21 ޖެނުއަރީ

January 21, 2020 13
ކަންބޮޑުވުންތަކާއެކު އޭސީސީ މެމްބަރުން ރައީސް އަރިހަށް

އޭސީސީ އަށް ސަރުކާރުގެ އެއްވެސް އިދާރާއަކުން ނުފޫޒު ނުފޯރުވުމަށް ރައީސް އެދިވަޑައިގެންފި އެވެ. އެމަނިކުފާނު މިހެން އެދިވަޑައިގަތީ އޭސީސީގެ މެމްބަރުންނާ އެކު ރައީސް މިއަދު ބޭއްވެވި ބައްދަލުވުމެއްގަ އެވެ.

16 ޖެނުއަރީ

January 16, 2020 10
ރައީސްގެ ކަންބޮޑުވުމާ ގުޅިގެން އޭސީސީން މަޝްވަރާ އަށް

މަޝްރޫއުތައް ލަސްވާ ގޮތަށް އަމަލު ނުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެދިވަޑައިގެންފައިވާތީ އެކަމާ ގުޅޭ ގޮތުން ރައީސް އޮފީހާ މަޝްވަރާ ކުރަން ނިންމާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް މަރިޔަމް ޝިއުނާ މިއަދު ވިދާޅުވެއްޖެ އެވެ.

15 ޖެނުއަރީ

January 15, 2020 28
އޭސީސީއާ ހެދި މަޝްރޫއު ލަސްވިޔަ ނުދޭން އެދިވަޑައިގެންފި

ކޮރަޕްޝަނާ ދެކޮޅަށް ހުށަހަޅާ ޝަކުވާތަކާ ގުޅިގެން ގާނޫނީ ޒިންމާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަދާކުރާ އިރު، މަޝްރޫއުތައް ލަސްވާނެ ގޮތަށް އަމަލު ނުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ އެދިވަޑައިގެންފި އެވެ.

14 ޖެނުއަރީ

January 14, 2020 26
ބުންޔާމީނަށް ތުހުމަތުކުރާ 48 މިލިއަންގެ މައްސަލައެއް

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ކުރީގެ ސީއީއޯ އަހްމަދު ބުންޔާމީނަށް ތުހުމަތުކުރާ 48 މިލިއަން ރުފިޔާގެ ކޮރަޕްޝަނެއްގެ މައްސަލައެއް ބަލައި ދިނުމަށް އެދި އެ ކުންފުނިން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ފޮނުވައިފި އެވެ.

09 ޖެނުއަރީ

January 09, 2020 8
ދިއްދޫ ގެތައް އޭސީސީ، އޭޖީގެ ލަފާގެ މަތިން ދޫަކުރަނީ

ހއ. ދިއްދޫގައި، ކުރީގެ ރައީސް މުހައްމަދު ނަޝިދުގެ ސަރުކާރުން އިމާރާތް ކުރި ހައުސިން ޔުނިޓްތައް ދޫކުރުމުގެ ކަންކަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އެޓާނީ ޖެނެރަލްގެ ލަފާގެ މަތިން ކުރަން ފަށާފައިވާ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

29 ޑިސެމްބަރ

December 29, 2019 28
ސީ ޕްލޭން ޓާމިނަލް ދޭން އުޅޭގޮތް ހުއްޓުވަން އޭސީސީއަށް

އެމްއޭސީއެލް އިން 55 މިލިއަން ޑޮލަރު (849 މިލިއަން ރުފިޔާ) ހޭދަކޮށްގެން ހަދާ ސީ ޕްލޭން ޓާމިނަލް، މިހާރުގެ މާކެޓް އަގަށް ވުރެ ކުޑަކޮށް ކުއްޔަށް ދޫކުރުން ހުއްޓުވައިދޭން އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މިދިޔަ ހަފުތާގައި މައްސަލައެއް ހުށަހަޅައިފި އެވެ.

