22 ޖުލައި

July 22, 2020 26
30 މީހެއްގެ މައްސަލަ ބާރަށް ކުރިއަށްދޭ: ޕީޖީ

އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން 30 މީހެއްގެ ތަހުގީގު ބާރަށް ކުރިއަށް އެބަދާ ކަމަށާއި އެ މައްސަލަތައް ލިބުމާ އެކު ލަސްނުކޮށް ދައުވާ އުފުއްލަވާނެ ކަމަށް ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް އިއްޔެ ވިދާޅުވެއްޖެ އެވެ.

20 ޖުލައި

July 20, 2020 21
ބޮޑު ހިޔާނާތް:އެއް އަހަރުން ވެސް މައްސަލަތައް ނުނިމޭނެ

ރާއްޖޭގައި ހިންގި އެންމެ ބޮޑު ހިޔާނާތް، އެއެމްއެމްޕީއާރުސީގެ މައްސަލަތައް ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ވެސް ބަލައި ނުނިމޭނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ން ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީގައި މިއަދު ބުނެފި އެވެ.

02 ޖުލައި

July 02, 2020 5
ހިޔާނާތުގެ ހެކި ހޯދަން ހިންގާ އޮޕަރޭޝަން އަދި ނުނިމޭ

އެމްއެމްޕީއާރުސީ މެދުވެރިކޮށް 1.3 ބިލިއަން ރުފިޔާ އަށް ޚިޔާނާތް ވި މައްސަލައިގައި ކަމާގުޅޭ އިދާރާތަކުން ގުޅިގެން ތަހުގީގު ކުރާ މައްސަލައަކަށް ހެކި ހޯދަން ރޭ ފެށި ބަލައި ފާސްކުރުމުގެ އޮޕަރޭޝަން އަދި ނުނިމޭ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނެފި އެވެ.

01 ޖުލައި

July 01, 2020 19
އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅޭ 4 ތަނެއް ފާސްކުރަނީ

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތާ ގުޅިގެން މާލެ ސަރަހައްދުގެ ހަތަރު ތަނެއް ބަލައި ފާސްކުރަން ފަށައިފި އެވެ.

28 ޖޫން

June 28, 2020 104
ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ އިތުރު ދައުވާއެއް

މަނީ ލޯންޑްރިންގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އަނެއްކާވެސް އިތުރު ދެ ދައުވާއެއް ކްރިމިނަލް ކޯޓުގައި މިއަދު އުފުލައިފި އެވެ.

23 ޖޫން

June 23, 2020 28
ތަހުގީގަށް އަތް ނުލެވޭނެ މީހަކު ނުހުންނާނެ: ކޮމިޝަނަރު

އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތުން މަންފާ ލިބުނު މީހުންގެ ތެރޭގައި ދައުލަތުގެ މަތީ މަގާމްތަކުގައި ކުރިން އަދި މިހާރު ތިއްބެވި ބޭފުޅުންނާއި އެ ނޫން ވެސް ނުފޫޒާއި ބާރުގަދަ ފަރާތްތަކެއް ހިމެނުނަސް ތަހުގީގުގައި ވަކި ބައެއްގެ މައްސަލަ ދޫކޮށް ނުލާނެ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު އިއްޔެ...

14 މެއި

May 14, 2020 23
އެމްއެމްޕީއާރުސީގެ ތަހުގީގުގެ ބައްދަލުވުން އޮންލައިންކޮށް

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތާ ގުޅިގެން އެކި އިދާރާތައް ގުުޅިގެން ހިންގަމުންދާ ތަހުގީގާ ގުޅޭ ބައްދަލުވުންތައް އޮންލައިންކޮށް ކުރިއަށް ގެންދަން ފަށައިފި އެވެ.

08 ނޮވެމްބަރ

November 08, 2019 91
ހައިލަމްގެ ތުހުމަތު ނުބަލާ ދޫކޮށްލާ ވަރެއް ނޫން!

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ޖަލު ހުކުމެއް އިއްވާނެ ކަމުގެ ކަށަވަރު ކަން ދިނުމަށް، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް އަރިހުން ސަރުކާރުގެ އިސް މަގާމްތަކުގައި ތިއްބެވި ބޭފުޅުން އެދިވަޑައިގަތް މައްސަލަ ބަލަން ބައެއް ބޭފުޅުން މިއަދު ގޮވާލައްވައިފި އެވެ.

02 ނޮވެމްބަރ

November 02, 2019 17
އެމްއެމްޕީއާރުސީ ޚިޔާނާތާ ގުޅިގެން ޒަހާއާ ސުވާލުކޮށްފި

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ޚިޔާނާތުގެ ފައިސާ އިން މަންފާ ލިބުނު ކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކުގެ ލިސްޓުގައި ހިމެނޭ ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓަރު ޒަހާ ވަހީދު ޕޮލިހަށް ހާޒިރުކޮށް ސުވާލުކޮށްފި އެވެ.

28 އޮކްޓޯބަރ

October 28, 2019 4
ޕީޖީ ބިޝާމަށް ތުހުމަތުކުރާ މައްސަލައެއް އޭސީސީ އަށް!

ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ) އާއިޝަތު ބިޝާމް، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމާއި ހޯދައިދިން ކަމުގެ ތުހުމަތުކޮށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މައްސަލައެއް މިއަދު ހުށަހަޅައިފި އެވެ.

27 އޮކްޓޯބަރ

October 27, 2019 20
ޚިޔާނާތުގެ ފައިސާ ލިބުނު މެމްބަރުންގެ ނަންތައް ހޯދަނީ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ މެމްބަރުންގެ ނަންތައް ހޯދަން ރައްޔިތުންގެ މަޖިލީހުން މިއަދު އެދެފި އެވެ.

