކުރަން ފަށައިފި

ސެމްސަންގް ގެލަކްސީ އެސް10 5ޖީ ޓެސްޓްކުރަން ފަށައިފި އެވެ. ސެމްސަންގް ސްމާޓްފޯނެއް ޓެސްޓްކުރާ ވާހަކަ މި ބުނީ، މިއީ 5ޖީ ފޯނަކަށް ވާތީ އެވެ.

17 މާޗް

March 17, 2019 3
އެންޑްރޮއިޑް އަދި ވިންޑޯޒް ދޫކޮށްލަން ތައްޔާރު: ވާވޭ

އެމެރިކާ އިސްވެ އޮވެ، ވާވޭ އަށް ދަތިކުރަންކުރާތީ، ވާވޭ އަށް ބޮޑު ގެއްލުމެއް ކުރިމަތިވެދާނެ ކަމަށް ލަފާކުރެވިއްޖެ ހާލަތެއްގައި، އެންޑްރޮއިޑް އަދި ވިންޑޯޒް ދޫކޮށްލަން ތައްޔާރު ކަމަށް އެ ކުންފުނިން ބުނެފި އެވެ.

13 މާޗް

March 13, 2019 2
"ވަން ހޭންޑް އޮޕަރޭޝަން +" ކަމުދާ އެޕްލިކޭޝަނެއް

ސެމްސަންގް ސްމާޓްފޯނެއް ބޭނުންކުރާ ނަމަ، "ވަން ހޭންޑް އޮޕަރޭޝަން +" އަކީ ގޮތް ބަލާލަން ރަނގަޅު އެޕްލިކޭޝަނަކެވެ. ސެމްސަންގް ނޫން ފޯނެއްގައި މި އެޕްލިކޭޝަން މަސައްކަތްނުކުރުން އެކަށީގެންވެ އެވެ. މި އެޕްލިކޭޝަން އުފައްދާފައި ވަނީ ސެމްސަންގުންނެވެ.

10 މާޗް

March 10, 2019
ޒީޓީއީ އިން ވެސް ފަތްޖެހޭ ފޯނެއް އުފައްދަނީ

ޒީޓީއީ އިން އުފައްދަން މަސައްކަތްކުރާ ފަތްޖެހޭ ފޯނު ބޮޑަށް ވައްތަރުކުރެވެނީ މޮޓޮރޯލާ "ރޭޒާ"އާ އެވެ. މޮޓޮރޯލާ ރޭޒާ އަކީ، އެއިރު ވަރަށް ކަމުދިޔަ ފޯނެކެވެ. އެންޑްރޮއިޑަށް ވުރެ ކުރިން ބޭނުންކުރެވުނު މޮބައިލް އޮޕަރޭޓިން ސިސްޓަމެއް ކަމަށްވާ، "ސިމްބިއަން" އިން ހިންގޭ ގޮތަށް އިންޖިނިއާކުރި މޮޓޮރޯލާ ރޭޒާ، ރޭޒަރުތިލައެއްގެ މިސާލުން...

04 މާޗް

March 04, 2019 3
ގެލަކްސީ ފޯލްޑްގެ ޑިޒައިން ކަމަކުނުދޭ: ވާވޭ

ސްމާޓްފޯނުތައް ފަތްޖަހާ މޫސުން މި އޮތީ ފެށިފަ އެވެ. ފަތްޖެހޭ ފޯނެއް އުފައްދަން ކޮންމެ ކުންފުންޏަކުން ވެސް ބޭނުންވެ އެވެ. އެކަމަކުވެސް، ސްމާޓްފޯނެއް ފަތްޖެހިދާނެކަން އަދި މިހާތަނަށް ދައްކާފައި ވަނީ ސެމްސަންގާއި ވާވޭ އެވެ.

