03 މާޗް

March 03, 2017 83
ސިޔާސީ ނުފޫޒުން މިންޖުކުރަންވީ ސިފައިން އެކަންޏެއް ނޫން

އުމުރުން 18 އަހަރުން މަތީގެ ކޮންމެ މީހަކަށް، ގާނޫނުއަސާސީގެ 26 ވަނަ މާއްދާ އިން މައިގަނޑު ތިން ހައްގެއް ކަށަވަރުކޮށްދެ އެވެ. ފުރަތަމަ ހައްގަކީ، އިންތިޚާބުތަކުގަ އާއި އާންމުންގެ ޚިޔާލު ހޯދުމަށް ނަގާ ވޯޓުތަކުގައި ވޯޓު ދިނުމުގެ ހައްގެވެ. ދެ ވަނަ ހައްގަކީ އިންތިޚާބުތަކުގައި އެކިއެކި މަގާމުތަކަށް ކުރިމަތިލުމުގެ ހައްގެވެ. ތިން ވަނަ...

15 ފެބުރުއަރީ

February 15, 2017 5
ސާކް ސަމިޓަށް ސަފާރީ ހޯދުމުގައި ކޮރަޕްޝަނެއް ނެތް

އައްޑޫގައި ބޭއްވި ސާކް ސަމިޓަށް ސަފާރީތަކެއް ކުއްޔަށް ހިފީ ގަވާއިދާ ޚިލާފަށް ކަމަށް އޮޑިޓް ރިޕޯޓުގައި އޮތަސް، އެ ކަމުގައި ކޮރަޕްޝަންގެ އަމަލެއް ނުހިމެނޭ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނިންމައިފި އެވެ.

14 ފެބުރުއަރީ

February 14, 2017 2
ގިނައިން ހުށަހެޅީ ޕްރޮކިއުމެންޓުގެ މައްސަލަ: އޭސީސީ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މިދިޔަ އަހަރު އެންމެ ގިނައިން ހުށަހެޅީ ޕްރޮކިއުމެންޓާ ގުޅޭ ހިޔާނާތުގެ މައްސަލަތައް ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.

February 14, 2017 41
ނަޒާހަތްތެރިކަމުން ފަލީހަތްވަމުން ދާ ކޮރަޕްޝަން

މީގެ އަހަރުތަކެއް ކުރިން ކުންފުންޏަކުން އިމާރާތެއް ކުއްޔަށް ހިފަން ބޭނުންވެގެން އިއުލާނެއް ކުރި އެވެ. އިމާރާތް ހުންނަންވީ، މާލޭގެ ކޮން ސަރަހައްދެއްގައި، ކޮން މަގެއްގައި ކަން ވެސް...

13 ފެބުރުއަރީ

February 13, 2017 5
މުސްހަފު މާލްދީފް މަޝްރޫއުގައި ވެސް ކޮރަޕްޝަނެއް ނެތް

ކޮންމެ ދިވެއްސަކަށް މުސްހަފެއް ދިނުމަށް ބަހްރައިންގެ ގުރުއާނަށް ހިދުމަތްކުރާ ޖަމިއްޔާއަކާއި ދިވެހި ސަރުކާރު ގުޅިގެން ފަށާފައިވާ މަޝްރޫއުގައި ކޮރަޕްޝަންގެ އަމަލެއް މިހާތަނަށް...

February 13, 2017 24
ފެނަކަ އެމްޑީ ނުފޫޒު ބޭނުންކުރާ ކަމުގެ ތުހުމަތުކޮށްފި

މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުން ކުރައްވައިގެން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ނުފޫޒު ފޯރުވާ ކަމަށް ބުނެ، ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު...

08 ފެބުރުއަރީ

February 08, 2017 27
"ހަބޭސް" ޖަލްސާގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

ސަރުކާރަށް ތިން އަހަރު ފާހަގަކުރުމަށް މިދިޔަ ނޮވެމްބަރު މަހު "ހަބޭސް" ގެ ނަމުގައި ބޭއްވި ޖަލްސާ އިންތިޒާމްކުރީ ސަރުކާރުން ކަމަށާއި އެހެންވެ އެ ޖަލްސާއަށް ސަރުކާރުން ހަރަދުކޮށް، މުވައްޒަފުން ބައިވެރިވާން އެންގުމަކީ މައްސަލައެއް ނޫން ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނިންމައިފި އެވެ.

06 ފެބުރުއަރީ

February 06, 2017 1
އޭސީސީ އަށް ހުށަހެޅި މައްސަލަ އިތުރުވެއްޖެ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މިދިޔަ އަހަރު ހުށަހެޅި މައްސަލަތައް އިތުރުވެއްޖެ އެވެ.

