09 އޮކްޓޯބަރ

October 09, 2019 61
ޔާމީނަށް ހުކުމް ކުރުން އަންނަ މަހު 5 ގައި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑްރިންގެ ދައުވާގެ އަޑުއެހުންތައް މިއަދު ނިންމާލައި، އެ މައްސަލާގެ ހުކުމް އަންނަ މަހުގެ ފަސް ވަނަ ދުވަހު އިއްވަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.

02 ސެޕްޓެމްބަރ

September 02, 2019 29
މަޖުބޫރުކުރި ކަމަށް ބުނެ ލުތުފީގެ ސިޓީއެއް ކޯޓަށް

ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ދައުލަތުން ދައުވާކުރާ މައްސަލާގައި ދައުލަތުން ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ކުރީގެ ރައީސް ހަސަން ލުތުފީ އަށް ހެކިބަސް ދޭން މަޖުބޫރުކުރި ކަމަށް ވިދާޅުވެ، އޭނާ ކްރިމިނަލް ކޯޓަށް ސިޓީއެއް ފޮނުއްވައިފި...

22 އޯގަސްޓް

August 22, 2019 20
ފައިސާ އަށް ހަދަންވީ ގޮތް އެންގެވީ ޔާމީން: ޒިޔަތު

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އަށް ލިބުނު ފައިސާ އަމިއްލަ ކުންފުނިތަކުގެ އެކައުންޓްތަކަށް ޖަމާކުރައްވައި، ގާނޫނުތަކާއި އުސޫލުތަކާ ޚިލާފަށް އަމަލުކުރެއްވީ ރައީސް އަބްދުﷲ ޔާމީން އަންގަވައިގެން ކަމަށާއި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަންގަވާ ގޮތަށް ކަންތައް ކުރެއްވުމަށް އެންގެވި ކަމަށް...

21 އޯގަސްޓް

August 21, 2019 73
ޔާމީނާ ދެކޮޅަށް ހެކިބަސްދޭން ލުތުފީ އުޒުރުވެރިވެއްޖެ

ދައުލަތުގެ ހެއްކެއްގެ ގޮތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް ކްރިމިނަލް ކޯޓުގައި ހެކިބަސް ދެއްވަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ކުރީގެ ރައީސް ހަސަން ލުތުފީ އުޒުރުވެރިވެވަޑައިގެންފި އެވެ.

04 އޯގަސްޓް

August 04, 2019 33
އޭސީސީން އަމަލުކުރިގޮތާ މެދު ކޯޓުގައި ގިނަ ސުވާލުތަކެއް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން ކުރާ މަނީ ލޯންޑްރިންގެ ދައުވާގައި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަމަލުކުރި ގޮތާ މެދު ގިނަ ސުވާލުތަކެއް އެ ކޮމިޝަންގެ ރައީސް މުއައްވިޒް ރަޝީދަށް ކްރިމިނަލް ކޯޓުގައި މިއަދު އަމާޒުވެއްޖެ އެވެ.

21 ޖުލައި

July 21, 2019 37
"އެހެން ފައިސާތަކެއް ޖަމާކުރީ ގާނޫނާ ޚިލާފް ނުވުމަށް"

ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ ދެމެދު އެކު ހެދި އެސްކްރޯ އެއްބަސްވުމުގެ ދަށުން ހުޅުވި އެކައުންޓަށް، ތުހުމަތުކުރެވޭ ފައިސާ ނޫން އެހެން ފައިސާތަކެއް ޖަމާކުރީ ތަހުގީގު ހިނގާ މައްސަލައަކަށް ވާތީ ގާނޫނާ ޚިލާފްވެ ވަޑައިނުގަތުމަށް ކަމަށް ޔާމީން ކްރިމިނަލް ކޯޓުގައި މިއަދު ވިދާޅުވެއްޖެ އެވެ.

22 ޖުލައި

July 22, 2018 8
10 ރަށެއް ދިނުމުން އަދީބާ ދެކޮޅަށް ދައުވާކޮށްފި

ޓޫރިޒަމްގެ ބޭނުމަށް 10 ރަށެއް ގާނޫނާ ހިލާފަށް ކުއްޔަށް ދިން މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖައިޒު ފައިދާ ހޯދައި ދިނުމުގެ ދައުވާ މިއަދު އުފުލައިފި އެވެ.