16 ޖެނުއަރީ

January 16, 2020 10
ރައީސްގެ ކަންބޮޑުވުމާ ގުޅިގެން އޭސީސީން މަޝްވަރާ އަށް

މަޝްރޫއުތައް ލަސްވާ ގޮތަށް އަމަލު ނުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެދިވަޑައިގެންފައިވާތީ އެކަމާ ގުޅޭ ގޮތުން ރައީސް އޮފީހާ މަޝްވަރާ ކުރަން ނިންމާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް މަރިޔަމް ޝިއުނާ މިއަދު ވިދާޅުވެއްޖެ އެވެ.

29 ޑިސެމްބަރ

December 29, 2019 28
ސީ ޕްލޭން ޓާމިނަލް ދޭން އުޅޭގޮތް ހުއްޓުވަން އޭސީސީއަށް

އެމްއޭސީއެލް އިން 55 މިލިއަން ޑޮލަރު (849 މިލިއަން ރުފިޔާ) ހޭދަކޮށްގެން ހަދާ ސީ ޕްލޭން ޓާމިނަލް، މިހާރުގެ މާކެޓް އަގަށް ވުރެ ކުޑަކޮށް ކުއްޔަށް ދޫކުރުން ހުއްޓުވައިދޭން އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މިދިޔަ ހަފުތާގައި މައްސަލައެއް ހުށަހަޅައިފި އެވެ.

22 ޑިސެމްބަރ

December 22, 2019 20
9 އެއްބަސްވުމަކުން ބަދަލު ދިން ގޮތް އެބަބަލަން:އޭސީސީ

ގާނޫނާ ޚިލާފަށް އުވާލި ކަމަށް ބުނާ އެއްބަސްވުންތަކުން ބޮޑެތި ބަދަލުތަކެއް ދީފައިވާ ނުވަ މައްސަލައެއްގެ ތަހުގީގު ކުރިއަށް ގެންދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނެފި އެވެ.

15 ޑިސެމްބަރ

December 15, 2019 29
ބަޔާން ނުދެއްވުމުން ޖާބިރު އޭސީސީ އަށް ހާޒިރުކުރަނީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ގުޅޭ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުން އަންނަ މައްސަލައިގައި ބަޔާން ދެއްވުމަށް ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު ދެކޮޅު ހެއްދެވުމުން އޭނާ އޭސީސީ އަށް ހާޒިރުކުރަން ޗިޓް ފޮނުވާފައިވާ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

11 ޑިސެމްބަރ

December 11, 2019 21
އިބޫ އަށް ފިޔަވަޅު ނާޅަނީ ޝަކުވާއެއް ނުލިބޭތީ: ހޫދު

ކޮރަޕްޝަންގެ ތުހުމަތުކޮށްފައިވާ ގްރޭޓާ މާލެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދު (މާމިގިލީ އިބޫ) އާ މެދުގައި ފިޔަވަޅު ނާޅައި އޮތީ މިހާތަނަށް އައި އިރު، އޭނާއާ ގުޅޭ ގޮތުން އެއްވެސް ޝަކުވާއެއް ރައީސް އޮފީހަށް ލިބިފައި ނުވާތީ ކަމަށް އެ އޮފީހުން މިއަދު ބުނެފި އެވެ.

09 ޑިސެމްބަރ

December 09, 2019 37
ފައިސާއަށް ހިޔާނާތްތެރިވާ މީހުން ފަޅާ އަރުވާލާ: ރައީސް

ދައުލަތުގެ ފައިސާ އާއި މުދަލަށް އެއްވެސް ބަޔަކު ހިޔާނަތްތެރިވާ ނަމަ އެކަން ފަޅާއެރުވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އިލްތިމާސް ކުރައްވައިފި އެވެ.

December 09, 2019 27
ޝަޒައިލް ސަސްޕެންޝަންގައި، އިބޫ އަށް ފިޔަވަޅެއް ނާޅާ!

