03 ނޮވެމްބަރ

November 03, 2018 60
އަޒީމާ އޭސީސީއަށް ހާޒިރުވާން އަންގައިފި

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގެ މައްސަލައާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހިންގާ ތަހުގީގަކަށް ކުރީގެ ގަވަރުނަރު އަޒީމާ އާދަމް އޭސީސީއަށް ހާޒިރުވާން އަންގައިފި އެވެ.

30 އޮކްޓޯބަރ

October 30, 2018 16
މާލީބަޔާނުގެ މައްސަލަ މަޖިލީހަށް ހުށަހަޅަން ލަފާދީފި

ރައީސް އަބްދުﷲ ޔާމީންގެ މާލީ ބަޔާން އޮޑިޓާ ޖެނެރަލަށް ހުށަހަޅުއްވާފައި ނުވާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީ އަށް ހުށަހެޅުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ލަފާ ދީފި އެވެ.

29 އޮކްޓޯބަރ

October 29, 2018 27
ހައުސިންގެ ބަޖެޓުން ސްޓްރާޑާއަށް މިލިއަނުން ފައިސާ!

ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގެންނެވި، ސަރުކާރުގެ ބައެއް މަޝްރޫއުތަކުގެ ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތުތަކުގެ އިންތިޒާމްތައް ހަމަޖެއްސުން ސްޓްރާޑާއާ ހަވާލުކޮށް، އެ ކުންފުންޏަށް ހައުސިން މިނިސްޓްރީގެ ބަޖެޓުން މިލިއަނުން ފައިސާ ދީފައިވާ ކަން ހާމަވާ ލިއުންތަކެއް އާއްމުވެއްޖެ އެވެ.

25 އޮކްޓޯބަރ

October 25, 2018 174
ސިޔާސީ ގޮތުން ރައީސް ޔާމީން މަގުމަތިވަނީ!

މީގެ ފަސް އަހަރު ކުރިން 2013 ގައި ރައީސް ޔާމީން ވެރިކަމަށް ކުރިމަތިލެއްވި އިރު، އެމަނިކުފާނަކީ ރައްޔިތުންގެ މެދުގައި މާ ބޮޑު މަގުބޫލުކަމެއް އޮތް ބޭފުޅެއް ނޫން ކަން، އެ ފަހަރުގެ ރިއާސީ އިންތިޚާބުގެ ތިން ބުރުގެ ނަތީޖާ އިން އެނގެ އެވެ. އަދި މި އަހަރުގެ ރިއާސީ އިންތިޚާބުގެ ނަތީޖާ އިން މާ ބޮޑަށް އެކަން ކަށަވަރުވެ އެވެ.

24 އޮކްޓޯބަރ

October 24, 2018 23
ކޮރަޕްޝަނާ ދެކޮޅަށް ތެދުވަން ނަސޭހަތް ދެއްވައިފި!

ކޮރަޕްޝަނަކީ ރާއްޖެ އަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލަ ކަމަށް ވިދާޅުވެ، އެކަން ހުއްޓުވަން އެންމެން ތެދުވުމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ރޭ ނަސޭހަތް ދެއްވައިފި އެވެ.

22 އޮކްޓޯބަރ

October 22, 2018 16
ސީލައިފް ފްލެޓްތަކުގެ މައްސަލަ ފުލުހާއި އޭސީސީއަށް

ހުޅުމާލޭގައި ސީލައިފް ގްލޯބަލް އިން އިމާރާތް ކުރަން ބުނި އެޕާޓްމެންޓްތަކުގެ މައްސަލާގައި އެ ކުންފުންޏާ ދެކޮޅަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށާއި ފުލުހުންނަށް މައްސަލަ...

October 22, 2018 28
ވޯޓް ކަރުދާސް ޗާޕްކުރި މައްސަލަ އޭސީސީން ބަލަނީ

ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާސް ޗާޕްކުރަން ބޮޑު އަގެއްގައި އެމް7 އާ ހަވާލުކުރީ ކޮރަޕްޝަން ހިމެނޭ ގޮތަށް ކަމަށް ބުނެ، ރައީސް އޮފީހުންނާއި ފިނޭންސް މިނިސްޓްރީން އެންޓި ކޮރަޕްޝަން...