03 މާޗް

March 03, 2019 2
ފޮޓޯގައި ހުންނަ ޑާޓާ އެކްސެލް އަށް ނެގޭ ގޮތް ހަދަނީ

މައިކްރޮސޮފްޓް އެކްސެލް އަށް ވުރެ ވަކިން މަޝްހޫރު "ސްޕްރެޑްޝީޓް" އެޕްލިކޭޝަނެއް ނެތް ކަމަށް ބުނަން ކެރެ އެވެ. އެކްސެލްގެ ކުޅަދާނަކަމަށް ނިމުމެއް ނެތެވެ.

13 ފެބުރުއަރީ

February 13, 2019
ގޫގުލް ޗިޕް ޑިޒައިންކުރަނާނެ މީހުން ހޯދަނީ

ގޫގުލް އަށް މައިކްރޮޗިޕް އިންޖިނޭރުން އެބަ ހޯދަ އެވެ. ބޭނުމަކީ ގޫގުލްގެ ޑިވައިސްތަކަށް ބޭނުންވާ ޗިޕްތައް އަމިއްލަ އަށް ޑިޒައިންކުރުމެވެ. ގޫގުލްގައި މިހާރު ވެސް މައިކްރޮޗިޕް އިންޖިނޭރުން މަސައްކަތްކުރެ އެވެ. އެއީ މި ސިނާއަތުގައި ފުންނާބު އުސް ފަންނީ މާހިރުންނެވެ. ބުނެވޭ ގޮތުގައި، އެއީ ކުއަލްކޮމް، އިންޓެލް، ބްރޯޑްކޮމް އަދި...

10 ފެބުރުއަރީ

February 10, 2019 2
ނެޓްފްލިކްސްގައި އައިއޯއެސް އަށް ހާއްސަ ފީޗާއެއް

އައިއޯއެސް ބޭނުންކުރާ މީހުންނަށް، ނެޓްފްލިކްސް އިން ހާއްސަ ފީޗާއެއް ތައާރަފުކޮށްފި އެވެ.

06 ފެބުރުއަރީ

February 06, 2019
ސްމާޓްފޯން ވިޔަފާރިއެއް ނުހުއްޓާނަން: އެލްޖީ

އެލްޖީ މޮބައިލް އަށް ފައިދާނުވާތާ ހަތަރު އަހަރުވެއްޖެ އެވެ. އެލްޖީގެ އެހެން މަރުކާތަކުން ރެކޯޑް އަދަދަކަށް ފައިދާ ހޯދިއިރު، ފާއިތުވި އަހަރު ވެސް އެލްޖީ މޮބައިލް އަށް 700 މިލިއަން ޑޮަލަރު ވަނީ ގެއްލުންވެފަ އެވެ. ނަމަވެސް، އެލްޖީން ބުނީ ސްމާޓްފޯން އުފެއްދުން ހުއްޓައިނުލާނެ ކަމަށެވެ.

24 ޖެނުއަރީ

January 24, 2019
އެންޑްރޮއިޑް ސްމާޓްފޯނުތަކުގެ މެމޮރީ 10ޖީބީ އަށް

އެންޑްރޮއިޑް ސްމާޓްފޯނުތަކަށް މި އަހަރު އަންނާނެ އެންމެ ބޮޑު ކުރިއެރުމަކަށް ވާނީ މެމޮރީ އިތުރުކުރުން ކަމަށް ބުނެވެ އެވެ. އެ ގޮތުގައި، އެވްރެޖް ފޯނެއްގެ މެމޮރީ 10ޖީބީ އަށް މަތިކުރާނެ ކަމަށް މިހާރު ވާހަކަ ދެކެވެ އެވެ. ސްމާޓްފޯނުތަކުގެ މެމޮރީ 10 ޖީބީ އަށް އިތުރުކުރިއެއް ކަމަކު، އެ ފޯނުތައް ބޭނުންކުރާ މީހުންނަށް ދުވެލިން މާ ބޮޑު...