24 އޮކްޓޯބަރ

October 24, 2019 50
ފޮރުވި މަންޒަރާއި ހެކި ލިބިއްޖެ، އަދަދު 267 ގައި!

މުޅި ދައުލަތުގެ ތެރޭގައި އޮތީ ޚިޔާނާތުގެ މޫ ލައިފަ އެވެ! ރައްޔިތުންގެ 3.3 ބިލިއަން ރުފިޔާ ވަގަށް ނަގައި މަންފާ ލިބިގަތީ ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންނެވެ. ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނެވެ. އިންސާފު ގާއިމްކޮށްދެއްވަން ތިއްބެވި ފަނޑިޔާރުންނެވެ. ފުލުހުންނާއި ސިފައިންނެވެ. މިނިވަން...

23 އޮކްޓޯބަރ

October 23, 2019 14
ޚިޔާނާތުގެ ތަހުގީގު ހުއްޓުވަން ބަޔަކު އުޅޭ: އިލްޔާސް

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންސް (އެމްއެމްޕީއާރުސީ) ގެ ތިން ބިލިއަން ރުފިޔާގެ ބޮޑު ޚިޔާނާތުގެ ތަހުގީގު ހުއްޓުވަން ބޭނުންވާ ބަޔަކު ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގައި އެބަ އުޅޭ ކަމަށް ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް މިއަދު ވިދާޅުވެއްޖެ އެވެ.

14 ޖުލައި

July 14, 2019 108
ސީ ލައިފުން ޔާމީނަށް ފައިސާ ދިން މައްސަލަ ބަލަނީ

ހުޅުމާލޭގައި ފްލެޓް އެޅުމުގެ ނަމުގައި އެތައް ބައެއްގެ އަތުން އޮޅުވާލައިގެން ފައިސާ ނެގި ސީ ލައިފް ކުންފުނިން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް 15،000 ޑޮލަރު (231،300ރ.) ޖަމާކުރި މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރަމުން އަންނަ ކަން "މިހާރު" އަށް އެނގިއްޖެ އެވެ.

02 ޖުލައި

July 02, 2019 40
މައްސަލަ ހުށަނޭޅީ އިތުބާރު ނެތުމުން: އާތިފް

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ އެކުވެރިންގެ ކުންފުންޏަށް ދައުލަތުގެ ފައިސާ ޖަމާކޮށް މަނީ ލޯންޑަރިން ހިންގި މައްސަލަ ފުލުސް އޮފީހަށް ހުށަނާޅުއްވައި މަގާމުން އިސްތިއުފާ ދެއްވީ، އެކަން ތަހުގީގުކޮށް ހުއްޓުވާނެ ކަމުގެ ޔަގީން ކަން ނެތުމުން ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް...

16 ޖޫން

June 16, 2019 69
ޑީޑީގެ މައްސަލައެއް ނުބަލާ ކަން ޕޮލިހުން އަންގާފައިވޭ

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ އެއްވެސް މައްސަލައެއް ބަލަމުން ނުދާ ކަމަށް ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ން މިދިޔަ ހަފުތާގައި އަންގާފައިވާ ކަން އެނގިއްޖެ އެވެ.

07 މެއި

May 07, 2019 32
އިންސާފު ހޯދަން ދުވަނީ، 'ބޮޑުން" ތިބީ ފިލައި!

އަގު ހެޔޮ، އެންމެ ލުއި ފަސޭހަ ބޯހިޔާވަހިކަމުގެ ނަމުގައި ދެއްކީ ފޮނި ހުވަފެންތަކެކެވެ؛ ހަގީގަތް ހާމަވި އިރު، އެއީ ބޮޑު އޮޅުވާލުން ގަނޑެކެވެ. ފްލެޓަށް އަޅަން ކަމަށް ބުނެ ނެގި ފައިސާ އަށް ޚިޔާނާތްތެރިވެ، ކުންފުނީގެ އިސް މީހުންނާއި އެކަމަށް މަގު ކޮށައިދިން އެންމެން ފިލީ އެވެ. މުޅިން ވެސް މަކަރާއި ހީލަތެވެ؛ ބިކަވީ، 200 އަށް ވުރެ ގިނަ...

30 އެޕްރީލް

April 30, 2019 30
ލުތުފީ އޭސީސީން "ގެއްލިއްޖެ"!

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް ހަސަން ލުތުފީގެ ރަސްމީ ޗުއްޓީ ހަމަވުމުން ވެސް އޮފީހަށް ވަޑައިނުގަންނަވާތާ ދެ މަހަށް ވުރެން ގިނަ ދުވަސްވެއްޖެ އެވެ.

04 އެޕްރީލް

April 04, 2019 14
ރިޝްވަތު ބެހުން ހުއްޓުވައި ދިނުމަށް އޭސީސީން ފުލުހަށް

އަންނަ ހޮނިހިރުދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅިގެން ރިޝްވަތު ދޭ ކަމުގެ ޝަކުވާތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅަމުން އަންނާތީ އެފަދަ މައްސަލަތައް ބެލުމަށް އޭސީސީން ފުލުހުންގެ އެހީތެރިކަމަށް މިއަދު އެދިއްޖެ އެވެ.

27 ފެބުރުއަރީ

February 27, 2019 23
ތަހުގީގު ފެށުމުން ލުތުފީ އޮފީހަށް ވަޑައެއް ނުގަންނަވާ!

އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް ހަސަން ލުތުފީގެ މަނީ ލޯންޑަރިން މައްސަލަ ތަހުގީގުކުރަން ފެށުމުން، އޭނާ އޮފީހަށް ނުނިކުންނަވާ ކަން "މިހާރު" އަށް އެނގިއްޖެ އެވެ.