21 އޮކްޓޯބަރ

October 21, 2018 33
އޭސީސީން ވެސް ނިންމީ ގާސިމާ އެއްކޮޅަށް

ގާސިމް އިބްރާހިމްގެ ވިލާ ކުންފުންޏަށް ސަރުކާރުން ދޫކުރި ފަސް ރަށެއް ސަރުކާރުން އަތުލީ ގާނޫނާ ޚިލާފަށް ކަމަށް ސުޕްރީމް ކޯޓުން ނިންމާފައި ވަނިކޮށް އެ މައްސަލަ އޭސީސީ އަށް ހުށަހެޅުމުން ވެސް ގާސިމާ އެއްކޮޅަށް އެ ކޮމިޝަނުން މައްސަލަ ނިންމައިފި އެވެ.

19 އޮކްޓޯބަރ

October 19, 2018 92
ރައީސްގެ ކެމްޕެއިނަށް ހަރަދުކޮށްފައެއް ނުވާނެ: އެޗްޑީސީ

މިދިޔަ މަހު ބޭއްވި ރިޔާސީ އިންތިޚާބުގައި ރައީސް އަބްދުﷲ ޔާމީންގެ ކެމްޕެއިނަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ން ޚަރަދު ކޮށްފައިވާ ކަމަށް ބުނެ އަޑު ފެތުރިފައިވީ...

October 19, 2018 9
ކޮރަޕްޝަނަށް މަގުފަހިވާ މުއާމަލާތްތައް ނުހިންގަން އެދެފި

އެސްޓީއޯގެ ސަބްސިޑަރީ ދެ ކުންފުނި، އެސްޓީއޯ މޯލްޑިވްސް ސިންގަޕޯ ޕްރައިވެޓް ލިމިޓެޑާއި މޯލްޑިވްސް އޮއިލް ކޮމްޕެނީގެ މުވައްޒަފުންގެ މަސްލަހަތު އޮންނަ ގޮތަށް ކޮރަޕްޝަނަށް މަގުފަހިވާ...

18 އޮކްޓޯބަރ

October 18, 2018 6
މައުލޫމާތު ހާމަކުރުމުގެ ރަންވަނަ ތިން އިދާރާއަކަށް

މައުލޫމާތު ހާމަކުރުމުގެ ރަންވަނައިގެ އެވޯޑު ތިން އިދާރާއަކަށް ރޭ ލިބިއްޖެ އެވެ.

October 18, 2018 22
ސްޓްރާޑާ އަށް ފިނޭންސުން އަދި ފައިސާ ދުލެއް ނުކުރޭ

ސިނަމާލެ ބްރިޖު ސަރަހައްދުގައި އިމާރާތް ކުރި "ޗާ ޓައިމް"، ސަރުކާރުގެ ބޭނުމަށް ތަޅައިލުމުގެ ބަދަލު ހޯދަން، ސްޓްރާޑާ ކުންފުނިން އެދުނު 14.4 މިލިއަން ރުފިޔާ ދޫކުރުން ފިނޭންސް...

17 އޮކްޓޯބަރ

October 17, 2018 24
ކެމްޕެއިނަށް ޖެހި ހޮޅިތައް ބޭރުކުރަނިކޮށް ހުއްޓުވައިފި

ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް ދިނުމަށް ކުރި ކެމްޕޭނަށް، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލޭ މަގުތަކުގައި ޕީޕީއެމްގެ ދިދަ އާއި ބެނާ...

October 17, 2018 39
އެޗްޑީސީން ހެކި ނައްތާކަމުގެ ތުހުމަތު، ފިޔަވަޅު އަޅާ!

ރައީސް އަބްދުﷲ ޔާމީން ދެ ވަނަ ދައުރަކަށް އިންތިޚާބު ކުރުމަށް ކުރި ކެމްޕޭނަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހޭދަ ކުރި ކަން ފަޅާއެރުމާ އެކު، އެކަމުގެ ހެކިތައް...