22 ޑިސެމްބަރ

December 22, 2019 20
9 އެއްބަސްވުމަކުން ބަދަލު ދިން ގޮތް އެބަބަލަން:އޭސީސީ

ގާނޫނާ ޚިލާފަށް އުވާލި ކަމަށް ބުނާ އެއްބަސްވުންތަކުން ބޮޑެތި ބަދަލުތަކެއް ދީފައިވާ ނުވަ މައްސަލައެއްގެ ތަހުގީގު ކުރިއަށް ގެންދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނެފި އެވެ.

19 ޑިސެމްބަރ

December 19, 2019 39
ނަޝީދު ކުރެއްވި ދަތުރެއްގެ މައްސަލަ އޭސީސީން ބަލަނީ

އެމްޑީޕީން ދެކުނު އަތޮޅުތަކަށް ބޭއްވި މަހާސިންތާ އަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގއ. ވިލިނގިއްޔަށް ކުރެއްވި ދަތުރުފުޅާ ގުޅިގެން އޭސީސީން މައްސަލައެއް ބަލަން ފަށައިފި އެވެ.

15 ޑިސެމްބަރ

December 15, 2019 29
ބަޔާން ނުދެއްވުމުން ޖާބިރު އޭސީސީ އަށް ހާޒިރުކުރަނީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ގުޅޭ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުން އަންނަ މައްސަލައިގައި ބަޔާން ދެއްވުމަށް ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު ދެކޮޅު ހެއްދެވުމުން އޭނާ އޭސީސީ އަށް ހާޒިރުކުރަން ޗިޓް ފޮނުވާފައިވާ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

12 ޑިސެމްބަރ

December 12, 2019 22
އަނިލްގެ ރިޝްވަތުގެ މައްސަލައެއް އޭސީސީއަށް

އެމްއެމްޕީއާރުސީގެ 3.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގައި އިސްކޮށް އުޅުއްވި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ އަތުން ކުރީގެ ބަންޑާރަ ނައިބު މުހައްމަދު އަނިލް ރިޝްވަތު ނެންގެވި ކަމަށް ތުހުމަތުކުރާ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އިއްޔެ ހުށަހަޅައިފި އެވެ.

11 ޑިސެމްބަރ

December 11, 2019 21
އިބޫ އަށް ފިޔަވަޅު ނާޅަނީ ޝަކުވާއެއް ނުލިބޭތީ: ހޫދު

ކޮރަޕްޝަންގެ ތުހުމަތުކޮށްފައިވާ ގްރޭޓާ މާލެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދު (މާމިގިލީ އިބޫ) އާ މެދުގައި ފިޔަވަޅު ނާޅައި އޮތީ މިހާތަނަށް އައި އިރު، އޭނާއާ ގުޅޭ ގޮތުން އެއްވެސް ޝަކުވާއެއް ރައީސް އޮފީހަށް ލިބިފައި ނުވާތީ ކަމަށް އެ އޮފީހުން މިއަދު ބުނެފި އެވެ.

07 ޑިސެމްބަރ

December 07, 2019 16
ބޯޓުގެ މައްސަލާގައި އިހުމާލުވިމީހުންނަށް ފިޔަވަޅު އަޅަނީ

ތިލަފުށި ފަޅުތެރޭގައި އޮތް ބޯޓު ނަގައި ނައްތާލަން ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން (ޖީއެމްއައިޒެޑް) އިން ޕާކަވަން ކުންފުންޏާ ހަވާލުކުރުމުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދު (މާމިގިލީ އިބޫ) އާއި އެ ތަނުގެ ވެރިން އަމަލު ކުރައްވާފައި ވަނީ ގާނޫނާ ޚިލާފަށް ކަމަަށާއި އެހެންވެ މި މައްސަލާގައި އިހުމާލުވާ އެންމެންނާ...

02 ޑިސެމްބަރ

December 02, 2019 23
ޝަމީމްގެ މައްސަލައެއް އޭސީސީ އަށް

ޕްރޮސިކިއުޓަ ޖެނެރަލްގެ މަގާމަށް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުވާފައިވާ ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމާ ގުޅޭ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އަމިއްލަ މީހަކު ހުށަހަޅައިފި އެވެ.