ކޮރަޕްޝަން ހިންގެވި ކަމަށް ތުހުމަތުކޮށް، މޯލްޑިވް ގޭހުގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ޝިޔާމް ސަސެޕްންޑްކޮށްފައި ހުރި އިރު، ކޮރަޕްޝަންގެ ތުހުމަތުކޮށްފައިވާ ގްރޭޓާ މާލެ ކުންފުނީގެ...

December 09, 2019 14
އޭސީސީގެ ލަފާ: ކޮރަޕްޝަނަށް ހުޅުވިފައިވާ މާއްދާ އުވާލާ

މާލިއްޔަތު ގަވާއިދުގައި ކޮރަޕްޝަނަށް ދޮރު ހުޅުވިފައިވާ މާއްދާ އުވާލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކަމާ ބެހޭ އިދާރާތަކަށް ލަފާ ދީފި އެވެ.

17 ނޮވެމްބަރ

November 17, 2019 2
ޕޯޓަލް އިން ހުށަހެޅި ކޮރަޕްޝަން މައްސަލަތައް އޭސީސީއަށް

ސަރުކާރުގެ އިދާރާތަކުގެ ކޮރަޕްޝަންގެ މައްސަލަތައް ރިޕޯޓްކުރަން ރައީސް އޮފީހުގައި ގާއިމްކޮށްފައިވާ ޕޯޓަލް އަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން 92 މައްސަލައެއް ތަހުގީގުކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފި އެވެ.

05 ނޮވެމްބަރ

November 05, 2019 12
ނޫމަޑިން ދައުލަތަށް ފައިސާ ދިންތޯ ސުވާލު އުފައްދައިފި

ސެޓްލްމަންޓް އެގްރީމެންޓެއް ހަދައި ދައުލަތުން 55 މިލިއަން ޑޮލަރު (849،750،000ރ.) ދީފައިވާ ނޫމަޑިން ދައުލަތަށް ދައްކަން ޖެހިފައި އޮތް 92 މިލިއަން ރުފިޔާ އަށް ވީ ގޮތަކާ މެދު ފެލިދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު ފަޒުލް ރަޝީދު އިއްޔެ ސުވާލު އުފައްދަވައިފި އެވެ.

24 އޮކްޓޯބަރ

October 24, 2019 13
މަޝްރޫއުތައް ދޭ ގޮތުން އޭސީސީ ކަންބޮޑުވެއްޖެ

ދައުލަތުން ބޮޑު ހޭދައެއް ހިނގާ އެކި މަޝްރޫއުތައް ބީލަމަށް ނުލައި އެކި ފަރާތްތަކާ ހަވާލުކުރާތީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ކަންބޮޑުވުންފާޅުކޮށްފި އެވެ.

22 އޮކްޓޯބަރ

October 22, 2019 57
އޭސީސީގެ މެސެޖް ވަރުގަދަ، ސަރުކާރަށް ވެސް ނޫނެކޭ!

ކޮރަޕްޝަނާ ދެކޮޅަށް، މި ސަރުކާރުގެ ސިޔާސަތަކީ "ޒީރޯ ޓޮލަރެންސެ"ވެ. އެފަދަ އެއްވެސް ކަމަކަށް ޖާގަ ނުދޭނެ ކަމުގެ ޔަގީންކަން އޮތީ ރައްޔިތުންނަށް ދީފަ އެވެ. މިއީ، އިޚްލާސްތެރި ނިޔަތެއް ނަމަ، ކޮރަޕްޝަނާ ދެކޮޅަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރާ މަސައްކަތާއި ތަހުގީގުތަކަށް ވެސް ނުފޫޒު ނުފޯރުވާށެވެ.

15 އޮކްޓޯބަރ

October 15, 2019 23
އާ ކޮމިޝަނުން ދިން ޔަގީންކަން: ނުފޫޒަކަށް ނުގުޑާނެ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ގެއްލިފައި އޮތް އިތުބާރު އަލުން ހޯދައިދީ، ނުފޫޒަކަށް ނުގުޑައި ކޮރަޕްޝަން ހުއްޓުވަން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން މެމްބަރުން...

