09 އޮކްޓޯބަރ

October 09, 2019 61
ޔާމީނަށް ހުކުމް ކުރުން އަންނަ މަހު 5 ގައި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑްރިންގެ ދައުވާގެ އަޑުއެހުންތައް މިއަދު ނިންމާލައި، އެ މައްސަލާގެ ހުކުމް އަންނަ މަހުގެ ފަސް ވަނަ ދުވަހު އިއްވަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.

22 އޯގަސްޓް

August 22, 2019 20
ފައިސާ އަށް ހަދަންވީ ގޮތް އެންގެވީ ޔާމީން: ޒިޔަތު

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އަށް ލިބުނު ފައިސާ އަމިއްލަ ކުންފުނިތަކުގެ އެކައުންޓްތަކަށް ޖަމާކުރައްވައި، ގާނޫނުތަކާއި އުސޫލުތަކާ ޚިލާފަށް އަމަލުކުރެއްވީ ރައީސް އަބްދުﷲ ޔާމީން އަންގަވައިގެން ކަމަށާއި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަންގަވާ ގޮތަށް ކަންތައް ކުރެއްވުމަށް އެންގެވި ކަމަށް...

21 އޯގަސްޓް

August 21, 2019 73
ޔާމީނާ ދެކޮޅަށް ހެކިބަސްދޭން ލުތުފީ އުޒުރުވެރިވެއްޖެ

ދައުލަތުގެ ހެއްކެއްގެ ގޮތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް ކްރިމިނަލް ކޯޓުގައި ހެކިބަސް ދެއްވަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ކުރީގެ ރައީސް ހަސަން ލުތުފީ އުޒުރުވެރިވެވަޑައިގެންފި އެވެ.

04 އޯގަސްޓް

August 04, 2019 33
އޭސީސީން އަމަލުކުރިގޮތާ މެދު ކޯޓުގައި ގިނަ ސުވާލުތަކެއް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން ކުރާ މަނީ ލޯންޑްރިންގެ ދައުވާގައި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަމަލުކުރި ގޮތާ މެދު ގިނަ ސުވާލުތަކެއް އެ ކޮމިޝަންގެ ރައީސް މުއައްވިޒް ރަޝީދަށް ކްރިމިނަލް ކޯޓުގައި މިއަދު އަމާޒުވެއްޖެ އެވެ.

21 ޖުލައި

July 21, 2019 37
"އެހެން ފައިސާތަކެއް ޖަމާކުރީ ގާނޫނާ ޚިލާފް ނުވުމަށް"

ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ ދެމެދު އެކު ހެދި އެސްކްރޯ އެއްބަސްވުމުގެ ދަށުން ހުޅުވި އެކައުންޓަށް، ތުހުމަތުކުރެވޭ ފައިސާ ނޫން އެހެން ފައިސާތަކެއް ޖަމާކުރީ ތަހުގީގު ހިނގާ މައްސަލައަކަށް ވާތީ ގާނޫނާ ޚިލާފްވެ ވަޑައިނުގަތުމަށް ކަމަށް ޔާމީން ކްރިމިނަލް ކޯޓުގައި މިއަދު ވިދާޅުވެއްޖެ އެވެ.

14 ޖުލައި

July 14, 2019 108
ސީ ލައިފުން ޔާމީނަށް ފައިސާ ދިން މައްސަލަ ބަލަނީ

ހުޅުމާލޭގައި ފްލެޓް އެޅުމުގެ ނަމުގައި އެތައް ބައެއްގެ އަތުން އޮޅުވާލައިގެން ފައިސާ ނެގި ސީ ލައިފް ކުންފުނިން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް 15،000 ޑޮލަރު (231،300ރ.) ޖަމާކުރި މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރަމުން އަންނަ ކަން "މިހާރު" އަށް އެނގިއްޖެ އެވެ.

09 ޖުލައި

July 09, 2019 15
ޚިޔާނާތުގައި ބީއެމްއެލްގެ މުވައްޒަފުންތަކަކަށް ތުހުމަތު!

އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މުވައްޒަފުންތަކެއްގެ ބައިވެރިވުން އޮތް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން...

July 09, 2019 70
ބޮޑު މަޝްރޫއުތަކެއްގެ ފައިސާ ޔާމީންގެ އެކައުންޓަށް!

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގި ތަރައްގީގެ ބޮޑު ތިން މަޝްރޫއަކާ ގުޅުން ހުރި ފައިސާ އެމަނިކުފާނުގެ އެކައުންޓުތަކަކަށް ވަދެފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ...

05 މާޗް

March 05, 2019 131
ފާތުންގެ މިސްކިތަށް މޯލްޑިވް ގޭހުން 2.5 މިލިއަން!

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ފާތިމަތު އިބްރާހީމްގެ މައިންބަފައިންގެ ހަނދާނުގައި ހުޅުމާލޭގައި އިމާރާތްކުރި މިސްކިތަށް މޯލްޑިވް ގޭހުން އޮޅުވާލައިގެން 2.5 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަން ފަޅާއަރައިފި އެވެ.