16 އޮކްޓޯބަރ

October 16, 2018 49
އެޗްޑީސީން ރައީސްގެ ކެމްޕޭނަށް މިލިއަނުން ހޭދަކުރި!

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މާލީ ތަނަވަސްކަން ވަރަށް ބޮޑަށް ދަށްވި އެއް ސަބަބަކީ، ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ކެމްޕޭނަށް އެތައް މިލިއަން ރުފިޔާއެއް ހޭދަކުރުން ކަން ފަޅާ އަރަައިފި އެވެ.

15 އޮކްޓޯބަރ

October 15, 2018 22
ނިއު ޕޯޓަށް 15 މިލިއަން ނުދީ މަޑުކުރަން އަންގައިފި

ސިނަމާލެ ބްރިޖު ސަރަހައްދުގައި އިމާރާތް ކުރި "ޗާ ޓައިމް"، ސަރުކާރުގެ ބޭނުމަށް ތަޅާލަން ޖެހުމުން އެކަމުގެ ބަދަލުގައި، އެތަން ހިންގި ނިއު ޕޯޓު ކުންފުންޏަށް 15 މިލިއަން ރުފިޔާ ދޫކުރުން މަޑުޖައްސާލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހައުސިން މިނިސްޓްރީ އަށް އިއްޔެ އަންގައިފި އެވެ.

13 އޮކްޓޯބަރ

October 13, 2018 47
"މިނިސްޓްރީގެ މުވައްޒަފުންނަށް ދަނީ ބިރު ދައްކަމުން"

ހައުސިން މިނިސްޓްރީގެ ވަކިވަކި މުވައްޒަފުންނާ މަގުމަތިން ދިމާކޮށް، ބިރުދައްކަމުންދާ ކަމަށް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

11 އޮކްޓޯބަރ

October 11, 2018 28
ގޯތި ވިއްކަން ރައްޔިތުންނަށް ޖައްސާ ހާލު!

އެއް ބަޔަކު ކުޑަ ނަގައިގެން، އަނެއް ބަޔަކު ގޮނޑި ބޮލަށް ލައިގެން މިއަދު ހަތަރުދަމު ތިބެން ޖެހުނީ ދިގު ކިޔޫގަ އެވެ؛ ދެ ދުވަސް ވަންދެން ނުނިދައި، ނުކައި ނުބޮއި ތިބެގެން ނެގި ނަމްބަރުން ޚިދުމަތް ހޯދާށެވެ. ހުޅުމާލެ އިން ވިއްކަން އިއުލާންކުރި 400 ގޯއްޗަށް ފޯމު ލެވެން އޮތީ އެ ހާލުގަ އެވެ.

10 އޮކްޓޯބަރ

October 10, 2018 10
ގޯއްޗަށް ފޯމް ހުށައެޅުން: ކިއޫގައި އެތައް ގަޑިއިރެއް

ހައުސިން މިނިސްޓްރީގެ ބޭރުގައި ލިޔެކިޔުންތައް ހިފައިގެން ގޮނޑިއެއްގައި އިށީނދެގެން އިން އައިމިނަތު ޒުބައިދާ 49، ހުޅުމާލެ އިން ގޯއްޗެއް ބޭނުންވެގެން އެ ކިޔޫގައި ޖެހުނީ ފަތިހު 4:30 ގަ އެވެ. އެކަމަކު ކިއުގައި ތިބި މީހުންނަށް ނަންބަރު ބަހަން ހައުސިން މިނިސްޓްރީން ފެށިތަނާ އޭނާ އަށް ފެނުނީ ކިއު ތަރުތީބު އޮޅުވާލައި، ބަޔަކު ވަދެގަތް...

09 އޮކްޓޯބަރ

October 09, 2018 61
އެޗްޑީސީގެ މާލީ ތަނަވަސްކަން އޮތީ ދަށްވެފައި: މުއިއްޒު

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މާލީ ތަނަވަސްކަން ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

October 09, 2018 90
ގޯތި ވިއްކުން އަލުން ފެށީ އޭސީސީގެ އެންގުމާ ޚިލާފަށް!