October 15, 2019 30
ބޮޑެތި އަދަދުން ބަދަލު ދޭ ގޮތް އޭސީސީން ބަލަނީ

ކުރީގެ ސަރުކާރުތަކުން ގާނޫނާ ޚިލާފަށް އުވާލި އެއްބަސްވުންތަކަށް ދައުލަތުން މާލީ ބޮޑެތި ބަދަލުތަކެއް ދެމުންދާ ގޮތް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފަށައިފި އެވެ.

28 ސެޕްޓެމްބަރ

September 28, 2019 7
ނިއުޕޯޓް ވިއު ހިންގި ބިމާ ގުޅޭ ހުކުމް އިސްތިއުނާފަށް

ނިއުޕޯޓް ވިއު ރެސްޓޯރެންޓް ހިންގި ބިން ސަރުކާރާ ހަވާލުކުރަން ސިވިލް ކޯޓުން ބުރާސްފަތިދުވަހު ކުރި ހުކުމް އިސްތިއުނާފް ކުރާނެ ކަަމަށް އެ ރެސްޓޯރެންޓް ހިންގާ ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން މިއަދު ބުނެފި އެވެ.

26 ސެޕްޓެމްބަރ

September 26, 2019 29
ހާމަކަން ބޮޑުވާނެ، ކޮރަޕްޝަނެއް ނުހިމެނޭނެ: އަމީރު

މި ސަރުކާރުން އެއްވެސް މަޝްރޫއެއް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ދީފައި ނުވާނެ ކަމަށާއި ބީލަމުގެ އުސޫލް ކުރިއަށް ވުރެ މިހާރު ހާމަކަންބޮޑުވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް...

September 26, 2019 34
ބީލަމަށް ނުލާތީ ފާޑުކިޔުން! "މިއީ ޒީރޯ ޓޮލަރެންސް؟"

ތިލަފުށީގައި ކެމިކަލް ގުދަންތައް ހެދުން ބީލަމަށް ނުލައި ބަޔަކާ ހަވާލުކުރުމަކީ ކޮރަޕްޝަނަށް ހުރި ދޮރުތައް ބަންދުކުރަން މި ސަރުކާރުން ގެންގުޅޭ "ޒީރޯ ޓޮލަރެންސް" ސިޔާސަތުތޯ ސުވާލު...

11 ސެޕްޓެމްބަރ

September 11, 2019 16
އޭސީސީގެ އެންގުންތަކަށް އެންމެމަދުން ތަބާވީ އެޑިއުކޭޝަން

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ އެންގުންތަކަށް އަމަލު ކުރުމުގައި އެންމެ ފަހަތުގައި އުޅެނީ އެޑިއުކޭޝަން މިނިސްޓްރީ ކަމަށް އެ ކޮމިޝަނުން އިއްޔެ ނެރުނު ދިރާސާ ރިޕޯޓްގައި ބުނެފި އެވެ. އެ ދިރާސާ ހަދާފައިވަނީ 2017 ވަނަ އަހަރު 10 މިނިސްޓްރީއަކަށް އޭސީސީން އެންގި އެންގުތަކާ ގުޅިގެން އެ މިނިސްޓްރީތަކުން އަމަލުކޮށްފައިވާ ގޮތަށް...

25 އޯގަސްޓް

August 25, 2019 4
އަލަށް ހޮވި މެމްބަރުންނާ އެކު އޭސީސީން ބައްދަލުވުމެއް

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގައި މިހާރު ތިއްބެވި މެމްބަރުންގެ ދައުރު ހަމަވާތީ އެ ކޮމިޝަނަށް އަލަށް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވާ ފަސް ބޭފުޅުންނާ އެކު އެ ކޮމިޝަނުން މިއަދު ބައްދަލުވުމެއް ބާއްވައިފި އެވެ.