02 ފެބުރުއަރީ

February 02, 2017 46
ލުތުފީ އަށް ވެށިފަހިން ފްލެޓް ނުލިބުމުން ދައުވާކޮށްފި

ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ފްލެޓް ލިބުނު ފަރާތްތަކުގެ ތެރޭގައި އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ) ގެ ރައީސް ހަސަން ލުތުފީ ނުހިމެނުމުން ފްލެޓް ހޯދަން ދައުލަތާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި އެވެ.

31 ޖެނުއަރީ

January 31, 2017 3
ލޯނެއް ހޯދަން އޮޅުވައިލި ކުޑަ ކަތީބަށް ދައުވާކުރަނީ

ދޮގު މައުލޫމާތު ދީގެން އަމިއްލަ ބަޔަކަށް ލޯނެއް ހޯދައިދިން މައްސަލައެއްގައި ހދ. ކުޅުދުއްފުށީ ކުރީގެ ކުޑަކަތީބުގެ މައްޗަށް ދައުވާކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް މިއަދު ފޮނުވައިފި އެވެ.

22 ޖެނުއަރީ

January 22, 2017 8
ފެނަކައަށް ޑޮލަރު ގަތުމާ ގުޅޭ އާ އުސޫލެއް ހަދައިފި

ރަށްރަށަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް އުފައްދާފައިވާ ކުންފުނި ފެނަކަ އަށް ޑޮލަރު ގަތުމާ ގުޅޭ އާ އުސޫލެއް އެކުލަވާލައި ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގެ ޚިޔާލު ހޯދުމަށް ފޮނުވައިފި އެވެ.

21 ޖެނުއަރީ

January 21, 2017 34
އެމްޑީޕީން ރައީސްގެ ވާހަކަފުޅުގެ މާނަ އޮޅުވައިލީ

ކޮރަޕްޝަނަކީ އިންސާނީ ތަބީއަތުގައި ހިމެނޭ ކަމަކަށް ވާ އިރު، ދިވެހިންގެ ތެރޭގައި ވެސް އެކަން އޮންނާނެ ކަމަށް ވިދާޅުވެ ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކަފުޅާ ގުޅިގެން އެމްޑީޕީން...

January 21, 2017 38
ރައީސް ވާހަކަދެއްކެވީ ޚިޔާނާތް އާދައިގެ ކަމަކަށް ހަދަން

ކޮރަޕްޝަނަކީ އިންސާނީ ތަބީއަތުގައި ހިމެނޭ ކަމަކަށް ވާއިރު، ދިވެހިންގެ ތެރޭގައި ވެސް އެކަން އޮންނާނެ ކަމަށް ވިދާޅުވެ ރައީސް އަބްދުﷲ ޔާމީން ވާހަކަ ދެއްކެވީ ޚިޔާނާތާއި ވައްކަމަކީ...

19 ޖެނުއަރީ

January 19, 2017 57
އޭސީސީގެ ތަހުގީގަށް ސަރުކާރުން ހުރަސް ނާޅާނެ: ރައީސް

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހިންގާ ތަހުގީގަކަށް މިހާރުގެ ސަރުކާރުން ހުރަސް ނާޅާނެ ކަމަށާއި އޭގެ ބަދަލުގައި ސަރުކާރުގެ އެއްބާރުލުން އެ ކޮމިޝަނަށް ލިބޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

18 ޖެނުއަރީ

January 18, 2017 2
ވޯކްސް ކޯޕަރޭޝަންގެ ކުރީގެ އެމްޑީގެ މައްސަލަ ޕީޖީ އަށް

ވޯކްސް ކޯޕަރޭޝަނަށް ދެ އެކްސްކަވޭޓަރު ގަތުމަށް، ރަސްމީ ޑޮލަރު ރޭޓަށް ވުރެ ބޮޑުކޮށް ޑޮޮލަރަށް ފައިސާ ދައްކާފައިވާތީ ވޯކްސް ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޖާވިދު...

January 18, 2017 31
ދޮޅު އަހަރު ނިމިއްޖެ، ޚިޔާނާތުގެ ތަހުގީގެއް ނުނިމުނު!

ގައުމު ސިއްސުވާލި ބޮޑު ޚިޔާނާތުގެ ތަހުގީގު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރަމުން އަންނަތާ ދޮޅު އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް...

17 ޖެނުއަރީ

January 17, 2017 10
ސަމިޓަށް އުޅަނދު ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް

އައްޑޫގައި 2011 ވަނަ އަހަރު ބޭއްވި ސާކް ސަމިޓުގައި ބޭނުންކުރަން 21 އުޅަނދު ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ނިންމައިފި އެވެ.