ހުޅުމާލެ އިން 1،000 އަކަފޫޓުގެ 400 ގޯތި ވިއްކުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން އަލުން ފެށީ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ އެންގުމާ ޚިލާފަށް ކަމަށް އެ ކޮމިޝަނުން މިއަދު...

October 09, 2018 11
އެންގީ އުސޫލާ އެއްގޮތަށް އިވެލުއޭޝަން ކުރިއަށް ގެންދަން

ހިޔާ މަޝްރޫއުން ފްލެޓް ދޫކުރުމާ ގުޅޭ މައްސަލަތަކެއް ބެލުމަށް ފަހު ހައުސިން މިނިސްޓްރީ އަށް އެންގީ، އެ މަޝްރޫއުން ފްލެޓް ދިނުމަށް ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް ކުރިއަށް...

08 އޮކްޓޯބަރ

October 08, 2018 40
ފެނަކައިގެ ބޮޑު މަޝްރޫއުއެއް ހުއްޓާލަން އަންގައިފި

ސްރީ ލަންކާގެ ކުންފުންޏަކާ ހަވާލުކޮށްގެން 20 ރަށެއްގައި ނަރުދަމާ އަޅަން ހިންގަން އުޅުނު މަޝްރޫއު މަޑުޖައްސާލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފެނަކަ ކޯޕަރޭޝަނަށް މިދިޔަ...

October 08, 2018 17
ފޯމު ބަލައިގަތުން މެދުކަނޑާލީ އޭސީސީގެ ޖަވާބެއް ލިބެންދެން

ހުޅުމާލެ އިން 400 ގޯތި ވިއްކާ ފޯމު ބަލައިގަތުން މެދުކަނޑާލީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ޖަވާބެއް ލިބެންދެން ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

07 އޮކްޓޯބަރ

October 07, 2018 91
ހުޅުމާލޭން ގޯތި ދޫނުކުރަންވީ ސަބަބެއް ނެތް: ނިހާން

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހިން 400 ގޯތި ވިއްކުމަށް ހައުސިން މިނިސްޓްރީން މިއަދު ފެށުމުން، އެކަން މަޑުޖައްސާލަން އޭސީސީ އިން މިއަދު އަންގާފައި ވަނިކޮށް އެ މަޝްރޫ ހުއްޓުވަން ޖެހޭ ސަބަބެއް ނެތް ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު މިރޭ ވިދާޅުވެއްޖެ އެވެ.

04 އޮކްޓޯބަރ

October 04, 2018 91
ހިތް ތިރިކުރުމަށް ޖަރީމާތައް ހަނދާން ނައްތައިލާނީތޯ؟

އަހަރުތަކަކަށް ފަހު އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް، މިދިޔަ ހަފުތާގައި ފުރާނަ އެޅި އަލުން ދިރެން ފަށައިފި އެވެ. އެތައް ހާސް ރައްޔިތުންނެއްގެ ޝަކުވާތަކާއި އާދޭސްތައް އިވޭ ކަމަށް ވެސް ނުހަދައި އަހަރުތަކަކު އޮތުމަށް ފަހު، ރައްޔިތުންނަށް މާ ހެޔޮ އެދޭ، ނުފޫޒެއްގެ ދަށު ނުވެ، ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ކަން ކުރާ ތަނެއް...

03 އޮކްޓޯބަރ

October 03, 2018 8
ދިއްދޫ ހައުސިން ޔުނިޓްތަކުގެ މައްސަލަ ވެސް އޭސީސީއަށް

ހއ. ދިއްދޫގައި ސަރުކާރުން އިމާރާތް ކޮށްފައިވާ 250 ހައުސިން ޔުނިޓުގެ ތެރެއިން، މިހާރު ބާކީ ހުރި 100 ހައުސިން ޔުނިޓަށް ކުރިމަތިލުމުގެ ފުރުސަތު މިދިޔަ އާދިއްތަ ދުވަހު ހަމަ ވެފައިވާއިރު، އެ ގެތައް ދޫކުރުން ހުއްޓުވައިދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މައްސަލަ ހުށަހަޅައިފި އެވެ.