20 އޯގަސްޓް

August 20, 2019 17
ރައީސާ ދެކޮޅަށް ހުށަހެޅި ލިއުންތައް ސައްހަތޯ ބަލަނީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ބޭންކް އެކައުންޓަކަށް މިދިޔަ ޖުލައި މަހުގެ ތެރޭގައި 4.2 މިލިއަން ޔޫރޯ (ގާތްގަނޑަކަށް 70 މިލިއަން ރުފިޔާ) ޖަމާކޮށްފައިވާ ކަމަށް ތުހުމަތުކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅި ލިއުންތައް ސައްހަތޯ ބަލަމުން އަންނަ ކަމަށާއި އެ މައްސަލަ ބަލަމުން އަދި ނުދާ ކަމަށް އެ ކޮމިޝަނުން މިއަދު...

08 އޯގަސްޓް

August 08, 2019 27
ރައީސްގެ އެކައުންޓެއް މެލޭޝިއާގައި ނޯވޭ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ބޭންކް އެކައުންޓަކަށް މިދިޔަ ޖުލައި މަހުގެ ތެރޭގައި 4.2 މިލިއަން ޔޫރޯ (ގާތްގަނޑަކަށް 70 މިލިއަން ރުފިޔާ) ޖަމާކޮށްފައިވާ ކަމަށް ކުރާ ތުހުމަތު ރައީސް އޮފީހުން މިއަދު ދޮގުކޮށްފި އެވެ.

24 ޖޫން

June 24, 2019 15
މާލިއްޔަތު ގަވާއިދު: އަދިވެސް ކޮރަޕްޝަނަށް އޮތް މަގެއް

ކޮރަޕްޝަނާ ދެކޮޅަށް މި ސަރުކާރުން ހަރުދަނާ ސިޔާސަތުތަކެއް ގެންގުޅެން ވައުދުވި ނަމަވެސް މާލިއްޔަތު ގާނޫނަށް 2015 ގައި ގެނައި އިސްލާހާ އެކު އަދިވެސް އޮތީ ކޮރަޕްޝަނަށް ފުރުސަތު ހުޅުވިފަ އެވެ.

20 ޖޫން

June 20, 2019 34
ނަސަންދުރާ: 86 މިލިއަން ރުފިޔާގެ ހިޔާނާތެއް!

ނަސަންދުރާ ޕެލަސް ހޮޓެލްގެ އެއްބަސްވުން އުވާލައި އެ ތަން މިހާރު ތަރައްގީކުރާ ކުންފުންޏާ ހަވާލުކުރުމުގައި ތުހުމަތުކުރެވޭ ޚިޔާނާތް 86 މިލިއަން ރުފިޔާ އަށް އަރާ ކަމަށް ކަނޑައަޅައި ކޮރަޕްޝަންގެ ދައުވާ ކޮށްދިނުމަށް އެދި ފޮނުވުމުން އެ މައްސަލަ އަނބުރާ ފޮނުވާލީ އެއްބަސްވުން ސައްހަ ކަމަށް އޭރުގެ ބަންޑާރަ ނައިބު ލަފާ ދެއްވާފައި އޮތުމުން...

17 ޖޫން

June 17, 2019 44
ޑީޑީ ސަސްޕެންޑް ކުރި އިރު އަނބިކަނބަލުން ވަޒީފާގައި!

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ (ޑީޑީ) އަށް ތުހުމަތުކުރާ ރިޝްވަތުގެ މައްސަލައެއްގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އޭނާ ސަސްޕެންޑުކޮށް، ފުލުހުން ވެސް މައްސަލަ ތަހުގީގު ކުރަމުން އަންނަ އިރު އެ ފައިސާ ޖަމާވި ކަމަށް ބުނާ އެމަނިކުފާނުގެ އަނބިކަނބަލުން ޣާނިޔާ އަބްދުލްޣަފޫރު އަދިވެސް ހުންނެވީ ސިޔާސީ މަގާމެއްގަ އެވެ.