15 ޖެނުއަރީ

January 15, 2017 43
އޭސީސީއަށް މައްސަލައަކަށް ވަނީ ކިހާވަރެއް ވީމާ؟

ދާދި ފަހުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނިންމި ދެ މައްސަލަ އަށް ބަލަމާ ހިނގާށެވެ. އޭގެ ތެރެއިން އެއް ކަމަކީ ހުޅުމާލޭގައި ލާލޭ ސްކޫލް ހިންގި ތަނުގައި ގޭޓްވޭ އިންޓަނޭޝަނަލް ސްކޫލް ހިންގަން ކޮލިޓޭޓް އެޑިއުކޭޝަނާ ހަވާލުކުރި މައްސަލަ އެވެ. ގޭޓްވޭ ސްކޫލު ހިންގުމަށްޓަކައި ކޮލިޓޭޓާ ހަވާލުކުރީ، އަލުން ބިޑް ކުރުމަށް އޭސީސީން...

11 ޖެނުއަރީ

January 11, 2017 19
ހުޅުމާލޭ ސްކޫލް ކޮލިޓޭޓަށް ދިނުމުގައި ކޮރަޕްޝަނެއް ނެތް

ހުޅުމާލޭގެ ފަރީދިއްޔާ ސްކޫލުގެ ބިމުގައި ސްކޫލެއް ހިންގުމަށް ކޮލިޓޭޓް އެޑިއުކޭޝަނާ ހަވާލުކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަމެއް ނެތް ކަމަށް ބަލައި، އެންޓި ކޮރަޕްޝަން ކޮމިޝަނުން އެ މައްސަލަ ނިންމައިފި އެވެ.

10 ޖެނުއަރީ

January 10, 2017 33
"ދޯނި ގަތީ ފަސް މިލިއަނަށް ވުރެ ކުޑަ އަގަކަށް"

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް ގަތް ދޯނީގެ އަގު ފަސް މިލިއަން ރުފިޔާ އަށް ވުރެ މާ ކުޑަވާނެ ކަމަށް އެ ކުންފުނިން މިރޭ ބުނެފި އެވެ.

January 10, 2017 45
އެމްޕީއެލް އިން ގަތީ ބާ ދޯންޏެއް ނޫން: ޖުނައިދު

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބޮޑު އަގުގައި ބާ ދޯންޏެއް ގަތް ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މައްސަލަ ހުށަހެޅިޔަސް އެއީ ބާ ދޯންޏެއް ނޫން ކަމަށް އެ...

05 ޖެނުއަރީ

January 05, 2017 15
އެމްޕީއެލް އާއި މެރީޑިއަމްގެ މައްސަލަ އޭސީސީން ބަލަނީ

މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް ތެޔޮ ގަތުމަށް މެރީޑިއަމް ސާވިސްއާ އެކު ހެދި އެއްބަސްވުމުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފަށައިފި އެވެ.

19 ޑިސެމްބަރ

December 19, 2016 5
އޮޅުންބޮޅުން: ކޮރަޕްޝަންގެ އަމަލްތައް ހުއްޓުވުން

ކަރަޕްޝަން ހުއްޓުވުމަށް ސަރުކާރުގެ ކަމާ ބެހޭ ފަރާތުން ވަރަށް މަސައްކަތްކުރައްވަ އެވެ. ލަފާކުރެވޭ ގޮތުގައި ނަޒާޙަތްތެރިކަމާ ބެހޭ އެއްބަސްވުމުގައި ވެސް ވަރަށް ގިނަ އޮފީސްތަކާއި އެހެން ފަރާތްތަކުން ވެސް ސޮއިކޮށްފައިވާނެ އެވެ. މީޑިއާ ގެންގޮސްގެން ކުލަގަދަ ރަސްމިއްޔާތުތަކުގެ ތެރޭގަ އެވެ. ދާދި ފަހުން ކަރަޕްޝަން ހުއްޓުވުމާ ބެހޭ...

14 ޑިސެމްބަރ

December 14, 2016 37
ވަގުފް ފަންޑުން ސަދަގާތް ފައުންޑޭޝަނަށް ފައިސާއެއް ނުދޭ

އިސްލާމިކް މިނިސްޓްރީގެ ވަގުފް ފަންޑަށް އަބޫދާބީގެ އަމިއްލަ ޖަމިއްޔާއަކުން ހަދިޔާކުރި ފައިސާގެ ބައެއް ސަދަގާތް ފައުންޑޭޝަނަށް ދީފައި ނުވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނެފި އެވެ.

13 ޑިސެމްބަރ

December 13, 2016 46
ޒިޔަތު ގަތް ގެއެއް ދައުލަތަށް ނަގަނީ

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން (އެމްއެމްޕީއާރުސީ)ގެ ފައިސާ އިން އެތަނުގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ހުޅުމާލެ އިން ގަނެފައިވާ ގެއެއް ޝަރީއަތް މެދުވެރިކޮށް ދައުލަތަށް ނަގަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް މިއަދު ފޮނުވައިފި އެވެ. މި މައްސަލާގައި އޭސީސީން ވަނީ...