19 ފެބުރުއަރީ

February 19, 2019 49
155 މީހުން ވެސް ސާފު! ޚިޔާނާތްތެރިއަކު ނެތް؟

ދައުލަތުގެ މުއައްސަސާތަކުން ތިން އަހަރު ވަންދެން ރައްޔިތުންނަށް ސިއްރުކުރި ރިޕޯޓް އާއްމުކުރި އިރު، ޚިޔާނާތްތެރިއަކު ނުފެނުނެވެ. އެކަމަކު މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ވަގަށް ނެގި ފައިސާގެ އަދަދު 1.3 ބިލިއަނަށް އަރަ އެވެ. މިއީ، ނުއަގުގައި ރަށްތަކާއި ފަޅުތައް ވިއްކައި ގެއްލުންވި...

17 ފެބުރުއަރީ

February 17, 2019 32
ޔާމީންގެ ބަޔާން އޭސީސީން ނެގީ އުސޫލާ ޚިލާފަށް!

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން (އެމްއެމްޕީއާރުސީ)ގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގެ ތަހުގީގަށް، ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ސުވާލުކޮށް، ބަޔާން ނަގާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފައިވީ ނަމަވެސް އެއީ، އެ ކޮމިޝަނުގެ ތަހުގީގު ކުރުމުގެ އުސޫލާ ޚިލާފަށް ނަގާފައިވާ ބަޔާނެއް ކަން "މިހާރު" އަށް...

15 ފެބުރުއަރީ

February 15, 2019 65
އެސްއޯއެފްއާ ހަމައިން ނުނިމޭ، ރިޕޯޓް ފުރިހަމައެއް ނޫން

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ)ގެ 1.3 ބިލިއަން ރުފިޔާގެ ހިޔާނާތާ ގުޅޭގޮތުން އޭސީސީ އިން އިއްޔެ ނެރުނު ރިޕޯޓް ފުރިހަމަ ނޫން ކަމަށް، އެ ހިޔާނާތް...

February 15, 2019 22
ރައީސްގެ ނިންމެވުމަށް ތައުރީފު

ކޮރަޕްޝަނަށް މި ސަރުކާރުގެ ތެރެއިން އެއްވެސް ފުރުސަތެއް ނޯންނާނެކަން އިއްޔެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެޅުއްވި ފިޔަވަޅުން ސާބިތުވެއްޖެ ކަމަށް ބުނެ ބައެއް މީހުން...

14 ފެބުރުއަރީ

February 14, 2019 24
އޭސީސީގެ ރިޕޯޓުން ހިޔާނާތުގެ ކަޅު ފަރާތެއް ނުފެނޭ!

އެންމެން ބޭނުންވި އެމްއެމްޕީއާރުސީގެ ތަހުގީގީ ރިޕޯޓް އެންމެ ފަހުން، އޭސީސީން ނެރެފި އެވެ. އެކަމަކު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ބައެއް ވެރިން ހިންގެވި ބޮޑު ހިޔާނާތާއި އެ ހިިޔާނާތުގެ ފައިސާގައި ޖެހުނު ސިޔާސީ އެހެން ވެރިންގެ ކަޅު ފަރާތެއް އެ ރިޕޯޓަކުން ނޭނގޭނެ އެވެ. އެއިން ހާމަވީ އެމްއެމްޕީއާރުސީގެ ފައިސާ...

06 ފެބުރުއަރީ

February 06, 2019 14
ޔާމިން ވަނީ އެމްއެމްޕީއާރުސީން ފައިސާގެ މަންފާ ހޯދާފައި

ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ އެމްއެމްޕީއާރުސީގެ ފައިސާ މާލީ މަންފާ ލިބޭގޮތަށް ބޭނުންކުރައްވާފައި ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

31 ޖެނުއަރީ

January 31, 2019 58
ޖިހާދަށް ރެހެންދި ދެ ފްލެޓް މިލްކުކުރުން ހުއްޓުވައިފި

ނައިބު ރައީސްގެ ރަސްމީ ގެކޮޅުގެ ގޮތުގައި، ރެހެންދި އިމާރާތުން ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު ދިރިއުޅުއްވަން ސަރުކާރުން ހަމަޖެއްސި ދެ ފްލެޓް އެމަނިކުފާނަށް މިލްކުކޮށްދޭން ރައީސް އޮފީހުން ކުރި މަސައްކަތް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހުއްޓުވައިފި އެވެ.

09 ޖެނުއަރީ

January 09, 2019 31
ޔާމީނަށް އެސްކްރޯ އެކައުންޓް ހުޅުވި ސަބަބެއް ނުބުނި!

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް އެސްއޯއެފް އިން ޖަމާކުރި އެމްއެމްޕީއާރުސީގެ ފައިސާ ކަމަށް ތުހުމަތުކުރެވޭ އެއް މިލިއަން ޑޮލަރު (ގާތްގަނޑަކަށް 15 މިލިއަން ރުފިޔާ) ބީއެމްއެލްގައި އެސްކްރޯ އެކައުންޓެއް ހުޅުވައި އެއަށް ބަދަލުކުރަން އެންގި ސަބަބާ ގުޅޭ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވާހަކައެއް ނުދެއްކި އެވެ.