22 ޖެނުއަރީ

January 22, 2019 1
ވިންޑޯޒް ފޯނު އުފެއްދުން ހުއްޓާލަނީ

މައިކްރޮސޮފްޓުން ދުވަސްތަކެއް ވަންދެން ދެއަތަށްކިރުމަށް ފަހު، ވިންޑޯޒް ފޯނުތައް ހުއްޓާލަން ނިންމައިފި އެވެ. ވިންޑޯޒް ފޯނެއް ބޭނުންކުރާ ނަމަ، އަވަހަށް ދޫކޮށްލައި، އެންޑްރޮއިޑް ނުވަތަ އެޕަލް އައިފޯނެއް ހޯދަން އެދޭކަމަށް ވެސް ވަނީ ބުނެފަ އެވެ.

17 ޖެނުއަރީ

January 17, 2019
ވަޓްސްއެޕަށް ފިންގަޕްރިންޓް ފީޗާ މާ ލަހެއް ނުވާނެ

ވަޓްސްއެޕް ބޭނުންކުރާ މީހުންނަށް އިތުރު ރައްކާތެރިކަމެއް ފޯރުކޮށް ދިނުމުގެ ގޮތުން ފިންގަޕްރިންޓް ނުވަތަ އިނގިލީގެ ނިޝާނުން ބޭނުންކުރެވޭ ފީޗާއެއް އެ އެޕަށް ތައާރަފުކުރަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

05 ޑިސެމްބަރ

December 05, 2018 2
ގޫގުލް އިން އެންޑްރޮއިޑް ދޫކޮށްލަނީ

ގޫގުލް އިން، މި އަހަރުގެ ކޮންމެވެސް ހިސާބެއްގައި، އެންޑްރޮއިޑް ދޫކޮށްލަފާނެ ކަމަށް ބުނެވެން ފަށައިފި އެވެ. މި ގޮތަށް ޚަބަރުތައް ފެތުރެން މެދުވެރިވި ސަބަބެއް ކަމަށް ބެލެވެނީ، ގޫގުލުން އިން އެހެން މޮބައިލް އެޕަރޭޓިން ސިސްޓަމެއް އުފައްދާކަން ކަށަވަރުވެފައި ވާތީ އެވެ. ޓެކްނޮލޮޖީ ޚަބަރުތައް ބުނާ ގޮތުގައި، ގޫގުލް އިން އުފައްދާ...

23 ނޮވެމްބަރ

November 23, 2018
އަލި ހެޔޮވަރުކުރަން ޑިވައިސްތަކަށް ދަސްކޮށްދެނީ

އެންޑްރޮއިޑް ޑިވައިސްތަކުގެ ސްކްރީން ދިއްލޭ މިންވަރު ހެޔޮވަރުކުރެވެނީ އެ ޑިވައިސްއެއް އޮންނަ މާހައުލަކަށެވެ. އެ ތަނެއް އަލިގަދަ ނަމަ، ސްކްރީން އަލިގަދަވެ އެވެ. އަދި އަލި ފަނޑު މާހައުލެއް ނަމަ، ސްކްރީން ވެސް ފަނޑުވެ އެވެ.

28 ސެޕްޓެމްބަރ

September 28, 2018
އަޑުނުއިއްވައި ރިންގް ޓޯން ވޮލިއުމް މައްޗަށް

މިއީ އެންޑްރޮއިޑް ފޯނުތަކުގެ ތަބީއަތުގައި ހުންނަ ކަމެކެވެ. ރިންގްޓޯން، ނޮޓިފިކޭޝަން، އެލާމް އަދި މީޑީއާ މޮލިއުމް ހެޔޮވަރުކޮށްލަން ހެންޑެލީގައި އިނގިލި ހަމަ ޖައްސާލާއިރަށް، އެއިރަކު ވޮލިއުމް ހެޔޮވަރުކޮށްފައި ހުންނަ މިންވަރުގައި، އަޑު ފެތުރިގަނެ އެވެ. މިއީ ބައެއް ފަހަރު ލަދުގަންނަން ޖެހޭ ކަމެކެވެ.