01 ޑިސެމްބަރ

December 01, 2019 19
ކޮރަޕްޝަނެއް ނުހިންގަން، މައްސަލަ ކުރިން ބެލި: އުމަރު

ނުރައްކާތެރި ކުށްވެރިން ކަމަށް ބެލެވޭ މީހުންގެ ފައިގައި އަޅުވާ ޓެގް ގެންނަން އަމިއްލަ ކުންފުންޏަކާ ހަވާލުކުރުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައި ނުވާނެ ކަމަށާއި މިހާރު ބަލަނީ...

December 01, 2019 16
އުމަރަށް ތުހުމަތު ކުރެވޭ މައްސަލައެއް އޭސީސީން ބަލަނީ

އުމަރު ނަސީރުގެ ހޯމް މިނިސްޓަރު ކަމުގައި، ނުރައްކާތެރި ކުށްވެރިން ކަމަށް ބެލެވޭ މީހުންގެ ފައިގައި އަޅުވާ ޓެގް ގެނައުމަށް އަމިއްލަ ކުންފުންޏަކާ ހަވާލު ކުރުމުގައި ކޮރަޕްޝަންގެ...

25 ނޮވެމްބަރ

November 25, 2019 8
ދިއްދޫ ފްލެޓް މައްސަލަ ނުނިމޭތީ ފައިސަލްގެ ކަންބޮޑުވުން

ހއ. ދިއްދޫގައި ސަރުކާރުން އެޅި ފްލެޓްތައް ހަވާލުކުރުން، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހުއްޓުވާފައި އޮންނަތާ ގިނަ ދުވަސްތަކެއް ވުމުން އެކަމާ ނައިބު ރައީސް ފައިސަލް ނަސީމް އިއްޔެ ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

19 ނޮވެމްބަރ

November 19, 2019 37
އެސްއޯއެފްގެ ފައިސާ ޖަމާވި ނަވީންއަށް ޕްރޮމޯޝަން ދީފި

އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގައި ހިމެނޭ އެސްއޯފުން ފައިސާ ޓްރާންސްފާ ކޮށްފައިވާ އެމްއެންޑީއެފްގެ ނަވީން ޒުބައިރަށް މިއަދު ޕްރޮމޯޝަން ދީފި އެވެ.

17 ނޮވެމްބަރ

November 17, 2019 2
ޕޯޓަލް އިން ހުށަހެޅި ކޮރަޕްޝަން މައްސަލަތައް އޭސީސީއަށް

ސަރުކާރުގެ އިދާރާތަކުގެ ކޮރަޕްޝަންގެ މައްސަލަތައް ރިޕޯޓްކުރަން ރައީސް އޮފީހުގައި ގާއިމްކޮށްފައިވާ ޕޯޓަލް އަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން 92 މައްސަލައެއް ތަހުގީގުކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފި އެވެ.

12 ނޮވެމްބަރ

November 12, 2019 19
މަގާމާ ހަވާލުވިއިރު 800އަށް ވުރެ ގިނަ މައްސަލަ އޮތް

މިދިޔަ ސެޕްޓެމްބަރު މަގާމާ ހަވާލުވެ ވަޑައިގަތް އިރު 800 އަށް ވުރެ ގިނަ މައްސަލަ އޭސީސީން ބަލަމުންދާ ކަމަށާއި އޭގެ ތެރޭގައި 10 އަހަރުވެފައިވާ މައްސަލަތައް ވެސް ހިމެނޭ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވެއްޖެ އެވެ.

08 ނޮވެމްބަރ

November 08, 2019 91
ހައިލަމްގެ ތުހުމަތު ނުބަލާ ދޫކޮށްލާ ވަރެއް ނޫން!

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ޖަލު ހުކުމެއް އިއްވާނެ ކަމުގެ ކަށަވަރު ކަން ދިނުމަށް، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް އަރިހުން ސަރުކާރުގެ އިސް މަގާމްތަކުގައި ތިއްބެވި ބޭފުޅުން އެދިވަޑައިގަތް މައްސަލަ ބަލަން ބައެއް ބޭފުޅުން މިއަދު ގޮވާލައްވައިފި އެވެ.