08 ޖެނުއަރީ

January 08, 2019 118
ތުހުމަތެއް އުޅުނަސް، އެއީ އަޅުގަނޑުގެ ފައިސާ: ޔާމީން

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގައި ހުރި އެމަނިކުފާނުގެ އެކައުންޓަށް އެސްއޯއެފުން ލީ އެއް މިލިއަން ޑޮލަރު (ގާތްގަނޑަކަށް 15 މިލިއަން ރުފިޔާ)، ބީއެމްއެލްގައި ހުޅުވި އެސްކްރޯ އެކައުންޓަށް ޖަމާ ނުކުރެއްވީ، އެއީ ދައުލަތުގެ ފައިސާ ކަން ކަށަވަރު ނުވެ ތުހުމަތުތަކެއް އުޅޭތީ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ...

January 08, 2019 54
ކުރީގެ ރައީސް ޔާމީން، ފުލުހުސް އޮފީހުގައި 6 ގަޑިއިރު

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ތުހުމަތުކުރާ ޚިޔާނާތާއި މަނީ ލޯންޑެރިންގެ މައްސަލަތަކުގެ ތަހުގީގަށް އެމަނިކުފާނު މިއަދު ފުލުހުންގެ އިދާރާގައި ހަ ގަޑިއިރު ހޭދަކުރައްވައިފި އެވެ.

January 08, 2019 15
ޕީއެސްއެމްގެ 14 މައްސަލައެއް އޭސީސީއަށް

ޕީއެސްއެމްގެ ކުރީގެ މެނޭޖްމަންޓުން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ 14 މައްސަލައެއް ބަލައިދިނުމަށް އެދި އެ ކުންފުނީގެ އާ މެނޭޖުމެންޓުން މިިދިޔަ...

07 ޖެނުއަރީ

January 07, 2019 54
ޔާމީނާއި އޭސީސީ އަށް އެސްކްރޯ އެކައުންޓެއް ނުހެދޭނެ!

ޚިޔާނާތުގެ ފައިސާ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަމިއްލަފުޅު އެކައުންޓެއްގައި ބެހެއްޓުމުގެ ސަބަބެއް ނެތެވެ. އިޚްލާސްތެރި ނިޔަތެއް އޮތް ނަމަ، އެސްއޯއެފް އިން އެމަނިކުފާނުގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު (ގާތްގަނޑަކަށް 15 މިލިއަން ރުފިޔާ) ޖަމާކުރި ކަން އެނގިވަޑައިގަތުމާ އެކު ވެސް އެ ފައިސާ ދައުލަތާ ހަވާލު ކުރައްވަން ޖެހެ...

02 ޖެނުއަރީ

January 02, 2019 113
އޭސީސީއާ ޔާމީން ހަވާލުކުރެއްވީ ޒަމީރު ދެއްވި ފައިސާ!

ކުރީގެ ރައީސް އަބްދުﷲ ޔާމީން، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާ ހަވާލުކުރެއްވީ އިސްލާމިކް ބޭންކް (އެމްއައިބީ)ގައި ހުޅުވާފައިވާ އެމަނިކުފާނުގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރު (ގާތްގަނޑަކަށް 15 މިލިއަން ރުފިޔާ) ކަމަށް ބުނެ ދައުލަތުގެ އިދާރާތަކަށް ދޮގު މައުލޫމާތު ދެއްވި މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުން އަންނަ...

25 ޑިސެމްބަރ

December 25, 2018 103
1.4 ބިލިއަން ރުފިޔާގެ ވަައްކަމާ އެކު ލަދެއް ނެތި!

ރާއްޖޭގައި އަލަށް އުފައްދާ ސިޔާސީ ޕާޓީ، މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓްސް (އެމްޓީޑީ)، ގެ އާންމު ފުރަތަމަ ޖަލްސާ، ކުރީގެ ނައިބު ރައީސް އަދި ދިވެހި ރައްޔިތުންގެ 1.4 ބިލިއަން ރުފިޔާއަށް ހިޔާނަތްތެރިވުމުގެ އިސް އެކެއް ކަމަށް ޔަގީންކުރެވޭ އަހުމަދު އަދީބަށް ހާއްސަކުރުމުން، ރާއްޖެ މި ދަނީ ކޮން ދިމާލަކަށް ކަމާ މެދު، އާންމު ދިވެހިންގެ...

18 ޑިސެމްބަރ

December 18, 2018 32
ޔާމީނަށް ޖަމާކުރި މިލިއަން ޑޮލަރުގެ މައްސަލަ ޕޮލިހަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގައި ހުޅުވާފައިވާ އަމިއްލަފުޅު އެކައުންޓަކަށް އަމިއްލަ ފަރާތަކުން އެއް މިލިއަން ޑޮލަރު (ގާތްގަނޑަކަށް 15 މިލިއަން ރުފިޔާ)، ޖަމާކުރި މައްސަލަ ފުލުހުންނަށް ހުށަހާޅާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނެފި އެވެ.